Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެހުޅުމާލޭ ދެވަނަ ފިޔަވަހިން ވިއްކާ ބިންތައް

ދެވަނަ ފިޔަވަހީގެ ބީޗް ސައިޑުން ވިއްކާ 34 ގޯތީގެ ބީލަން ހުށަހެޅުން ބުދަ ދުވަހު

15 ފެބުރުއަރީ 2022 | އަންގާރަ 11:50

ހުޅުމާލޭ ދެވަނަ ފިޔަވަހިން 60 ގޯތި ވިއްކުމަށް އެޗްޑީސީން ހުޅުވާލީ ޑިސެމްބަރ މަހުގެ 27 ވަނަ ދުވަހު

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 15 ފެބުރުއަރީ 2022 | އަންގާރަ 11:50
ހުޅުމާލޭ ދެވަނަ ފިޔަވަހިން ދޫކުރާ ބިންތައް

ހުޅުމާލޭ ދެވަނަ ފިޔަވަހިން ދޫކުރާ ބިންތައް

ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ބީޗް ސައިޑުން ވިއްކާ 34 ގޯތީގެ ބީލަން ހުށަހެޅުން ބުދަ ދުވަހު އޮންނާނެ ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ން ބުނެފިއެވެ.

ހުޅުމާލޭ ދެވަނަ ފިޔަވަހިން 60 ގޯތި ވިއްކުމަށް އެޗްޑީސީން ހުޅުވާލީ ޑިސެމްބަރ މަހުގެ 27 ވަނަ ދުވަހުއެވެ. އެއީ ބީޗް ފްރަންޓްގެ 26 ގޯއްޗާއި ބީޗް ސައިޑްގެ 34 ގޯތި ވިއްކުމަށެވެ.

Advertisement - newsAdvertisement

އޭގެ ތެރެއިން މިދިޔަ ހަފުތާގެ ބުދަ ދުވަހު ވަނީ ބީޗް ފްރަންޓްގެ ގޯތިތަކަށް ބީލަށް ހުށަހެޅުން ކުރިޔަށް ގެންގޮސްފައެވެ. އަދި އެންމެ އަގުބޮޑުކޮށް ބިޑް ހުށަހެޅި 26 ފަރާތަށް ވަނީ ބިން ދީފައެވެ.

އެޗްޑީސީން ބުނީ ބީޗް ސައިޑްގެ ބިންތައް ވިއްކުމަށް ބީލަން ފޯމު ބަލައިގަތުން އޮންނާނީ ބުދަ ދުވަހުގެ ހެނދުނު 9:00އިން 12:00އަށް, ހ. މީރުމާ އިވެންޓްސްގެ ދެ ވަނަ ފަންގިފިލާގައި ކަމަށެވެ. އަދި ބީލަން ފޯމު ހުޅުވުން އޮންނާނީ މެންދުރު 13:00ގައި، ހ. މީރުމާ އިވެންޓްސްގެ ދެ ވަނަ ފަންގިފިލާގައެވެ. ކޮންމެ ބީލަން ފޯމަކާއެކު، ބީލަން ހުށަހެޅުމުގައި ބައިވެރިވެވޭނީ އެކަކަށް ކަމަށާއި ބީލަމަށް ހާޒިރުވާ މީހުން ހުރިހާ ވަގުތެއްގައިވެސް މާސްކު އަޅައި ގައިދުރުކަން ބެހެއްޓުމަށް އެޗްޑީސީން ވަނީ އިލްތިމާސް ކޮށްފައެވެ.

ބިޑް ހުށަހަޅާ މީހާގެ ބަދަލުގައި އެހެން މީހަކު ބީލަން ފޯމު ހުށަހަޅަން ދާނަމަ ޕަވަރ އޮފް އެޓަރނީ ގެންދިއުމަށް އެޗްޑީސީން ވަނީ ހަނދާންކޮށްދީފައެވެ.

ބީޗް ފްރަންޓުން ގޯތި ގަތުމަށް ހުށަހެޅޭނެ އެންމެ ދަށް އަގު ކަމަށް އެޗްޑީސީން ކަނޑައަޅާފައި ވަނީ، އަކަފޫޓަކަށް 3،900 ރުފިޔާއެވެ. އަދި ބީލަން ފޯމު ވިއްކުމަށް ހަމަޖެހިފައި ވަނީ 500 ރުފިޔާއަށެވެ.

މީގެ އިތުރުން އެޗްޑީސީން ބުނީ، ބީލަމުގެ ބިޑް ސެކިއުރިޓީގެ ގޮތުގައި ނަގާނީ 320،000 ރުފިޔާ ކަމަށެވެ.

އެޗްޑީސީން ބުނީ މިފަހަރު ބިން ގަންނަން ހުޅުވާލި ފުރުސަތުގައި އަލަށް ބިން ގަންނަ ފަރާތްތަކަށް ޚާއްސަ އިސްކަމެއް ދޭނެ ކަމަށެވެ. އަދި މާލެ ސަރަހައްދުގައި, ދިރިއުޅުމަށް 600 އަކަފޫޓަށްވުރެ ބޮޑު ބިމެއް ނުވަތަ ގޯއްޗެއް ރަޖިސްޓްރީ ކުރެވިފައި ނުވާ މީހުންނަށް ވެސް އިސްކަންދޭނެ ކަމަށް ވެސް އެ ކުންފުނިން ބުނެއެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

4

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

5

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

އިތުރަށް ކިޔާލަން

22 ފެބުރުއަރީ 2017

"ފ. އަތޮޅު ވިއްކާލާތީ ކަންބޮޑުވޭ"

22 ފެބުރުއަރީ 2017
"ފ. އަތޮޅު ވިއްކާލާތީ ކަންބޮޑުވޭ"
22 ފެބުރުއަރީ 2017

ފ. އަތޮޅު ވިއްކާލުމުގައި ސިއްރުތަކެއް އެކުލެވޭ: އެމްޑީޕީ

22 ފެބުރުއަރީ 2017
ފ. އަތޮޅު ވިއްކާލުމުގައި ސިއްރުތަކެއް އެކުލެވޭ: އެމްޑީޕީ
21 ފެބުރުއަރީ 2017

އަތޮޅުތައް "ވިއްކާލުމަށްފަހު"، ރައީސް ޔާމީން ފިއްލަވާ ވަޑައިގަންނަވާނެ: ޑރ. ޑީޑީ

21 ފެބުރުއަރީ 2017
އަތޮޅުތައް "ވިއްކާލުމަށްފަހު"، ރައީސް ޔާމީން ފިއްލަވާ ވަޑައިގަންނަވާނެ: ޑރ. ޑީޑީ
20 ފެބުރުއަރީ 2017

ރަށްވެހިވެފައިވާ ރަށް ނޫން ރަށެއްގައި ވޯޓުލުމަށް ރަޖިސްޓަރީވުމަށް ދެވަނަ ފަހަރަށް ހުޅުވާލައިފި

20 ފެބުރުއަރީ 2017
ރަށްވެހިވެފައިވާ ރަށް ނޫން ރަށެއްގައި ވޯޓުލުމަށް ރަޖިސްޓަރީވުމަށް ދެވަނަ ފަހަރަށް ހުޅުވާލައިފި
01 ފެބުރުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބު ދެވަނަ ފަހަރަށް ފަސްކޮށްފި

01 ފެބުރުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބު ދެވަނަ ފަހަރަށް ފަސްކޮށްފި
30 ޖެނުއަރީ 2017

ވިސާމްގެ ދެވަނަ ޝަރީއަތުގެ އަޑުއެހުން މާދަމާ!

30 ޖެނުއަރީ 2017
ވިސާމްގެ ދެވަނަ ޝަރީއަތުގެ އަޑުއެހުން މާދަމާ!
24 ޖެނުއަރީ 2017

ފ. އަތޮޅު ވިއްކާލި ކަމަށް ބުނާ ވާހަކަތަކަށް ބާރުލިބޭ ގޮތަށް ރައީސް ޔާމީން ވާހަކަފުޅު ދައްކަވައިފި

24 ޖެނުއަރީ 2017
ފ. އަތޮޅު ވިއްކާލި ކަމަށް ބުނާ ވާހަކަތަކަށް ބާރުލިބޭ ގޮތަށް ރައީސް ޔާމީން ވާހަކަފުޅު ދައްކަވައިފި
10 ޖެނުއަރީ 2017

ފޭދޫ ފިނޮޅު ވިއްކާލުމުން ފުލުހުންނަށް މާލީ ފައިދާ ލިބޭނެ: ފުލުހުން

10 ޖެނުއަރީ 2017
ފޭދޫ ފިނޮޅު ވިއްކާލުމުން ފުލުހުންނަށް މާލީ ފައިދާ ލިބޭނެ: ފުލުހުން
06 ޖެނުއަރީ 2017

!ފޭދޫފިނޮޅު ވިއްކާލުމުން އިންޑިއާގެ ކަންބޮޑުވުން: ދިވެހި ފޮރިން މިނިސްޓަރާ މަޝްވަރާ ކުރުން އެކަށީގެންވޭ

ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް