Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ކެރިއަރ އެކްސްޕްލޮރޭޝަން ޕްރޮގްރާމް

އެމްޕީއެލްގައި ހުރި ވަޒީފާގެ ފުރުސަތުތަކާއި ގުޅޭ މައުލޫމާތު ދިނުމުގެ ޕްރޮގްރާމެއް ފަށައިފި

ރާއްޖެއަކީ 99 އިންސައްތަ އިމްޕޯޓަށް ބަރޯސާވެފައި އޮތް ގައުމެއް

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް, ރާއްޖެ އެމްވީ | 17 ފެބުރުއަރީ 2022 | ބުރާސްފަތި 07:16
މާލޭ ވިޔަފާރި ބަނދަރު

މާލޭ ވިޔަފާރި ބަނދަރު

މިނިސްޓްރީ އޮފް ޔޫތު ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމެންޓުގެ ފަރާތުން ކުރިއަށްގެންދާ ކެރިއަރ އެކްސްޕްލޮރޭޝަން ޕްރޮގްރާމުގެ ދަށުން އެމްޕީއެލްގައި ހުރި ވަޒީފާގެ ފުރުސަތުތަކާއި ގުޅޭ މައުލޫމާތު ހިއްސާކުރުމަށް ޚާއްސަ ޕްރޮގްރާމެއް ފަށައިފިއެވެ.

މި ޕްރޮގްރާމް ފަށާފައިވަނީ ބުރާސްފަތި ދުވަހު އެމްޕީއެލްގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތުގައި އެމްޕީއެލްގެ ސީއީއޯއާއި އެކުންފުނީގެ އިސްވެރިންގެ އިތުރުން ޔޫތު މިނިސްޓްރީގެ އިސްވެރިން ވަނީ ބައިވެރިވެފައެވެ.

Advertisement - newsAdvertisement

މި ޕްރޮގްރާމް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެމްޕީއެލްގެ ސީއީއޯ ޝާހިދު އަލީ ވިދާޅުވީ މި ޕްރޮގްރާމުގެ ތެރެއިން އެމްޕީއެލްގައި ހުރި ވަޒީފާގެ ފުރުސަތުތައް އެނގިގެންދާނެ ކަމަށެވެ. އެމްޕީއެލްއަކީ ރާއްޖޭގެ ކޮންމެ ރައްޔިތެއްގެ ދިރިއުޅުމާ ގުޅިފައި އޮތް ކުންފުންޏެއް ކަމަށާއި، ރާއްޖެއަކީ 99 އިންސައްތަ އިމްޕޯޓަށް ބަރޯސާވެފައި އޮތް ޤައުމެއް ކަމަށް ޝާހިދު ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވީ އިމްޕޯޓުގެ 90 އިންސައްތަ އެތެރެވަނީ ކަނޑުމަގުން ކަމަށާއި، މިކަމުގައި ވަރަށް ގިނަ މަސައްކަތްތަކެއް ހިމެނޭ ކަމަށެވެ. އެގޮތުން ކަނޑު އުޅަނދުފަހަރު އޮޕަރޭޓްކުރުމާއި، ޕައިލެޓުންގެ މަސައްކަތާއި، ބޯޓުފަހަރު ރިޕެއަރކޮށް މެއިންޓެއިން ކުރުމާއި، މިފަދަ ތަފާތު އެކި މަސައްކަތްތައް ހިމެނޭ ކަމަށް ޝާހިދު ވިދާޅުވިއެވެ. ޝާހިދު ވިދާޅުވީ މެރިޓައިމް ސިނާއަތަކީ ރާއްޖެއަށް އެންމެ މުހިންމު އެއް ދާއިރާ ކަމަށެވެ. މި ދާއިރާއިން މީހުން ބިނާކޮށް މި ދާއިރާ ކުރިއެރުވުމަކީ ރާއްޖޭގެ އިގްތިސާދަށްވެސް މުހިންމު ކަމެއް ކަމަށާއި، އެހެންކަމުން މި ދާއިރާތަކުން މީހުން ބިނާކުރުމަށް އެކި ޕްރޮގްރާމްތައް ހިންގަމުންދާކަމަށް ޝާހިދު ވިދާޅުވިއެވެ.

މި ރަސްމިއްުޔާތުގައި ވާހަކަދައްކަވަމުން ޔޫތު މިނިސްޓަރ އަހުމަދު މަހުލޫފް ވިދާޅުވީ ޒުވާނުންނަށް ހުރި ވަޒީފާގެ ފުރުސަތުތައް ކިޔައިދީ މީހުން ތަމްރީނުކުރުމަށް އެ މިނިސްޓްރީން މިފަދަ އެކި އެކި ޕްރޮގްރާމްތައް ހިންގަމުންދާކަމަށެވެ. މި ޕްރޮގްރާމްތަކުގައި ބައިވެރިވުމަކީ ކުރިއަށް ދިއުމަށް ލިބޭ ވަރަށް ބޮޑު ފުރުސަތެއް ކަމުގައި މިނިސްޓަރ ވަނީ ސިފަކުރައްވާފައެވެ. އަދި މިގޮތަށް ލިބޭ ފުރުސަތުގެ ބޭނުން ހިފަން ޖެހޭ ކަމަށާއި، އަދި ކުރިއަށް ދިއުމަށް އިތުރަށް މަސައްކަތްކުރަންޖެހޭކަމަށް މަހުލޫފް ވިދާޅުވިއެވެ.

އެމްޕީއެލްއިން ކުރާ މަސައްކަތްތަކާ ގުޅޭ މައުލޫމާތުތައް ހިއްސާކުރުމަށް ޚާއްސަ ޕްރޮގްރާމެއް ފަށާފައިވާއިރު، އެމްޕީއެލްގެ މައިގަނޑު މަސައްކަތަކީ ޕޯޓުތައް މެނޭޖްކުރުމެވެ. އެގޮތުން އެމްޕީއެލުން މިހާރު ގެންދަނީ ހުޅުމާލެ ޕޯޓާއި، ކުޅުދުއްފުށީ ޕޯޓު، އައްޑޫ ސިޓީ ހިތަދޫ ޕޯޓު، ތިނަދޫ ރީޖަނަލް ޕޯޓު، މާލެ ނޯތު ހާބަރ، މާލެ ސައުތު ވެސްޓް ހާބަރ މެނޭޖްކުރަމުންނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ކައުންސިލް ނުލިބިއްޖެ ނަމަ ތިމަރަފުށީގައި ހުރި ސަރުކާރުގެ އޮފިސްތަކުގެ އޮނިގަނޑަށް ބަދަލު ގެންނާނަން: ޝަރީފް

ކައުންސިލް ނުލިބިއްޖެ ނަމަ ތިމަރަފުށީގައި ހުރި ސަރުކާރުގެ އޮފިސްތަކުގެ އޮނިގަނޑަށް ބަދަލު ގެންނާނަން: ޝަރީފް

21 ޖެނުއަރީ 2017
އައްޑޫ ސިޓީ ޗަކަ ބިމެއްގައިހުރި ގަސްތަކެއްގައި އަލިފާން ރޯވެއްޖެ

އައްޑޫ ސިޓީ ޗަކަ ބިމެއްގައިހުރި ގަސްތަކެއްގައި އަލިފާން ރޯވެއްޖެ

20 ޖެނުއަރީ 2017
މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!

މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!

19 ޖެނުއަރީ 2017
އިންސާނީ ވަގުފާރީގެ މައްސަލަތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި

އިންސާނީ ވަގުފާރީގެ މައްސަލަތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި

16 ޖެނުއަރީ 2017
ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ

ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ

15 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

21 ޖޫން
ނިލަންދޫ ކައުންސިލްގެ ރައީސް ރުޅި އައިސްގެން، ފ.އަތޮޅު ކައުންސިލް އިދާރާގެ އެކްސެސް ކޮންޓްރޯލް ފުނޑާލައިފި
20251 އަހަރު ކުރިން
ރާއްޖެ

ނިލަންދޫ ކައުންސިލްގެ ރައީސް ރުޅި އައިސްގެން، ފ.އަތޮޅު ކައުންސިލް އިދާރާގެ އެކްސެސް ކޮންޓްރޯލް ފުނޑާލައިފި

މުޒާހަރާ ކުރަމުންދާ އައްޑޫ މަސްވެރިންގެ 3 ޑިމާންޑެއް ސަރުކާރަށް
20242 އަހަރު ކުރިން
ރާއްޖެ

މުޒާހަރާ ކުރަމުންދާ އައްޑޫ މަސްވެރިންގެ 3 ޑިމާންޑެއް ސަރުކާރަށް

"ހަމީޝް ނުފެނި ހޭދަވާ ކޮންމެ ސިކުންތެއް، ކޮންމެ މިނެޓެއްވެސް ހީވަނީ އެތައް ގަޑިއިރެއްހެން"
20233 އަހަރު ކުރިން
ރިޕޯޓު

"ހަމީޝް ނުފެނި ހޭދަވާ ކޮންމެ ސިކުންތެއް، ކޮންމެ މިނެޓެއްވެސް ހީވަނީ އެތައް ގަޑިއިރެއްހެން"

ބީއެމްއެލްގެ ސްކޮލަރޝިޕް ފަންޑު ލިބޭ ދަރިވަރުން ހޮވައިފި
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ބީއެމްއެލްގެ ސްކޮލަރޝިޕް ފަންޑު ލިބޭ ދަރިވަރުން ހޮވައިފި

13އަހަރު ކުއްޖާގެ މަރު: އާދީއްތަ ދުވަހު ހަވީރު ދެމީހަކު ފޮއްޓެއް ހިފައިގެން ދެވަނަ ފިޔަވަހީގައި އުޅުނު
20215 އަހަރު ކުރިން
ރާއްޖެ

13އަހަރު ކުއްޖާގެ މަރު: އާދީއްތަ ދުވަހު ހަވީރު ދެމީހަކު ފޮއްޓެއް ހިފައިގެން ދެވަނަ ފިޔަވަހީގައި އުޅުނު

މުސްލިމް ފިރިހެނަކާއި އެއްކޮށް އުޅުނު ކަމަށް ބުނެ އަނިޔާ ކުރި: ރިތިކްގެ ދައްތަ
20197 އަހަރު ކުރިން
ރާއްޖެ

މުސްލިމް ފިރިހެނަކާއި އެއްކޮށް އުޅުނު ކަމަށް ބުނެ އަނިޔާ ކުރި: ރިތިކްގެ ދައްތަ

ރައީސް ޔާމިންގެ ކެމްޕެއިނަށް ނިކުމެ އުޅެނިކޮށް މިނިސްޓަރު ސައީދު ލަދު ގަންނުވާލައިފި
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމިންގެ ކެމްޕެއިނަށް ނިކުމެ އުޅެނިކޮށް މިނިސްޓަރު ސައީދު ލަދު ގަންނުވާލައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު