Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުފަތުރުވެރިކަމަށް 50 އަހަރު ފުރުން

ޓޫރިޒަމް އަޕްބީޓް ޓޯކް ޝޯ ސިލްސިލާގެ ފުރަތަމަ ސެޝަން މިމަހު ފަށަނީ

ރާއްޖޭގެ ފަތުރުވެރިކަން ފެށުނު ގޮތާއި 50 އަހަރު ތެރޭގައި ފަތުރުވެރިކަމަށް އައި ބަދަލުތަކުގެ މައްޗަށް ޕެނެލިންސްޓުން ވާހަކަ ދައްކަވާނެ

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 9 ފެބުރުއަރީ 2022 | ބުދަ 04:06
ލޯކަލް ޓޫރިޒަމަށް ހުޅުވާލުމުން ރަސްދޫއަށް ފުރަތަމަ ފަހަރަށް ފަތުރުވެރިން ދިޔުން

ލޯކަލް ޓޫރިޒަމަށް ހުޅުވާލުމުން ރަސްދޫއަށް ފުރަތަމަ ފަހަރަށް ފަތުރުވެރިން ދިޔުން

ޓޫރިޒަމްގެ 50 އަހަރު ފާހަގަކުރުމުގެ ގޮތުން މިނިސްޓްރީ އޮފް ޓޫރިޒަމް އާއި ޓޫރިޒަމް އިންޑަސްޓްރީ އާއި ގުޅިގެން ބާއްވާ ތަފާތު އިވެންޓްތަކުގެ ތެރެއިން މުހިންމު އިވެންޓެއް ކަމަށްވާ ޓޫރިޒަމް އަޕްބީޓް ޓޯކް ޝޯ ސިލްސިލާގެ ފުރަތަމަ ސެޝަން ފެބްރުއަރީ 17 ގައި ފަށާނެއެވެ.

މި ސިލްސިލާ ފެށުމުގެ ގޮތުން ބާއްވާ ސެޝަންގެ ޕެނަލިސްޓުންގެ ގޮތުގައި ބައިވެރިވެވަޑައިގަންނަވާނީ ފަތުރުވެރިކަމުގެ ޕައަރނިއަރުންގެ ގޮތުގައި ފާހަގަކޮށްލެވޭ މަޓީގެ ޗެއަރމަން މުޙައްމަދު އުމަރު މަނިކު، މިނިސްޓަރ އޮފް ހެލްތު އަޙްމަދު ނަސީމް، މަޓީގެ ވައިސް ޗެއަރމަން ހުސެއިން އަފީފް، އަދި އިޓަލީވިލާތުގެ ޖޯޖް ކޯބިން އެވެ. މި ޓޯކް ޝޯގައި ރާއްޖޭގެ ފަތުރުވެރިކަން ފެށުނު ގޮތާއި 50 އަހަރު ތެރޭގައި ފަތުރުވެރިކަމަށް އައި ބަދަލުތަކުގެ މައްޗަށް ޕެނެލިންސްޓުން ވާހަކަދައްކަވާނެއެވެ.

ދިވެހިރާއްޖެއަށް ފުރަތަމަ ޓުއަރ ގްރޫޕެއް ޖޯޖް ކޯބިން ގެނައީ 16 ފެބްރުއަރީ 1972 ގައެވެ. ފެބްރުއަރީ 17 ވާ ބުރާސްފަތި ދުވަހު 16:00 ގައި މޯލްޑިވްސް ނެޝަނަލް ޔުނިވަރސިޓީގެ އޮޑިޓޯރިއަމްގައި ބާއްވާ ޓޯކް ޝޯ ޕްރެސެންޓްކޮށް ދެއްވާނީ މިނިސްޓަރ އޮފް ޓޫރިޒަމް ޑރ. ޢަބްދުﷲ މަޢުޞޫމް އެވެ. އަދި މި ޓޯކް ޝޯ ވަގުތުން ދުރަށް ދެއްކޭނެއެވެ. މި ޓޯކް ޝޯ ޚާއްޞަ ކުރެވިފައިވަނީ ސްކޫލް އަދި ޔުނިވަރސިޓީ ކުދިންނަށް ވިޔަސް ޢާންމުންނަށްވެސް މި ޝޯގައި ބައިވެރިވުމުގެ ފުރުޞަތު ވަނީ ހުޅުވާލާފައެވެ.

މި ޓޯކް ޝޯގައި ބައިވެރިވުމަށް އޮޑިޓޯރިއަމްއަށް ވަދެގެން އެފަރާތްތަކުން ލިންކެއް މެދުވެރިކޮށް ރަޖިސްޓްރީ ކުރަންޖެހޭ ކަމަށާއި ރަޖިސްޓްރީ ކުރާ ތަރުތީބަށް ބަލައިގެން އޮޑިޓޯރިއަމްގައި ޖާގަ އޮތް މިންވަރުން އޮޑިޓޯރިއަމްއަށް ވަނުމުގެ ފުރުޞަތު ދެވޭނެއެވެ.

މިނިސްޓްރީ އޮފް ޓުއަރިޒަމް

އިތުރަށް ކިޔާލަން

27 އޮކްޓޯބަރު 2025

އުސޫލާއި ޚިލާފަށް ބ. ބަތަލާގެ ބައެއް މަސައްކަތްތައް ކުރި މައްސަލަ ބަލާ، ގެއްލުމުގެ ބަދަލު ހޯދަން ލަފާ ދީފި

27 އޮކްޓޯބަރު 2025
އުސޫލާއި ޚިލާފަށް ބ. ބަތަލާގެ ބައެއް މަސައްކަތްތައް ކުރި މައްސަލަ ބަލާ، ގެއްލުމުގެ ބަދަލު ހޯދަން ލަފާ ދީފި
19 އޮކްޓޯބަރު 2025

ކިހާދުއްފަރު އެއްބަސްވުން ބާތިލުކުރަން ސަރުކާރުން އުޅުމުން ކޯޓުން ހުއްޓުވައިފި

19 އޮކްޓޯބަރު 2025
ކިހާދުއްފަރު އެއްބަސްވުން ބާތިލުކުރަން ސަރުކާރުން އުޅުމުން ކޯޓުން ހުއްޓުވައިފި
09 އޮކްޓޯބަރު 2025

އޮކްޓޫބަރު މަހުގެ ފުރަތަމަ ހަފްތާގައި ރާއްޖެ އަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު މައްޗަށް

09 އޮކްޓޯބަރު 2025
އޮކްޓޫބަރު މަހުގެ ފުރަތަމަ ހަފްތާގައި ރާއްޖެ އަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު މައްޗަށް
03 ފެބުރުއަރީ 2025

ޓޫރިޒަމް މިނިސްޓްރީގެ ޕީއެސް މަގާމުން ވަކި ކުރީ ސިޔާސީ ނުފޫޒުން!

03 ފެބުރުއަރީ 2025
ޓޫރިޒަމް މިނިސްޓްރީގެ ޕީއެސް މަގާމުން ވަކި ކުރީ ސިޔާސީ ނުފޫޒުން!
28 ޖެނުއަރީ 2025

ޓުއަރިޒަމް މިނިސްޓަރުކަމުން ފައިސަލް ވަކިކޮށްފި

28 ޖެނުއަރީ 2025
ޓުއަރިޒަމް މިނިސްޓަރުކަމުން ފައިސަލް ވަކިކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު