Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
އޮޑިޓް ރިޕޯޓު

އޮޑިޓް ރިޕޯޓުތަކާގުޅިގެން ޖަވާބުދާރީވުމެއް ނޯވޭ؟

ރައްޔިތުންނަށް ކަންކަން ސާފުކޮށްދިނުން އަބަދުވެސް ފެންނަނީ މަޑުޖެހިފައި އޮންނަ މަންޒަރު

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 13 ފެބުރުއަރީ 2022 | އާދީއްތަ 11:18
އޮޑިޓަރ ޖެނެރަލްގެ އޮފީހުން ފާއިތުވި ދުވަސްތަކުގައި ވަނީ ދައުލަތުގެ ބައެއް މުއައްސަސާތަކުގެ އޮޑިޓް ރިޕޯޓުތައް އާންމުކޮށްފައި

އޮޑިޓަރ ޖެނެރަލްގެ އޮފީހުން ފާއިތުވި ދުވަސްތަކުގައި ވަނީ ދައުލަތުގެ ބައެއް މުއައްސަސާތަކުގެ އޮޑިޓް ރިޕޯޓުތައް އާންމުކޮށްފައި

އޮޑިޓަރ ޖެނެރަލްގެ އޮފީހުން ފާއިތުވި ދުވަސްތަކުގައި ވަނީ ދައުލަތުގެ ބައެއް މުއައްސަސާތަކުގެ އޮޑިޓް ރިޕޯޓުތައް އާންމުކޮށްފައެވެ. އޭގެ ތެރެއިން ބައެއް އޮޑިޓުތަކުގައި ބޮޑެތި މައްސަލަތައް ފާހަގަވެފައިވާއިރު، އެކަންކަމާ ގުޅުންހުރި މުއައްސަސާތަކުން އެކަށީގެންވާ ގޮތެއްގައި ޖަވާބުދާރީ ނުވާކަމަށް ގިނަ ބަޔަކު ބުނެއެވެ.

މިސާލެއްގެ ގޮތުން ދައުލަތުގެ މީޑިއާ (ޕީއެސްއެމް)ގެ 2017، 2018 އަދި 2019 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓު އޮޑިޓަރ ޖެނެރަލް އޮފީހުން ވަނީ އާންމުކޮށްފައެވެ. 

އޮޑިޓް ރިޕޯޓުގައި ބަޔާންކޮށްފައިވާ ގޮތުން 31 ޑިސެމްބަރު 2019ގެ ނިޔަލަށް އާމްދަނީގެ ގޮތުގައި 22 މިލިއަނަށްވުރެ ގިނަ ރުފިޔާ ވަނީ ރެކޯޑު ކޮށްފައެވެ. އަދި ފިނޭންސުން ބަޖެޓް އެހީގެ ގޮތުގައި 129 މިލިއަނަށްވުރެ ގިނަ ރުފިޔާ ލިބިފައިވާކަން އޮޑިޓް ރިޕޯޓުން އެނގެއެވެ. ހަމައެއާއެކު، ޚަރަދުގެ ގޮތުގައި 111 މިލިއަނަށްވުރެ ގިނަ ރުފިޔާ ރެކޯޑު ކޮށްފައިވާއިރު، އޭގެ ތެރޭގައި އިދާރީ ޚަރަދުގެ ގޮތުގައި ހިމެނޭ 71 މިލިއަން ރުފިޔާއާއި، މާކެޓިންގ ޚަރަދުގެ ގޮތުގައި ބަޔާންކޮށްފައިވާ 23 ހާހަށްވުރެ ގިނަ ރުފިޔާ ހިމެނެއެވެ.

އެހެން ނަމަވެސް، ޚަރަދާއި އާމްދަނީއާ ގުޅޭ މި އަދަދުތައް ކުންފުނީގައި ހުރި މާލީ ލިޔެކިޔުންތަކުން ސާފުނުވާކަން އޮޑިޓުގައި ފާހަގަކޮށްފައިވެއެވެ. އެގޮތުން ކުންފުނިން މާލީ ލިޔެކިޔުންތަކުގެ ރެކޯޑު ރަނގަޅަށް ފުރިހަމައަށް ބަލަހައްޓާފައި ނުވާކަން މި 3 އަހަރުގެ އޮޑިޓް ރިޕޯޓުންވެސް ފާހަގަވެފައިވެއެވެ.

އޭގެ އިތުރުން، އަތް ނުލެވޭ ހަރު މުދަލުގެ ގޮތުގައި ބައެއް ތަކެތި ރެކޯޑު ކޮށްފައިވީނަމަވެސް، އެއާގުޅޭ ލިޔެކިއުންތަކެއްވެސް ރެކޯޑުތަކުން ސާފުވާކަށް ނެތެވެ. އެ ތަކެތީގެ އަގުވެސް 2 މިލިއަނަށްވުރެ ބޮޑެވެ.

އެންމެ ފަހުން މި މައްސަލަ ރައްޔިތުންގެ މަޖިލީހުގެ އެސްއޯއީ ކޮމިޓީގެ ސަމާލުކަމަށް އައިސް، ކުންފުނީގެ ބޯޑުން އެކުލަވާލާފައިވާ އިންޓަރނަލް އޮޑިޓުތައް ހޯދައި، އެ ރިޕޯޓުތައް ރިވިއު ކުރުމުގެ މަސައްކަތް ކުރާނެކަން ކޮމިޓީން ވަނީ ހާމަކޮށްފައެވެ.

ހަމައެގޮތަށް ޖެންޑަރ މިނިސްޓްރީގެ އޮޑިޓާގުޅޭ ގިނަ މައްސަލަތަކެއްވެސް ވަނީ ފާހަގަވެފައެވެ. އެގޮތުން ކޮވިޑް-19އާ ގުޅިގެން ހާލުގައި ޖެހުނު އާއިލާތަކަށް ކެއިން ބުއިމުގެ އިންތިޒާމް ހަމަޖެއްސީ ދައުލަތަށް ގެއްލުންވާގޮތަށް ކަން އޮޑިޓުން ހާމަވެފައިވާއިރު، ބިޑްތަކަށް މާކްސް ދިނުމުގައި މަސައްކަތުގެ ތަޖުރިބާ ނުވަތަ މަސައްކަތް ކޮށްދިނުމުގެ ގާބިލިއްޔަތުކަން ހުރި މިންވަރު އެއްވެސްވަރަކަށް ވަޒަންކޮށްފައި ނުވާކަންވެސް އެނގިފައިވެއެވެ. ކުޑަމިނުން މިނިސްޓްރީން ބެލެހެއްޓި ޝެލްޓަރތަކުގައި, އެކި ދުވަހު ތިބި މީހުންގެ އަދަދު ވަކިން އެނގޭނެ ގޮތަށް ހަރުދަނާ ގޮތެއްގައި ލިޔެކިޔުން ބަލަހައްޓާފައި ނުވާކަންވެސް ވަނީ ފާހަގަވެފައެވެ.

އޭގެ އިތުރުން، ޖެންޑަރއިން 2019 އާއި 2020 ވަނަ އަހަރުގެ މާލީ ބަޔާންތައް އޮޑިޓުކުރުމަށް ހުށަހަޅާފައިނުވާއިރު، ޖެންޑަރއަށް އެހީގެ ގޮތުގައި ލިބިފައިވާ ފައިސާ މާލިއްޔަތުގެ ގަވައިދާ ޚިލާފަށް ޚަރަދުކޮށްފައިވާކަން, މިއީ ހައްތަހާވެސް ފާހަގަވެފައިވާ މައްސަލަތަކެވެ.

އެހެންނަމަވެސް، މިފަދަ މައްސަލަތައް ފެންމަތިވުމާގުޅިގެން ޖަވާބުދާރީވުމާއި، ރައްޔިތުންނަށް ކަންކަން ސާފުކޮށްދިނުން އަބަދުވެސް ފެންނަނީ މަޑުޖެހިފައި އޮންނަ މަންޒަރެވެ. ގިނަ ފަހަރަށް, ކަމާބެހޭ އިދާރާއަކަށް ހާޒިރުކޮށް ޖަވާބުދާރީ ކުރުވަންދެން، ނުވަތަ ނޫސްތަކުން އެތައް ފަހަރަކު ސުވާލުކުރަންދެން މަޑުކުރުން މިއީ އާންމުކޮށް ފެންނަ މަންޒަރެވެ. އެ މުއައްސަސާއަކުން އަމިއްލަ އިސްނެގުމުގެ މައްޗަށް ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާލުމާއި، ރައްޔިތުންނަށް ކަންކަން ވީ ގޮތް ސާފުކޮށްދިނުން މިއީ މި ގައުމުގައި ފެނުން ނާދިރު މަންޒަރެކެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ހައްޖަށް މީހުން ގެންދިޔުމުގައި ބޮޑު އަގުނެގުން، އެންމެ ދަންނަ ބޮޑު ސިއްރު، ކުރެވޭނެ ކަމެއް ނޯވޭ!

ހައްޖަށް މީހުން ގެންދިޔުމުގައި ބޮޑު އަގުނެގުން، އެންމެ ދަންނަ ބޮޑު ސިއްރު، ކުރެވޭނެ ކަމެއް ނޯވޭ!

26 ޖޫން 2023
މަގޭ އޮޑިޓް!

މަގޭ އޮޑިޓް!

30 މެއި 2021
މަގޭ ރިޕޯޓް: މެމްބަރުންނަށްވީމަ ހިތުހުރިވަރަކަށް ސަލާން ބުނެވޭ، މުސާރައިން ކެނޑޭނެ ގޮތެއްވެސް ނޯވޭ؟!

މަގޭ ރިޕޯޓް: މެމްބަރުންނަށްވީމަ ހިތުހުރިވަރަކަށް ސަލާން ބުނެވޭ، މުސާރައިން ކެނޑޭނެ ގޮތެއްވެސް ނޯވޭ؟!

18 ފެބުރުއަރީ 2021
ޖަލު އޮޑިޓް: މައްސަލަތައް ފާހަގަ ވާނެ، ހައްލު ގެންނަން ފަސް ޖެހިގެން ނުވާނެ!

ޖަލު އޮޑިޓް: މައްސަލަތައް ފާހަގަ ވާނެ، ހައްލު ގެންނަން ފަސް ޖެހިގެން ނުވާނެ!

04 ޖެނުއަރީ 2019
ފެނަކައިގެ އޮޑިޓް ރިޕޯޓް: ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށްދިން އިންޒާރެއްތަ؟

ފެނަކައިގެ އޮޑިޓް ރިޕޯޓް: ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށްދިން އިންޒާރެއްތަ؟

21 ސެޕްޓެމްބަރު 2017

އަހަރުތަކުން މިއަދު

4 މެއި
މަސްވެރިކަމުގެ ސިނާއަތް 2024 ގައި 48.4 އިންސައްތަ ދަށަށް ހިނގައްޖެ
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

މަސްވެރިކަމުގެ ސިނާއަތް 2024 ގައި 48.4 އިންސައްތަ ދަށަށް ހިނގައްޖެ

ރާއްޖެޓީވީއަށް ސަރުކާރުގެ ކުންފުނިތަކުން ދެމުންއައި ހުރިހާ ސްޕޮންސަރތައް ކަނޑާލައިފި
20242 އަހަރު ކުރިން
ރާއްޖެ

ރާއްޖެޓީވީއަށް ސަރުކާރުގެ ކުންފުނިތަކުން ދެމުންއައި ހުރިހާ ސްޕޮންސަރތައް ކަނޑާލައިފި

ކެޕްޓަން ރަޝީދު: " އަޅުގަނޑުމެންނަށް ބޯޓު ނުޖައްސައި ފަރުޖެހޭކަށް ނެތް، ފިއުލްއެއްވެސް، ދާނެ ތަނެއްވެސް ނެތް"
20233 އަހަރު ކުރިން
ރިޕޯޓު

ކެޕްޓަން ރަޝީދު: " އަޅުގަނޑުމެންނަށް ބޯޓު ނުޖައްސައި ފަރުޖެހޭކަށް ނެތް، ފިއުލްއެއްވެސް، ދާނެ ތަނެއްވެސް ނެތް"

ބީޖީ ގަރާޖު ސަރަޙައްދުގައި މަރުވެފައި އޮތް މީހާއަކީ ކާކުކަން ދެނެގަނެފި
20224 އަހަރު ކުރިން
ރާއްޖެ

ބީޖީ ގަރާޖު ސަރަޙައްދުގައި މަރުވެފައި އޮތް މީހާއަކީ ކާކުކަން ދެނެގަނެފި

މަލިކު އިސްބަޣޫލު ފަނި ބުއިންތަ؟ މިއޮތީ ވަރަށް ތަފާތު ރެސިޕީއެއް
20215 އަހަރު ކުރިން
ލައިފް ސްޓައިލް

މަލިކު އިސްބަޣޫލު ފަނި ބުއިންތަ؟ މިއޮތީ ވަރަށް ތަފާތު ރެސިޕީއެއް

ހުކުރު މިސްކިތުގެ އާބާތުރަ ފިލުވުން- ވަޅުދިޔަ ހިއްކަން ފޭބީ ޑެޕިއުޓީ މިނިސްޓަރު
20197 އަހަރު ކުރިން
ރާއްޖެ

ހުކުރު މިސްކިތުގެ އާބާތުރަ ފިލުވުން- ވަޅުދިޔަ ހިއްކަން ފޭބީ ޑެޕިއުޓީ މިނިސްޓަރު

ސައުދީގައި ފައްޅި އަޅަން ވެޓިކަން އާއިއެކު އެއްބަސްވެއްޖެ
20188 އަހަރު ކުރިން
ދުނިޔެ

ސައުދީގައި ފައްޅި އަޅަން ވެޓިކަން އާއިއެކު އެއްބަސްވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު