Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައީސް ޅ. އަތޮޅަށް ކުރައްވާ ދަތުރުފުޅު

މަޑިވަރު ޓިކެޓްގެ އަގަށް ބަދަލު ގެނައުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނަން: ރައީސް ސޯލިހް

19 ފެބުރުއަރީ 2022 | ހޮނިހިރު 12:34

ޓިކެޓް އަގަށް ބަދަލު ގެނައުމަށް އައިލެންޑް އޭވިއޭޝަނާ މަޝްވަރާ ކުރާނަން

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 19 ފެބުރުއަރީ 2022 | ހޮނިހިރު 12:34
ނައިފަރުގައި 100 ހައުސިންގ ޔުނިޓް އެޅުމުގެ ރަސްމިއްޔާތަށް ރައީސް ވަޑައިގަންނަވަނީ

ނައިފަރުގައި 100 ހައުސިންގ ޔުނިޓް އެޅުމުގެ ރަސްމިއްޔާތަށް ރައީސް ވަޑައިގަންނަވަނީ

މަޑިވަރަށް ދަތުރު ކުރުމަށް އެއްކޮޅަށް 1020 ރުފިޔާ ޚަރަދު ކުރަން ޖެހުމުން އެކަމުގައި ރައްޔިތުންގެ ކަންބޮޑުވުން ހުރި ކަމަށާއި, އެކަމަށް ހައްލު ގެނައުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ޅ. ނައިފަރުގައި 100 ހައުސިންގ ޔުނިޓް ހަވާލުކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ, ޓިކެޓްގެ އަގަށް ބަދަލު ގެނައުމަށް އައިލެންޑް އޭވިއޭޝަން ސަރވިސަސްއާ މަޝްވަރާ ކުރައްވާނެ ކަމަށެވެ. އަދި މިކަމަށް ވަރަށް އަވަހަށް ހައްލު ލިބިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

Advertisement - newsAdvertisement

ޅ. ނައިފަރުގައި އަޅާ 100 ހައުސިންގ ޔުނިޓާ ބެހޭގޮތުން ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ, ނައިފަރަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ އަކީ ޒަމާނުއްސުރެ ކުރިމަތިވެފައިވާ މައްސަލައެއް ކަމަށެވެ. އަދި މި 100 ހައުސިންގ ޔުނިޓްގެ މަޝްރޫއު ކުރިއަށް ގެންގޮސްފައިވަނީ މުޅި ދުނިޔެ ބަންދުވެފައި އޮތްވާ ދުވަސްވަރެއްގައިކަން ފާހަގަކުރައްވައި ރައީސް ވަނީ, މި މަޝްރޫއު ކުރިއަށް ގެންދިޔަ ކުންފުނި ކަމަށްވާ އާރްސީސީއަށް ޝުކުރު އަދާކޮށްފައެވެ.

ދެ ކޮޓަރީގެ ފްލެޓެއް ނުވަތަ ގެޔެއް އެއީ ބޯހިޔަވާހިކަމަށް އޮތް ހައްލު ނޫން ކަމަށާއި, ތަނަވަސްކޮށް އާއިލާއެކު ދިރިއުޅުމުގެ ފުރުސަތު ރައްޔިތުންނަށް ލިބިގެން ޖެހޭ ކަމަށް ރައީސް ވިދާޅުވިއެވެ. ނައިފަރުގައި އަޅާފައިވާ ހައުންސިން ޔުނިޓްތަކަކީ 3 ކޮޓަރީގެ ޔުނިޓްތަކެވެ.

ރާއްޖޭގެ ގިނަ ރަށްތަކުގައި ބޯހިޔާވަހިކަމުގެ މައްސަލަތައް އެބަހުރި ކަމަށާއި 14 ރަށެއްގައި މިކަމަށް ހައްލު ހޯދައިދިނުމަށް މަޝްރޫއުތައް ކުރިއަށްދާ ކަމަށް ރައީސް ވިދާޅުވިއެވެ.

މަސްވެރިކަމަށް ދިމާވެފައިވާ ދަތިތައް ހައްލު ކޮށްދެއްވާނެ ކަމަށާއި މަހަށް ހަމަ އަގު ހޯއްދަވައިދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. މި ސިނާއަތަށް ބޮޑު އިންވެސްޓްމަންޓެއް ސަރުކާރުން ކުރާ ކަމަށާއި ފެލިވަރު ބޮޑު ކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.

ފެނަކަ އިންޖީނުގެއިން އައިސް ވިއްކޭނެ އިންތިޒާމު ހަމަޖެއްސުމުގެ މަސައްކަތް އެކުންފުނިން ކުރަމުންދާ ކަމަށާއި, ރަށު ކައުންސިލުން ބޭނުންވާނަމަ ފެނަކައާ ވާހަކަދައްކައިގެން އައިސް ލިބުމުގެ ދަތިކަން ހައްލު ކުރެވޭނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ނައިފަރު އުތުރު ނެރުގެ މަސައްކަތް ވަރަށް އަވަހަށް އެމްޓީސީސީއާ ހަވާލު ކުރައްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ސޯލިހް އިތުރަށް ވިދާޅުވީ, ނައިފަރުގެ ފެނާއި ނަރުދަމާގެ ނިޒާމުގެ މަސައްކަތް ހުއްޓިފައިވީނަމަވެސް އެމްޑަބްލިޔުއެސްސީން އެ މަސައްކަތް ފަށައިގެން ނިމުމަކާއި ގާތަށް ގޮސްފައިވާ ކަމަށެވެ.

އެ މަޝްރޫއުގެ މަސައްކަތް ނިމުމުން ނައިފަރުގައި ތާރު އެޅުމުގެ މަޝްރޫއު ފެށިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ބިން ހިއްކުމުގެ މަޝްރޫއު ވެސް ފައްޓަވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

މި ސަރުކާރުގެ ސިޔާސަތަކީ ލާމަރުކަޒީ އުސޫލުން ރައްޔިތުންނަށް ޚިދުމަތް ދިނުންކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ, ހައި ސްޕީޑް ފެރީގެ ނިޒާމުން ނައިފަރު ގުޅާލުމުގެ މަސައްކަތްވެސް ކުރައްވާނެ ކަމަށެވެ. އޭރުން ނައިފަރު ރީޖަނަލް ހަބެއްގެ ގޮތުގައި ވެގެންދާނެކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު

އެންމެ ހިނގާ

1

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

5

ގެއްލުނު ޕައިލެޓުންގެ ތަހުގީގަށް މަގުފަހިކޮށްދޭން އީރާނުން ގަތަރަށް ގޮވާލައިފި

އިތުރަށް ކިޔާލަން

20 ސެޕްޓެމްބަރު 2025

ޑރ އިޔާޟް, ޖަނާބް އަށް: އިތުރަށް ރަޢްޔިތުންނަށް ގެއްލުން ނުދީ ޅިޔަނަށާއި ކޮއްކޮ އަށް ގޯއްޗަށް ދާން ލަފާ ދެއްވާ

20 ސެޕްޓެމްބަރު 2025
ޑރ އިޔާޟް, ޖަނާބް އަށް: އިތުރަށް ރަޢްޔިތުންނަށް ގެއްލުން ނުދީ ޅިޔަނަށާއި ކޮއްކޮ އަށް ގޯއްޗަށް ދާން ލަފާ ދެއްވާ
31 އޮކްޓޯބަރު 2023

މާލޭ ހުކުރު މިސްކިތް ވަށައިގެން ކަލްޗަރަލް ޒޯނެއް ކަނޑައެޅުއްވުމަށް ރައީސް ސާލިހް ނިންމަވައިފި

31 އޮކްޓޯބަރު 2023
މާލޭ ހުކުރު މިސްކިތް ވަށައިގެން ކަލްޗަރަލް ޒޯނެއް ކަނޑައެޅުއްވުމަށް ރައީސް ސާލިހް ނިންމަވައިފި
31 އޮކްޓޯބަރު 2023

ރައީސް ޞާލިހު އިރުޝާދު ދެއްވީ ހުވާކުރާ ޖަލްސާ އަށް ހުރަސް އެޅޭ ކަމެއް ނުކުރަން - އަސްލަމް

31 އޮކްޓޯބަރު 2023
ރައީސް ޞާލިހު އިރުޝާދު ދެއްވީ ހުވާކުރާ ޖަލްސާ އަށް ހުރަސް އެޅޭ ކަމެއް ނުކުރަން - އަސްލަމް
13 އޯގަސްޓު 2023

ރައީސް ޞާލިހުގެ "އާ ޒުވާނުންގެ ޖީލު" ސިޔާސަތު ތައާރަފްކޮށްފި

13 އޯގަސްޓު 2023
ރައީސް ޞާލިހުގެ "އާ ޒުވާނުންގެ ޖީލު" ސިޔާސަތު ތައާރަފްކޮށްފި
13 އޯގަސްޓު 2023

ދެން އަންނަ ދައުރެއްގައި އިންވެސްޓަރުންނަށް ފަސޭހައިން ލޯނު ލިބޭނެ ގޮތް ހަމަޖައްސައިދޭނަން - ރައީސް

13 އޯގަސްޓު 2023
ދެން އަންނަ ދައުރެއްގައި އިންވެސްޓަރުންނަށް ފަސޭހައިން ލޯނު ލިބޭނެ ގޮތް ހަމަޖައްސައިދޭނަން - ރައީސް
11 އޯގަސްޓު 2023

އައި.އޭ.އެކްސް ސަބްމެރިން އާއި ރާއްޖެ ގުޅާލުމަކީ ޑިޖިޓަލް ދިވެހި ޖީލެއްގެ ފެށުން - ރައީސް ޞާލިހު

11 އޯގަސްޓު 2023
އައި.އޭ.އެކްސް ސަބްމެރިން އާއި ރާއްޖެ ގުޅާލުމަކީ ޑިޖިޓަލް ދިވެހި ޖީލެއްގެ ފެށުން - ރައީސް ޞާލިހު
10 އޯގަސްޓު 2023

ދާންދޫ އަށް ރައީސްގެ ވައުދު: ގައުމީ ފެންވަރުގެ އެތުލެޓިކްސް ސްޓޭޑިއަމް އަކާއި 30 އެނދުގެ ހޮސްޕިޓަލެއް

10 އޯގަސްޓު 2023
ދާންދޫ އަށް ރައީސްގެ ވައުދު: ގައުމީ ފެންވަރުގެ އެތުލެޓިކްސް ސްޓޭޑިއަމް އަކާއި 30 އެނދުގެ ހޮސްޕިޓަލެއް
10 އޯގަސްޓު 2023

އެމްޑީޕީގެ ސިޔާސަތަކީ ގަދަރުވެރި ދިރިއުޅުމަކަށް މަގުފަހިކޮށްދިނުން - ރައީސް

10 އޯގަސްޓު 2023
އެމްޑީޕީގެ ސިޔާސަތަކީ ގަދަރުވެރި ދިރިއުޅުމަކަށް މަގުފަހިކޮށްދިނުން - ރައީސް
10 އޯގަސްޓު 2023

ޑިމޮކްރެޓްސް އުފެދުމާއި ގުޅިގެން އެމްޑީޕީގެ މެމްބަރުން ކެނޑޭ ކަމަކަށް ފާހަގައެއް ނުކުރެވޭ، ޑިމޮކްރެޓްސް އާއި އެކުވެސް މަސައްކަތް ކުރެވޭނެ : މާރިޔާ

10 އޯގަސްޓު 2023
ޑިމޮކްރެޓްސް އުފެދުމާއި ގުޅިގެން އެމްޑީޕީގެ މެމްބަރުން ކެނޑޭ ކަމަކަށް ފާހަގައެއް ނުކުރެވޭ، ޑިމޮކްރެޓްސް އާއި އެކުވެސް މަސައްކަތް ކުރެވޭނެ : މާރިޔާ
16 ޖުލައި 2023

ދިއްގަރު ރައްޔިތުންނަށް ރައީސް ދެއްވީ މި ދައުރާާއި އަންނަ ދައުރަށްވެސް އުފާވެރި ޚަބަރުތަކެއް

16 ޖުލައި 2023
ދިއްގަރު ރައްޔިތުންނަށް ރައީސް ދެއްވީ މި ދައުރާާއި އަންނަ ދައުރަށްވެސް އުފާވެރި ޚަބަރުތަކެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް