Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެވ އާރަށު ހިޔާނާތުގެ މައްސަލަ

ދައުވާ ބިނާކޮށްފައިވަނީ ގުޅުން ނެތް މުއާމަލާތްތަކެއްގެ މައްޗަށްކަމަށް ބުނެ، ޔޫސުފް ނައީމް ދައުވާއަށް އިންކާރުކޮށްފި

16 ފެބުރުއަރީ 2022 | ބުދަ 06:37

ޔޫސުފް ނައީމް ވަނީ ދައުވާއަށް އިންކާރު ކޮށްފައި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 16 ފެބުރުއަރީ 2022 | ބުދަ 06:37
 ޢަބްދުﷲ ޔާމީން ޢަބުދުއްޤައްޔޫމް އާއި ވ.ފެލިދޫ ހަނދުވަރީގެ ޔޫސުފް ނަޢީމް

ޢަބްދުﷲ ޔާމީން ޢަބުދުއްޤައްޔޫމް އާއި ވ.ފެލިދޫ ހަނދުވަރީގެ ޔޫސުފް ނަޢީމް

ވ. އާރަށު ހިޔާނާތުގެ މައްސަލައިގައި ފެލިދޫ ދާއިރާގެ ކުރީގެ މެމްބަރު ޔޫސުފް ނައީމްގެ މައްޗަށް އުފުލާފައިވާ ދައުވާއަށް އޭނާ އިންކާރު ކޮށްފިއެވެ.

އެންމެ ފަހުން މި މައްސަލައިގައި ބޭއްވި އަޑުއެހުމުގައި ދައުވާ ސާފުވެފައިވާކަމަށާއި، ދައުވާއަށް ޖަވާބުދާރީވުމަށް އިތުރު ވަގުތު ބޭނުންވާކަމަށް ޔޫސުފް ނައީމްގެ ފަރާތުން ދިފާއީ ވަކީލު ވިދާޅުވިއެވެ. އެއީ 10 ފެބްރުއަރީ 2022 ގައި ބޭއްވި އަޑުއެހުމެވެ.

Advertisement - newsAdvertisement

އެއާއެކު، ބުދަ ދުވަހުގެ އަޑުއެހުމުގައި އެންމެ ފުރަތަމަ ވަނީ ދައުވާއަށް ޖަވާބުދާރީ ވުމުގެ ބައި ކުރިއަށް ގެންގޮސްފައެވެ. އެގޮތުން ޔޫސުފް ނައީމް ވަނީ ދައުވާއަށް އިންކާރު ކޮށްފައެވެ.

ދައުވާއަށް އިންކާރު ކޮށްފައިވާ މައިގަނޑު ސަބަބެއްގެ ގޮތުގައި ދިފާއީ ވަކީލު ފާހަގަ ކުރެއްވީ، މި ދައުވާ ބިނާކޮށްފައިވާ ދެ މުއާމަލަކީ ގުޅުން ނެތް ދެ މުއާމަލާތަށް ވުމެވެ. އަދި އެއީ ގުޅުން އޮތް މުއާމަލާތްތަކެއްކަން ދެއްކުމަށްޓަކައި ހުށައަޅާފައިވާ ހެކިތަކަކީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގައި ބަޔާންކޮށްފައިވާ އުސޫލުތަކުގެ މަތިން ހުށައަޅާފައިވާ ހެކިތަކެއް ނޫންކަމަށްވެސް ވަކީލު ވިދާޅުވިއެވެ.

މި މައްސަލައިގައި ދައުވާ އުފުލާފައިވާ އަބްދުﷲ ޔާމީނު ވަނީ 10 ފެބްރުއަރީ 2022 ގައި ބޭއްވި އަޑުއެހުމުގައި ދައުވާ ސާފުވާކަމަށް ވިދާޅުވެ، ދައުވާއަށް އިންކާރު ކުރައްވާފައެވެ. އެގޮތުން ޔާމީނާއި ޔޫސުފް ނައީމްގެ ފަރާތުންވެސް ދައުވާއަށް އިންކާރު ކޮށްފައިވާތީ ދެން އޮންނާނީ ދެފަރާތުން ހެކި ހުށައެޅުމުގެ މަރުޙަލާއެވެ. އެހެންނަމަވެސް، ޔާމީނާއި ޔޫސުފް ނައީމްގެ ފަރާތުން ވަނީ ހެކި ހުށައެޅުމަށް އިތުރު ވަގުތު ބޭނުންވާކަން ފާހަގަ ކުރައްވާފައެވެ.

މައްސަލަ ބައްލަވާ އިސްގާޒީ އަހުމަދު ޝަކީލު ވަނީ ހެކި ހުށައެޅުން ކުރިއަށް ގެންދަވާނީ އެއް މަޖިލީހެއްގައިކަމަށް ވިދާޅުވެފައެވެ. އެގޮތުން ހެކި ހުށައެޅުން ދެން އޮންނަ އަޑުއެހުމެއްގައި ކުރިއަށް ގެންދިއުމަށް ވަނީ ނިންމަވާފައެވެ. އެ އަޑުއެހުން އޮންނާނީ 6 މާރޗުގައެވެ.

މި އަޑުއެހުމުގައި ޔާމީނުގެ ވަކީލުންގެ ޓީމުން ވަނީ ތާވަލަށް ބައެއް ބަދަލުތައް ގެންނަން ބޭނުންވާކަން ފާހަގަކުރައްވައި، އެކަން ލިއުމުން ހުށައަޅުއްވާނެކަމަށް ވިދާޅުވެފައެވެ.

މައްސަލައިގެ ޚުލާސާއެއް:

ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) އޮފީހުން ބުނީ މއ. ކާމިނީހުޅަގުގެ ޢަބްދުﷲ ޔާމީން ޢަބުދުއްޤައްޔޫމް އާއި ވ.ފެލިދޫ ހަނދުވަރީގެ ޔޫސުފް ނަޢީމް، މިނިސްޓްރީ އޮފް ޓްއަރިޒަމް އާއި މޯލްޑިވްސް މާރކެޓިންގ އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން މެދުވެރިކޮށް ޓުއަރިސްޓް ރިޒޯޓް ތަރައްޤީ ކުރުމަށްޓަކައި ވ. އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ރިޝްވަތުގެ ގޮތުގައި 1 މިލިއަން ޔޫއެސް ޑޮލަރ ނަގައި ލޯންޑަރ ކޮށްފައިވާ ކަމަށް ތުޙުމަތުކުރެވޭ ކަމަށެވެ.

އެންމެ ހިނގާ

1

ލަންކާ އެމްބަސީގައި ހުރި ތަރޑް ސެކެޓަރީއެއްގެ ބޭއަދަބީ ވީޑިއޯއެއް އާންމުވެ، އޭނާ ވަކިކުރަން ރައީސް އޮފީހުން ފޮރިން މިނިސްޓްރީއަށް އަންގައިފި

2

އީރާނު ހަނގުރާމައިގައި ބައިވެރިވި އެމެރިކާގެ 5000 މީހުންގެ މަނަވަރު އަބްރަހަމް ލިންކަން ތައިލެންޑްގައި މަޑުކުރާތީ ހަށިވިއްކުން ހުއްޓުވަން ފުލުހުން ނެރެފި

3

"އީރާނާ ދެކޮޅަށް ނިއުކްލިއާ ހަތިޔާރު ބޭނުންކޮށްފާނެ"

4

އަބްރަހަމް ލިންކަން އެނބުރި ޤައުމަށް ދިޔުމުގެ ތެރޭގައި ސިންގަޕޫރު ކައިރިން ދަތުރުކޮށްފި

5

އަނެއްކާ ވެސް އެކްސިޑެންޓެއް ހިނގައި، 17 އަހަރުގެ އަންހެން ކުއްޖަކަށް އަނިޔާވެއްޖެ

އިތުރަށް ކިޔާލަން

16 ޖެނުއަރީ 2017

ފުލުސް ކޮމާންޑަރަކާއި ޖެންޑާގެ ހަތަރު މުވައްޒަފަކަށް ދައުވާކުރަން ފޮނުވައިފި

16 ޖެނުއަރީ 2017
ފުލުސް ކޮމާންޑަރަކާއި ޖެންޑާގެ ހަތަރު މުވައްޒަފަކަށް ދައުވާކުރަން ފޮނުވައިފި
16 ޖެނުއަރީ 2017

ހަދާނުނިމޭ އިމާރާތަކަށް ޕީއެސްއެމް އިން ކުލި ދައްކަމުން ދިޔަ މައްސަލައިގައި ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި

16 ޖެނުއަރީ 2017
ހަދާނުނިމޭ އިމާރާތަކަށް ޕީއެސްއެމް އިން ކުލި ދައްކަމުން ދިޔަ މައްސަލައިގައި ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި
14 ޖެނުއަރީ 2017

"އެމްޑީޕީއަކީ ހަރަކާތްތެރި ޕާޓީއެއް، އަތޮޅުތަކުގެ ގޮފިތަކާ އޮންނަ ގުޅުން ރަނގަޅުކުރަން ޖެހޭ"

14 ޖެނުއަރީ 2017
"އެމްޑީޕީއަކީ ހަރަކާތްތެރި ޕާޓީއެއް، އަތޮޅުތަކުގެ ގޮފިތަކާ އޮންނަ ގުޅުން ރަނގަޅުކުރަން ޖެހޭ"
14 ޖެނުއަރީ 2017

ޓެރަރިސްޓް ޖަމާއަތެއްގެ އިސް މީހެއް ކަމަށް ބުނެ ހައްޔަރުކުރި މީހާގެ މައްޗަށް ދައުވާ ކޮށްފި

14 ޖެނުއަރީ 2017
ޓެރަރިސްޓް ޖަމާއަތެއްގެ އިސް މީހެއް ކަމަށް ބުނެ ހައްޔަރުކުރި މީހާގެ މައްޗަށް ދައުވާ ކޮށްފި
13 ޖެނުއަރީ 2017

ހާޑްޑިސްކުގެ މައްސަލާގައި ރައީސް މައުމޫނާ ސުވާލު ކުރަން ޖެހޭ ގާނޫނީ ހުއްޖަތެއް ނެތް: މައުމޫން ހަމީދު

13 ޖެނުއަރީ 2017
ހާޑްޑިސްކުގެ މައްސަލާގައި ރައީސް މައުމޫނާ ސުވާލު ކުރަން ޖެހޭ ގާނޫނީ ހުއްޖަތެއް ނެތް: މައުމޫން ހަމީދު
10 ޖެނުއަރީ 2017

"ރައީސް ނަޝީދުގެ މައްޗަށް ދައުވާކުރަން ފޮނުވާފައިވަނީ ސިޔާސީ މަޤްސަދެއްގައި"

10 ޖެނުއަރީ 2017
 "ރައީސް ނަޝީދުގެ މައްޗަށް ދައުވާކުރަން ފޮނުވާފައިވަނީ ސިޔާސީ މަޤްސަދެއްގައި"
10 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި
10 ޖެނުއަރީ 2017

މެޑަމް ފާތުންގެ ޖަމިއްޔާއާ ކަދުރު ހަވާލުކުރީ އަވަހަށް ބެހުމަށް، ކޮރަޕްޝަނެއް ނެތް: އޭސީސީ

10 ޖެނުއަރީ 2017
މެޑަމް ފާތުންގެ ޖަމިއްޔާއާ ކަދުރު ހަވާލުކުރީ އަވަހަށް ބެހުމަށް، ކޮރަޕްޝަނެއް ނެތް: އޭސީސީ
10 ޖެނުއަރީ 2017

ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ

10 ޖެނުއަރީ 2017
ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ
06 ޖެނުއަރީ 2017

ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ

06 ޖެނުއަރީ 2017
ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް