Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޔޫކްރެއިން - ރަޝިޔާ

ޔޫކްރެއިން އާއި ރަޝިޔާއާ ދެމެދު ހަނގުރާމަ ފަށައިފިނަމަ، ރާއްޖެއަށް އެކަމުގެ ގެއްލުންވާނެ - ރައީސް ނަޝީދު

މިކަމުން ރާއްޖެއަށް ވާނެ ގެއްލުން ބަލައި ސަރުކާރުން ސަމާލުވާންޖެހޭ

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް | 15 ފެބުރުއަރީ 2022 | އަންގާރަ 10:01
މުހައްމަދު ނަޝީދު - ރައްޔިތުންގެ މަޖިލީހުގެ ރައީސް

މުހައްމަދު ނަޝީދު - ރައްޔިތުންގެ މަޖިލީހުގެ ރައީސް

ޔޫކްރެއިން އާއި ރަޝިޔާއާ ދެމެދު ހަނގުރާމަ ފަށައިފި ނަމަ، ރާއްޖެއަށް އެކަމުގެ ގެއްލުންވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ޔޫކްރެއިނާއި ރަޝިޔާގެ މަސްރަހަށް އިޝާރާތް ކުރައްވައި ރައީސް ނަޝީދު ވަނީ ކަންބޮޑުވުން ފާޅުުރައްވާފައެވެ. ރައީސް ނަޝީދު ވިދާޅުވީ، ޔޫކްރެއިން އަދި ރަޝިޔާއަކީ ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރާ ދެ ގައުމު ކަމަށާއި، ހަނގުރާމައެއް ފެށިއްޖެނަމަ އެކަމުގެ ސަބަބުން ރާއްޖެއަށް ހީވެސްނުކުރާހާ ގެއްލުންތައް ލިބިގެންދާނެ ކަމަށެވެ. މިކަމުން ރާއްޖެއަށް ވާނެ ގެއްލުން ބަލައި ސަރުކާރުން ސަމާލުވާންޖެހޭ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

Advertisement - newsAdvertisement

ރަޝިޔާއިން ޔޫކްރެއިންއަށް މިހަފްތާތެރޭގައި ހަމަލާދިނުމަށް ތައްޔާރުވަމުންދާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް އެމެރިކާއިން ވަނީ ބުނެފައެވެ. ޔޫކްރެއިންގައި ތިބި އެހެން ގައުމުތަކުގެ މީހުން އެ ގައުމުން ފައިބަން މިހާރުވަނީ ފަށާފައެވެ.

ޔޫކްރެއިންގެ މަސްރަހު ގޯސްވަމުންދާއިރު ފޮރިން މިނިސްޓްރީން ހޯމަ ދުވަހު ބުނީ ޔޫކްރެއިންގައި ތިބި 50ށް ވުރެ ގިނަ ދިވެހިންގެ ހާލަތު ބަލަމުންދާކަމަށެވެ. ދިވެހިން ދިރިއުޅެނީ މައިގަނޑު ދެ ސަރަަހައްދެއްގައި ކަމަށްވެސް ފޮރިން މިނިސްޓްރީން ވަނީ ބުނެފައެވެ. އަދި ފޮރިން މިނިސްޓްރީން އަންނަނީ ޔޫކްރެއިންގެ ބަދަލުވަމުން އަންނަ މަސްރަހު ގާތުން ބަލަމުންކަމަށްވެސް ވަނީ ބުނެފައެވެ.

ރާއްޖޭގެ ފޮރިން މިނިސްޓްރީން މިހެން ބުނެފައިވާއިރު އެމެރިކާ އާއި ޔޫރަޕްގެ ގިނަ ގައުމުތަކަކުން ވަނީ ޔޫކްރެއިންގައި ތިބި އެގައުމުތަކުގެ ރައްޔިތުން ވީއެންމެ އަވަހަށް ޔޫކްރެއިން ފޭބުމަށް އަންގާފައެވެ. އަދި ބައެއް ގައުމުތަކުން ވަނީ ޔޫކްރެއިންގައި ތިބި އެގައުމުތަކުގެ ރައްޔިތުން ބާލުވާފައެވެ.

އިތުރަށް ކިޔާލަން

02 ފެބުރުއަރީ 2017

ޕާކިސްތާނުގައި ހަނގުރާމަކުރި ކަމަށް ބުނެ އިތުރު މީހެއްގެ މައްޗަށް ދައުވާކޮށްފި

02 ފެބުރުއަރީ 2017
ޕާކިސްތާނުގައި ހަނގުރާމަކުރި ކަމަށް ބުނެ އިތުރު މީހެއްގެ މައްޗަށް ދައުވާކޮށްފި
31 ޖެނުއަރީ 2017

މާދަމާއިން ފެށިގެން މާލެ އާއި ވިލިމާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލަން ތައްޔާރުވެއްޖެ

31 ޖެނުއަރީ 2017
މާދަމާއިން ފެށިގެން މާލެ އާއި ވިލިމާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލަން ތައްޔާރުވެއްޖެ
30 ޖެނުއަރީ 2017

މިނިސްޓަރު އިރުތިޝާމް އާއި މެންބަރު ޝާޑު ކައިވެނި ކުރައްވަނީ!

30 ޖެނުއަރީ 2017
މިނިސްޓަރު އިރުތިޝާމް އާއި މެންބަރު ޝާޑު ކައިވެނި ކުރައްވަނީ!
27 ޖެނުއަރީ 2017

ރާއްޖެ އާއި އިންޑިއާގެ މެދުގައި އޮތް ގުޅުމަކީ އާޓިފިޝަލް ގުޅުމެއް ނޫން: މިޝްރާ

27 ޖެނުއަރީ 2017
ރާއްޖެ އާއި އިންޑިއާގެ މެދުގައި އޮތް ގުޅުމަކީ އާޓިފިޝަލް ގުޅުމެއް ނޫން: މިޝްރާ
25 ޖެނުއަރީ 2017

ސީއެމްބިއުލާންސުގެ ފަޅުވެރިން ހަމަނުވުމުން، ފަޅުވެރިން ހަމަޖައްސަން ޖެހުނީ އާއިލާއަށް!

25 ޖެނުއަރީ 2017
ސީއެމްބިއުލާންސުގެ ފަޅުވެރިން ހަމަނުވުމުން، ފަޅުވެރިން ހަމަޖައްސަން ޖެހުނީ އާއިލާއަށް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު