Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޔޫތު ޗެމްޕިއަންޝިޕް

ދަ ގްރާންޑޭ ބަލިކޮށް ސަސް ސެމީއަށް

5 ފެބުރުއަރީ 2022 | ހޮނިހިރު 20:26

ދަ ގްރާންޑޭ އަތުން ސަސް މޮޅުވީ 6-0 ގެ ނަތީޖާއަކުން

އަތޫފް އާތިފް
އަތޫފް އާތިފް | 5 ފެބުރުއަރީ 2022 | ހޮނިހިރު 20:26
ސަސް އާއި ދަ ގްރާންޑޭ ބައްދަލުކުރި މެޗުގެ ތެރެއިން

ސަސް އާއި ދަ ގްރާންޑޭ ބައްދަލުކުރި މެޗުގެ ތެރެއިން

ޔޫތު ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި ހޮނިހިރު ދުވަހުގެރޭ ކުޅުނު މެޗުން ފަސޭހަކަމާއެކު ދަ ގްރާންޑޭ ސްޕޯޓްސް ކުލަބު ބަލިކޮށް ސެމީ ފައިނަލަށް ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) ދަތުރުކޮށްފިއެވެ.

ގައުމީ ފުޓްބޯޅަ ދަނޑުގައި ކުޅުނު މެޗުން ސަސް މޮޅުވީ ފަސޭހަކަމާއެކު 6-0 ގެ ނަތީޖާއަކުންނެވެ.

މި މެޗު ފަށައިގެން ސަސްއިން ދަ ގްރާންޑޭގެ ހާފަށް ބާރު ބޮޑުކޮށް ގިނަ ހަމަލާތަކެއް އުފެއްދިއިރު، މެޗުގެ 20 ވަނަ މިނެޓުގައި އެ ޓީމުން ވަނީ ލަނޑު ޖަހައި ލީޑު ނަގައިފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ސާލިފް ހުސައިނެވެ. އަދި އޭގެ ތިން މިނެޓު ފަހުން ސަސްއިން ވަނީ އިތުރު ލަނޑެއް ޖަހައި ލީޑު ފުޅާކޮށްފައެވެ. ދަ ގްރާންޑޭގެ ޑިފެންޑަރުންނަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އައިހަމް މުޙައްމަދެވެ.

މި މެޗުގައި ސަސްގެ ތިންވަނަ ލަނޑު މެޗުގެ 25 ވަނަ މިނެޓުގައި އެ ޓީމަށް ކާމިޔާބުކޮށްދިނީ ވިޝާހު އަބްދުލްމަޖީދެވެ. މިއީ އެ ޓީމުގެ އަޙްމަދު ޖުމާންގެ އެހީތެރިކަމާއެކު ވިޝާހު ކާމިޔާބުކުރި ލަނޑެކެވެ.

މި މެޗުގެ ދެވަނަ ހާފުގައިވެސް ސަސްއިން ދަ ގްރާންޑޭގެ ގޯލަށް ނުރައްކާކޮށް ގިނަ ހަމަލާތަކެއް އުފެއްދިއިރު، ދެވަނަ ހާފުގައި ސަސްއިން ވަނީ ގާތްގާތުގައި އިތުރު ދެ ލަނޑު ޖަހާފައެވެ. އެގޮތުން އެ ޓީމުން ކާމިޔާބުކުރި ހަތަރުވަނަ ލަނޑު މެޗުގެ 58 ވަނަ މިނެޓުގައި ވިޝާހު ޖަހައިދިންއިރު، އޭގެ ދެ މިނެޓު ފަހުން ފަސްވަނަ ލަނޑު ކާމިޔާބުކޮށްދިނީ އަލީ ޝާޒް ހަބީބެވެ. ދެން މި މެޗުގައި ސަސްއިން ކާމިޔާބުކުރި ހަވަނަ ލަނޑު މެޗު ނިމެން ހަ މިނެޓަށް ވެފައި ވަނިކޮށް ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެންއެރި މުތާއު މުޙައްމަދެވެ.

މި މެޗާއެކު ޔޫތު ޗެމްޕިއަންޝިޕުގެ ގްރޫޕް ސްޓޭޖުގެ ކުޅުން ނިމުނުއިރު، ފަސް ޓީމު ހިމެނޭ ގްރޫޕް އޭގެ އެއްވަނަ ހޯދީ 10 ޕޮއިންޓާއެކު ކުލަބު އީގަލްސްއެވެ. ނުވަ ޕޮއިންޓާއެކު ސަސްއަށް ދެވަނަ ލިބުނުއިރު، ތިންވަނައަށް ދިޔައީ ހަތް ޕޮއިންޓް ހޯދާފައިވާ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނެވެ. އަދި ހަތަރުވަނައަށް ދިޔަ ދަ ގްރާންޑޭއަށް ތިން ޕޮއިންޓް ލިބުނުއިރު، ގްރޫޕްގެ ފުލުގައި އޮތް ކުލަބު ގްރީން ސްޓްރީޓްސްއަށް ޕޮއިންޓެއް ލިބިފައެއް ނުވެއެވެ.

ގްރޫޕް އޭގެ ދެވަނަ ޓީމުގެ ގޮތުގައި ސަސް ސެމީއަށް ދަތުރުކުރިއިރު، ސެމީގައި ސަސް ކުޅޭނީ ގްރޫޕް ބީގެ އެއްވަނަ ހޯދި ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) އެވެ. އެ މެޗު ކުޅޭނީ އަންނަ ބުދަ ދުވަހުގެރެއެވެ.

ޔޫތު ޗެމްޕިއަންޝިޕްދަ ގްރާންޑޭ ސްޕޯޓްސް ކުލަބުސުޕަރ ޔުނައިޓެޑް ސްޕޯޓްސް (ސަސް)

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

4

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

5

މޮޅުވެވެން ނެތް، އަދި ބަލިވެވެން ވެސް ނެތް ހަނގުރާމައެއްގައި އެމެރިކާގެ ރައީސް ތާށިވެފައި!

އިތުރަށް ކިޔާލަން

01 ސެޕްޓެމްބަރު 2025

ސަސް ތިން ވަނަ ޑިވިޝަން އަށް ރެލިގޭޓުކޮށް، ބޮޑު ޖޫރިމަނާއެއް

01 ސެޕްޓެމްބަރު 2025
ސަސް ތިން ވަނަ ޑިވިޝަން އަށް ރެލިގޭޓުކޮށް، ބޮޑު ޖޫރިމަނާއެއް
23 ނޮވެމްބަރު 2024

ރާއްޖޭގެ ސަސް އެކަޑަމީ އިން ވާދަކުރާ ލަލީގާ ޔޫތު މުބާރާތް ތައިލެންޑްގައި ފަށައިފި

23 ނޮވެމްބަރު 2024
ރާއްޖޭގެ ސަސް އެކަޑަމީ އިން ވާދަކުރާ ލަލީގާ ޔޫތު މުބާރާތް ތައިލެންޑްގައި ފަށައިފި
23 ޖުލައި 2024

ރާއްޖޭގެ ޔޫތް ސިސްޓަމް ތެރޭގައި ހުނަރު އެބައޮތް, އެހީތެރިވެދީ - ކޯޗު ފަރީދު

23 ޖުލައި 2024
  ރާއްޖޭގެ ޔޫތް ސިސްޓަމް ތެރޭގައި ހުނަރު އެބައޮތް, އެހީތެރިވެދީ - ކޯޗު ފަރީދު
10 ޖޫން 2024

ބުރު ބަލިކޮށް، ސަސް އިން މުބާރާތް ފެށީ މޮޅަކުން

10 ޖޫން 2024
ބުރު ބަލިކޮށް، ސަސް އިން މުބާރާތް ފެށީ މޮޅަކުން
09 ޖޫން 2024

ފުރަތަމަ މެޗުގައި ޓީސީން އޮޑި ބަލިކޮށްފި

09 ޖޫން 2024
ފުރަތަމަ މެޗުގައި ޓީސީން އޮޑި ބަލިކޮށްފި
01 ފެބުރުއަރީ 2024

ކޮމިޝަނަރުގެ މަޤްސަދާމެދު ބައެއް ކުލަބުތަކުން ސުވާލު އުފައްދައިފި

01 ފެބުރުއަރީ 2024
ކޮމިޝަނަރުގެ މަޤްސަދާމެދު ބައެއް ކުލަބުތަކުން ސުވާލު އުފައްދައިފި
29 އޯގަސްޓު 2023

ސަސް އިން ޔޫވީ ބަލިކޮށްފި

29 އޯގަސްޓު 2023
ސަސް އިން ޔޫވީ ބަލިކޮށްފި
09 މެއި 2023

ހަމަޖެހިލައިގެން ކުޅެ ގްރީން އަތުން ސަސްއަށް ފަސޭހަ މޮޅެއް

09 މެއި 2023
ހަމަޖެހިލައިގެން ކުޅެ ގްރީން އަތުން ސަސްއަށް ފަސޭހަ މޮޅެއް
31 އޯގަސްޓު 2022

ސަސް ފުރަތަމަ ޑިވިޝަންގައި ދެމިއޮންނާނެ، ދަ ގްރާންޑޭ ރެލިގޭޓްވެއްޖެ

31 އޯގަސްޓު 2022
ސަސް ފުރަތަމަ ޑިވިޝަންގައި ދެމިއޮންނާނެ، ދަ ގްރާންޑޭ ރެލިގޭޓްވެއްޖެ
20 އޯގަސްޓު 2022

އެފްއޭކަޕް ތިންވަނަ ހޮވާ މެޗު ސަސް ނުކުޅޭނެ، ފިޔަވަޅު އަޅާނެ!

20 އޯގަސްޓު 2022
އެފްއޭކަޕް ތިންވަނަ ހޮވާ މެޗު ސަސް ނުކުޅޭނެ، ފިޔަވަޅު އަޅާނެ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް