Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއޮޑިޓަރ ޖެނެރަލްގެ ޑިޕާޓްމެންޓެއް އައްޑޫގައި

އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ އައިއެސްއޯ ޑިޕާޓްމެންޓް އައްޑޫ ސިޓީގައި ގާއިމްކޮށްފި

2021 ވަނަ އަހަރު ކުޅުދުއްފުށީ ސިޓީގައި އުތުރު ސަރަހައްދީ އޮފީހެއް ގާއިމްކޮށްފައިވޭ

މުހައްމަދު ޔާސިރު މޫސާ
މުހައްމަދު ޔާސިރު މޫސާ | 21 ފެބުރުއަރީ 2022 | ހޯމަ 01:07
އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ އައިއެސްއޯ ޑިޕާޓްމެންޓް އައްޑޫ ސިޓީގައި ގާއިމްކުރުން

އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ އައިއެސްއޯ ޑިޕާޓްމެންޓް އައްޑޫ ސިޓީގައި ގާއިމްކުރުން

ސަރުކާރުގެ އިދާރާތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މާލީކަންކަން ބަލަހައްޓާ އިންފޮމޭޝަން ސިސްޓަމްތައް އޮޑިޓްކުރުމަށްޓަކައި އޮޑިޓަރ ޖެނެރަލްގެ އޮފީހުން އައްޑޫ ސިޓީގައި އާދީއްތަ ދުވަހު އައު ޑިޕާޓްމެންޓެއް ގާއިމްކޮށްފިއެވެ.

މިކަމަށްޓަކައި އައްޑޫ ސިޓީގައި ބޭއްވި ހަފްލާގައި އޮޑިޓަރ ޖެނެރަލް ވާހަކަދައްކަވަމުން ވިދާޅުވީ، ސަރުކާރުގެ މާލީކަންކަން މިއަދު ބަލަހައްޓަމުން ގެންދަނީ އެސްއޭޕީ ޕަބްލިކް އެކައުންޓިންގ ސިސްޓަމްގައިކަމަށެވެ. އަދި ދައުލަތުގެ އާމްދަނީއާއި، ހަރަދު އަދި މިލްކިއްޔާތާއި ދަރަންޔާބެހޭ އެންމެހާ ރެކޯޑްތައް ބަލަހައްޓަމުންދާ ސިސްޓަމްތަކުގެ ޑޭޓާ އިންޓެގްރިޓީއާއި، ސިސްޓަމް ކޮންޓްރޯލްތަކާއި އެސިސްޓަމްތަކުން ޖެނެރޭޓްކުރާ ރިޕޯޓްތަކުގެ ސައްހަކަން ދެނެގަތުމަށްޓަކައި އެސިސްޓަމްތަކުގެ އޮޑިޓްތައް މިއަދު ކުރަންޖެހިފައިވާ ކަމަށެވެ.

އިންފޮމޭޝަން ސިސްޓަމް އޮޑިޓް ޑިޕާޓްމެންޓް އައްޑޫ ސިޓީގައި ގާއިމްކުރީ އޮޑިޓްކުރުމުގެ ހިދުމަތްތައްވެސް ލާމަރުކަޒީ އުސޫލުން ކުރިއަށްގެންދިއުމަށް ދެވޭ އިސްކަމުގެ ސިޔާސަތުގެ ދަށުންނެވެ.

މިއަދުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ އައްޑޫ ސިޓީގެ މޭޔަރ އަލީ ނިޒާރެވެ. މޭޔަރގެ ވާހަކަފުޅުގައި އައްޑޫ ސިޓީގައި މި ޑިޕާޓްމެންޓް ގާއިމްކުރެއްވިކަމަށްޓަކައި އޮޑިޓަރ ޖެނެރަލްއަށް ޝުކުރުއަދާކުރެއްވިއެވެ. މީގެ އިތުރުން ލާމަރުކަޒީ ނިޒާމުގެ މަގްސަދުތައް ހާސިލްކުރުމަށްޓަކައި ދައުލަތުގެ އެންމެހާ އިދާރާތަކުންނާއި ސަރުކާރުގެ ކުންފުނިތަކުންވެސް ލާމަރުކަޒީ އުސޫލުން ހިދުމަތްތައް ދިނުމަށާއި ވިޔަފާރިތައް ފުޅާކުރުމަށް އިތުރު މަސައްކަތްތަކެއް ކުރަންޖެހިފައިވާކަން ފާހަގަކުރެއްވިއެވެ.

އޮޑިޓަރ ޖެނެރަލްގެ އޮފީހުން ވަނީ 2015 ވަނަ އަހަރުގައި އައްޑޫ ސިޓީގައި ދެކުނު ސަރަހައްދީ އޮފީހެއް ގާއިމްކޮށްފައެވެ. މީގެ އިތުރުން 2021 ވަނަ އަހަރު ކުޅުދުއްފުށީ ސިޓީގައި އުތުރު ސަރަހައްދީ އޮފީހެއްވެސް ވަނީ ގާއިމްކޮށްފައެވެ.

އޮޑިޓަރ ޖެނެރަލް އޮފީސްއައްްޑޫ ސިޓީ

އިތުރަށް ކިޔާލަން

06 ޑިސެމްބަރު 2025

އައްޑޫ ޑްރަގް ނެޓްވޯކުގައި ހިމެނޭ 10 މީހަކު ހައްޔަރުކޮށްފި

06 ޑިސެމްބަރު 2025
އައްޑޫ ޑްރަގް ނެޓްވޯކުގައި ހިމެނޭ 10 މީހަކު ހައްޔަރުކޮށްފި
05 ޑިސެމްބަރު 2025

މަސްތުވާތަކެތީގެ ބޮޑެއް ކަމަށް ބުނެ އައްޑޫ އިން ހައްޔަރު ކުރި ނަދީމް އަކީ މުއިއްޒު ސަރުކާރުގެ ބޮޑުންނާއި ގާތް ފަރާތެއް

05 ޑިސެމްބަރު 2025
މަސްތުވާތަކެތީގެ ބޮޑެއް ކަމަށް ބުނެ އައްޑޫ އިން ހައްޔަރު ކުރި ނަދީމް އަކީ މުއިއްޒު ސަރުކާރުގެ ބޮޑުންނާއި ގާތް ފަރާތެއް
04 ޑިސެމްބަރު 2025

މަސްތުވާތަކެތީގެ މައްސަލާގައި ހައްޔަރު ކުރި 5 މީހުންގެ ވަނަވަރު އާންމުކޮށް ނަދަމާ އާއި އިތުރު ދެމީހެއްގެ ބަންދަށް 30 ދުވަސް!

04 ޑިސެމްބަރު 2025
މަސްތުވާތަކެތީގެ މައްސަލާގައި ހައްޔަރު ކުރި 5 މީހުންގެ ވަނަވަރު އާންމުކޮށް ނަދަމާ އާއި އިތުރު ދެމީހެއްގެ ބަންދަށް 30 ދުވަސް!
02 ޑިސެމްބަރު 2025

އެއް މިސްރާބަކަށް މަސައްކަތްކޮށް ފުލުހުންގެ މުއައްސަސާގެ އަގު ދެމެހެއްޓުމަށް މަސައްކަތްކުރުމަށް ސީޕީ ނަވީން އެދިވަޑައިގެންފި

02 ޑިސެމްބަރު 2025
އެއް މިސްރާބަކަށް މަސައްކަތްކޮށް ފުލުހުންގެ މުއައްސަސާގެ އަގު ދެމެހެއްޓުމަށް މަސައްކަތްކުރުމަށް ސީޕީ ނަވީން އެދިވަޑައިގެންފި
30 ނޮވެމްބަރު 2025

މަރަދޫ ބޮނޑޮގެ: މުޅި އައްޑޫގެ ތާރީޚް އެއްތަނަކުން ފެންނަ ގޮތަށް އާރޓް ގެލަރީއެއް ހުޅުވައިފި

30 ނޮވެމްބަރު 2025
މަރަދޫ ބޮނޑޮގެ: މުޅި އައްޑޫގެ ތާރީޚް އެއްތަނަކުން ފެންނަ ގޮތަށް އާރޓް ގެލަރީއެއް ހުޅުވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު