Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ހުޅުމާލެ ރަޖިސްޓްރީގެ މައްސަލަ

ރަޖިސްޓްރީކޮށްދިނީވެސް މުއިއްޒުއެވެ. ބާތިލްކުރަން ދަނީވެސް މުއިއްޒުއެވެ.

ހުޅުމާލެ ފޭސް 2 އެޗްޑީސީއަށް ރަޖިސްޓްރީކޮށްދިނީ އޭރުގެ ހައުސިންގ މިނިސްޓަރ އަދި މިހާރު މާލެ ސިޓީގެ މޭޔަރ

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ, ރާއްޖެ އެމްވީ | 23 ފެބުރުއަރީ 2022 | ބުދަ 14:23
ހުޅުމާލެ ވެރިފަރާތުގެ މައްސަލަ ވަނީ ހޫނުވެފައި

ހުޅުމާލެ ވެރިފަރާތުގެ މައްސަލަ ވަނީ ހޫނުވެފައި

މާލެ ސިޓީ ކައުންސިލަށް އަލަށް އިންތިޚާބުވި ކައުންސިލަރުންނާއެކު މިހާރު ކުރިމަތިވެގެން މިއުޅެނީ މުޅިން އައު ކަންތައްތަކެކެވެ. ފަހަރުގައި އެއީ ހަނދާނުގައި އުޅޭ މައްސަލައަކަށްވެސް ވެދާނެއެވެ. ނުވަތަ ގަސްތުގައި ހަމަ ނޭންގޭކަމަށް ހެދިގެން ކުރާ ކަންތައްތަކަށްވެސް ވެދާނެއެވެ. ނޫނީ ލިބޭ އެއްޗެއް މަދުވެގެން އިތުރަށް ބޭނުންވާވަރުގެ ބޮޑުކަމުންވެސް އެޒާތުގެ ކަންކަންކޮށްފާނެއެވެ. ނަމަވެސް 7 އަހަރު ދުވަސްވަންދެން ދައުލަތުގެ ވުޒާރާއެއް ހިންގަވަން ހުންނެވި ބޭފުޅަކު އެޒާތަށް ކަންކަން ކުރައްވާ ވާހަކަދެއްކެވުމުން އެއީ ހަމަ ހަގީގަތުގައިވެސް ވަޒީރުކަން ކުރެއްވި ބޭފުޅެއްތޯވެސް ސުވާލުއުފެދެއެވެ. ދައްކަން މިއުޅެނީ މާލެ ސިޓީގެ ކައުންސިލާއި މޭޔަރުގެ ވާހަކައެވެ. މޭޔަރު ހަތް އަހަރު ވަންދެން ހައުސިންގ މިނިސްޓްރީގައި ހުންނަވާ އޭރު އޮތް ކައުންސިލަށް ދަތިކޮށް ކައުންސިލްގެ ބާރު ކަނޑުވާލެއްވުމަށް ކުރެއްވި އެތައް ކަމެއް މިހާރު އަނެއްކޮޅަށް އަނބުރާލައްވަން އުޅުއްވާތާ ދުވަސްތަކެއްވެއްޖެއެވެ. އެކަންކަމުގެ ތެރެއަށް އިތުރުވި ބޮޅަކީ މާލޭގެ އަވަށެއްގައި އޮތް ހުޅުމާލެއެވެ.

ހުޅުމާލެއަކީ ސިޓީ ކައުންސިލްގެ ބައެއްގެ ގޮތުގައި މޭޔަރ ވިދާޅުވަމުންދިޔަޔަސް އެތަނަކީ އެޗްޑީސީއަށް ރަޖިސްޓްރީކޮށްދީފައިވާ ތަނެކެވެ. އެޗްޑީސީގެ މިލްކެކެވެ. އެކުންފުނީގެ އެސެޓެކެވެ. ހުޅުމާލެ އާއި އެޗްޑީސީގެ އުފެދުމާ ބެހޭ ގޮތުން ނިންމާފައި ހުރި ކަންކަމަށް ބަލާއިރު އެތަނަކީ ސިޓީކައުންސިލްގެ ބައެއް ގޮތަށް ނިންމޭނެ ހަމައެއް އަދި ފެންނާކަށްނެތެވެ. އެތަން އޮތީ އެޗްޑީސީއަށް ރަޖިސްޓްރީކޮށްދީފައެވެ. އަމިއްލަ މީހާ ނިސްބަތްވާ ޕާޓީގެ ހަރަކާތްތެއް ހުޅުމާލެ ފޭސް ދޭއްގައި ހިންގަން ބޭނުންވި ހިސާބުން މައްސަލަ ހޫނުވެ ހުޅުފަޅައިގެންދިޔައިރު ސިޓީ ކައުންސިލުން ވަނީ އެޗްޑީސީއަށް ހައްދައިދީފައިވާ ރަޖިސްޓްރީ ބާތިލުކުރަންވެސް ފާސްކޮށްފައެވެ.

ރަޖިސްޓްރީ ބާތިލްކުރަން ފާސްކުރި މައްސަލަ އެޗްޑީސީން ސިވިލް ކޯޓަށް ހުށަހެޅުމުން އެ ކޯޓުން ވަނީ ކައުންސިލްގެ ނިންމުމަށް އަމަލުކުރުން ފަސްކޮށްފައެވެ. ކައުންސިލްގެ ނިންމުން ތަންފީޒުކުރުން ކޯޓުން ހުއްޓުވި މައްސަލަ އެ ކައުންސިލުން ވަނީ ހައި ކޯޓުގައި އިސްތިއުނާފްކޮށްފައެވެ. ނަމަވެސް މޭޔަރުގައި ހަނދާނުގައި ނެތީ ހުޅުމާލެ ފޭސް 2 އެޗްޑީސީއަށް ރަޖިސްޓްރީކޮށްދިނީ ހުދު އެމަނިކުފާނު ކަމެވެ. ރަޖިސްޓްރީގައި ސޮއިކޮށްފައިވަނީ ހުދު އެމަނިކުފާނުކަމެވެ. އަމިއްލަފުޅަށް ސޮއިކުރި ރަޖިސްޓްރީއެއް ސައްހަނޫންކަމަށް ވިދާޅުވެ ވުޖޫދުގައިވެސް ނެތްކަމަށް ވިދާޅުވެ ކޯޓުގައި ބޮޑު ޑްރާމާތައް ކުޅެމުން އެގެންދެވަނީ ތިމާ ފޭހުނު އިލޮށި އަނެއްކާވެސް ތިމާގެ ލޮލަށް ހެރިގެންނެވެ.

އެފަދަ މައްސަލައެއް ކޯޓު މަރުހަލާގައި ހިނގާއިރު އެކަމުގެ ސަބަބުން ދިމާވާ އެތައް މައްސަލައެއް ވިސްނުމަށްނުގެނެވޭހާ ވިސްނުންކޮށީބާވައޭވެސް ހިތަށް އަރައެވެ. ނޫނީ ގައިގައި ހަރުލާފައިވާ ޖެއްްސުންކުރުމުގެ އާދައިގެ ދަށުން ކުރަމުންދާ ކަމަކަށްވެސް ވެދާނެއޭ ހިތަށް އަރައެވެ. އެޗްޑީސީގެ ތާރީޚަށް ބަލާއިރު 2010 ވަނަ އަހަރު ހުޅުމާލެ މުނިސިޕަލްޓީގެ ދަށަށް ގެންގޮސް އެ ރަށުގެ ބިމުގެތެރެއިން އެޗްޑީސީގެ އެސެޓްގެ ގޮތުގައި ހިމެނޭ ބިންތަކަށް މާލޭ ސިޓީ ކައުންސިލުން ބޮޑު އެއް ރަޖިސްޓްރީ ހަދައިދިނެވެ. އެ ރަޖިސްޓްރީ ހަދައިދިނީ ހުޅުމާލެ ތަރައްގީކުރުމަށް ޕްލޭންކޮށްފައިވާ ބިންތައް ތަރައްގީކުރަމުންދާ ވަރަކުން ބައެއް ތަންތަން އެ ރަޖިސްޓްރީން އުނިވަމުންދާ ގޮތަށެވެ. ހުޅުމާލޭގެ ބިންތަކަކީ ލޯނު އުސޫލުން އެޗްޑީސީން ހިއްކަމުންދާ ބިންތަކެވެ. އެތާންގައި އިމާރާތްކުރާ ފްލެޓްތަކަކީވެސް އެއުސޫލުން ކުރަމުން އަންނަ ކަމެކެވެ. އެޗްޑީސީއަށް ލޯނު ލިބެނީ އެކުންފުނީގެ އެސެޓެއްގެ ގޮތުގައި ހުޅުމާލެ ބިން އޮތުމުންނެވެ. ރަޖިސްޓްރީ ބާތިލްކޮށްފިނަމަ ނަގާފައިވާ ލޯނުތައް ޑީފޯލްޓްވާ ހިސާބަށްވެސް ކަންތައްދެއެވެ. އެހެންކަމުން މިމައްސަލައިގެ ބޮޑު މަންޒަރަށް ބަލާއިރު މިއީ ދައުލަތަށް އަނެއްކާވެސް ބޮޑު ބުރައެއް އުފުލަންޖެހޭނެ ކަމެކެވެ.

އަނެއްކޮޅުން މިހާރުވެސް ކޯޓުގައި މިމައްސަލަ ހިނގަމުންދާތީ އެކަމުގެ ސަބަބުން އެޗްޑީސީއަށް އަންނަނީ ގެއްލުންތައް ކުރިމަތިވަމުންނެވެ. މިމައްސަލައާ ގުޅޭގޮތުން ވާހަކަދައްކަވަމުން އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރ ސުހައިލް އަހުމަދު ވިދާޅުވީ ސިޓީ ކައުންސިލުން ރަޖިސްޓްރީ ބާތިލްކުރިއިރު ބޭންކަކަށް ލޯނަކަށް އެދި ހުށަހަޅާފައިވާކަމަށެވެ. ނަމަވެސް މިމައްސަލައާ ގުޅިގެން ބޭންކުން އިތުރު ޑޮކިޔުމެންޓް ބޭނުންވެ ލޯނު ލިބުން ލަސްވަމުންދާކަމަށް ސުހައިލް ވިދާޅުވިއެވެ. މިމައްސަލަ ހަމައެކަނި ދިމާވަނީ އެޗްޑީސީއަކަށްވެސް ނޫނެވެ. ހުޅުމާލޭގައި ފްލެޓްތަކެއް ހަދަމުންދާ އަމިއްލަ ބަޔަކަށްވެސް ލޯނު ލިބުމުގައި ހަމަ މިމައްސަލަ ދިމާވެގެން އުޅޭކަމަށް ސުހައިލް ވިދާޅުވިއެވެ. މިކަމުގެ ސަބަބުން ރައްޔިތުންނަށް ލިބެންޖެހޭ ޚިދުމަތްތައް ލަސްވެ މުޅި ނިޒާމު އޮޅުން ބޮޅުންވަނީއެވެ. އަދި މިކަން ރާއްޖެއިން ބޭރުގެ ފަރާތްތަކަށް ގޮސްފިނަމަ މިއަށްވުރެ އުނދަގޫކަންތައްތަކާއި ކުރިމަތިވާނެކަމަށް ސުހައިލް ވިދާޅުވިއެވެ.

ޕްރޮޖެކްޓްތަކަށް ލޯނު ނަގައިގެން ފައިނޭންސް ހޯދާއިރު އެކަންކަން ލަސްވަމުންދާކަމަށް ވާނަމަ ގެއްލުން ލިބެނީ ރައްޔިތުންނަށެވެ. މޭޔަރު ކުރަން ބޭނުންފުޅުވާ ކަންތައްތަކެއް ނުވުމުން މިއަދު ހުޅުމާލެ އަކީ ތިމަންނަމެންގެ ބިމެކޭ ވިދާޅުވެ ކަންކުރެއްވިޔަސް ހަގީގަތުގައި އޭގެ ގެއްލުންމިވަނީ ހަމަ ރައްޔިތުންނަށެވެ. އަމިއްލަފުޅަށް ސޮއިކުރެއްވި ރަޖިސްޓްރީއެއް ވުޖޫދުގައި ނެތްކަމަށް މިއަދު ކޯޓުގައި ވަކާލާތު ކުރައްވަމުން އެގެންދަވަނީ އަމިއްލަފުޅު އެދުމެއް ހާސިލްކުރަން ނޫން ދެން ކޮންކަމެއްގައި ހެއްޔެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރައީސް މުއިއްޒުއެވެ. ކުޑަކުއްޖެއްހެން ރޮއި ބޮޑާހާކާވަރެއް އަދި ނުވެއެވެ. ރިބަންކަނޑާލާ މެޑަލްޖަހާލާށެވެ.

ރައީސް މުއިއްޒުއެވެ. ކުޑަކުއްޖެއްހެން ރޮއި ބޮޑާހާކާވަރެއް އަދި ނުވެއެވެ. ރިބަންކަނޑާލާ މެޑަލްޖަހާލާށެވެ.

15 ޖުލައި 2025
ކުއްލި ހާލަތުގެ ގަރާރު ބާތިލްކުރަން ސުޕްރީމް ކޯޓަށް ހުށަހަޅައިފި

ކުއްލި ހާލަތުގެ ގަރާރު ބާތިލްކުރަން ސުޕްރީމް ކޯޓަށް ހުށަހަޅައިފި

05 ފެބުރުއަރީ 2018

އަހަރުތަކުން މިއަދު

9 މެއި
"ކޮރަޕްޝަން ނައްތާލަން މަސައްކަތެއް ފަށާއިރަށް ސިޔާސީ އިދިކޮޅު ފަރާތްތަކުން އެކަމާ ދެކޮޅު ހަދަނީ ކީއްވެބާ؟"
20251 އަހަރު ކުރިން
ރިޕޯޓު

"ކޮރަޕްޝަން ނައްތާލަން މަސައްކަތެއް ފަށާއިރަށް ސިޔާސީ އިދިކޮޅު ފަރާތްތަކުން އެކަމާ ދެކޮޅު ހަދަނީ ކީއްވެބާ؟"

މަސްއޮޑިން، މަސް ކަނޑައި ނަން ބަދަލުކޮށްފި
20242 އަހަރު ކުރިން
ކުޅިވަރު

މަސްއޮޑިން، މަސް ކަނޑައި ނަން ބަދަލުކޮށްފި

ނޭމާ ދޫކޮށްލަން ޕީއެސްޖީން އެއްބަސްވެއްޖެ؟
20233 އަހަރު ކުރިން
ކުޅިވަރު

ނޭމާ ދޫކޮށްލަން ޕީއެސްޖީން އެއްބަސްވެއްޖެ؟

މަސްވެރިކަމުގައި އުޅެނިކޮށް ދޯނިން ވެއްޓުނު މީހަކަށް މިޔަރެއް ހަމަލާ ދީފި
20224 އަހަރު ކުރިން
ރާއްޖެ

މަސްވެރިކަމުގައި އުޅެނިކޮށް ދޯނިން ވެއްޓުނު މީހަކަށް މިޔަރެއް ހަމަލާ ދީފި

ގެއްލިގެން ހޯދަނިކޮށް ޝިފާ ފެނުނީ ގެމެންދޫން
20215 އަހަރު ކުރިން
ރިޕޯޓު

ގެއްލިގެން ހޯދަނިކޮށް ޝިފާ ފެނުނީ ގެމެންދޫން

ޑެވިލްޑް ޗިކަން ރެސިޕީ
20197 އަހަރު ކުރިން
ލައިފް ސްޓައިލް

ޑެވިލްޑް ޗިކަން ރެސިޕީ

ރިޔާޒު ޖަލުގައި: ކުޑަ އާއިލާއަށް ހިތްދަތިކަމެއް، ގޭތެރެއަށް ފަޅުކަމެއް
20188 އަހަރު ކުރިން
ރިޕޯޓު

ރިޔާޒު ޖަލުގައި: ކުޑަ އާއިލާއަށް ހިތްދަތިކަމެއް، ގޭތެރެއަށް ފަޅުކަމެއް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު