Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓް

މޮޅަށް ކިޔެވި މުދައްރިސުންނާއި، މަތީތައުލީމުގެ އަގުވަޒަންކުރީ މި ސަރުކާރުން

ގުރެޖުއޭޓް ލެވެލްގެ ސެކަންޑަރީ ޓީޗަރެއްގެ މުސާރަ، އިތުރުގަޑި ނުލައި، 12،628 ރުފިޔާއިން 19،740 ރުފިޔާއަށް ބޮޑުވެގެންދާނެ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 4 ފެބުރުއަރީ 2022 | ހުކުރު 14:19
ދެވަނަ ޓާމަށް ސްކޫލް ހުޅުވުން

ދެވަނަ ޓާމަށް ސްކޫލް ހުޅުވުން

އަބަދުވެސް ކުރާ ޝަކުވާއެއް އޮވެއެވެ. ކިތައްމެ މޮޅަށް ކިތައްމެ މައްޗަށް ކިޔެވި ނަމަވެސް އޭގެ ފައިދާއެއް ނުކުރާ ވާހަކައެވެ. އެއްމެ އުހަށް ކިޔަވައިގެން ވެސް މޮޅެއް ނުލިބޭ ވާހަކައެވެ. ރަނގަޅު ވާހަކައެކެވެ. ރާއްޖޭގެ ކަންކަން ތަރުތީބުވެ ސިޔާސީ ހަލަބޮލި ކަމުގެ ތެރެއިން މި ކަންކަން ފަނޑުވަމުން ދިޔައެވެ. އަދި ވަކި ދުވަސް ވަރެއްގައި ވަކި ކަމެއް ކުރުމުގެ ބޭނުމުގައި މިފަދަ ކަންކަމުގެ ވާހަކަ ދެކެވެއެވެ.

މިކަމުގެ ޝަކުވާ ކުރާ އެއްބަޔަކީ ތައުލީމީ ޖީލެއް ބިނާ ކުރުމަށް މަސައްކަތް ކުރާ ރާއްޖޭގެ މުދައްރިސުންނެވެ. އުނގަންނައިދެއްވުމުގެ އިތުރުން އުނގެނުމުގެ މަސައްކަތް ވެސް ބުރަކޮށް ކުރައްވާ އެ މުދައްރިސުންގެ އެއް ޝަކުވާއެއް އޮވެއެވެ. މުސާރައިގެ މައްސަލައެވެ. ކިތައްމެ ދައްކަން ބޭނުން ނުވިޔަސް އެ ޝަކުވާ އަބަދުވެސް ހިތުގައި އޮވެއެވެ. މޮޅަށް ކިޔަވައިގެން ޑީގްރީއާއި މާސްޓަރސް އަދި ޕީއެޗްޑީން ފެށިގެން ޑޮކްޓަރޭޓާއި ހަމައަށް ކިޔެވި ނަމަވެސް ވާކަމެއް ލިބޭ މޮޅެއް ނޯންނަ ވާހަކައެވެ.

ނަމަވެސް އިހައް ދުވަހަކު މުދައްރިސުންގެ އެ ސުވާލަށް ޖަވާބެއް ލިބިއްޖެއެވެ. ނުރުހުމުގެ ރާގުގައި މި ވާހަކަ ދައްކަމުން ދިޔަ މުދައްރިސުންގެ ހިތަށް ތަސައްލީއެއް ލިބިއްޖެއެވެ. އެއީ މުޅި ތައުލީމީ ނިޒާމުގައި މަސައްކަތް ކުރާ ޓީޗަރުން މުސާރައަށް އަންނާނެ ހެޔޮ ބަދަލުގެ މެސެޖާއެކުއެވެ. ވަކިން ހާއްސަކޮށް މޮޅަށް ކިޔަވައިގެން ޒަމާންތަކެއް ވަންދެން ކުރިއެރުމެއް ނުލިބި ތިބި ޓީޗަރުންނަށެވެ. ވަކިން ހާއްސަކޮށް ގުރެޖުއޭޓް ލެވެލްގެ ސެކަންޑަރީ ޓީޗަރެއްގެ މުސާރައެވެ.

މިއަހަރަށް ރައްޔިތުންގެ މަޖިލީސް ހުޅުވަން ބޭއްވި ޖަލްސާގައި ރިޔާސީ ބަޔާން އިއްވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެންމެ ގިނައިން ފާހަގަ ކުރެއްވި އެއްކަމަކީ މިއެވެ. ތައުލީމުގެ ވާހަކައެވެ. އެމަނިކުފާނު ޓީޗަރުންނަށް ދެއްވި އުފާވެރި ހަބަރަކީ ޤައުމު ބިނާކުރުމުގެ އެންމެ ބުރަ މަސްއޫލިއްޔަތު އަދާކުރަނީ، ދަރިން ބިނާކުރާ އެދުރުންނެވެ. އެމީހުންނަށް، އެކަށީގެންވާ އުޖޫރައެއް ލިބިދިނުމަކީ ވަޢުދެއް ކަމަށާއި، އަންނަ މޭ މަހުން ފެށިގެން ތަޢުލީމީ ދާއިރާގެ ހުރިހާ މުވައްޒަފުންގެ މުސާރަ ބޮޑުކުރައްވަން ނިންމަވާފައިވާ ކަމަށެވެ. އަދި މިބަދަލާއެކު، ގުރެޖުއޭޓް ލެވެލްގެ ސެކަންޑަރީ ޓީޗަރެއްގެ މުސާރަ، އިތުރުގަޑި ނުލައި، 12،628 ރުފިޔާއިން 19،740 ރުފިޔާއަށް ބޮޑުވެގެންދާނެއެވެ. މިއީ 56 ޕަސެންޓްގެ ކުރިއެރުމެކެވެ.

މިއީ މީގެ ކުރިން އެއްވެސް ސަރުކާރަކުން ކޮށްދީފައި ނުވާ ކަމެކެވެ. ތައުލީމީ ދާއިރާގައި މަސައްކަތް ކުރާ މުވައްޒަފުން ވަކިން ހާއްސަކޮށް މުދައްރިސުންނަށް މުސާރަ މިހާރު ލިބޭ މުސާރައިގެ ދެބައިކުޅަ އެއްބަޔަށްވުރެ ބޮޑުކޮށް އިތުރުގަޑި ނުލާ ކޮށްދިނުމެވެ. މީގެ ކުރިން ކުރީ ޑިގްރީ ސެޓްފިކެޓެއް އޮންނަން ޖެހޭނެކަމަށް ބުނެ މަޖުބޫރެވެ. އެކަން ކޮށްގެން އިތުރު ކުރިއެރުމެއް ނުދިނެވެ.

ތައުލީމީ ދާއިރާ ހަރުދަނާ ކުރުމަކީ ރަނގަޅު ޖީލުތައް ބިނާ ކުރުމަށް ސަރުކާރުން ކުރާ މުހިންމު އެއް މަސައްކަތެވެ. ސަރުކާރުން ވަނީ ރާއްޖެއިން ބޭރުން މަތީ ތަޢުލީމް ޙާޞިލުކުރުމަށް ބޭނުންވާ 1500 އަށްވުރެ ގިނަ ދަރިވަރުންނަށް، 2021 ވަނަ އަހަރުގެ ނިޔަލަށް ސްޓޫޑަންޓް ލޯނު ދޫކޮށްފައެވެ. މިކަމުގައި މާލީ ތަނަވަސްކަން ނެތް މީހުންނާއި، ނުކުޅެދުންތެރިކަން ހުރި މީހުންނަށް ސަރުކާރުން އިސްކަންދީފައިވެއެވެ. އަދި މި ހިނގާ 2022 ވަނަ އަހަރު، މި ސްކީމްގެ ދަށުން އިތުރު 720 ފުރުޞަތު، އަންނަ ހޯމަ ދުވަހު ހުޅުވައިލެވޭނެ ކަމަށް ރައީސް ވަނީ އިއުލާން ކުރައްވާފައެވެ.

ރާއްޖެއަށް ބޭނުންވާ ތަފާތު ދާއިރާތަކުން ދިވެހި ޕްރޮފެޝަނަލުން އުފެއްދުމުގެ މަސައްކަތް ދަނީ ހިނގަމުންނެވެ. މިގޮތުން މިހާރުވެސް ދިވެހި ޑޮކްޓަރުން އިތުރުކުރުމަށް 124 ދަރިވަރުންނަށް ވަނީ ލޯނު ދޫކުރެވިފައެވެ. 1150 ޕްރޮފެޝަނަލުން އުފެއްދުމުގެ ޕްރޮގްރާމްގެ ދަށުން އައި.ސީ.ޓީ. އަދި އެކައުންޓިންގ ޕްރޮފެޝަނަލުން ބިނާކުރުމުގެ މަސައްކަތް، މި މަހުން ފެށިގެން ކުރިއަށްދާނެ ކަމަށް ރައީސް ވިދާޅުވިއެވެ. ރާއްޖޭގެ އެކި ސަރަޙައްދުގައި ޓިވެޓް ސެންޓަރުތަކާއި، ޖޫނިއަރ ކޮލެޖް އަދި ޕޮލިޓެކްނިކް ޤާއިމުކުރުމުގެ މަސައްކަތް ހިންގަމުންދާ ކަމަށާއި، ހއ. ދިއްދޫ ޖޫނިއަރ ކޮލެޖް އަދި ރ. އަލިފުށީ ޓިވެޓް ސެންޓަރު ބިނާކުރުމުގެ މަސައްކަތް މިއަހަރު ހިނގާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ކެނދިކުޅުދޫ ޖޫނިއަރ ކޮލެޖާއި، ތުލުސްދޫގެ ޕޮލިޓެކްނިކް ޢިމާރާތް ކުރުމުގެ މަސައްކަތް އިއުލާންކުރެވި ޤައުމަށްޓަކައި އެންމެ ވަރުގަދަ އުސް ބިނާއަކީ، ހެދިހުރި ދިވެހި އިންސާނާ ކަމަށް ސަރުކާރުން ގަބޫލު ކުރެއެވެ. ކުޑަ ރަށެއްގެ ދަރިވަރަކަށްވުމަކީ، ހަމަހަމަ ފުރުޞަތުން މަޙްރޫމްވާންޖެހޭ ސަބަބެއް ނޫން ކަމުގައި ދެކި ބ. ފެހެންދޫ އަދި ވ. ތިނަދޫގެ ދަރިވަރުންނަށް ސެޓެލައިޓް ސްކޫލްގެ ޚިދުމަތް، މުޅިން އަލަށް މި އަހަރު ދޭން ވަނީ ފަށާފައެވެ.

މިދިޔަ އަހަރު 4082 ޓީޗަރުންނަށް ބޭނުންވާ ތަފާތު ހުނަރާއި ތަމްރީނު އަދި 20 ޕްރިންސިޕަލަކަށް މާސްޓަރސް ފެންވަރަށް ތަމްރީނުވުމަށް ރާއްޖެއިން ބޭރުން ފުރުސަތު ދީފައިވާ އިރު އަދި އިތުރު ޕްރޮގްރާމްތައް ވަނީ ރޭވިފައެވެ.

ސްކޫލްތައް، އެއްދަންފަޅިއަށް ބަދަލުކުރުމަށް ބޭނުންވާ ޢުމްރާނީ ވަސީލަތް ބިނާކުރަމުންދާއިރު، މި ދައުރުގައި 23 ސްކޫލެއް އެއްދަންފަޅިއަށް މުޅިން އަލަށް ބަދަލުކުރެވި، ނިމިދިޔަ އަހަރު 22 ސްކޫލެއްގައި 117 ކްލާސްރޫމާއި، 6 މަލްޓިޕަރޕަސް ހޯލް ޢިމާރާތްކޮށް ނިންމާފައިވެއެވެ. އަދި އިތުރު 55 ސްކޫލެއްގައި 473 ކްލާސްރޫމާއި، 27 މަލްޓިޕަރޕަސް ހޯލުގެ މަސައްކަތް ކުރިއަށްދާއިރު، މިކަމަށް ޖުމްލަ 941 މިލިއަން ރުފިޔާ ހޭދަވެއެވެ. މިއީ ހުސް ތައުލީމީ ދާއިރާގެ ތަރައްގީއަށް ކުރާ ކަންކަމެވެ.

ކޮންމެ ގޮތެއްވިޔަސް މިކަމުގެ އެންމެ މުހިންމު ބަދަލަކީ ޓީޗަރުންގެ މުސާރައެވެ. ބޮޑުކޮށްދެއްވާނެކަމަށް އެމަނިކުފާނު ވައުދުފުޅުވެވަޑައިގެންނެވި ގޮތަށް އެ މުސާރަ ލިބޭނެކަމަށް ޓީޗަރުން ތިބީ އުއްމީދުން ފުރިފައެވެ. ސަރުކާރުން އެކަން ރަނުން ރަނަށް ކޮށްދެއްވާނެކަމަށް ޓީޗަރުން ތިބީ އުއްމީދުގައެވެ.

ޓީޗަރުންސްކޫލުއެޑިއުކޭޝަން މިނިސްޓްރީރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުރިޔާސީ ބަޔާން

ކޮމެންޓް

އިތުރަށް ކިޔާލަން

މާރާމާރީ ހިންގި ޓީޗަރު ސަސްޕެންޑުކޮށް މައްސަލަ ފުލުހަށް ހުށަހަޅައިފި

މާރާމާރީ ހިންގި ޓީޗަރު ސަސްޕެންޑުކޮށް މައްސަލަ ފުލުހަށް ހުށަހަޅައިފި

10 ޑިސެމްބަރު 2025
ގްރޭޑް 10ގެ ދަރިވަރުން ގެ އިމްތިހާނަށް ތައްޔާރުވާން ލިބޭ އެންމެ މުހިންމު ދުވަސްވަރު ސްކޫލުތައް ޗުއްޓީ އަށް، މިނިސްޓްރީ ގެ ބަހެއް ނެތް

ގްރޭޑް 10ގެ ދަރިވަރުން ގެ އިމްތިހާނަށް ތައްޔާރުވާން ލިބޭ އެންމެ މުހިންމު ދުވަސްވަރު ސްކޫލުތައް ޗުއްޓީ އަށް، މިނިސްޓްރީ ގެ ބަހެއް ނެތް

07 ޑިސެމްބަރު 2025
ޔުނިފޯމު ބަދަލުކުރަން ޖެހޭ ގޮތަށް ސަރުކާރުން ގެނައި ބަދަލާއި ގުޅިގެން ޝާހިދު ކަންބޮޑުވުން ފާޅުކުރައްވައިފި

ޔުނިފޯމު ބަދަލުކުރަން ޖެހޭ ގޮތަށް ސަރުކާރުން ގެނައި ބަދަލާއި ގުޅިގެން ޝާހިދު ކަންބޮޑުވުން ފާޅުކުރައްވައިފި

07 ޑިސެމްބަރު 2025
ގެމަނަފުށީ ސްކޫލުގެ ލީޑިންގ ޓީޗަރު ގަވައިދާ ޚިލާފަށް ވަކި ކުރުމުން، ސީއެސްސީ އިން އޭނާގެ ވަޒީފާ އިއާދަ ކުރުމަށް އެޑިއުކޭޝަނަށް އެންގުމުން އެހެން ރަށެއްގެ ސްކޫލަކަށް ބަދަލުކޮށްފި

ގެމަނަފުށީ ސްކޫލުގެ ލީޑިންގ ޓީޗަރު ގަވައިދާ ޚިލާފަށް ވަކި ކުރުމުން، ސީއެސްސީ އިން އޭނާގެ ވަޒީފާ އިއާދަ ކުރުމަށް އެޑިއުކޭޝަނަށް އެންގުމުން އެހެން ރަށެއްގެ ސްކޫލަކަށް ބަދަލުކޮށްފި

04 ޑިސެމްބަރު 2025
ޔުނިފޯމުގެ ކުލަތައް ބަދަލުކުރުމުގެ ފަހަތުގައި ހަމަޖެހޭ އުސޫލެއް އަސާސެއް ނެތް: އިހުސާން

ޔުނިފޯމުގެ ކުލަތައް ބަދަލުކުރުމުގެ ފަހަތުގައި ހަމަޖެހޭ އުސޫލެއް އަސާސެއް ނެތް: އިހުސާން

02 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

17 މެއި
ވިލާ ޓްރެވެލްސްގެ ޙިދުމަތްތައް އިތުރަށް ފުޅާކޮށް، ޗާންދަނީ މަގުގައި އައު އޮފީސް ހުޅުވައިފި
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ވިލާ ޓްރެވެލްސްގެ ޙިދުމަތްތައް އިތުރަށް ފުޅާކޮށް، ޗާންދަނީ މަގުގައި އައު އޮފީސް ހުޅުވައިފި

އެންމެ ނާކާމިޔާބު ކެންޑިޑޭޓު، ފިސާރި ކާމިޔާބު!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

އެންމެ ނާކާމިޔާބު ކެންޑިޑޭޓު، ފިސާރި ކާމިޔާބު!

މުސްކުޅި ބައްޕަގެ ހާލަތު ފެނިފައި އަސަރު ކުރީ ދުރު ހިލޭ މީހަކަށް!
20233 އަހަރު ކުރިން
ރިޕޯޓު

މުސްކުޅި ބައްޕަގެ ހާލަތު ފެނިފައި އަސަރު ކުރީ ދުރު ހިލޭ މީހަކަށް!

ޔޫރަޕްގެ ބަޔެއް ގައުމުތަކުގައި މަންކީ ޕޮކްސް ފެތުރެންފަށައިފި
20224 އަހަރު ކުރިން
ދުނިޔެ

ޔޫރަޕްގެ ބަޔެއް ގައުމުތަކުގައި މަންކީ ޕޮކްސް ފެތުރެންފަށައިފި

ފަތާފައި ސްޕެއިނަށް އެރި ގިނަ އަދަދެއްގެ ބަޔަކު އަނބުރާ ފޮނުވާލައިފި
20215 އަހަރު ކުރިން
ދުނިޔެ

ފަތާފައި ސްޕެއިނަށް އެރި ގިނަ އަދަދެއްގެ ބަޔަކު އަނބުރާ ފޮނުވާލައިފި

މަޖިލިސް ރައީސް ކަމަށް ގެނައުމަށް ރައީސް ޞާލިހް \"ލޮބީ\" ކުރައްވަނީ އަފީފް އަށް!
20197 އަހަރު ކުރިން
ރާއްޖެ

މަޖިލިސް ރައީސް ކަމަށް ގެނައުމަށް ރައީސް ޞާލިހް \"ލޮބީ\" ކުރައްވަނީ އަފީފް އަށް!

ލަފުޒު ވަކިކޮށް ލިޔުމުގެ ގަވާއިދު
20188 އަހަރު ކުރިން
ދިވެހި ބަސް

ލަފުޒު ވަކިކޮށް ލިޔުމުގެ ގަވާއިދު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު