Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އަހުމަދިއްޔާ ސްކޫލުގެ އަހަރީ ދުވަސް

ގައުމަށް ބޭނުންތެރި ދަރިންތަކެއް ބިނާކޮށްދީފައި އޮތުމަކީ އަހުމަދިއްޔާ ސްކޫލްގެ އެންމެ ބޮޑު އެއް ކާމިޔާބު - ރައީސް

އަހުމަދިއްޔާގެ ޖާގައިގެ މައްސަލާގައި ސަރުކާރުން ވެދެވެން އޮތް އެންމެ ފުރިހަމަ އެހީތެރިކަމެއް ވެދިނުމަށް މަސައްކަތްކުރަމުން އަންނަކަމުގައި ވިދާޅުވި

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 21 ފެބުރުއަރީ 2022 | ހޯމަ 19:08
ރައީސް - އަހުމަދިއްޔާ ސްކޫލުގެ އަހަރީ ދުވަހުގެ ހަފްލާފައި ވަހަކަފުޅުދައްކަވަނީ

ރައީސް - އަހުމަދިއްޔާ ސްކޫލުގެ އަހަރީ ދުވަހުގެ ހަފްލާފައި ވަހަކަފުޅުދައްކަވަނީ

ގައުމަށް ބޭނުންތެރި ދަރިންތަކެއް ބިނާކޮށްދީފައި އޮތުމަކީ އަހުމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލްގެ އެންމެ ބޮޑު އެއް ކާމިޔާބު ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ އަހުމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލަށް 40 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ހޯމަ ދުވަހުގެރޭ އެ ސްކޫލުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.

މި މޭރުމުން ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ އަހުމަދިއްޔާ ސްކޫލުން ކިޔެވި ދަރިވަރުން, ރައްޔިތުންގެ މަޖިލީހާއި, ސަރުކާރުގެ މަތީ މަގާމުތަކާއި، ފަންނީ އަދި ހުނަރުވެރި ތަފާތު ދާއިރާތަކުގައި ތިއްބެވިކަން ފާހަގަކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި އެމަނިކުފާނު ވަނީ, މީގެ 40 އަހަރު ކުރީން މާލޭގައި ތައުލީމުގެ ކަންކަން އޮތްގޮތުގެ މައްޗަށާއި, އަހުމަދިއްޔާ ސްކޫލްގެ ނަން ނިސްބަތްވެވަޑައިގަންނަވާ, އަލްމަރްހޫމް ޑީ އަހުމަދު ދީދީ އެ ސްކޫލް ފެއްޓެވިގޮތުގެ މައްޗަށްވެސް އަލިއަޅުވާލައްވާފައެވެ. އަހުމަދިއްޔާ ސްކޫލަކީ މިހާރު މާލޭގައި ހުރި ސްކޫލްތަކުގެ ތެރެއިން, ބޭބީ ނާސަރީން ފެށިގެން ގްރޭޑް 12އާ ހަމައަށް ކިޔަވައިދޭ ހަމައެކަނި ސްކޫލުކަމަށާއި, ފާއިތުވި 40 އަހަރުގެ ތެރޭގައި ތައުލީމީ ރޮނގުންނާއި ސްކޫލް ފެންވަރުގައި ވާދަކުރި އިތުރު ހަރަކާތްތަކުގައި އެ ސްކޫލްގެ ދަރިވަރުން ހޯދާފައި ވަނީ ރަން ވަނަތަކެއްކަން ވެސް ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި, އެ ސްކޫލަށް ކުރިމަތިވެފައިވާ އެންމެ ބޮޑު މައްސަލައަކީ ޖާގައިގެ ދަތިކަމާހުރެ، ދަރިވަރުންގެ އިތުރު ހަރަކާތެއް ބާއްވާނެ, ނުވަތަ ތުއްތު ކުދިން ކުޅެން ނުކުމެލާނެ ބިންކޮޅެއް ސްކޫލްގައި ނެތުންކަން ފާހަގަކުރެއްވިއެވެ. އެކަމުގައި ސަރުކާރުން ވެދެވެން އޮތް އެންމެ ފުރިހަމަ އެހީތެރިކަމެއް ވެދިނުމަށް މަސައްކަތް ކުރަމުން އަންނަކަމުގައި ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މި ސަރުކާރުން އެންމެ އިސްކަމެއްދޭ އެއްކަމަކީ މީހުން ބިނާކުރުންކަން ފާހަގަކުރައްވައި, އޭގެ ތެރެއިން ވެސް ތައުލީމީ ގޮތުން ހަރުދަނާ ޖީލެއް ބިނާކުރުމަށް ސަރުކާރުން ޚާއްސާ އިސްކަމެއް ދޭކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ރާއްޖެއާއި ރާއްޖޭން ބޭރުން މަތީ ތައުލީމުގެ އިތުރު ފުރުސަތުތައް ދަރިވަރުންނަށް ސަރުކާރުން ފަހިކޮށްދެނީ ވެސް އެ ބޭނުމުގައިކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ސަރުކާރުން ރާއްޖޭގައި ހިންގާ ތަރައްގީގެ ބައެއް މަޝްރޫއުތައް ފުރިހަމަވާއިރު, ފަންނީ ހުނަރުވެރިންނަށް ބޭނުންވާނެ ގިނަ ވަޒީފާތައް އުފެދިގެން ދާނެކަން ފާހަގަކުރައްވަމުން، 5 ސަރަހައްދެއްގައި ތަރައްގީކުރާ ޓާޝަރީ ހޮސްޕިޓަލްތަކާއި, ރަށްރަށުގައި ހިންގާ އިއާދަކުރަނިވި ހަކަތައިން ކަރަންޓު އުފެއްދުމުގެ މަޝްރޫއުތަކާއި, ފެން އުފައްދާ ޕްލާންޓްތައް ފަދަ ތަންތަނުން އެފަދަ ބައެއް ވަޒީފާތައް އުފެދޭނެކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

އަހުމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލަށް 40 އަހަރުފުރުން ފާހަގަކުރުމަށް މިރޭ ބޭއްވި ޖަލްސާގައި, އަލްމަރްހޫމް ޑީ އަހުމަދު ދީދީގެ ހަނދާނީ ޚާއްސަ އެވޯޑް ދެއްވައި, އެ ސްކޫލަށް 25 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތްކުރައްވާފައިވާ ބޭފުޅުންނަށް ހަނދާނީ ފިލާ ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހެވެ. އަދި މި ޖަލްސާއަށްފަހު ރައީސުލްޖުމްހޫރިއްޔާ ވަނީ އަހުމަދިއްޔާ ސްކޫލުގެ "ހަނދާނީ ގެލެރީ" ބައްލަވާލައްވާފައެވެ.

އަހުމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލްރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ޑރ އިޔާޟް, ޖަނާބް އަށް: އިތުރަށް ރަޢްޔިތުންނަށް ގެއްލުން ނުދީ ޅިޔަނަށާއި ކޮއްކޮ އަށް ގޯއްޗަށް ދާން ލަފާ ދެއްވާ

ޑރ އިޔާޟް, ޖަނާބް އަށް: އިތުރަށް ރަޢްޔިތުންނަށް ގެއްލުން ނުދީ ޅިޔަނަށާއި ކޮއްކޮ އަށް ގޯއްޗަށް ދާން ލަފާ ދެއްވާ

20 ސެޕްޓެމްބަރު 2025
މުސްލިމު ދިވެއްސެއްގެ ގޮތުގައި ދަރިވަރުން ބިނާކުރެވޭކަން ކަށަވަރުކުރަންޖެހޭ: ސާޖިދާ

މުސްލިމު ދިވެއްސެއްގެ ގޮތުގައި ދަރިވަރުން ބިނާކުރެވޭކަން ކަށަވަރުކުރަންޖެހޭ: ސާޖިދާ

07 ސެޕްޓެމްބަރު 2025
މާލޭ ހުކުރު މިސްކިތް ވަށައިގެން ކަލްޗަރަލް ޒޯނެއް ކަނޑައެޅުއްވުމަށް ރައީސް ސާލިހް ނިންމަވައިފި

މާލޭ ހުކުރު މިސްކިތް ވަށައިގެން ކަލްޗަރަލް ޒޯނެއް ކަނޑައެޅުއްވުމަށް ރައީސް ސާލިހް ނިންމަވައިފި

31 އޮކްޓޯބަރު 2023
ރައީސް ޞާލިހު އިރުޝާދު ދެއްވީ ހުވާކުރާ ޖަލްސާ އަށް ހުރަސް އެޅޭ ކަމެއް ނުކުރަން - އަސްލަމް

ރައީސް ޞާލިހު އިރުޝާދު ދެއްވީ ހުވާކުރާ ޖަލްސާ އަށް ހުރަސް އެޅޭ ކަމެއް ނުކުރަން - އަސްލަމް

31 އޮކްޓޯބަރު 2023
ރައީސް ޞާލިހުގެ "އާ ޒުވާނުންގެ ޖީލު" ސިޔާސަތު ތައާރަފްކޮށްފި

ރައީސް ޞާލިހުގެ "އާ ޒުވާނުންގެ ޖީލު" ސިޔާސަތު ތައާރަފްކޮށްފި

13 އޯގަސްޓު 2023

އަހަރުތަކުން މިއަދު

22 މާރިޗު
ސްޓްރޯބެރީ ބްރައުނީސް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ސްޓްރޯބެރީ ބްރައުނީސް

ލޯނު ދެއްކުމުގައި ލުއި ގޮތްތަކެއް ބޭނުންފުޅުވީ ހިނދު ރައީސްގެ ހިފެހެއްޓުމެއްނެތް ތައުރީފް އިންޑިއާއަށް
20242 އަހަރު ކުރިން
ރިޕޯޓު

ލޯނު ދެއްކުމުގައި ލުއި ގޮތްތަކެއް ބޭނުންފުޅުވީ ހިނދު ރައީސްގެ ހިފެހެއްޓުމެއްނެތް ތައުރީފް އިންޑިއާއަށް

އެގް ބްރީޓޯ
20233 އަހަރު ކުރިން
ލައިފް ސްޓައިލް

އެގް ބްރީޓޯ

ރަޝިޔާގެ ދެމިއޮތުމަށް ނުރައްކާވާ ހިސާބަށް ދިޔުމުން ނިޔުކުލިއަރ ހަތިޔާރުގެ ބޭނުންކުރާނެކަމުގެ އިޝާރާތެއް
20224 އަހަރު ކުރިން
ދުނިޔެ

ރަޝިޔާގެ ދެމިއޮތުމަށް ނުރައްކާވާ ހިސާބަށް ދިޔުމުން ނިޔުކުލިއަރ ހަތިޔާރުގެ ބޭނުންކުރާނެކަމުގެ އިޝާރާތެއް

ޑރ މުއިއްޒުގެ މެއިޑް ދަންޖެހި މަރުވިގޮތް ތަހުޤީޤުކުރުމަށް ޖާބިރު ގޮވާލައިފި
20215 އަހަރު ކުރިން
ރާއްޖެ

ޑރ މުއިއްޒުގެ މެއިޑް ދަންޖެހި މަރުވިގޮތް ތަހުޤީޤުކުރުމަށް ޖާބިރު ގޮވާލައިފި

ނިއުޒިލޭންޑްގެ ބޮޑު ވަޒީރު މިސާލު ނެންގެވީ ރަސޫލާގެ ހަދީސްފުޅުން
20197 އަހަރު ކުރިން
ރިޕޯޓު

ނިއުޒިލޭންޑްގެ ބޮޑު ވަޒީރު މިސާލު ނެންގެވީ ރަސޫލާގެ ހަދީސްފުޅުން

ޑްރަގު މައްސަލައެއްގައި ދައުލަތަށް ނެގި 1.1 މިލިއަން ރުފިޔާ އަނބުރާ ދޭން ޖެހިއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ޑްރަގު މައްސަލައެއްގައި ދައުލަތަށް ނެގި 1.1 މިލިއަން ރުފިޔާ އަނބުރާ ދޭން ޖެހިއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު