Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއިންޑިޔާއިން ބުރުގާ އާ ދެކޮޅަށް ނިންމި ނިންމުން

އިންޑިޔާއިން ބުރުގާ މަނާކުރުމަކީ ދީނީ މިނިވަންކަމަށް ހުރަސްއެޅުން: އެމެރިކާގެ އޮފިޝަލެއް

ދީނީ މިނިވަންކަމުގެ ތެރޭގައި އެމީހަކު ގަބޫލުކުރާ ދީނެއްގައި ކަނޑައަޅާފައި އޮންނަ ގޮތަށް ހެދުން އެޅުންވެސް ހިމެނޭ

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ, ރާއްޖެ އެމްވީ | 13 ފެބުރުއަރީ 2022 | އާދީއްތަ 01:42
އިންޑިޔާގައި ބުރުގާ އެޅުން މަނާކުރުމުން ކުރަމުންދާ މުޒާހަރާގެ ތެރެއިން

އިންޑިޔާގައި ބުރުގާ އެޅުން މަނާކުރުމުން ކުރަމުންދާ މުޒާހަރާގެ ތެރެއިން

ތައުލީމުދޭ ތަންތަނަށް ބުރުގާ އަޅައިގެން ނުވަދެވޭ އުސޫލަށް އިންޑިޔާގެ ދެކުނު ސްޓޭޓެއް ކަމުގައިވާ ކަރުނާޓަކާގައި އަމަލުކުރަން ފެށުމާއި ގުޅިގެން އެކަމާ ދެކޮޅަށް އެމެރިކާގެ އޮފިޝަލަކު ވާހަކަދައްކަވައިފިއެވެ.

އެމެރިކާގެ އެމްބަސެޑަރ އެޓް ލަރޖް ފޮރ އިންޓަރނޭޝަނަލް ރިލިޖިއަސް ފްރީޑަމް ރަޝާދު ހުސައިން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ދީނީ މިނިވަންކަމުގެ ތެރޭގައި އެމީހަކު ގަބޫލުކުރާ ދީނެއްގައި ކަނޑައަޅާފައި އޮންނަ ގޮތަށް ހެދުން އެޅުންވެސް ހިމެނޭކަމަށެވެ. އަދި ކަރުނާޓަކާގެ ސަރުކާރުން ދީނީ ގޮތުން ހެދުން އެޅުމަށް އޮންނަ ގޮތް ކަނޑައަޅައިގެން ނުވާނެކަމަށް ވަނީ ވިދާޅުވެފައެވެ. މިކަމުގެ ސަބަބުން ދީނީ މިނިވަންކަމަށް އަރައިގަނެވޭކަމަށް ވަނީ ވިދާޅުވެފައެވެ.

ބުރުގާގެ މައްސަލައިގައި އިންޑިޔާގެ އެކްސްޓަރނަލް އެފެއަރޒް މިނިސްޓްރީން ބުނެފައިވަނީ އެއީ އިންޑިޔާގެ ދާހިލީ ކަމެއްކަމަށާއި އެކަން މިހާރު އަންނަނީ ބަލަމުންކަމަށެވެ. އިންޑިޔާގެ ދާޚިލީކަންކަމާއި ގުޅިގެން ބޭރުގެ ފަރާތްތަކުން ވާހަކަދައްކާ ބަސްބުނުމަކީ އެގައުމުން މަރުހަބާ ކިޔާކަމެއް ނޫންކަމަށް އެކްސްޓަރނަލް އެފެއަރޒް މިނިސްޓްރީން ވަނީ ބުނެފައެވެ.

މިމައްސަލަ ހޫނުވީ މިދިޔަ މަހު ބުރުގާ އަޅައިގެން ތިބި މުސްލިމް އަންހެން ކުދިން ތަކަކަށް ކޮލެޖަށް ވަނުން މަނާކުރުމާއި ގުޅިގެންނެވެ. އެއާއެކު ބުރުގާ އެޅުން މަނާކުރުމާ ދެކޮޅަށް އިންޑިޔާގައި މުސްލިމުންގެ މުޒާހަރާތައް ފެށިގެންދިޔައެވެ. ބުރުގާ އެޅުން މަނާ ކުރުމަށް ތާއީދު ކޮށް މައިގަޑު ގޮތެއްގައި މުޒާހަރާ ކުރަމުން ދަނީ އިންޑިޔާގައި އަޤްލަބިއްޔަތު އޮންނަ ހިންދޫން ނެވެ.

މިދިޔަ ހަފްތާގެ އަންގާރަ ދުވަހު ކަރުނާޓަކާގެ ކޮލެޖެއް ކައިރިން މުސްލިމު އަންހެން ކުއްޖަކު ވަށާލާ ހިންދީންގެ ބަޔަކު އެކުއްޖާއާ ދިމާކޮށްލުމުން އެމީހުންނާ ދެކޮޅަށް އެއަންހެންކުއްޖާ ކުރި ހިތްވަރުގެ ވީޑިޔޯ ވަނީ ސޯޝަލް މީޑިޔާގައި ވައިރަލްވެފައެވެ. އެއާއެކު މަޝްރަހު އިތުރަށް ހޫނުވެފައިވާއިރު އެކަމާއި ގުޅިގެން ބައިނަލްއަގްވާމީ ގޮތުން ފާހަގަކޮށްލެވޭ ފަރާތްތަކުންވެސް އަންނަނީ ބުރުގާ އާ ދެކޮޅަށް އިންޑިޔާއިން ނިންމި ނިންމުމާ ދެކޮޅަށް ޝުއޫރުފާޅުކުރަމުންނެވެ.

އެގޮތުން ނޯބެލް ޕްރައިޒް އިނާމު ހާސިލުކޮށްފައިވާ މަލާލާ ޔޫސުފް ޒާއީ ވަނީ އިންޑިޔާގެ ލީޑަރުން މުސްލިމުން އެކަހެރި ކުރުމަށް ކުރަމުންދާ މަސައްކަތްތައް ހުއްޓާލުމަށް ގޮވާލާފައެވެ. އަދި ކޮލެޖްތަކުން ކުދިންނަށް ތައުލީމު އުނގެނުމާއި ބުރުގާ އެޅުމާ ތެރެއިން އެއްކަމެއް އިޚްތިޔާރު ކުރުމަށް މަޖުބޫރުކުރަމުންދާކަމަށް މަލާލާ ވަނީ ބުނެފައެވެ.

މެންޗެސްޓަރ ޔުނައިޓެޑަށް ކުޅެމުން އަންނަ ފްރާންސްގެ ފުޓްބޯޅަ ކުޅުންތެރިޔާ ޕައުލް ޕޮގްބާވެސް ވަނީ ކަރުނާޓަކާގައި ހިނގަމުންދާ ކަންކަމާއި ގުޅިގެން ކަންބޮޑުވުން ފާޅުކޮށް ޓްވީޓްކޮށްފައެވެ. އެގޮތުން ބުރުގާ އަޅައިގެން ތިބި މުސްލުމުންނާއި ހިންދީން ދިމާކުރަމުން އަންނަ ކަމަށް ވަނީ ބުނެފައެވެ.

މީގެކުރިން އިންޑިޔާގެ ދަނޑުވެރިންނާ އެއްކޮޅަށް މަޝްހޫރު ލަވަކިޔުންތެރިޔާ ރިހާނާ އާއި ކްލައިމެޓް ޗޭންޖް އެކްޓިވިސްޓް ގްރޭޓާ ތަންބާގު ޚިޔާލުފާޅުކުރުމުން އިންޑިޔާއިން ވަނީ މައްސަލައަކާ ގުޅޭގޮތުން ވާހަކަދެއްކުމުގެ ކުރިން މުޅި މައްސަލަ ސެލެބްރިޓީންނަށް އެނގެންޖެހޭކަމަށް ބުނެފައެވެ. ދަނޑުވެރިކަމާއި ގުޅޭގޮތުން ގާނޫނަށް ގެނައި ބަދަލަކާއި ގުޅިގެން ދަނޑުވެރިން ވަނީ އަހަރު ދުވަސްވަންދެން މުޒާހަރާކޮށްފައެވެ.

ބުރުގާ އަޅައިގެން ސްކޫލްތަކަށް ނުވަދެވޭ މައްސަލައިގައި އެއީ ހައްޤެއްކަމަށް ބުނެ މުސްލިމުން ވަނީ ކަރުނާޓަކާގެ ހައިކޯޓަށް ޕެޓިޝަނެއް ހުށަހަޅާފައެވެ. މިޕެޓިޝަނާއި ގުޅޭގޮތުން ހޯމަ ދުވަހު ވަކި ގޮތެއް ނިންމާނެއެވެ. އަދި ގޮތެއް ނިންމުމަށް އޮތް ދުވަސްތަކުގައި ބުރުގާ އަޅައިގެން ސްކޫލްތަކަށާއި ކޮލެޖްތަކަށް ނުދިޔުމަށް ކޯޓުން ވަނީ އެދިފައެވެ.

ހައްގުތަކަށް މަސައްކަތްކުރާ ފަރާތްތަކުން ބުނާގޮތުން ބުރުގާ އެޅުން މަނާކުރުމުގެ ސިޔާސަތަކީ ބީޖޭޕީން މުސްލިމުންނާ ދެކޮޅަށް ހިންގަމުން އަންނަ ކަންކަމުގެ ތެރެއިން ކަމެކެވެ. އިންޑިޔާގެ ގާނޫނު އަސާސީން ކޮންމެ މީހަކަށްވެސް އެމީހަކު ބޭނުން ދީނަކަށް އުޅުމުގެ ހައްގު ލިބިދީފައިވާއިރު ބުރުގާ އެޅުމަކީ އެހައްގުގެ ދަށުން ލިބެންޖެހޭ ހައްގެއްކަމަށް ވަނީ ބުނެފައެވެ.

އިންޑިއާއެމެރިކާ

އިތުރަށް ކިޔާލަން

13 ޑިސެމްބަރު 2025

އެޕްސްޓީން އާއި ރައީސް ޓްރަމްޕް ގެ ގާތް ގުޅުން ހާމަވާ އިތުރު ފޮޓޯ ތަކެއް ރިލީޒްކޮށްފި

13 ޑިސެމްބަރު 2025
އެޕްސްޓީން އާއި ރައީސް ޓްރަމްޕް ގެ ގާތް ގުޅުން ހާމަވާ އިތުރު ފޮޓޯ ތަކެއް ރިލީޒްކޮށްފި
13 ޑިސެމްބަރު 2025

މެސީ އިންޑިއާ އަށް، އެތައް ސަތޭކަ ބަޔަކު މަރުޙަބާ ކިޔަން ނިކުތް

13 ޑިސެމްބަރު 2025
މެސީ އިންޑިއާ އަށް، އެތައް ސަތޭކަ ބަޔަކު މަރުޙަބާ ކިޔަން ނިކުތް
11 ޑިސެމްބަރު 2025

އަޚްލާގީ ޕްރޮގްރާމު ފުރިހަމަ ކުރަންދެން ދަރިވަރު ސަސްޕެންޑް ކޮށްފި

11 ޑިސެމްބަރު 2025
އަޚްލާގީ ޕްރޮގްރާމު ފުރިހަމަ ކުރަންދެން ދަރިވަރު ސަސްޕެންޑް ކޮށްފި
11 ޑިސެމްބަރު 2025

ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ

11 ޑިސެމްބަރު 2025
ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ
07 ޑިސެމްބަރު 2025

އެމެރިކާގެ ނަން ނުބައިކޮށް ވިދާޅުވެވި، ބައިޑަން އަށް ބޮޑު ލަދުވެތި ކަމެއް

07 ޑިސެމްބަރު 2025
އެމެރިކާގެ ނަން ނުބައިކޮށް ވިދާޅުވެވި، ބައިޑަން އަށް ބޮޑު ލަދުވެތި ކަމެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު