Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއުރީދޫ ދިވެހި ޕްރިމިއާ ލީގު

ޔޫވީ ބަލިކޮށް ވެލެންސިއާއިން ފެށުން ރަނގަޅުކޮށްފި

17 ފެބުރުއަރީ 2022 | ބުރާސްފަތި 07:18

މި މެޗު ވެލެންސިއާއިން ކާމިޔާބުކުރީ 2-1 ގެ ނަތީޖާއަކުން

އަތޫފް އާތިފް
އަތޫފް އާތިފް | 17 ފެބުރުއަރީ 2022 | ބުރާސްފަތި 07:18
އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި ވެލެންސިއާ އާއި ޔޫވީ ބައްދަލުކުރި މެޗުގެ ތެރެއިން

އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި ވެލެންސިއާ އާއި ޔޫވީ ބައްދަލުކުރި މެޗުގެ ތެރެއިން

އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި ބުދަ ދުވަހުގެރޭ ޔުނައިޓެޑް ވިކްޓްރީ (ޔޫވީ) ބަލިކޮށް ކުލަބް ވެލެންސިއާއިން ފެށުން ރަނގަޅުކޮށްފިއެވެ.

ގައުމީ ފުޓުބޯޅަ ދަނޑުގައި ބުދަ ދުވަހުގެރޭ ކުޅުނު މި މެޗު ވެލެންސިއާއިން ކާމިޔާބުކުރީ 2-1 ގެ ނަތީޖާއަކުންނެވެ.

މި މެޗަށް ނުކުތްއިރު، ވެލެންސިއާއިން ވަނީ ސީޒަނުގެ ފުރަތަމަ މުބާރާތް ކަމަށްވާ ޕްރެޒިޑެންޓްސް ކަޕް މެޗަކުން ބަލިނުވެ ކާމިޔާބުކޮށްފައެވެ. އެހެންކަމުން މި މެޗަށް ވެލެންސިއާއިން ނުކުމެފައިވަނީ އިތުބާރާއެކުގައެވެ. އެކަމަކު ވެލެންސިއާގެ ފުރަތަމަ އެގާރައިން ގިނަ ބަދަލުތަކެއް ފެނިގެންދިޔައެވެ. އެގޮތުން އަނިޔާގެ ސަބަބުން، ކެޕްޓަން އަލީ ފާސިރު އަދި އިތުބާރު ފޯވާޑް އަލީ އަޝްފާގު (ދަނގަޑޭ) ކުޅުފައިނުވާއިރު، ޖަލު ހުކުމެއް ކޯޓުން އިއްވައިފައިވާ ކުޅަދާނަ މިޑްފިލްޑަރު އަސްހަދު އަލީ (އަޑުބަރޭ) ކުޅެފައެއް ނުވެއެވެ. މީގެ އިތުރުން ކުޅުން ހުއްޓާލަން އުޅޭކަން އިއުލާން ކޮށްފައިވާ ގައުމީ ޓީމުގެ އެއް ނަމްބަރު ކީޕަރު މުޙައްމަދު ފައިސަލް ވެސް މި މެޗު ކުޅެފައެއް ނުވެއެވެ.

ވެލެންސިއާގެ ފުރަތަމަ އެގާރައަށް ބަލާއިރު، ޕްރެޒިޑެންޓްސް ކަޕަށްފަހު ޓީމާ ގުޅުނު ޒުވާން ތަރި އަބްދުﷲ ޔާމީން (ޔާން) ވަނީ ކުޅެފައެވެ.

މެޗު ފަށައިގެން ދެ ޓީމުގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނުނު ނަމަވެސް، ފުރަތަމަ ހާފުގެ ފަހުކޮޅު ވެލެންސިއާއިން ވަނީ ޔޫވީގެ ހާފަށް ބާރުބޮޑުކޮށް ގިނަ ހަމަލާތަކެއް އުފައްދާފައެވެ. އެގޮތުން މެޗުގެ 29 ވަނަ މިނެޓުގައި ވެލެންސިއާއިން ވަނީ ލަނޑު ޖަހާ ލީޑު ނަގައިފައެވެ. މިސްރުގެ މިޑްފިލްޑަރު ހަލީލް ޖަމާލް ތަނަވަސްކޮށްދިން ފުރުސަތެއްގެ ބޭނުން ހިފައި މި ލަނޑު ވެލެންސިއާއަށް ކާމިޔާބު ކޮށްދިނީ ޔާންއެވެ. މިއީ ޔާންގެ ކެރިޔަރުގައި ވެލެންސިއާ ޖާޒީގައި އޭނާ ކާމިޔާބުކުރި ފުރަތަމަ ލަނޑެވެ. އަދި މި ލަނޑާއެކު ވެލެންސިއާ ޖާޒީގައި އޭނާ ކުރިޔަށްދާން އިތުރު ހިތްވަރަކަށްވާނެ އެވެ.

މެޗުގެ 33 ވަނަ މިނެޓުގައި ވެލެންސިއާއަށް ވަނީ ލީޑު ފުޅާކުރަން ފުރުސަތު ލިބި ބޭކާރުވެފައެވެ. ޔާން ޖައްސާލި ބޯޅަ ވެލެންސިއާގެ ސްޕެއިން ފޯވާޑް ބޯހަސް މާޓިން ފޮނުވާލި ނަމަވެސް އެ ހަމަލާ ޔޫވީގެ ޑިފެންޑަރު މޫސާ އަޒީމް ވަނީ ގޯލު ރޮނގުމަތިން ދިފާއުކޮށްފައެވެ.

ފުރަތަމަ ހާފު ނިމުމުގެ ކުރިން ވެލެންސިއާއިން ވަނީ އިތުރު ލަނޑެއް ޖަހާ ލީޑު ފުޅާކޮށްފައެވެ. މިއީ ޔާންގެ އެހީތެރިކަމާއެކު ބޯހަސް ކާމިޔާބުކުރި ލަނޑެކެވެ.

މެޗުގެ ދެވަނަ ހާފުގައިވެސް ދެ ޓީމުގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު، ޔޫވީން ވަނީ ދެވަނަ ހާފުގައި އެ ޓީމަށް ލިބުނު ފުރަތަމަ ހުސް ފުރުސަތުގެ ބޭނުން ހިފައި ފަރަގު ކުޑަކޮށްފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ލީގަށް އެ ޓީމާއި ގުޅުނު ބެލޫސް ފޯވާޑް އިވާން ވެރާސްއެވެ.

އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި ބުރާސްފަތި ދުވަހު ދެމެޗެއް ކުޅޭނެއެވެ. ފުރަތަމަ މެޗުގައި ބުރާސްފަތި ދުވަހުގެ ހަވީރު ކުޅޭނީ އެންމެ ފަހުގެ ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އާއި ސުޕަ ޔުނައިޓެޑް ސްޕޯޓްސްއެވެ. އަދި ދެވަނަ މެޗުގައި ބުރާސްފަތި ދުވަހުގެރޭ ކުޅޭނީ، ކްލަބް އީގަލްސް އާއި ޓީސީ ސްޕޯޓްސް ކުލަބެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

30 ޖެނުއަރީ 2017

އޮސްޓްރޭލިއަން އޯޕަން: ނަޑާލް ބަލިކޮށް 18 ވަނަ ގްރޭންޑް ސްލޭމް ފެޑެރާ އުފުލާލައިފި

30 ޖެނުއަރީ 2017
އޮސްޓްރޭލިއަން އޯޕަން: ނަޑާލް ބަލިކޮށް 18 ވަނަ ގްރޭންޑް ސްލޭމް ފެޑެރާ އުފުލާލައިފި
27 ޖެނުއަރީ 2017

ފޯރިގަދަ ކުޅުމަކަށް ފަހު ވަވްރިންކާ ބަލިކޮށް ފެޑެރާ ފައިނަލަށް

27 ޖެނުއަރީ 2017
ފޯރިގަދަ ކުޅުމަކަށް ފަހު ވަވްރިންކާ ބަލިކޮށް ފެޑެރާ ފައިނަލަށް
27 ޖެނުއަރީ 2017

ކިރިގިސްތާންގެ ގައުމީ ޓީމުގެ ކީޕަރެއް ޔޫވީ އަށް

27 ޖެނުއަރީ 2017
ކިރިގިސްތާންގެ ގައުމީ ޓީމުގެ ކީޕަރެއް ޔޫވީ އަށް
27 ޖެނުއަރީ 2017

އޭވީސީ ސެންޓްރަލް ޒޯން: ސީދާ ތިން ސެޓުން ރާއްޖެ ބަލިކޮށް ނޭޕާލް އަށް ރަނގަޅު ފެށުމެއް

27 ޖެނުއަރީ 2017
އޭވީސީ ސެންޓްރަލް ޒޯން: ސީދާ ތިން ސެޓުން ރާއްޖެ ބަލިކޮށް ނޭޕާލް އަށް ރަނގަޅު ފެށުމެއް
26 ޖެނުއަރީ 2017

ކޮޕާ އިޓަލިއާ: އޭސީ މިލާން ބަލިކޮށް ޔުވަންޓަސް ސެމީއަށް

26 ޖެނުއަރީ 2017
ކޮޕާ އިޓަލިއާ: އޭސީ މިލާން ބަލިކޮށް ޔުވަންޓަސް ސެމީއަށް
23 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ސަންޗޭޒްގެ ލަނޑުން ބާންލީ ބަލިކޮށް އާސެނަލް ދެވަނަ އަށް

23 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ސަންޗޭޒްގެ ލަނޑުން ބާންލީ ބަލިކޮށް އާސެނަލް ދެވަނަ އަށް
14 ޖެނުއަރީ 2017

ނޭޕާލް ބަލިކޮށް އީރާނަށް ވަރުގަދަ ރައްދެއް ދޭން ބޭނުން: އަދީލް

14 ޖެނުއަރީ 2017
ނޭޕާލް ބަލިކޮށް އީރާނަށް ވަރުގަދަ ރައްދެއް ދޭން ބޭނުން: އަދީލް
08 ޖެނުއަރީ 2017

ގަތަރު އޯޕަން ޓެނިސް މުބާރާތް: މަރޭ ބަލިކޮށް ޖޮކޮވިޗް ތަށި ދިފާއުކޮށްފި

08 ޖެނުއަރީ 2017
ގަތަރު އޯޕަން ޓެނިސް މުބާރާތް: މަރޭ ބަލިކޮށް ޖޮކޮވިޗް ތަށި ދިފާއުކޮށްފި
08 ޖެނުއަރީ 2017

އެފްއޭކަޕް: ރަޝްފަޑްގެ ދެ ލަނޑުން ރެޑިން ބަލިކޮށް ޔުނައިޓެޑް ހަތަރުވަނަ ބުރަށް

08 ޖެނުއަރީ 2017
އެފްއޭކަޕް: ރަޝްފަޑްގެ ދެ ލަނޑުން ރެޑިން ބަލިކޮށް ޔުނައިޓެޑް ހަތަރުވަނަ ބުރަށް
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކްރިސްޓަލް ޕަލަސް ބަލިކޮށް އާސެނަލް ތިންވަނަ އަށް ޖެހިލައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކްރިސްޓަލް ޕަލަސް ބަލިކޮށް އާސެނަލް ތިންވަނަ އަށް ޖެހިލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް