Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރައްޔިތުންގެ ލާބައަށް މަސައްކަތް ކުރުން

އަޅުގަނޑުމެންގެ ތެރޭގައި ތިބި ވިސްނޭ މީހުން ފިތުނަ ފަސާދަ ހުއްޓާލަން ޖެހޭ - ނައިބު ރައީސް

ކުރިން ކަންކަން ނުކުރެވުނު ފަރާތްތަކުން ވެސް ރައްޔިތުންނަށް ފައިދާވާނެ ކަންކަން ކޮށްދިނުމުގައި އެއްބާރުލުންދޭންޖެހޭ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 6 ފެބުރުއަރީ 2022 | އާދީއްތަ 15:09
ހުޅުމާލޭ މަސްވެރިންގެ މައިޒާން، ނައިބު ރައީސް ރަސްމީކޮށް ހުޅުވައިދެއްވަނީ

ހުޅުމާލޭ މަސްވެރިންގެ މައިޒާން، ނައިބު ރައީސް ރަސްމީކޮށް ހުޅުވައިދެއްވަނީ

އަޅުގަނޑުމެންގެ ތެރޭގައި ތިބި ވިސްނޭ މީހުން ފިތުނަ ފަސާދަ ހުއްޓާލައި, ރައްޔިތުންނަށް ރަނގަޅުގޮތް ހޯދައިދޭން ނައިބު ރައީސް ފައިސަލް ނަސީމް ގޮވާލައްވައިފިއެވެ.

އެމަނިކުފާނު މިހެން ގޮވާލެއްވީ ހުޅުމާލެ މަސްވެރިންގެ މައިޒާން ރަސްމީގޮތުން ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. ނައިބު ރައީސް ވިދާޅުވީ ރައްޔިތުންގެ ތެރޭގައި ހިތްހަމަ ނުޖެހުންތަކެއް އެބަހުރި ކަމަށެވެ. އަދި ކުރިން ކަންކަން ކުރިއަށްދިޔައީ ޕްލޭންކުރެވި, ރޭވިގެން ނޫން ކަމަށާއި، ނަމަވެސް ރައީސް ޚާއްސަ ސަމާލުކަމެއް ދީގެން ޕްލޭންކުރެވިގެން ކުރައްވާ ކަންކަމުގެ ފައިދާ އެތައް ބަޔަކަށް މިހާރު ލިބިގެންދާނެ ކަމަށެވެ. އަދި ހިތް ހަމަ ނުޖެހިގެން ފާޅުކުރާ ކަންކަން ބަލައިގަނެ އެކަންކަން ރަނގަޅު ކުރުން އެއީ ސަރުކާރުގެ އަމާޒު ކަމަށާއި، ހުޅުމާލެ އާ ސިޓީއެއްގެ ގޮތުގައި ތަރައްގީވެގެން އަންނަ އިރު އެކިއެކި ކަންކަން އެކިއެކި ދާއިރާތަކަށް އަމާޒުކޮށްގެން ޕްލޭން ކުރެވިފައިވާ ކަމަށެވެ.

Advertisement - newsAdvertisement

ނައިބު ރައީސް ވިދާޅުވީ މި އަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވުމަށް ބޭއްވި ޖަލްސާގައި ރައީސްގެ ރިޔާސީ ބަޔާނުގައި ވިދާޅުވިފަދައިން މާލެ ސަރަހައްދުގެ ރައްޔިތުންނަށް ގޯތި ދެއްވާނެ ކަމުގެ ވާހަކަފުޅު ދެއްކެވި ކަމަށެވެ. އަދި އަޅުގަނޑުމެންގެ ތެރޭގައި ތިބި ވިސްނޭ މީހުން ފިތުނަ ފަސާދަ ހުއްޓާލަން ޖެހޭ ކަމަށާއި، ކުރިން އަތުގައި އެ ބާރު އޮވެގެން ކަންކަން ނުކުރެވުނު ފަރާތްތަކުން ވެސް ރައްޔިތުންނަށް ހެޔޮގޮތް އެދޭނަމަ އެ ކަންތައް ކުރެވޭނެ ގޮތްތައް ހޯދުމަށްޓަކައި މަސައްކަތް ކުރަން ޖެހޭ ކަމަށެވެ. ފިތުނަ ފަސާދަ އުފެއްދުމާއި ރުޅިވެރިކަން އުފެއްދުމަކީ އަޅުގަނޑުމެން ދޫކޮށްލަން ޖެހޭ ކަންކަން ކަމަށާއި، އިރާދަ ކުރެއްވިޔާ މި ސަރުކާރުން އެކަންކަން ވެސް ކުރާނެ ކަމަށް ނައިބު ރައީސް ވިދާޅުވިއެވެ.

ނައިބު ރައީސް ވިދާޅުވީ ހުޅުމާލޭ ފޭސް 2ގައި ވަޒަންވެރިވެގެން ވަރަށް ގިނަ ބަޔަކު ދިރިއުޅެން ފަށާފައިވާ ކަމަށެވެ. އެފަރާތްތަކަށް ފަސޭހަވާނެ ކަންތައްތައް ކުރަމުން ރާވަމުން އަންނަ އިރު، އެކަންތައްތައް ކުރިއަށްދާނެ ކަމަށެވެ. އަދި ރައީސް ސޯލިހުގެ ސަރުކާރު އައިސް މިއޮތީ ރައްޔިތުންނަށް ޚިދުމަތް ކުރުމަށް ކަމަށެވެ. އަދި ރައްޔިތުންނަށް ފަސޭހަކުރުމަށްޓަކައި, ދޫކޮށްލާނެ އެއްވެސް ކަމެއް ނޯންނާނެ ކަމަށެވެ. އެގޮތުން އަޅުގަނޑުމެންގެ ވަރަށްބޮޑު ބޭނުމަކަށް އަދި އަމާޒަކަށްވީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހުޅުމާލެ ހޮސްޕިޓަލުން ރަނގަޅު ފެންވަރުގެ ފަރުވާ ލިބޭނެ ތަނެއް ބިނާކޮށް, އެ މަސައްކަތް ފެއްޓެވުން ކަމަށެވެ. އަދި މިއަދު އެތަން ވަނީ ދުނިޔޭގެ ފެންވަރުގެ ތަނެއްގެ ގޮތުގައި ހަދައި ހުޅުވަން ތައްޔާރުވެފައި ކަމަށާއި، މިކަމުގެ ސަބަބުން ފަސޭހަކަމެއް އެ އާއިލާތަކަށް ލިބިގެންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ނައިބު ރައީސް ވިދާޅުވީ ވައުދު ފުއްދުމުގައާއި ރާއްޖޭގެ ތަރައްގީގެ މަޝްރޫއު ކުރިއަށް ގެންދިއުމުގައި މި ސަރުކާރު މެދުނުކެނޑި މަސައްކަތްތައް ކުރާނެ ކަމަށެވެ. މިކަންކަން ކުރަމުން ދަނީ ވަރަށް އުނދަގޫ ދަނޑިވަޅެއްގައި ކަމަށާއި، ކައިރި ގައުމުތަކާއި ދުރު ގައުމުތަކަށް ބަލާލި ނަމަވެސް ފެންނަނީ ދިމާވި ކަންތައްތަކާހުރެ ގައުމުގެ ބޯޑަރު ބަންދުވެ މުޅިން ހުއްޓި އަދިވެސް ނުހުޅުވިގެން އުޅޭތަން ކަމަށެވެ. ނަމަވެސް ރައީސްގެ ވިސްނުންފުޅާއެކު އަޅުގަނޑުމެންނަށް މިވަނީ ގައުމު ހުޅުވާލެވި އާންމު ހާލަތަކަށް ގެނެވުމުގެ މަގުމަތީގައި ކަމަށެވެ. ނައިބު ރައީސް ވަނީ ހުރިހާ އެންމެން ގުޅިގެން މިއަދު މަސައްކަތް ކޮށް، ޚާއްސަކޮށް އިގުތިސާދު ކުރިއެރުވުމަށްޓަކައި ގަދައަޅައި މަސައްކަތް ކުރުމަށް އެދިވަޑައިގެންފައެވެ.

ނައިބު ރައީސް, ފައިޞަލް ނަސީމްރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުހުޅުމާލެހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން

ކޮމެންޓް

އިތުރަށް ކިޔާލަން

ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

11 ޑިސެމްބަރު 2025
"ހުޅުމާލެއިން ބައެއް ވެހިކަލްތައް ޓޯވ ކުރީ ޕާކްކުރަން ދިން ހުސް ބިން އެޗްޑީސީ އިން އަތުލައި އުޅަނދުތައް މަގުތަކަށް ނެރެ އެއްލާލުމުން"

"ހުޅުމާލެއިން ބައެއް ވެހިކަލްތައް ޓޯވ ކުރީ ޕާކްކުރަން ދިން ހުސް ބިން އެޗްޑީސީ އިން އަތުލައި އުޅަނދުތައް މަގުތަކަށް ނެރެ އެއްލާލުމުން"

08 ޑިސެމްބަރު 2025
2024 ވަނަ އަހަރުގެ ފަހު ކޮޅު ފަށާނެކަމަށް ބުނި، ހުޅުމާލެ ޕާކިން އިމާރާތްތަކުގެ އަމަލީ މަސައްކަތް 4 މަސް ތެރޭ ފެށޭނެ: މިނިސްޓަރ އަމީން

2024 ވަނަ އަހަރުގެ ފަހު ކޮޅު ފަށާނެކަމަށް ބުނި، ހުޅުމާލެ ޕާކިން އިމާރާތްތަކުގެ އަމަލީ މަސައްކަތް 4 މަސް ތެރޭ ފެށޭނެ: މިނިސްޓަރ އަމީން

07 ޑިސެމްބަރު 2025
ހުޅުމާލޭން ގިނަ އަދަދެއްގެ ވެހިކަލް ޓޯކޮށްގެން ތިލަފުއްޓަށް ގެންދަނީ، ވެހިކަލް ތަކުގެ ވެރިން ބުނަނީ، މިއީ ސަރުކާރުން ދޭ ބޮޑު އަނިޔާ އެއް ކަމަށް!

ހުޅުމާލޭން ގިނަ އަދަދެއްގެ ވެހިކަލް ޓޯކޮށްގެން ތިލަފުއްޓަށް ގެންދަނީ، ވެހިކަލް ތަކުގެ ވެރިން ބުނަނީ، މިއީ ސަރުކާރުން ދޭ ބޮޑު އަނިޔާ އެއް ކަމަށް!

06 ޑިސެމްބަރު 2025
ހުޅުމާލޭގެ މަގުތައް ހަދަން ޗައިނާގެ ކުންފުންޏަކާ ހަވާލުކޮށްފި، އަގެއް ހާމައެއް ނުކުރެ!

ހުޅުމާލޭގެ މަގުތައް ހަދަން ޗައިނާގެ ކުންފުންޏަކާ ހަވާލުކޮށްފި، އަގެއް ހާމައެއް ނުކުރެ!

05 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

24 މެއި
ސުޕްރީމު ކޯޓުގެ ފަނޑިޔާރުން ސަސްޕެންޑު ކުރުމުގެ ޑްރާމާ ރޭވި ތަމްސީލު ވަމުން ދިޔަ ގޮތް މިއޮތީ!
20251 އަހަރު ކުރިން
ރިޕޯޓު

ސުޕްރީމު ކޯޓުގެ ފަނޑިޔާރުން ސަސްޕެންޑު ކުރުމުގެ ޑްރާމާ ރޭވި ތަމްސީލު ވަމުން ދިޔަ ގޮތް މިއޮތީ!

ޗައިނާ ވައިޓް ރާއްޖޭގައި ފެތުރި ޒުވާނުންތައް މަރުވަނީ، އިދާރާތަކުގެ ހިލަމެއް ނެތް؟
20242 އަހަރު ކުރިން
ރިޕޯޓު

ޗައިނާ ވައިޓް ރާއްޖޭގައި ފެތުރި ޒުވާނުންތައް މަރުވަނީ، އިދާރާތަކުގެ ހިލަމެއް ނެތް؟

"ހަމަ ނިންޖެއް ނުލިބޭ، ތަންމައްޗަށް ކުޑަކަމުދެވޭ، ބޭރަށް ނުކުމެ ކުޅެލަން ބިރުގަނޭ"
20233 އަހަރު ކުރިން
ރިޕޯޓު

"ހަމަ ނިންޖެއް ނުލިބޭ، ތަންމައްޗަށް ކުޑަކަމުދެވޭ، ބޭރަށް ނުކުމެ ކުޅެލަން ބިރުގަނޭ"

ލޯންޗުކޮޅު ގޮއްވާލުން: އެއީ ރައީސް ޔާމީނު ތަފާތު ސީޓެއްގައި އިށީންދެވަޑައިގެންނެވި ހަމައެކަނި ދަތުރުފުޅު
20224 އަހަރު ކުރިން
ރާއްޖެ

ލޯންޗުކޮޅު ގޮއްވާލުން: އެއީ ރައީސް ޔާމީނު ތަފާތު ސީޓެއްގައި އިށީންދެވަޑައިގެންނެވި ހަމައެކަނި ދަތުރުފުޅު

ސެލެބްރިޓީ ރޭހުގެ ޗެމްޕިއަން ޓީމަށް ގްރޭންޑް ޕްރައިޒް ދީފި
20215 އަހަރު ކުރިން
ރާއްޖެ

ސެލެބްރިޓީ ރޭހުގެ ޗެމްޕިއަން ޓީމަށް ގްރޭންޑް ޕްރައިޒް ދީފި

ހިތްތައް އަތުލި ތޮއްޑޫ ބަނޑިޔާ!
20197 އަހަރު ކުރިން
ރިޕޯޓު

ހިތްތައް އަތުލި ތޮއްޑޫ ބަނޑިޔާ!

ނަޝީދުގެ ހަޔާތްޕުޅުން ބައްޕާފުޅު އިބުރަތް ހާސިލު ކުރެއްވި: އަންވަރުގެ ދަރިކަނބަލުން
20188 އަހަރު ކުރިން
ރާއްޖެ

ނަޝީދުގެ ހަޔާތްޕުޅުން ބައްޕާފުޅު އިބުރަތް ހާސިލު ކުރެއްވި: އަންވަރުގެ ދަރިކަނބަލުން

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު