Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
މާދަރީ ބަހުގެ ދުވަހުގެ ޙަރަކާތްތައް

ޝާޢިރުންގެ ވާދީއާއި ނޫރާނީ ސްކޫލް ގުޅިގެން މާދަރީ ބަހުގެ ދުވަސް ފާހަގަކުރުމުގެ ޙަރަކާތްތައް ފަށައިފި

މާދަރީ ބަހުގެ ދުވަހުގެ ޙަރަކާތްތައް 1 ހަފްތާ ވަންދެން ކުރިއަށްދާނެ

އައިޝަތު މުހައްމަދު
އައިޝަތު މުހައްމަދު, ރާއްޖެ އެމްވީ | 22 ފެބުރުއަރީ 2022 | އަންގާރަ 03:59
މާދަރީ ބަހުގެ ދުވަސް ފާހަގަކުރުމުގެ ޙަރަކާތްތައް - ނޫރާނީ ސްކޫލް

މާދަރީ ބަހުގެ ދުވަސް ފާހަގަކުރުމުގެ ޙަރަކާތްތައް - ނޫރާނީ ސްކޫލް

ދިވެހި ބަހަށް ޚިދުމަތް ކުރާ އަމިއްލަ ޖަމްޢިއްޔާއެއް ކަމަށްވާ ޝާޢިރުންގެ ވާދީއާއި އައްޑޫސިޓީ ހިތަދޫ ނޫރާނީ ސްކޫލް ގުޅިގެން މާދަރީ ބަހުގެ ދުވަސް ފާހަގަ ކުރުމަށް ހިންގާ އަދަބީ ޙަރަކާތްތައް ހޯމަ ދުވަހު ފަށައިފިއެވެ.

ނޫރާނީ ސްކޫލްގައި ހެނދުނު ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި މިޙަރަކާތްތައް ފައްޓަވައި ދެއްވީ ދިވެހި ބަހާއި އަދަބިއްޔާތުގެ ދާއިރާއިން ޝަރަފުވެރިކަމުގެ ޤައުމީ އިނާމު ޙާސިލުކުރައްވާފައިވާ ޝާޢިރުންގެ ވާދީގެ ރައީސް، ޙަސަން ލަބީބާއި ނޫރާނީ ސްކޫލްގެ ޕްރިންސިޕަލް ސުލްޠާން ރާމިޒްއެވެ.

Advertisement - newsAdvertisement

މި ރަސްމިއްޔާތުގައި ވަނީ ނޫރާނީ ސްކޫލްގެ ދަރިވަރުންގެ މެދުގައި ދިވެހި ބަހަށް އޮތް ޝައުގުވެރިކަން އިތުރު ކުރުމުގެ މަޤްޞަދުގައި ފަށާ "މަގޭ ބަސް، މަގޭ ފަޚުރު" ކެންޕޭން އިފްތިތާޙު ކޮށްފައެވެ. 1 އަހަރު ދުވަހުގެ މުއްދަތަށް ހިންގާ މި ކެންޕޭން ގެ ޙަރަކާތްތައް ކޮންމެ ހަފްތާއަކުވެސް ކުރިއަށްދާނެ ކަމަށް ނޫރާނީ ސްކޫލުން މަޢުލޫމާތުދެއެވެ.

އެސެންބްލީގައި ވާހަކަދައްކަވަމުން ޝާޢިރުންގެ ވާދީގެ ރައީސް ޙަސަން ލަބީބު ވަނީ ދިވެހި ބަހުގެ ތެރޭ އައްޑޫބަހުރުވައިގެ ދައުރު އޮތް މިންވަރާއި އައްޑޫބަސް މުހިއްމުވާ ސަބަބުތައް އޮޅުންފިލުވައިދެއްވާފައެވެ. އަދި ދިވެހި ބަހަށް ޚިދުމަތް ކުރުމުގައި އަމިއްލަ މާދަރީ ބަސް ނެގެހެއްޓުމަށް ބާރު އަޅުއްވައި އެރޮނގުން އަގުހުރި މަޢުލޫމާތުތަކެއް ދަރިވަރުންނަށް ފޯރުކޮށްދެއްވާފައެވެ. ނޫރާނީ ސްކޫލުން އެސްކޫލްގެ ދަރިވަރުންގެ ހިތްތަކުގައި ދިވެހި ބަހަށް ލޯބި ޖެއްސުމަށް ކުރައްވާ މަސައްކަތަށް ތަޢުރީފް ކުރައްވަމުން ޙަސަން ލަބީބު ވިދާޅުވީ މުޅި އަހަރު ދުވަހަށް ބަހާލައިގެން އެސްކޫލްގައި ހިންގާ "މަގޭ ބަސް މަގޭ ފަޚުރު" ކެންޕޭންގައި ފަންނީ ގޮތުންނާއި އެނޫން ގޮތްގޮތުންވެސް ޝާޢިރުންގެ ވާދީގެ ބައިވެރިވުމާއި އެއްބާރުލުން ދެއްވާނެ ކަމަށެވެ.

"މަގޭ ބަސް، މަގޭ ފަޚުރު" ކެންޕޭންގެ ތެރެއިން ނޫރާނީ ސްކޫލްގެ އެކި ގްރޭޑްތަކުގެ ދަރިވަރުންނަށް ޢިބްރަތްތެރި ދިވެހި ވާހަކަ ލިޔަން ދަސްކޮށްދީ ދަރިވަރުންގެ ވާހަކަތައް ފަހުގެ ޓެކްނޮލޮޖީގެ އެހީގައި ކިޔޭނެ ފަދަ ޕްލެޓްފޯމެއް ގާއިމްކުރުން ހިމެނެއެވެ. މިއާއެކު ފަރިތަކަމާއެކު ދިވެހި ބަހުގެ ޚަބަރާއި މަޢުލޫމާތު އަދި ރިޕޯޓާއި އިޝްތިހާރުފަދަ ތަކެތި ކިޔާނެ ގޮތް ދަސްކޮށްދީ މިހުނަރު އެކުދިންގެ ކިބައިގައި އަށަގެންނެވުމަށް ޚާއްސަ ޙަރަކާތްތަކެއް ހިންގާނެއެވެ.  

ދިވެހި ބަސް ކުރިއެރުވުމަށް ޝާޢިރުންގެ ވާދީގެ "ފަނާރުން" ކުރައްވާ މަސައްކަތާއެކު ނޫރާނީ ސްކޫލްގެ ދަރިވަރުންގެ ހުނަރު އިތުރު ކުރުމަށް އެސްކޫލާއި ގުޅިގެން މަސައްކަތްތަކެއް ފެށުމަކީ ދަރިވަރުންގެ ދިވެހި ބަސް ކުރިއަރައި ދިއުމުގެ އިތުރުން، ދިވެހި ބަހަށް ޝާޢިރުންގެ ވާދީންދެއްވާ އަހައްމިއްޔަތުކަން ހާމަވާ ކަމެއް ކަމަށް ވިދާޅުވެ ޕްރިންސިޕަލް ސުލްތާން ރާމިޒްވަނީ އެޖަމްޢިއްޔާގެ ހިންގުންތެރި ވެރިންނަށް ޝުކުރު އަދާކުރައްވާފައެވެ.

މިއަހަރުގެ މާދަރީ ބަހުގެ ދުވަސް ފާހަގަކުރުމުގެ ހަފްތާ، ހޯމަ ދުވަހުގެ ޚާއްސަ އެސެންބްލީ އިން ފެށުމަށްފަހު ދުވަހާއި ގުޅޭވީޑިއޯއެއް ލޯންޗް ކޮށްފައިވެއެވެ.

އެއާއެކު އެ ޖަމްޢިއްޔާގެ މެންބަރުން ގެންދަވަނީ ޅެންވެރިކަމުގެ އެކި ބާވަތްތައް ބޭނުންކޮށްގެން ދުވަހުގެ ޝުޢޫރުތައް ފާޅުކުރަމުންނެވެ. މާދަރީ ބަހުގެ ދުވަސް ފާހަގަކުރުމުގެ ޙަރަކާތްތައް ނިންމާލާނީ "މައިފުނަ ބަހި ޖަގަޑާ" ގެ ނަމުގައި ބުރާސްފަތި ދުވަހު އޮންނަ ފޯރިގަދަ ޙަރަކާތަކުންނެވެ.

ޝާޢިރުންގެ ވާދީނޫރާނީ ސްކޫލްއައްްޑޫ ސިޓީ

ކޮމެންޓް

އިތުރަށް ކިޔާލަން

އައްޑޫ ޑްރަގް ނެޓްވޯކުގައި ހިމެނޭ 10 މީހަކު ހައްޔަރުކޮށްފި

އައްޑޫ ޑްރަގް ނެޓްވޯކުގައި ހިމެނޭ 10 މީހަކު ހައްޔަރުކޮށްފި

06 ޑިސެމްބަރު 2025
މަސްތުވާތަކެތީގެ ބޮޑެއް ކަމަށް ބުނެ އައްޑޫ އިން ހައްޔަރު ކުރި ނަދީމް އަކީ މުއިއްޒު ސަރުކާރުގެ ބޮޑުންނާއި ގާތް ފަރާތެއް

މަސްތުވާތަކެތީގެ ބޮޑެއް ކަމަށް ބުނެ އައްޑޫ އިން ހައްޔަރު ކުރި ނަދީމް އަކީ މުއިއްޒު ސަރުކާރުގެ ބޮޑުންނާއި ގާތް ފަރާތެއް

05 ޑިސެމްބަރު 2025
މަސްތުވާތަކެތީގެ މައްސަލާގައި ހައްޔަރު ކުރި 5 މީހުންގެ ވަނަވަރު އާންމުކޮށް ނަދަމާ އާއި އިތުރު ދެމީހެއްގެ ބަންދަށް 30 ދުވަސް!

މަސްތުވާތަކެތީގެ މައްސަލާގައި ހައްޔަރު ކުރި 5 މީހުންގެ ވަނަވަރު އާންމުކޮށް ނަދަމާ އާއި އިތުރު ދެމީހެއްގެ ބަންދަށް 30 ދުވަސް!

04 ޑިސެމްބަރު 2025
އެއް މިސްރާބަކަށް މަސައްކަތްކޮށް ފުލުހުންގެ މުއައްސަސާގެ އަގު ދެމެހެއްޓުމަށް މަސައްކަތްކުރުމަށް ސީޕީ ނަވީން އެދިވަޑައިގެންފި

އެއް މިސްރާބަކަށް މަސައްކަތްކޮށް ފުލުހުންގެ މުއައްސަސާގެ އަގު ދެމެހެއްޓުމަށް މަސައްކަތްކުރުމަށް ސީޕީ ނަވީން އެދިވަޑައިގެންފި

02 ޑިސެމްބަރު 2025
މަރަދޫ ބޮނޑޮގެ: މުޅި އައްޑޫގެ ތާރީޚް އެއްތަނަކުން ފެންނަ ގޮތަށް އާރޓް ގެލަރީއެއް ހުޅުވައިފި

މަރަދޫ ބޮނޑޮގެ: މުޅި އައްޑޫގެ ތާރީޚް އެއްތަނަކުން ފެންނަ ގޮތަށް އާރޓް ގެލަރީއެއް ހުޅުވައިފި

30 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

21 ޖޫން
ނިލަންދޫ ކައުންސިލްގެ ރައީސް ރުޅި އައިސްގެން، ފ.އަތޮޅު ކައުންސިލް އިދާރާގެ އެކްސެސް ކޮންޓްރޯލް ފުނޑާލައިފި
20251 އަހަރު ކުރިން
ރާއްޖެ

ނިލަންދޫ ކައުންސިލްގެ ރައީސް ރުޅި އައިސްގެން، ފ.އަތޮޅު ކައުންސިލް އިދާރާގެ އެކްސެސް ކޮންޓްރޯލް ފުނޑާލައިފި

މުޒާހަރާ ކުރަމުންދާ އައްޑޫ މަސްވެރިންގެ 3 ޑިމާންޑެއް ސަރުކާރަށް
20242 އަހަރު ކުރިން
ރާއްޖެ

މުޒާހަރާ ކުރަމުންދާ އައްޑޫ މަސްވެރިންގެ 3 ޑިމާންޑެއް ސަރުކާރަށް

"ހަމީޝް ނުފެނި ހޭދަވާ ކޮންމެ ސިކުންތެއް، ކޮންމެ މިނެޓެއްވެސް ހީވަނީ އެތައް ގަޑިއިރެއްހެން"
20233 އަހަރު ކުރިން
ރިޕޯޓު

"ހަމީޝް ނުފެނި ހޭދަވާ ކޮންމެ ސިކުންތެއް، ކޮންމެ މިނެޓެއްވެސް ހީވަނީ އެތައް ގަޑިއިރެއްހެން"

ބީއެމްއެލްގެ ސްކޮލަރޝިޕް ފަންޑު ލިބޭ ދަރިވަރުން ހޮވައިފި
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ބީއެމްއެލްގެ ސްކޮލަރޝިޕް ފަންޑު ލިބޭ ދަރިވަރުން ހޮވައިފި

13އަހަރު ކުއްޖާގެ މަރު: އާދީއްތަ ދުވަހު ހަވީރު ދެމީހަކު ފޮއްޓެއް ހިފައިގެން ދެވަނަ ފިޔަވަހީގައި އުޅުނު
20215 އަހަރު ކުރިން
ރާއްޖެ

13އަހަރު ކުއްޖާގެ މަރު: އާދީއްތަ ދުވަހު ހަވީރު ދެމީހަކު ފޮއްޓެއް ހިފައިގެން ދެވަނަ ފިޔަވަހީގައި އުޅުނު

މުސްލިމް ފިރިހެނަކާއި އެއްކޮށް އުޅުނު ކަމަށް ބުނެ އަނިޔާ ކުރި: ރިތިކްގެ ދައްތަ
20197 އަހަރު ކުރިން
ރާއްޖެ

މުސްލިމް ފިރިހެނަކާއި އެއްކޮށް އުޅުނު ކަމަށް ބުނެ އަނިޔާ ކުރި: ރިތިކްގެ ދައްތަ

ރައީސް ޔާމިންގެ ކެމްޕެއިނަށް ނިކުމެ އުޅެނިކޮށް މިނިސްޓަރު ސައީދު ލަދު ގަންނުވާލައިފި
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމިންގެ ކެމްޕެއިނަށް ނިކުމެ އުޅެނިކޮށް މިނިސްޓަރު ސައީދު ލަދު ގަންނުވާލައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު