Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދު2022 ވަނަ އަހަރުގެ ޓުއަރިސްޓު އެރައިވަލް

މިއަހަރުގެ މިހާތަނަށް އެއްލައްކަ ހަތްދިހަ ހާހަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެ އައިސްފައިވޭ

މިއަހަރުގެ މި މުއްދަތުގައި ދުވާލެއްގެ މައްޗަށް 4،469 ފަތުރުވެރިން ރާއްޖެ އައިސްފައިވޭ

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 12 ފެބުރުއަރީ 2022 | ހޮނިހިރު 09:55
ރާއްޖެ އަންނަ ފަތުރުވެރިން

ރާއްޖެ އަންނަ ފަތުރުވެރިން

މިއަހަރުގެ މިހާތަނަށް އެއްލައްކަ ހަތްދިހަ ހާހަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެ އައިސްފައިވާކަމަށް ޓުއަރިޒަމް މިނިސްޓްރީން ހާމަކޮށްފިއެވެ.

ޓުއަރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން މިއަހަރުގެ ފެބްރުއަރީ މަހުގެ 10 ވަނަ ދުވަހާ ހަމައަށް 171،982 ފަތުރުވެރިން ރާއްޖެ އައިސްފައިވެއެވެ. 2021 ވަނަ އަހަރުގެ ޑިސެމްބަރުގެ ނިޔަލަށް 1،321،932 ފަތުރުވެރިން ރާއްޖެ އައިސްފައިވާއިރު 2019 ވަނަ އަހަރު 1،702،887 ފަތުރުވެރިން ރާއްޖެ އައިސްފައިވާ ކަމަށް ޓުއަރިޒަމް މިނިސްޓްރީން ހާމަކޮށްފައިވެއެވެ.

ޓުއަރިޒަމް މިނިސްޓްރީން ބުނީ މިއަހަރުގެ މި މުއްދަތުގައި ދުވާލެއްގެ މައްޗަށް 4،469 ފަތުރުވެރިން ރާއްޖެ އައިސްފައިވާކަމަށެވެ.

މިއަހަރުގެ މިހާތަނަށް އައި ފަތުރުވެރިންގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ރަޝިއާ މާކެޓުގެ ފަތުރުވެރިންނެވެ. އެގޮތުން ރަޝިއާ މާކެޓުން އައި ފަތުރުވެރިން 16.1 އިންސައްތަ ހިއްސާކުރާއިރު، ދެވަނައަށް އެންމެ ގިނައިން ފަތުރުވެރިން އައިސްފައިވަނީ ޔޫކޭ މާކެޓުން ކަމަށް ޓުއަރިޒަމް މިނިސްޓްރީން ބުނެފައިވެއެވެ. ޔޫކޭ މާކެޓަށްފަހު އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ އިންޑިއާއިން ކަމަށް ޓުއަރިޒަމް މިނިސްޓްރީން ހާމަކޮށްފައިވެއެވެ. އެއަށްފަހު އިޓަލީ، ޖަރުމަނު، ޔޫކްރޭން، ފްރާންސް، އެމެރިކާ، ސައުދީ އަރަބިއާ އަދި އޮސްޓްރޭލިއާ ހިމެނެއެވެ.

މީގެ އިތުރުން ރާއްޖޭގައި ހުރި ފަތުރުވެރިންގެ އެކޮމޮޑޭޝަން ފެސިލިޓީތަކުގެ ތެރެއިން 950 ތަނެއް މިވަގުތު ޚިދުމަތަށް ހުޅުވާލާފައިވާކަމަށް ޓުއަރިޒަމް މިނިސްޓްރީން ބުނެފައިވެއެވެ. މި ފެސިލިޓީތަކުގައި 59،947 ބެޑް ކެޕޭސިޓީ އެބަހުރި ކަމަށް ވެސް އެމިނިސްޓްރީން ހާމަކޮށްފައިވެއެވެ.

މިއަހަރު ނިމުމުގެ ކުރިން 2 މިލިއަން ފަތުރުވެރިން ގެނައުމަށް ސަރުކާރުން ވަނީ އަމާޒު ހިފާފައެވެ. 2021 ވަނަ އަހަރު 1.3 މިލިއަން ފަތުރުވެރިން ގެނައުމަށް އަމާޒުކޮށް، އެއަމާޒު ކާމިޔާބުކޮށް 2021 ވަނަ އަހަރު ނިމުނުއިރު 1.32 މިލިއަން ފަތުރުވެރިން ވަނީ ރާއްޖެ ގެނެސްފައެވެ.

މިނިސްޓްރީ އޮފް ޓުއަރިޒަމް

އިތުރަށް ކިޔާލަން

27 އޮކްޓޯބަރު 2025

އުސޫލާއި ޚިލާފަށް ބ. ބަތަލާގެ ބައެއް މަސައްކަތްތައް ކުރި މައްސަލަ ބަލާ، ގެއްލުމުގެ ބަދަލު ހޯދަން ލަފާ ދީފި

27 އޮކްޓޯބަރު 2025
އުސޫލާއި ޚިލާފަށް ބ. ބަތަލާގެ ބައެއް މަސައްކަތްތައް ކުރި މައްސަލަ ބަލާ، ގެއްލުމުގެ ބަދަލު ހޯދަން ލަފާ ދީފި
19 އޮކްޓޯބަރު 2025

ކިހާދުއްފަރު އެއްބަސްވުން ބާތިލުކުރަން ސަރުކާރުން އުޅުމުން ކޯޓުން ހުއްޓުވައިފި

19 އޮކްޓޯބަރު 2025
ކިހާދުއްފަރު އެއްބަސްވުން ބާތިލުކުރަން ސަރުކާރުން އުޅުމުން ކޯޓުން ހުއްޓުވައިފި
09 އޮކްޓޯބަރު 2025

އޮކްޓޫބަރު މަހުގެ ފުރަތަމަ ހަފްތާގައި ރާއްޖެ އަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު މައްޗަށް

09 އޮކްޓޯބަރު 2025
އޮކްޓޫބަރު މަހުގެ ފުރަތަމަ ހަފްތާގައި ރާއްޖެ އަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު މައްޗަށް
03 ފެބުރުއަރީ 2025

ޓޫރިޒަމް މިނިސްޓްރީގެ ޕީއެސް މަގާމުން ވަކި ކުރީ ސިޔާސީ ނުފޫޒުން!

03 ފެބުރުއަރީ 2025
ޓޫރިޒަމް މިނިސްޓްރީގެ ޕީއެސް މަގާމުން ވަކި ކުރީ ސިޔާސީ ނުފޫޒުން!
28 ޖެނުއަރީ 2025

ޓުއަރިޒަމް މިނިސްޓަރުކަމުން ފައިސަލް ވަކިކޮށްފި

28 ޖެނުއަރީ 2025
ޓުއަރިޒަމް މިނިސްޓަރުކަމުން ފައިސަލް ވަކިކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު