Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ޓްރާންސްފާ ބާޒާރު

އޮޒިލް އާއި ސަންޗޭޒް ތިބޭނީ އާސެނަލްގައި: ވެންގާ

ސަންޗޭޒް ހޯދުމަށް މެންޗެސްޓާ ސިޓީ އާއި ބަޔާން މިއުނިކުން އަންނަނީ މަސައްކަތް ކުރަމުން

އަބްދުﷲ ޒިޔާން އަލީ
އަބްދުﷲ ޒިޔާން އަލީ, ރާއްޖެ އެމްވީ | 3 ޖޫން 2017 | ހޮނިހިރު 12:49
އާސެނަލްގެ ދެ ތަރިން ކަމަށްވާ އޮޒިލް އާއި ސަންޗޭޒް

އާސެނަލްގެ ދެ ތަރިން ކަމަށްވާ އޮޒިލް އާއި ސަންޗޭޒް

އޮޒިލް އާއި ސަނޗޭޒް ވިއްކާ ނުލާނެ ކަމަށާއި، އެ ދެ ކުޅުންތެރިންވެސް އާސެނަލްގައި މަޑު ކުރާނެ ކަމަށް އެޓީމުގެ ކޯޗް އާސެން ވެންގާ ބުނެފިއެވެ.

ސަންޗޭޒް ހޯދުމަށްޓަކައި މެންޗެސްޓާ ސިޓީ އާއި ބަޔާން މިއުނިކުން މަސައްކަތް ކުރަމުން އަންނައިރު، ރިޕޯޓްތަށް ބުނާގޮތުން މި ދެ ކުލަބުން ވެސް އަންނަނީ ސަންޗޭސްއާ އެކު މަޝްވަރާކުރަމުންނެވެ. އަދި އާސެނަލްއަށް ކުރިއަށް އޮތް ޗެމްޕިއަންސް ލީގުން ޖާގަ ލިބިފައި ނުވާތީ އޮޒިލްވެސް ކުލަބު ދޫކޮށްލާނެ ކަމަށް ރިޕޯޓްތައް އަންނަނީ ބުނަމުންނެވެ.

ނަމަވެސް ދާދި ފަހުން ބޭރުގެ ކުޅިވަރު ޚަބަރު ފަތުރާ ވެބްސައިޓަކަށް ދިން އިންޓަވިއުއެއްގައި ވެންގާ ވަނީ އެ ދެ ކުޅުންތެރިން ވެސް ޓީމުން ދޫނުކުރާނެ ކަމަށް ބުނެފައެވެ. އެގޮތުން ވެންގާ ބުނަފައި ވަނީ، އަބަދުވެސް މަސައްކަތް ކުރަން ޖެހޭނީ ޓީމު އިތުރަށް ވަރުދަގަ ކުރަން ކަމަށާއި، އެއްވެސް ހާލެއްގައި ޓީމު ބަލިކަށިވާނެ ފަދަ ފިޔަވަޅެއް ނުނަގާނެ ކަމަށެވެ.

ވެންގާ އިތުރަށް ބުނެފައި ވަނީ، ކޮންމެ ކުޅުންތެރިއަކު ވެސް އާ ކޮންޓްރެކްޓެއް ހެދުމާ އެކު މަސައްކަތް ކުރާނީ އެ ކުޅުންތެރިއެއްގެ އެންމެ ރަނގަޅު ކުޅުން ދެއްކުމަށް ކަމަށާއި، އެހެންކަމުން އާސެންލްއިން ވެސް އެ ކުޅުންތެރިންގެ އެއްބަސްވުން އާކުރުމުން، އެ ކުޅުންތެރިން ވެސް ޓީމާ އެކު އަލުން އާ އަޒުމަކާ އެކު މަސައްކަތް ކުރާނެކަމުގެ ޔަގީންކަން އެބަ އޮތް ކަމަށެވެ.

މިސީޒަނުގައި އާސެނަލްއަށް މާ އެދެވޭ ނަތީޖާއެއް ނެރެވިފައި ނުވުމާއި، އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގުން އާސެނަލް އަށް ޖާގައެއް ނުލިބުމުން، ކޯޗް ވެންގާގެ ކުރިމަގާ މެދު ގިނަ ފަރާތްތަކަކުން ދިޔައީ ސުވާލު އުފައްދަމުންނެވެ. ނަމަވެސް ލީގު ޗެމްޕިއަން ޗެލްސީ ބަލިކުރުމަށް ފަހު އާސެނަލްއިން އެފްއޭކަޕް އުފުލާލުމުން ވެންގާ ވެގެން ގޮސްފައިވަނީ މިހާތަނަށް އެއް ޓީމަކަށް އެންމެ ގިނަ ފަހަރު އެފްއޭކަޕް ކާމިޔާބުކޮށްދިން ކޯޗަށެވެ. އެއާއެކު އާސެނަލްއިން ވަނީ ވެންގާއާ އެކު ހަދާފައިވާ އެއްބަސްވުން އިތުރު ދެ އަހަރަށް އާކޮށްފައެވެ.

އޮޒިލް އާއި ސަންޗޭޒްއަށް ގިނަ ކުލަބުތަކަކުން ފާރަލަމުން އަންނައިރު، މި ދެކުޅުންތެރިންވެސް އަދި ކުރިމަގާ މެދު ރަސްމީ ސްޓޭޓްމެންޓެއް ނެރެފައެއް ނުވެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޕްރިމިއާ ލީގު: ސަންޗޭޒްގެ ލަނޑުން ބާންލީ ބަލިކޮށް އާސެނަލް ދެވަނަ އަށް

ޕްރިމިއާ ލީގު: ސަންޗޭޒްގެ ލަނޑުން ބާންލީ ބަލިކޮށް އާސެނަލް ދެވަނަ އަށް

23 ޖެނުއަރީ 2017
ޓޮޓެންހަމް އާއި ސިޓީ އެއްވަރުވިއިރު ޔުނައިޓެޑް ސަލާމަތްވީ ކިރިޔާ

ޓޮޓެންހަމް އާއި ސިޓީ އެއްވަރުވިއިރު ޔުނައިޓެޑް ސަލާމަތްވީ ކިރިޔާ

23 ޖެނުއަރީ 2017
އާސެނަލް ދޫކޮށްލުމަށް ފަހު ސަންޗޭޒް ބަޔާންއާ ގުޅުން ކައިރި: އޮންރީ

އާސެނަލް ދޫކޮށްލުމަށް ފަހު ސަންޗޭޒް ބަޔާންއާ ގުޅުން ކައިރި: އޮންރީ

20 ޖެނުއަރީ 2017
ދަގަނޑޭގެ ވޯޓު ރޮނާލްޑޯ އާއި ގާޑިޔޯލާ އަށް

ދަގަނޑޭގެ ވޯޓު ރޮނާލްޑޯ އާއި ގާޑިޔޯލާ އަށް

10 ޖެނުއަރީ 2017
ސަންޗޭޒް ބޭނުންވަނީ އާސެނަލްގައި މަޑުކުރަން، ރަނގަޅު އެއްބަސްވުމެއް ހެދޭނެ: ވެންގާ

ސަންޗޭޒް ބޭނުންވަނީ އާސެނަލްގައި މަޑުކުރަން، ރަނގަޅު އެއްބަސްވުމެއް ހެދޭނެ: ވެންގާ

07 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

7 މެއި
ފެންޓޮނޯއީ ގެއަށް ދިޔައީ ޔައްސާރުގެ ދައުވަތަކަށް، ރައުދުގެ އިތުރުން 4 މީހަކު ތިބި - ޔުމްނުގެ އާއިލާ
20251 އަހަރު ކުރިން
ރާއްޖެ

ފެންޓޮނޯއީ ގެއަށް ދިޔައީ ޔައްސާރުގެ ދައުވަތަކަށް، ރައުދުގެ އިތުރުން 4 މީހަކު ތިބި - ޔުމްނުގެ އާއިލާ

ރާއްޖެއަށް އަތްގަދަކުރާ ކަމަށް ބުނި އިންޑިއާ ކައިރިއަށް އާދޭސް ހިފައިގެން
20242 އަހަރު ކުރިން
ރިޕޯޓު

ރާއްޖެއަށް އަތްގަދަކުރާ ކަމަށް ބުނި އިންޑިއާ ކައިރިއަށް އާދޭސް ހިފައިގެން

ތަފާތު ފޮޓޯގަނޑެއް! އެތައް ވާހަކައެއް!؟
20233 އަހަރު ކުރިން
ރިޕޯޓު

ތަފާތު ފޮޓޯގަނޑެއް! އެތައް ވާހަކައެއް!؟

ރަންވޭ މަތިން ކައްސާލި މޯލްޑިވިއަން ފްލައިޓުގައި އޮސްޓްރޭލިއާގެ ކްރިކެޓް ތަރިއެއް، ބުނީ އެއީ ބިރުވެރި ވަގުތުކޮޅެއް ކަމަށް
20224 އަހަރު ކުރިން
ރިޕޯޓު

ރަންވޭ މަތިން ކައްސާލި މޯލްޑިވިއަން ފްލައިޓުގައި އޮސްޓްރޭލިއާގެ ކްރިކެޓް ތަރިއެއް، ބުނީ އެއީ ބިރުވެރި ވަގުތުކޮޅެއް ކަމަށް

ބިލް ގޭޓްސްގެ ހިތް ސިންގަލެއް ނުވޭ، ހިތާވަނީ 70 އަހަރުގެ އަންހެނަކާ!
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ބިލް ގޭޓްސްގެ ހިތް ސިންގަލެއް ނުވޭ، ހިތާވަނީ 70 އަހަރުގެ އަންހެނަކާ!

ޕްރިޔަންކާގެ ހެދުމަށް ގިނަ ބަޔަކު މަލާމަތް ކޮށްފި
20197 އަހަރު ކުރިން
ތަފާތު ޚަބަރު

ޕްރިޔަންކާގެ ހެދުމަށް ގިނަ ބަޔަކު މަލާމަތް ކޮށްފި

ރައީސް ޔާމީންގެ އަނެއް ރެކޯޑް
20188 އަހަރު ކުރިން
ރިޕޯޓު

ރައީސް ޔާމީންގެ އަނެއް ރެކޯޑް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު