Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއައު މިސްކިތްތައް ހުޅުވުން

ރޯދައާއި ދިމާކޮށް 3 މިސްކިތެއް ހުޅުވާނަން: މިނިސްޓަރު

20 ފެބުރުއަރީ 2022 | އާދީއްތަ 08:09

ރާއްޖޭގެ 3 ސަރަހައްދަކުން މިސްކިތް ހުޅުވަން ވަނީ ނިންމާފައި

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް | 20 ފެބުރުއަރީ 2022 | އާދީއްތަ 08:09
އިސްލާމިކް މިނިސްޓަރު، ޑރ. އަހުމަދު ޒާހިރް އަލީ

އިސްލާމިކް މިނިސްޓަރު، ޑރ. އަހުމަދު ޒާހިރް އަލީ

ރޯދަމަހާއި ދިމާކޮށް 3 މިސްކިތެއް ހުޅުވިގެންދާނެ ކަމަށް އިސްލާމިކް މިނިސްޓަރ ޑރ. އަހުމަދު ޒާހިރު އަލީ ވިދާޅުވެއްޖެއެވެ.

ރާއްޖެއެމްވީއަށް މައުލޫމާތުދެއްވަމުން މިނިސްޓަރ ވިދާޅުވީ ރޯދަމަހާ ދިމާކޮށް ރާއްޖޭގެ 3 ސަރަހައްދުން 3 މިސްކިތެއް ހުޅުވިގެންދާނެ ކަމަށެވެ. މިގޮތުން މާލެ ސަރަހައްދުން ހުޅުމާލެ ދެވަނަ ފިޔަވަހީގައި ގާއިމްކޮށްފައިވާ ވަގުތީ ދެވަނަ މިސްކިތް ހުޅުވިގެންދާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި ލ. އަތޮޅުގެ މިސްކިތަކާއި، މެދުރާއްޖެތެރޭގައިވެސް މިސްކިތެއް ހުޅުވުމަށް ތައްޔާރުވެފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

Advertisement - newsAdvertisement

މީގެ އިތުރުން މިނިސްޓަރ ވިދާޅުވީ ރާއްޖޭގައި ހުރި ހުރިހާ މިސްކިތްތަކަކީވެސް މިހާރު މަރާމާތުކުރަންޖެހޭ މިސްކިތްތަކެއް ކަމަށެވެ. މިއީ އެތައް އަހަރެއް ވަންދެން ނުކުރެވިހުރި މަރާމާތުތަކެއް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިނިސްޓަރ ވިދާޅުވީ މި މަސައްކަތަށް ގާތްގަނޑަކަށް 65 މިލިއަން ރުފިޔާ ޚަރަދުވާނެ ކަމަށެވެ. މިކަން މިހާރު ވާނީ ފިނޭންސް މިނިސްޓްރީއަށް ހުށަހަޅާފައިކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެހެންނަމަވެސް މި މަސައްކަތަށް ލިބޭނެ ކަމަށް ބެލެވެނީ 30 ވަރަކަށް މިލިއަން ރުފިޔާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ކުރިއަށް އޮތް ރޯދަ މަހަށް ޚާއްސަކޮށްގެން 32 މިސްކިތެއް މަރާމާތު ކުރުމުގެ މަސައްކަތް މާލެ ސިޓީ ކައުންސިލުން ވަނީ ފަށާފައެވެ. މި މަސައްކަތުގެ ތެރެއިން މިސްކިތްތަކުގައި ހަލާކުވެފައި ހުރި ޓައިލްސްތައް ނައްޓައި ޓައިލްސް އައުކުރުމުގެ މަސައްކަތް ކުރާނެ ކަމަށް މާލެ ސިޓީ ކައުންސިލުން ވަނީ ބުނެފައެވެ. އަދި ފަންކާ، ލައިޓް، އޭސީ އަދި ސައުންޑްގެ މައްސަލަ ހުރި ނަމަ އެމައްސަލަތައް ހައްލު ކުރާނެ ކަމަށް ކައުންސިލުން ބުނެއެވެ.

މިމަސައްކަތްތަކާއި ގުޅޭ ގޮތުން މާލެ ސިޓީގެ މޭޔަރ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ މާލޭ ސިޓީގެ 43 މިސްކިތް ބެލެހެއްޓުމަށް ސަރުކާރުން ހަމަޖައްސައިދީފައިވަނީ 1 މިލިއަން ރުފިޔާ ކަމަށާއި ނަމަވެސް މިސްކިތްތަކުގެ މަރާމާތަށް ގާތްގަނޑަކަށް 13 ވަރަކަށް މިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ބެލެވޭ ކަމަށެވެ. މިސްކިތްތަކުގެ މަރާމާތުގެ މަސައްކަތް ފަށާފައިވަނީ ހަމައެކަނި ސަރުކާރުން ދިން ބަޖެޓަށް ބަލައިގެން ނޫން ކަމަށާއި ކައުންސިލުގެ އާމްދަނީ ބަޖެޓުން ވެސް އެކަމަށް ފައިސާ ބޭނުންކުރާނެ ކަމަށް މޭޔަރު ވިދާޅުވިއެވެ. އަދި ވިދާޅުވީ މިމަސައްކަތް ކުރުމުގައި އާއްމުންގެ އެހީތެރިކަމާއި އެއްބާރުލުން ބޭނުންވާ ކަމަށެވެ.

ރަމަޟާން މަހަށް ޚާއްސަކޮށްގެން މިސްކިތްތައް އާބާތުރަ ފިލުވުމާއި މަރާމާތު ކުރުމުގެ މަސައްކަތްތައް ކުރިއަށްދާއިރު، 32 މިސްކިތެއްގެ މަސައްކަތް ރޯދައިގެ ކުރިން ނިންމުމަށް މިހާރު ވަނީ އަމާޒު ހިފާފައެވެ.

މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒްއިސްލާމިކް މިނިސްޓަރ ޑރ. އަހުމަދު ޒާހިރު އަލީ

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

މަޝްހޫރު ބަތަލާ ހޭޑަން ޕެނެޓިއޭ 36 އަހަރުގައި މަރުވެފައި އޮއްވާ ފެނިއްޖެ

5

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

އިތުރަށް ކިޔާލަން

22 އޮކްޓޯބަރު 2025

ކުރީގެ ރައީސް ސާލިހުގެ ސަރުކާރުގައި ދެ ޚުތުބާއެއް ފޮރުވާފައިވާ ކަމަށް ވިދާޅުވެ، މިނިސްޓަރު ޝަހީމް މަޖިލީހުގައި ދޮގު ހައްދަވައިފި

22 އޮކްޓޯބަރު 2025
ކުރީގެ ރައީސް ސާލިހުގެ ސަރުކާރުގައި ދެ ޚުތުބާއެއް ފޮރުވާފައިވާ ކަމަށް ވިދާޅުވެ، މިނިސްޓަރު ޝަހީމް މަޖިލީހުގައި ދޮގު ހައްދަވައިފި
10 ސެޕްޓެމްބަރު 2025

އަމިއްލަ ފަރާތްތަކުން އަޅާ މިސްކިތްތަކުގެ މަސައްކަތް އަވަހަށް ނިންމުމަށް އާ ސިޔާސަތުތަކެއް ކަނޑައަޅައިފި

10 ސެޕްޓެމްބަރު 2025
އަމިއްލަ ފަރާތްތަކުން އަޅާ މިސްކިތްތަކުގެ މަސައްކަތް އަވަހަށް ނިންމުމަށް އާ ސިޔާސަތުތަކެއް ކަނޑައަޅައިފި
19 އެޕްރީލު 2025

ސައުދީ ސަރުކާރުން ރާއްޖެއަށް 25،000 މުސްހަފް ހަދިޔާކޮށްފި

19 އެޕްރީލު 2025
ސައުދީ ސަރުކާރުން ރާއްޖެއަށް 25،000 މުސްހަފް ހަދިޔާކޮށްފި
16 އެޕްރީލު 2025

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި 2،500 މީހުންގެ ޖާގައިގެ މިސްކިތެއް އަޅަން ހަވާލުކޮށްފި

16 އެޕްރީލު 2025
ހުޅުމާލޭ ދެވަނަ ފިޔަވަހީގައި 2،500 މީހުންގެ ޖާގައިގެ މިސްކިތެއް އަޅަން ހަވާލުކޮށްފި
01 މާރިޗު 2025

މިއަހަރުގެ ރަމަޟާންމަހުގެ ފިޠުރު ޒަކާތް ބަލައިގަންނަން ފަށައިފި

01 މާރިޗު 2025
މިއަހަރުގެ ރަމަޟާންމަހުގެ ފިޠުރު ޒަކާތް ބަލައިގަންނަން ފަށައިފި
10 އޮކްޓޯބަރު 2024

ހުއްދަ ނެގުމަކާއިނުލާ އުމްރާއަށް ގެންދާ ފަރާތްތައް ބައިމިލިއަން ރުފިޔާއާއި ހަމައަށް ޖޫރިމަނާ

10 އޮކްޓޯބަރު 2024
ހުއްދަ ނެގުމަކާއިނުލާ އުމްރާއަށް ގެންދާ ފަރާތްތައް ބައިމިލިއަން ރުފިޔާއާއި ހަމައަށް ޖޫރިމަނާ
18 ސެޕްޓެމްބަރު 2024

އިމާމުން ތަމްރީނުކުރުމަށް ބޭރަށް ފޮނުވަން ސަރުކާރުން އެއްވެސް ހަރަދެއް ނުކުރޭ

18 ސެޕްޓެމްބަރު 2024
އިމާމުން ތަމްރީނުކުރުމަށް ބޭރަށް ފޮނުވަން ސަރުކާރުން އެއްވެސް ހަރަދެއް ނުކުރޭ
10 ޖޫން 2024

ރައީސް މުއިއްޒު ވެރިކަމާއި ހަވާލުވިއިރު މިނިސްޓްރީ 27 މިލިއަން ރުފިޔާގެ ދަރަނިވެފައި ނޯންނާނެ: ކުރީގެ އިސްލާމިކް މިނިސްޓަރު

10 ޖޫން 2024
ރައީސް މުއިއްޒު ވެރިކަމާއި ހަވާލުވިއިރު މިނިސްޓްރީ 27 މިލިއަން ރުފިޔާގެ ދަރަނިވެފައި ނޯންނާނެ: ކުރީގެ އިސްލާމިކް މިނިސްޓަރު
09 ޖޫން 2024

ހައްޖު ކޯޓާއަށް 150 މީހުންގެ ޖާގަ އިތުރުކުރީ މިސަރުކާރުގެ ބުރަ މަސައްކަތުން ކަމަށް ބުނެ ހަދަނީ ދޮގު

09 ޖޫން 2024
ހައްޖު ކޯޓާއަށް 150 މީހުންގެ ޖާގަ އިތުރުކުރީ މިސަރުކާރުގެ ބުރަ މަސައްކަތުން ކަމަށް ބުނެ ހަދަނީ ދޮގު
09 ޖޫން 2024

ފަގީރުންގެ ލިސްޓަކީ ބަދަލުވާ ލިސްޓެއް، ހައްޖަށް ފޮނުވީ ކުރީ ސަރުކާރުގެ ލިސްޓަކަށް ކަމަށް ބުނެ ފަރުޖައްސާލަވެން ނެތް: ކުރީގެ އިސްލާމިކް މިނިސްޓަރު

09 ޖޫން 2024
ފަގީރުންގެ ލިސްޓަކީ ބަދަލުވާ ލިސްޓެއް، ހައްޖަށް ފޮނުވީ ކުރީ ސަރުކާރުގެ ލިސްޓަކަށް ކަމަށް ބުނެ ފަރުޖައްސާލަވެން ނެތް: ކުރީގެ އިސްލާމިކް މިނިސްޓަރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް