Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޕީއެސްއެމްގެ އޮޑިޓް ރިޕޯޓު

ޕީއެސްއެމްގެ އޮޑިޓް ރިޕޯޓުގައި ހުރި މައްސަލަތައް މަޖިލީހުގެ އެސްއޯއީ ކޮމިޓީން ބަލާނެ

އަތް ނުލެވޭ ހަރު މުދަލުގެ ގޮތުގައި ބައެއް ތަކެތި ރެކޯޑު ކޮށްފައިވީ ނަމަވެސް، އެކަން ރެކޯޑުތަކުން ސާފުވާކަށް ނެތް

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 6 ފެބުރުއަރީ 2022 | އާދީއްތަ 09:33
އެސްއޯއީ ކޮމިޓީގެ ބައްދަލުވުމެއްގެ ތެރެއިން- ފޮޓޯ: ޔޫސުފް ސޮފްވާން

އެސްއޯއީ ކޮމިޓީގެ ބައްދަލުވުމެއްގެ ތެރެއިން- ފޮޓޯ: ޔޫސުފް ސޮފްވާން

ދައުލަތުގެ މީޑިއާ (ޕީއެސްއެމް) ގެ އޮޑިޓް ރިޕޯޓުގައި ފާހަގަވެފައިވާ މައްސަލަތައް ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިޒަސް (އެސްއޯއީ) ކޮމިޓީން ބަލާނެކަމަށް އެ ކޮމިޓީން ބުނެފިއެވެ.

ޕީއެސްއެމްގެ 2017، 2018 އަދި 2019 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓު އޮޑިޓަރ ޖެނެރަލް އޮފީހުން ވަނީ އާންމުކޮށްފައެވެ. އެގޮތުން 28 އޭޕްރީލް 2015 ގައި މޯލްޑިވްސް ބްރޮޑްކާސްޓިންގ ކޯޕަރޭޝަން (އެމްބީސީ) ގެ ހުރިހާ އެސެޓަކާއި މިލްކިއްޔާތެއް ޕީއެސްއެމްގެ ނަމަށް ބަދަލުކޮށްފައިވީނަމަވެސް، މި މުއާމަލާތާއި ގުޅޭ އެކަށީގެންވާ ތަފްސީލުތައް ލިބިފައިނުވާތީ އެކަމާއި ގުޅިގެން ނުކުންނަ މާލީ ނަތިޖާތައް މުޅިން ދެނެގަނެވިފައިނުވާކަމަށް އޮޑިޓް ރިޕޯޓުގައި ބަޔާން ކޮށްފައިވެއެވެ.

Advertisement - newsAdvertisement

އޮޑިޓް ރިޕޯޓުގައި ބަޔާންކޮށްފައިވާ ގޮތުން 31 ޑިސެމްބަރު 2019 ގެ ނިޔަލަށް އާމްދަނީގެ ގޮތުގައި 22 މިލިއަނަށްވުރެ ގިނަ ރުފިޔާ ވަނީ ރެކޯޑު ކޮށްފައެވެ. އަދި ފިނޭންސުން ބަޖެޓް އެހީގެ ގޮތުގައި 129 މިލިއަނަށްވުރެ ގިނަ ރުފިޔާ ލިބިފައިވާކަން އޮޑިޓް ރިޕޯޓުން އެނގެއެވެ. ހަމައެއާއެކު، ޚަރަދުގެ ގޮތުގައި 111 މިލިއަނަށްވުރެ ގިނަ ރުފިޔާ ރެކޯޑު ކޮށްފައިވާއިރު، އޭގެ ތެރޭގައި އިދާރީ ޚަރަދުގެ ގޮތުގައި ހިމެނޭ 71 މިލިއަން ރުފިޔާއާއި، މާކެޓިންގ ޚަރަދުގެ ގޮތުގައި ބަޔާންކޮށްފައިވާ 23 ހާހަށްވުރެ ގިނަ ރުފިޔާ ހިމެނެއެވެ.

އެހެން ނަމަވެސް، ޚަރަދާއި އާމްދަނީ އާއި ގުޅޭ މި އަދަދުތައް ކުންފުނީގައި ހުރި މާލީ ލިޔެކިޔުންތަކުން ސާފުނުވާކަން އޮޑިޓުގައި ފާހަގަކޮށްފައިވެއެވެ. އެގޮތުން ކުންފުނިން މާލީ ލިޔެކިޔުންތަކުގެ ރެކޯޑު ރަނގަޅަށް ފުރިހަމައަށް ބަލަހައްޓާފައި ނުވާކަން މި 3 އަހަރުގެ އޮޑިޓް ރިޕޯޓުންވެސް ފާހަގަވެފައިވެއެވެ.

އޭގެ އިތުރުން، އަތް ނުލެވޭ ހަރު މުދަލުގެ ގޮތުގައި ބައެއް ތަކެތި ރެކޯޑު ކޮށްފައިވީނަމަވެސް، އެއާގުޅޭ ލިއެކިއުންތަކެއްވެސް ރެކޯޑުތަކުން ސާފުވާކަށް ނެތެވެ. އެ ތަކެތީގެ އަގުވެސް 2 މިލިއަނަށްވުރެ ބޮޑެވެ.

ޕީއެސްއެމްގެ އޮޑިޓް ރިޕޯޓާއި ގުޅޭގޮތުން ރާއްޖެއެމްވީން ސުވާލުކުރުމުން އެސްއޯއީ ކޮމިޓީގެ މުޤައްރިރު ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބް ވިދާޅުވީ، އޮޑިޓަރ ޖެނެރަލް އޮފީހުގެ އޮޑިޓް ރިޕޯޓާއި ގުޅިގެން ޕީއެސްއެމްގެ އިންޓަރނަލް އޮޑިޓް ހޯދުމުގެ މަސައްކަތް ކޮމިޓީން ކޮށްފައިވާ ކަމަށެވެ. އެގޮތުން ކުންފުނީގެ ބޯޑުން އެކުލަވާލާފައިވާ އިންޓަރނަލް އޮޑިޓު މަޖިލިސް ޗުއްޓީއަށް ދިއުމުގެ ކުރިން ލިބިފައިވާކަން މެމްބަރު އިލްޔާސް ފާހަގަ ކުރެއްވިއެވެ.

އިލްޔާސް ވިދާޅުވީ، މަޖިލިސް ކޮމިޓީގެ މަސައްކަތްތައް އަލުން ފެށުމާއެކު އެ އޮޑިޓް ރިޕޯޓުތައް ރިވިއު ކުރުމުގެ މަސައްކަތްތައް ކޮމިޓީން ކުރާނެ ކަމަށެވެ. އަދި އެކަން ބައްލަވާނެކަމަށް އިލްޔާސް ވިދާޅުވިއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރު ބަދަލުވިއިރު ދައުލަތުގެ މީޑިއާ, ޕީއެސްއެމް އޮތީ 200 މިލިއަށްވުރެ ބޮޑު އަދަދަކުން ދަރަނިވެފައިވެފައެވެ.

ޕީއެސްއެމްއޮޑިޓަރ ޖެނެރަލް އޮފީސް

އިތުރަށް ކިޔާލަން

03 ޑިސެމްބަރު 2025

ބިލު ބޮޑުވެ އިރުއިރުކޮޅާ ކަރަންޓު ކެނޑުނީމަ އެޑިއުކޭޓް ވާންވީ ރައްޔިތުން؟

03 ޑިސެމްބަރު 2025
ބިލު ބޮޑުވެ އިރުއިރުކޮޅާ ކަރަންޓު ކެނޑުނީމަ އެޑިއުކޭޓް ވާންވީ ރައްޔިތުން؟
21 އޮކްޓޯބަރު 2025

40 އަހަރުގެ ތެރޭގައި ކުނަހަންދޫ އަށް ވަޑައިގަތް ފުރަތަމަ ރައީސް އަކީ މުއިއްޒު ކަމަށް ޕީއެސްއެމް އިން ޚަބަރު ފެތުރި އިރު މުއިއްޒު ކުރިން އެރަށަށް ވަޑައިގަތީ ރައީސް ވަހީދު އަރިހުގައި

21 އޮކްޓޯބަރު 2025
40 އަހަރުގެ ތެރޭގައި ކުނަހަންދޫ އަށް ވަޑައިގަތް ފުރަތަމަ ރައީސް އަކީ މުއިއްޒު ކަމަށް ޕީއެސްއެމް އިން ޚަބަރު ފެތުރި އިރު މުއިއްޒު ކުރިން އެރަށަށް ވަޑައިގަތީ ރައީސް ވަހީދު އަރިހުގައި
02 އޮކްޓޯބަރު 2025

އެމްޓީސީސީގެ ހިއްސާދާރުންގެ ފައިސާއަށް އިހުމާލުވި މައްސަލަ ބަލަން ހުށަހަޅައިފި

02 އޮކްޓޯބަރު 2025
އެމްޓީސީސީގެ ހިއްސާދާރުންގެ ފައިސާއަށް އިހުމާލުވި މައްސަލަ ބަލަން ހުށަހަޅައިފި
28 ސެޕްޓެމްބަރު 2025

އެއްބާރުލުން ދެއްވާނެ ކަމުގެ ޔަޤީންކަމާ އެކު ސައީދު ގޮވާލެއްވީ، އިންސާފުވެރިކަމާއި ދެފުށް ފެންނަ ގޮތަށް ތަހުގީގު ކުރުމަށް

28 ސެޕްޓެމްބަރު 2025
އެއްބާރުލުން ދެއްވާނެ ކަމުގެ ޔަޤީންކަމާ އެކު ސައީދު ގޮވާލެއްވީ، އިންސާފުވެރިކަމާއި ދެފުށް ފެންނަ ގޮތަށް ތަހުގީގު ކުރުމަށް
06 މެއި 2025

ޕީއެސްއެމްއިން ތަރުކާރުކޮށް ގާނޫނާ ހިލާފުވަމުންދާތީ ހުށަހެޅި މައްސަލަ ބޭރުކޮށްލައިފި

06 މެއި 2025
ޕީއެސްއެމްއިން ތަރުކާރުކޮށް ގާނޫނާ ހިލާފުވަމުންދާތީ ހުށަހެޅި މައްސަލަ ބޭރުކޮށްލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު