Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޖޯޖް ކޯބިންގެ ފޮތް ނެރުން

ޖޯޖް ކޯބިންގެ "ޓޫ ތައުޒަން އެންޝޭންޓެޑް އައިލެންޑްސް" ފޮތް ރަސްމީކޮށް ލޯންޗުކޮށްފި

މިއީ 1972 ވަނަ އަހަރު ލިޔެފައިވާ ފޮތެއް

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް | 19 ފެބުރުއަރީ 2022 | ހޮނިހިރު 13:58
ޓޫ ތައުޒަން އެންޝޭންޓެޑް އައިލެންޑްސް ފޮތް ނެރުން

ޓޫ ތައުޒަން އެންޝޭންޓެޑް އައިލެންޑްސް ފޮތް ނެރުން

ރާއްޖޭގެ ފަތުރުވެރިކަމުގެ ބާނީއެއް ކަމުގައިވާ ޖޯޖް ކޯބިން ލިޔުއްވާފައިވާ އައު ފޮތް ރަސްމީކޮށް ނެރެފިއެވެ.

"ޓޫ ތައުޒަން އެންޝޭންޓެޑް އައިލެންޑްސް" މި ފޮތަކީ ޖޯޖް ކޯބިންއާއި ފޮޓޯގްރާފަރެއް ކަމަށްވާ ފްރޭންސެސްކޯ ބާރނިން ގުޅިގެން 1972 ވަނަ އަހަރު ތައްޔާރުކުރައްވާފައިވާ ފޮތެކެވެ. ކޯބިން މިފޮތް ތައްޔާރުކުރައްވާފައިވަނީ އެންމެ ފުރަތަމަ ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިން ގޮވައިގެން ރާއްޖެ ވަޑައިގެންނެވެ. އެހެންނަމަވެސް މި ފޮތް ރަސްމީކޮށް ނެރެފައެއް ނުވެއެވެ.

"ޓޫ ތައުޒަން އެންޝޭންޓެޑް އައިލެންޑްސް" މި ފޮތް ރަސްމީކޮށް ނެރެފައިވަނީ މިކަމަށްޓަކައި، ހޮނިހިރު ދުވަހު ބޭއްވި ރަސްމިއްޔާތެއްގައެވެ. މި ފޮތް ރަސްމީކޮށް ނެރެދެއްވުމަށްފަހު ކޯބިން ވަނީ ފޮތުގެ ގިނަ ކޮޕީތަކެއްގައި ސޮއިކުރައްވާފައެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ކޯބިން ވަނީ އޭނާ ރާއްޖެއަށް ކުރައްވަމުންގެންދަވާ މި ދަތުރުފުޅުގައި ދިވެހިން އޭނާއާމެދު ބަހައްޓާ ގާތްކަމަށްޓަކައި ޝުކުރުއަދާކުރައްވާފައެވެ. އަދި ޚުދު އޭނާއަކީ ދިވެހިންގެ ތެރެއަށް ނިސްބަތްވާ މީހެއް ކަމުގެ އިހުސާސް މިހާރު ކުރެވޭކަމަށް ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ފަތުރުވެރިކަމުގެ ބާނީންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ހެލްތު މިނިސްޓަރ އަހުމަދު ނަސީމް ވަނީ, މިފޮތް ނެރުމަށް ނިންމެވީ ރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރު ފުރުމާ ގުޅިގެންކަން ފާހަގަކުރައްވާފައެވެ.

ރާއްޖެއަށް ފަތުރުވެރިންގެ ފުރަތަމަ ގްރޫފެއް އައީ މީގެ 50 އަހަރު ކުރިން 16 ފެބުރުއަރީ 1972ގައެވެ. އެއީ އިޓަލީވިލާތުގެ ޓުއަރ އޮޕަރޭޓަރެއް ކަމަށްވާ މިސްޓަރ ޖޯޖް ކޯބިންއާއެކު އިޓަލީވިލާތުން ޒިޔާރަތްކުރި 22 ފަތުރުވެރިންގެ ގްރޫޕެކެވެ. އެމީހުން ދެހަފުތާއަށް ރާއްޖޭގައި ތިބުން ވެގެންދިޔައީ ރާއްޖޭގެ ފަތުރުވެރިކަމުގެ ފެށުމަށެވެ.

ޖޯޖް ކޯބިންހެލްތު މިނިސްޓްރީ

އިތުރަށް ކިޔާލަން

21 ސެޕްޓެމްބަރު 2025

ކުނި މެނޭޖްކުރާ ވެމްކޯ އަށް ސިއްހީ މަރުކަޒު އަޕްގްރޭޑް ކުރުމަަށް ހަވާލުކޮށްފި

21 ސެޕްޓެމްބަރު 2025
ކުނި މެނޭޖްކުރާ ވެމްކޯ އަށް ސިއްހީ މަރުކަޒު އަޕްގްރޭޑް ކުރުމަަށް ހަވާލުކޮށްފި
05 އޯގަސްޓު 2025

ސަރުކާރުން ފައިސާ ނުދޭތީ، ފީއަލީ ޞިއްޙީ މަރުކަޒުގެ މަސައްކަތް ހުއްޓި، ތަން ރޫޅާލަނީ

05 އޯގަސްޓު 2025
ސަރުކާރުން ފައިސާ ނުދޭތީ، ފީއަލީ ޞިއްޙީ މަރުކަޒުގެ މަސައްކަތް ހުއްޓި، ތަން ރޫޅާލަނީ
18 ޖުލައި 2025

"މޯލްޑިވްސް ސްޕެކްސް 2030" އިނީޝިއޭޓިވް އިފްތިތާޙްކޮށްފި

18 ޖުލައި 2025
"މޯލްޑިވްސް ސްޕެކްސް 2030" އިނީޝިއޭޓިވް އިފްތިތާޙްކޮށްފި
09 ޖުލައި 2025

މި ދުވަސްވަރު ބޭރަށް ހިންގުމާއި ހޮޑުލުން އެންމެ ގިނައިން ރިޕޯރޓްކޮށްފައިވަނީ މާލެ ސަރަހައްދުން

09 ޖުލައި 2025
މި ދުވަސްވަރު ބޭރަށް ހިންގުމާއި ހޮޑުލުން އެންމެ ގިނައިން ރިޕޯރޓްކޮށްފައިވަނީ މާލެ ސަރަހައްދުން
30 ޖޫން 2025

ނެޝަނަލް މައިގްރަންޓް ހެލްތު ޕޮލިސީ ލޯންޗްކޮށްފި

30 ޖޫން 2025
ނެޝަނަލް މައިގްރަންޓް ހެލްތު ޕޮލިސީ ލޯންޗްކޮށްފި
29 ޖޫން 2025

އައިޖީއެމްއެޗުގެ އިހުމާލުން 8 މަހުގެ ތުއްތު ކުއްޖަކު މަރުވި ކަމަށް ބުނާ މައްސަލަ ބަލަނީ

29 ޖޫން 2025
އައިޖީއެމްއެޗުގެ އިހުމާލުން 8 މަހުގެ ތުއްތު ކުއްޖަކު މަރުވި ކަމަށް ބުނާ މައްސަލަ ބަލަނީ
19 އެޕްރީލު 2025

ދުންފަތުގެ ވިޔަފާރިކުރަން ބޭނުންވާ ލައިސަންސް ހޯދަން ހުޅުވާލައިފި

19 އެޕްރީލު 2025
ދުންފަތުގެ ވިޔަފާރިކުރަން ބޭނުންވާ ލައިސަންސް ހޯދަން ހުޅުވާލައިފި
17 އެޕްރީލު 2025

ބޭސް ލިބުމުގެ މައްސަލަ ހައްލު ނުކުރެވި ވަނީ ސަރުކާރުން އެކަން ކުރަން ބޭނުން ނުވާތީ - އާދިލް

17 އެޕްރީލު 2025
ބޭސް ލިބުމުގެ މައްސަލަ ހައްލު ނުކުރެވި ވަނީ ސަރުކާރުން އެކަން ކުރަން ބޭނުން ނުވާތީ - އާދިލް
16 ޑިސެމްބަރު 2024

2025ގެ ނިޔަލަށް އެޗްއައިވީ ފަދަ ބަލިތައް ވާރުތަވުން ނައްތާލެވިފައިވާ ގައުމަކަށް ރާއްޖެ ހެދުމަށް މަސައްކަތް ކުރަނީ

16 ޑިސެމްބަރު 2024
2025ގެ ނިޔަލަށް އެޗްއައިވީ ފަދަ ބަލިތައް ވާރުތަވުން ނައްތާލެވިފައިވާ ގައުމަކަށް ރާއްޖެ ހެދުމަށް މަސައްކަތް ކުރަނީ
30 އޯގަސްޓު 2024

މާލީ ހާލަތު ދަށަށް، ހެލްތް މިނިސްޓްރީ އަށް ނައިބަކާ އެކު ސިޔާސީ މަގާމުތައް މައްޗަށް

30 އޯގަސްޓު 2024
މާލީ ހާލަތު ދަށަށް، ހެލްތް މިނިސްޓްރީ އަށް ނައިބަކާ އެކު ސިޔާސީ މަގާމުތައް މައްޗަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު