Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރައީސް ޅ. އަތޮޅަށް ކުރައްވާ ދަތުރުފުޅު

ޕީޕީއެމް ކައުންސިލެއް އޮތަސް، ތަފާތު ކުރުމެއް ނެތި ޚިދުމަތް ދެމުން ގެންދަވާތީ ނައިފަރު ކައުންސިލްގެ ޝުކުރު ރައީސަށް

ނައިފަރުގެ ތަރައްގީއަށް އެންމެ މުހިންމު މަޝްރޫއުތަކާއި ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކުރެއްވި

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 19 ފެބުރުއަރީ 2022 | ހޮނިހިރު 12:25
ރައީސުލްޖުމްހޫރިއްޔާ، ޅ. ނައިފަރު ކައުންސިލާ ބައްދަލު ކުރެއްވުން

ރައީސުލްޖުމްހޫރިއްޔާ، ޅ. ނައިފަރު ކައުންސިލާ ބައްދަލު ކުރެއްވުން

ޕީޕީއެމް ކައުންސިލެއް ރަށުގައި އޮތަސް, ތަފާތު ކުރުމެއް ނެތި ޚިދުމަތް ދެމުން ގެންދަވާތީ ނައިފަރު ކައުންސިލުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހަށް ޝުކުރު ދަންނަވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ، ޅ. ނައިފަރު ކައުންސިލާ ބައްދަލު ކުރެއްވުމުން އެ ރަށު ކައުންސިލަރުން ވަނީ, ތަފާތު ކުރުމެއް ނެތި ނައިފަރުގައި ވެސް ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދަވާތީ އެކަމުގެ ޝުކުރު ރައީސަށް ވަނީ ދަންނަވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ނައިފަރު ކައުންސިލުން ވަނީ ނައިފަރުގެ ތަރައްގީއަށް އެންމެ މުހިންމު މަޝްރޫއުތަކާއި ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކުރައްވާފައެވެ. އެގޮތުން ނައިފަރުގައި 100 ހައުސިންގ ޔުނިޓް ބިނާކުރި ނަމަވެސް އަދިވެސް ބޯހިޔާވަހިކަން ރަށުގެ ރައްޔިތުންނަށް ވަރަށްބޮޑަށް ބޭނުންވާކަން ކައުންސިލަރުން ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ހޮސްޕިޓަލުގެ ޚިދުމަތްތައް އިތުރުކޮށް, ސްޕެޝަލިޓީ ޚިދުމަތްތައް ހުންނަން އެދޭކަމާއި, މަގުހެދުމާއި, ކުނި މެނޭޖްކުރުމުގައި ހުރި ދަތިތަކާއި, ނައިފަރު މަދަރުސަތުލް އިފްތިތާހާށް ކުރިމަތިވެފައިވާ ބައެއް ދަތިތަކާއި, މަސްވެރިންނަށް އައިސްލިބުމުގައި ހުރި ދަތިތަކުގެ އިތުރުން, ރަށުގެ އިގުތިސާދީ އަދި އިޖްތިމާއީ ތަރައްގީއަށް މުހިންމުކަންތައްތައް ކައުންސިލުން ފާހަގަކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި, ސަރުކާރުން މިހާރު އަންނަނީ ސަރުކާރުން ރައްޔިތުނަށް ވީ ވައުދުތައް ފުއްދުމުގެ މަސައްކަތްތައްކުރަމުންކަން ފާހަގަކުރައްވައި, ސަރުކާރުން ވީ ވައުދުތައް ފުއްދަމުން ގެންދާނީ އެއްވެސް ރަށެއް ތަފާތުކުރުމެއްނެތިކަމަށް ވިދާޅުވިއެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ކޯވިޑްގެ ސަބަބުން ކުރިމަތިވި ދަތިތަކާހުރެ ބައެއް މަޝްރޫއުތައް މަޑުޖެހުނު ނަމަވެސް, މިހާރު ރާއްޖޭގެ އިގުތިސާދީ ހާލަތު ރަނގަޅުވަމުން އަންނާތީ އެކަންކަން ހުއްޓުމެއްނެތި ކުރިޔަށްދާކަމުގައެވެ.

މީގެ އިތުރުން ކައުންސިލުން ފާހަގަކުރެއްވި ކަންކަންމުގެ ތެރެއިން ގިނަ ކަންކަމަކީ މިހާރު ފެށިގެން ކުރިޔަށްދާ, ނުވަތަ ފެށުމުގެ މަގުމަތީގައި ވާކަންތައްތައް ކަމުގައި ވިދާޅުވިއެވެ. އެގޮތުން ސިއްހީ ނިޒާމު ހަރުދަނާކޮށް, ސްޕެޝަލިސްޓުން ހޯދުމަށް ކައިރި މުސްތަގުބަލެއްގައި ހައްލުތަކެއް ލިބިގެންދާނެކަމުގައި ވިދާޅުވިއެވެ. އަދި ނަރުދަމާގެ މަސައްކަތް ނިމުމުން މަގުހެދުމުގެ މަސައްކަތް ކުރެވޭނެކަމަށާއި, މީގެ އިތުރުންވެސް ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގައި ސަރުކާރުގެ ކަމާގުޅޭ އިދާރާތަކާއި މަޝްވަރާކުރައްވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުމަށް ފަހު އެމަނިކުފާނު ވަނީ މަދަރުސަތުލް އިފްތިތާހުގައި އަލަށް އިމާރާތްކުރި 10 ކްލާސްރޫމާއި އޭވީ ރޫމްއާއި ސްޓާފްރޫމް ހިމެނޭ އިމާރާތް ރަސްމީގޮތުން ހުޅުވައިދެއްވާފައެވެ. އަދި އޭގެ ފަހުން އެމަނިކުފާނު ވަނީ ޅ އަތޮޅު ހޮސްޕިޓަލަށް ޒިޔާރަތް ކުރައްވައި ހޮސްޕިޓަލުގެ ހާލަތު ބައްލަވާލައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ޅ. އަތޮޅަށް ކުރައްވާ މި ދަތުރުފުޅުގައި ނައިފަރުގެ އިތުރުން މަޑިވަރާއި ހިންނަވަރާއި ފެލިވަރަށް އެމަނިކުފާނު ވަނީ ވަޑައިގެންފައެވެ. އަދި މި ދަތުރުފުޅުގައި އެމަނިކުފާނު އޮޅުވެލިފުއްޓާއި ކުރެންދޫއަށް ވަޑައިގެންނެވުމަށް ހަމަޖެހިފައިވެއެވެ. މި ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ވަޒީރުންނާއި ސަރުކާރުގެ ބައެއް އިސްވެރިން ބައިވެރިވެވަޑައިގަންނަވައެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުޅ. ނައިފަރު

އިތުރަށް ކިޔާލަން

16 އޮކްޓޯބަރު 2025

މާލެ އިން ނައިފަރަށް ދަތުރުކުރަމުން ދިޔަ "ނަސްރު ބޯޓު" އަޑިޔަށް ހިނގައްޖެ

16 އޮކްޓޯބަރު 2025
މާލެ އިން ނައިފަރަށް ދަތުރުކުރަމުން ދިޔަ "ނަސްރު ބޯޓު" އަޑިޔަށް ހިނގައްޖެ
20 ސެޕްޓެމްބަރު 2025

ޑރ އިޔާޟް, ޖަނާބް އަށް: އިތުރަށް ރަޢްޔިތުންނަށް ގެއްލުން ނުދީ ޅިޔަނަށާއި ކޮއްކޮ އަށް ގޯއްޗަށް ދާން ލަފާ ދެއްވާ

20 ސެޕްޓެމްބަރު 2025
ޑރ އިޔާޟް, ޖަނާބް އަށް: އިތުރަށް ރަޢްޔިތުންނަށް ގެއްލުން ނުދީ ޅިޔަނަށާއި ކޮއްކޮ އަށް ގޯއްޗަށް ދާން ލަފާ ދެއްވާ
10 ސެޕްޓެމްބަރު 2025

އުރީދޫގެ 7 ވަނަ އުމްރާ ލިބުނު ފަރާތަކަށް ހުއްރިއްޔަތު

10 ސެޕްޓެމްބަރު 2025
އުރީދޫގެ 7 ވަނަ އުމްރާ ލިބުނު ފަރާތަކަށް ހުއްރިއްޔަތު
30 އެޕްރީލު 2024

ނައިފަރުގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި މީހަކު ހައްޔަރުކޮށްފި

30 އެޕްރީލު 2024
ނައިފަރުގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި މީހަކު ހައްޔަރުކޮށްފި
02 ފެބުރުއަރީ 2024

ނައިފަރުގައި ކަރަންޓު ކެނޑޭތާ ދެ ދުވަސް، ހައްލެއް ނުލިބޭ

02 ފެބުރުއަރީ 2024
ނައިފަރުގައި ކަރަންޓު ކެނޑޭތާ ދެ ދުވަސް، ހައްލެއް ނުލިބޭ
31 އޮކްޓޯބަރު 2023

މާލޭ ހުކުރު މިސްކިތް ވަށައިގެން ކަލްޗަރަލް ޒޯނެއް ކަނޑައެޅުއްވުމަށް ރައީސް ސާލިހް ނިންމަވައިފި

31 އޮކްޓޯބަރު 2023
މާލޭ ހުކުރު މިސްކިތް ވަށައިގެން ކަލްޗަރަލް ޒޯނެއް ކަނޑައެޅުއްވުމަށް ރައީސް ސާލިހް ނިންމަވައިފި
31 އޮކްޓޯބަރު 2023

ރައީސް ޞާލިހު އިރުޝާދު ދެއްވީ ހުވާކުރާ ޖަލްސާ އަށް ހުރަސް އެޅޭ ކަމެއް ނުކުރަން - އަސްލަމް

31 އޮކްޓޯބަރު 2023
ރައީސް ޞާލިހު އިރުޝާދު ދެއްވީ ހުވާކުރާ ޖަލްސާ އަށް ހުރަސް އެޅޭ ކަމެއް ނުކުރަން - އަސްލަމް
02 އޮކްޓޯބަރު 2023

ނައިފަރުން ގެއްލުނު ކުއްޖާ ފަސް ދުވަސް ފަހުން ފެނިއްޖެ

02 އޮކްޓޯބަރު 2023
ނައިފަރުން ގެއްލުނު ކުއްޖާ ފަސް ދުވަސް ފަހުން ފެނިއްޖެ
31 އޯގަސްޓު 2023

ބިން ހިއްކުމާއި 200 ހައުސިންގ ޔުނިޓާއި އިތުރު ބޮޑެތި ވައުދުފުޅުތަކެއް ނައިފަރަށް

31 އޯގަސްޓު 2023
ބިން ހިއްކުމާއި 200 ހައުސިންގ ޔުނިޓާއި އިތުރު ބޮޑެތި ވައުދުފުޅުތަކެއް ނައިފަރަށް
13 އޯގަސްޓު 2023

ރައީސް ޞާލިހުގެ "އާ ޒުވާނުންގެ ޖީލު" ސިޔާސަތު ތައާރަފްކޮށްފި

13 އޯގަސްޓު 2023
ރައީސް ޞާލިހުގެ "އާ ޒުވާނުންގެ ޖީލު" ސިޔާސަތު ތައާރަފްކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު