Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ޕެރިސް އެގްރީމެންޓު

ޕެރިސް އެގްރީމެންޓުން އެމެރިކާ ބޭރުވުމުން ރާއްޖެ ކަންބޮޑުވެއްޖެ!

އެމެރިކާ ޒިންމާއިން ރެކެން މަސައްކަތްކުރުމަކީ ރާއްޖެއިން ނުހަނު ހިތާމަ ކުރާކަމެއް

އާމިނަތު ނުޒުހާ
އާމިނަތު ނުޒުހާ, ރާއްޖެ އެމްވީ | 2 ޖޫން 2017 | ހުކުރު 18:40
ޕެރިސް އެގްރީމެންޓް އިން އެމރިކާ ބޭރުވިކަން އިއުލާން ކުރެއްވީ ބުރާސްފަތި ދުވަހުގެރޭ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް

ޕެރިސް އެގްރީމެންޓް އިން އެމރިކާ ބޭރުވިކަން އިއުލާން ކުރެއްވީ ބުރާސްފަތި ދުވަހުގެރޭ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް

މޫސުމަށް އަންނަ ބަދަލުތައް ކުޑަކުރުމަށް ދުނިޔޭގެ ގަައުމުތަކުން ޕެރިހުގައިވި އެއްބަސްވުމުން އެމެރިކާ ކުއްލިއަކަށް ބޭރުވުމަކީ އެގައުމުން ފަހަތަށް އެޅިފިޔަވަޅެއްކަމަށް ރާއްޖެއިން ބުނެފިއެވެ.

ރައީސް ޔާމީންގެ ނަންފުޅުގައި ރާއްޖޭގެ ފޮރިން މިނިސްްޓްރީން ހުކުރު ދުވަހު ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ، ދުނިޔޭގެ 195 ގައުމަކުން ސޮއިކޮށްފައިވާ ޕެރިސް އެއްބަސްވުމުން ބޭރުވުމަށް އެމެރިކާގެ ރައީސް ޓްރަމްޕް ނިންމެވި ނިންމެވުމަމަކީ އެލަޔަސް އޮފް ސްމޯލް އައިލެންޑް ސްޓޭޓްސް (އެއޯސިސް) ގެ ރިޔާސަތު ބަލަހައްޓާ ގައުމެއްގެ ހައިސިއްޔަތުން ދިވެހިރާއްޖެއިން ވަރަށް ކަންބޮޑުވާ ކަމެއް ކަމަށެވެ.

Advertisement - newsAdvertisement

ފޮރިން މިނިސްޓްރީން ބުނެފައިވަނީ ދިވެހިރާއްޖެއަކީ ތިމާވެށީގެ ގޮތުން ވަރަށް ނާޒުކު ފައްތަރެއްގައިވާ ގައުމެއްކަމަށެވެ. ދުނިޔޭގެ އެންމެ ބޮޑު ގައުމުން މިކަމުގައި ފަހަތުފަޔަށް ބުރަވުމަކީ، ރާއްޖެއިން ހިތާމަ ކުރާކަމެއްކަމަށާއި، ޕެރިސް އެގްރީމެންޓުން ދުނިޔޭގެ އެންމެ ބޮޑު އިގްތިސޯދު ކަމުގައިވާ އެމެރިކާ ބޭރުވުމަކީ ސީރިއަސް މައްސަލައެއްކަމަށް ދެކޭކަމަށެވެ.

މޫސުމީ ބަަދަލުތަކަށް އެންމެ ބޮޑަށް މަގުފަހިކުރުވި ގައުމު ކަމުގައިވާ އެމަރިކާއިން، އަމިއްލަ ޒިންމާއިން ރެކެން މަސައްކަތްކުރުމަކީ ރާއްޖެއިން ނުހަނު ހިތާމަ ކުރާކަމެއްކަމަށް ވެސް ފޮރިން މިނިސްޓްރީގެ ބަޔާނުގައިވެއެވެ.

ޕެރިސް އެގްރީމެންޓް ތަންފީޒުކުރުމަށް އިތުުރު މަސައްކަތް ކުރުމަށް ރާއްޖެއިން ވަނީ ގޮވާވެސް ލައިފަ އެވެ.

ތިމާވެއްޓާމެދު ގައުމުތައް އިތުރަށް ހޭލުންތެރިކުރުވުމަށް، ޔޫރަޕިއަން ޔޫނިއަން އާއި ޗައިނާއިން ކްލައިމެޓް ސަމިޓެއް އަންނަ ސެެޕްޓެމްބަރު މަހު ބޭއްވުމަށް ވަނީ ނިންމާފައެވެ.

ތިމާވެއްޓަށް އަންނަ ބަދަލުތަކަށް ހޭލުންތެރިކރުވުމަށާއި، ތިމާވެށިގެ ކަންކަމުގައި ދުނިޔޭގެ ގައުމުތަކާއި ގުޅިގެން ކުރެވެން ހުރި ހުރިހާ ކަމެއް ކުރުމުގައި ރާއްޖެ އެއްބާރުލުންދީ ދެމި އޮންނާނެކަމަށް ފޮރިން މިނިސްޓްރީގެ ބަޔާނުގައިވެއެވެ.

ތިމާވެއްޓަށް ގެއްލުންދޭ ކަންކަމާއި ރާއްޖެއިން ދެކޮޅުކަން ހާމަކުރަމުން ދިޔަ ނަމަވެސް، ރާއްޖެއިން ތެޔޮހޯދުމަށް ރައީސް ޔާމީން ވެފައިވާ ވައުދަކީވެސް އެކަމުގެ ސަބަބުން ތިމާވެއްޓަށް އިންތިހާއަށް ނޭދެވޭ އަސަރު ފޯރާނެ ކަމެއް ކަމަށް އިދިކޮޅު ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރި އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!

މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!

19 ޖެނުއަރީ 2017
އުރީދޫގެ 4ޖީ ޕްލަސް މުޅި ރާއްޖެއަށް ފުޅާކޮށްފި

އުރީދޫގެ 4ޖީ ޕްލަސް މުޅި ރާއްޖެއަށް ފުޅާކޮށްފި

17 ޖެނުއަރީ 2017
ޕާސްޕޯޓު ނެތި ރާއްޖޭގައި އުޅެމުންދާކަމަށް ބުނެ، އެމެރިކާގެ ރައްޔިތަކު ހުޅުމާލެއިން ހައްޔަރުކޮށްފި

ޕާސްޕޯޓު ނެތި ރާއްޖޭގައި އުޅެމުންދާކަމަށް ބުނެ، އެމެރިކާގެ ރައްޔިތަކު ހުޅުމާލެއިން ހައްޔަރުކޮށްފި

17 ޖެނުއަރީ 2017
ރާއްޖެޓީވީގެ ޒަރީރަށް ހުކުމް ކުރުން މިއަދު

ރާއްޖެޓީވީގެ ޒަރީރަށް ހުކުމް ކުރުން މިއަދު

16 ޖެނުއަރީ 2017
ރާއްޖެޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު

ރާއްޖެޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު

14 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

20 ޖޫން
އިސްރާއީލުން އަވަހާރަ ކޮށްލި ކަމަށް ބުނި އީރާނުގެ ލީޑަރުގެ މުޝީރު ދުނިޔޭގައި އެބަ ހުންނެވި!
20251 އަހަރު ކުރިން
ދުނިޔެ

އިސްރާއީލުން އަވަހާރަ ކޮށްލި ކަމަށް ބުނި އީރާނުގެ ލީޑަރުގެ މުޝީރު ދުނިޔޭގައި އެބަ ހުންނެވި!

އީދު މިސްކިތުން މި މަހު އެކަނި 10 ފަންކާ ވަގަށް ނަގައިފި
20242 އަހަރު ކުރިން
ރާއްޖެ

އީދު މިސްކިތުން މި މަހު އެކަނި 10 ފަންކާ ވަގަށް ނަގައިފި

މާދަމާގެ ޖަލްސާއަކީ އިދިކޮޅުން އެދިގެން ކަމެއް ހާސިލްކުރަން ބާއްވާ ޖަލްސާއެއް - އަސްލަމް
20233 އަހަރު ކުރިން
ރާއްޖެ

މާދަމާގެ ޖަލްސާއަކީ އިދިކޮޅުން އެދިގެން ކަމެއް ހާސިލްކުރަން ބާއްވާ ޖަލްސާއެއް - އަސްލަމް

ޔޯގާ ހަރަކާތުގެ ހަމަނުޖެހުމުގައި ސިޔާސީ ޕާޓީއެއްގެ ބައިވެރިވުން އޮތްނަމަ ފިޔަވަޅުއަޅާނަން: އީސީ
20224 އަހަރު ކުރިން
ރާއްޖެ

ޔޯގާ ހަރަކާތުގެ ހަމަނުޖެހުމުގައި ސިޔާސީ ޕާޓީއެއްގެ ބައިވެރިވުން އޮތްނަމަ ފިޔަވަޅުއަޅާނަން: އީސީ

ރައީސް ސާލިހުގެ ކޮއްކޯފުޅު އަހުމަދު މުހައްމަދު ސާލިހު އަވަހާރަވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

ރައީސް ސާލިހުގެ ކޮއްކޯފުޅު އަހުމަދު މުހައްމަދު ސާލިހު އަވަހާރަވެއްޖެ

ޝޯ ފެށުމުގެ ކުރިން ޑާންސް އިންޑިއާ ޑާންސްގެ ހޯސްޓް ޝޯއިން ވަކިވެއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ޝޯ ފެށުމުގެ ކުރިން ޑާންސް އިންޑިއާ ޑާންސްގެ ހޯސްޓް ޝޯއިން ވަކިވެއްޖެ

މަހެއް ފަހުން އަދީބަށް ދިން އާއިލީ ބައްދަލުވުން: ބިއްލޫރި ދޮރެއްގެ ބިއްދޮށުން ފޯނުގެ އަތްގަނޑުން!
20188 އަހަރު ކުރިން
ރާއްޖެ

މަހެއް ފަހުން އަދީބަށް ދިން އާއިލީ ބައްދަލުވުން: ބިއްލޫރި ދޮރެއްގެ ބިއްދޮށުން ފޯނުގެ އަތްގަނޑުން!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު