Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއެމްޑީޕީގެ ގައުމީ މަޖިލިސް

އެންމެ ގިނަ ވޯޓު ލިބޭ ކެންޑިޑޭޓަށް ރިޔާސީ އިންތިޚާބު ކާމިޔާބުވާގޮތަށް ގާނޫނުއަސާސީއަށް ބަދަލު ގެންނަން ޖެހޭ - ރައީސް ނަޝީދު

10 ފެބުރުއަރީ 2022 | ބުރާސްފަތި 16:42

ބަރުލަމާނީ ނިޒާމެއްގައި ރައްޔިތުންގެ މަޖިލީސް އެކުލަވާލެވިފައިވާ ގޮތްވެސް ލިޔެވިފައި އޮންނަންޖެހޭ

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް | 10 ފެބުރުއަރީ 2022 | ބުރާސްފަތި 16:42
އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު

އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު

އެންމެ ގިނަ ވޯޓު ލިބޭ ކެންޑިޑޭޓަށް ރިޔާސީ އިންތިޚާބު ކާމިޔާބުވާގޮތަށް ގާނޫނުއަސާސީއަށް ބަދަލު ގެންނަން ޖެހޭކަމަށް މޯލްޑީވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވީ، އެމްޑީޕީގެ ގައުމީ މަޖިލީހުގެ 4ވަނަ ދައުރުގެ 2ވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަަވަމުންނެވެ. ޕާޓީގެ އެތެރޭގެ ބައެއް މަގާމުތަކަށް މީހުން އިންތިޚާބު ކުރުމަށް ބާއްވާ އިންތިޚާބުތައް ބާއްވާނެ ތާރީޚެއް ހަމަޖެއްސުމަށް އެޖެންޑާ ކުރެވިގެން ކުރިއަށްގެންދިޔަ މި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، ގާނޫނު އަސާސީއަށް ގެންނަން ޖެހޭ ބަދަލު ފާހަގަ ކުރެވިފައިވާ ކަމަށެވެ. ޖޭއެސްސީ އެކުލަވާލެވިފައިވާ ގޮތަށް ބަދަލު ގެނައުމާއި، މިނިވަން މުއައްސަސާތަކުގެ މެމްބަރުންގެ އަދަދަށް ބަދަލު ގެންނަން ޖެހޭކަން ފާހަގަކުރެވިފައިވާ ކަމަށެވެ. ވެރިކަން ބަދަލުވެގެން އަންނައިރު ވަކި ގަވާއިދެއްގެ ދަށުން ކޮންމެ ފަހަރަކު ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުގެ އަދަދު ކަނޑައެޅުމުގެ ބަދަލުގައި، ސުޕްރީމް ކޯޓުގެ އަދަދު ގާނޫނު އަސާސީގައި އޮތުން މުހިންމު ކަމަށެވެ.

ގާނޫނު އަސާސީއަށް ގެންނަން ފެންނަ އިސްލާހުތަކާ ގުޅޭގޮތުން ވާހަކަފުޅު ކުރިއަށްގެންދަވަމުން ރައީސް ނަޝީދު ވިދާޅުވީ، އެންމެ ގިނަ ވޯޓު ލިބޭ ކެންޑިޑޭޓަށް ރިޔާސީ އިންތިޚާބު ކާމިޔާބު ވާގޮތަށް ބަދަލު ގެނައުން މުހިންމު ކަމަށެވެ. އަދި 30 އިންސައްތައަށް ވުރެ ދަށުން ވޯޓު ލިބިއްޖެ ނަމަ، ދެވަނަ ބުރަށް ދިޔުމަށް ގާނޫނުއަސާސީގައި ހިމަނަން ޖެހޭ ކަމަށެވެ. މިބަދަލަކީ، އެމްޑީޕީއަށް ވެރިކަމުގައި އޮތުމަށް މުހިންމު ބަދަލެއް ކަމަށް ވިދާޅުވިއެވެ.

ގާނޫނު އަސާސީގައި ލާމަރުކަޒީ ނިޒާމާ ގުޅޭ އިތުރު ތަފްސީލު ބޭނުންވާ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީސް އެކުލެވިގެންވާ ގޮތަށްވެސް ބަދަލު ގެންނަން ޖެހޭކަން ފާހަގަކުރައްވަމުން ނަޝީދު ވިދާޅުވީ، ކޮންމެ ފަސް އަހަރަކުން ރައްޔިތުންގެ މަޖިލީހުގެ ގޮނޑި އިތުރުވުން އެއީ ޚަރަދު ބޮޑު ކަމެއް ކަމަށެވެ. ބަރުލަމާނީ ނިޒާމެއްގައި ރައްޔިތުންގެ މަޖިލީސް އެކުލަވާލެވިފައިވާ ގޮތްވެސް ލިޔެވިފައި އޮންނަންޖެހޭ ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

ވެރިކަމުގެ ނިޒާމަށް ބަދަލު ގެނައުމަށް އުކުޅަހު ކޮންގްރެސްގައި ނިންމާފައިވާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. ދެފުށް ފެންނަ ގޮތަށް ކަންކަން ކުރުމަކީ ޕާޓީން ކަންކުރާ ގޮތް ކަަމަށާއި، ގާނޫނު އަސާސީއަށް ގެންނަން ޖެހޭ ބަދަލު ގެނައުމަށް ކޮންގްރެސްއެއް ބާއްވަން ޖެހޭ ކަމަށް ވިދާޅުވިއެވެ.

ރައީސް ނަޝީދު ވަނީ، އެމްޑީޕީގެ ޗެއަރޕަރސަން ހަސަން ލަތީފް ކުރެއްވި މަސައްކަތަށް ޝުކުރު އަދާކުރައްވާފައެވެ. ރައީސް ޔާމީންގެ އެންމެ އަނިޔާވެރި ދުވަސްވަރު ޕާޓީގެ ޗެއަރކަމާ ހަވާލުވެވަޑައިގެން, އޭގެފަހުން އައި އިންތިޚާބުތައް ކާމިޔާބު ކުރުމުގައި މުހިންމު ދައުރެއް އަދާ ކުރެއްވި ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. 2018ގެ އިންތިޚާބުގައި ހިންގައިދިޔަ ކަންކަން ފާހަގަ ކުރައްވަމުން ރައީސް ނަޝީދު ވިދާޅުވީ، އޭރު ރައީސް ނަޝީދަށް ކުރިމަތި ނުލެވުމުން ދެން ކަންކުރާނެ ގޮތްވެސް ޕާޓީއަށް ދައްކައިދިން ކަމަށެވެ.

ޗެއަރޕަރސަންގެ އިންތިޚާބާއި، އަންހެނުންގެ ރޫހުގެ އިންތިޚާބާއި، ޒުވާނުންގެ ހިތްވަރުގެ އިންތިޚާބު، 12 ފެބްރުއަރީ 2022ގައި ހުޅުވާލުމަށާއި އަދި އެމަގާމުތަކަށް ކުރިމަތިލައްވާ ފަރާތްތަކަށް 7 ދުވަސް, ކުރިމަތި ލެއްވުމަށް ފުރުސަތު ދިނުމަށާއި އަދި 16 އެޕްރީލް ވާ ހޮނިހިރު ދުވަހު މި ތިން އިންތިޚާބު ބާއްވުމަށް ސިފާ ހުށަހެޅުއްވިއެވެ.

އަދި ގާނޫނު އަސާސީއަށް ގެންނަންޖެހޭ ބަދަލު ގެނެއުމުގައި ގޮތެއް ނިންމުމަށް 4 އޮގަސްޓް 2022ގައި ކޮންގްރެސް ބޭއްވުމަށާއި އަދި މީގެ އިތުރުން ޕާލިމަންޓްރީ ގްރޫޕްގެ އިންތިޚާބަށް 10 ފެބްރުއަރީ 2022 ވަނަ ދުވަހު ހުޅުވާލައި، 18 ފެބްރުއަރީ 2022ގައި އެއިންތިޚާބު ބޭއްވުމަށްވަނީ ހުށަހަޅާފައެވެ. މިގޮތަށް ހުށަހެޅުއްވީ، މާލޭ ދާއިރާގެ ރައީސް ސިފާ މުހައްމަދެވެ. ތާއީދު ކުރެއްވީ، ގަމު ދާއިރާގެ ރައީސް އަދި އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާއީލެވެ.

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ)ރައީސް ނަޝީދު

އިތުރަށް ކިޔާލަން

18 އޮކްޓޯބަރު 2025

އިންތިޚާބުތަކާއި ދިމާކޮށް ރައީސް މުއިއްޒު ރަށްރަށް ގޮސް ކަންކަން ކޮށްދެނީ "ދީފަ އަތުލާ ފީފާ ބުރިއެއް" ގެ އުސޫލުން: ތޯރިގް

18 އޮކްޓޯބަރު 2025
އިންތިޚާބުތަކާއި ދިމާކޮށް ރައީސް މުއިއްޒު ރަށްރަށް ގޮސް ކަންކަން ކޮށްދެނީ "ދީފަ އަތުލާ ފީފާ ބުރިއެއް" ގެ އުސޫލުން: ތޯރިގް
16 އޮކްޓޯބަރު 2025

ކުރީގެ ބަންޑާރަ ނައިބު ރިފްއަތު އޭސީސީ އަށް ހާޒިރު ކޮށްފި

16 އޮކްޓޯބަރު 2025
ކުރީގެ ބަންޑާރަ ނައިބު ރިފްއަތު އޭސީސީ އަށް ހާޒިރު ކޮށްފި
15 އޮކްޓޯބަރު 2025

ކުރީގެ އެޑިއުކޭޝަން މިނިސްޓަރު އޭސީސީ އަށް ހާޒިރު ކޮށްގެން ބަލަމުން ދާ މައްސަލަ އިންވެސްޓިގޭޓަރުންނަށް ސާފެއް ނުވޭ: މައުރޫފް

15 އޮކްޓޯބަރު 2025
ކުރީގެ އެޑިއުކޭޝަން މިނިސްޓަރު އޭސީސީ އަށް ހާޒިރު ކޮށްގެން ބަލަމުން ދާ މައްސަލަ އިންވެސްޓިގޭޓަރުންނަށް ސާފެއް ނުވޭ: މައުރޫފް
15 އޮކްޓޯބަރު 2025

ކުރީގެ މިނިސްޓަރު އައިޝަތު އަލީ އޭސީސީ އަށް ޙާޒިރު ކޮށްފި

15 އޮކްޓޯބަރު 2025
ކުރީގެ މިނިސްޓަރު އައިޝަތު އަލީ އޭސީސީ އަށް ޙާޒިރު ކޮށްފި
14 އޮކްޓޯބަރު 2025

މުޒާހަރާގެ ތެރެއިން ހައްޔަރުކުރި މީހުންނަށް ލިބުނު އަނިޔާގެ ފުރިހަމަ ޒިންމާ ދައުލަތުން ނަގަން ޖެހޭނެ: ވަކީލް ނިޝާން

14 އޮކްޓޯބަރު 2025
މުޒާހަރާގެ ތެރެއިން ހައްޔަރުކުރި މީހުންނަށް ލިބުނު އަނިޔާގެ ފުރިހަމަ ޒިންމާ ދައުލަތުން ނަގަން ޖެހޭނެ: ވަކީލް ނިޝާން
13 އޮކްޓޯބަރު 2025

ކުރީގެ އެޑިއުކޭޝަން މިނިސްޓަރު އައިޝަތު ވެސް އޭސީސީއަށް ހާޒިރުވާން އަމުރު ފޮނުވައިފި

13 އޮކްޓޯބަރު 2025
ކުރީގެ އެޑިއުކޭޝަން މިނިސްޓަރު އައިޝަތު ވެސް އޭސީސީއަށް ހާޒިރުވާން އަމުރު ފޮނުވައިފި
13 އޮކްޓޯބަރު 2025

އެމްޑީޕީގެ ޗެއާރޕާސަން ފައްޔާޒް އޭސީސީ އަށް ހާޒިރު ކޮށްފި

13 އޮކްޓޯބަރު 2025
އެމްޑީޕީގެ ޗެއާރޕާސަން ފައްޔާޒް އޭސީސީ އަށް ހާޒިރު ކޮށްފި
13 އޮކްޓޯބަރު 2025

ލޫޓުވައިފި މުޒާހަރާއިން ހައްޔަރުކުރި މީހުންނަށް އިހުމާލުވާތީ ހުށަހަޅަން އުޅުނު ކުއްލި މައްސަލައަށް ފުރުސަތެއް ނުދިން

13 އޮކްޓޯބަރު 2025
ލޫޓުވައިފި މުޒާހަރާއިން ހައްޔަރުކުރި މީހުންނަށް އިހުމާލުވާތީ ހުށަހަޅަން އުޅުނު ކުއްލި މައްސަލައަށް ފުރުސަތެއް ނުދިން
12 އޮކްޓޯބަރު 2025

"މުޒާހަރާ އިން ހައްޔަރު ކުރި މީހުންގެ ބަންދަށް 15 ދުވަސް ޖެހީ ސީދާ މިނިސްޓަރު އިހުސާން އަންގައިގެން"

12 އޮކްޓޯބަރު 2025
"މުޒާހަރާ އިން ހައްޔަރު ކުރި މީހުންގެ ބަންދަށް 15 ދުވަސް ޖެހީ ސީދާ މިނިސްޓަރު އިހުސާން އަންގައިގެން"
07 އޮކްޓޯބަރު 2025

އެމްޑީޕީ ސަރުކާރުން ހަންޏާމީދޫގައި އިމާރާތް ކުރި ކައުންސިލް އިދާރާ ރައީސް މުޢިއްޒު ހުޅުވައި ދެއްވައިފި

07 އޮކްޓޯބަރު 2025
އެމްޑީޕީ ސަރުކާރުން ހަންޏާމީދޫގައި އިމާރާތް ކުރި ކައުންސިލް އިދާރާ ރައީސް މުޢިއްޒު ހުޅުވައި ދެއްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް