Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކެންސަރު ބަލި

ކެންސަރު ބައްޔަށް ހޭލުންތެރިކަން އިތުރުކުރުމަށް ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދަނީ

"ކެންސަރ ތަޖުރިބާ" މިނަމުގައި ސޯޝަލް މީޑިޔާ ކެމްޕެއިނެއް ފަށައިގެން ކުރިއަށްދޭ

އަމްނާ އިމާދު
އަމްނާ އިމާދު | 4 ފެބުރުއަރީ 2022 | ހުކުރު 08:59
ވޯލްޑް ކެންސަރ ޑޭ ފާހަގަކުރުމަށް މީގެކުރިން ބޭއްވި ޖަލްސާއެއްގެ ތެރެއިން

ވޯލްޑް ކެންސަރ ޑޭ ފާހަގަކުރުމަށް މީގެކުރިން ބޭއްވި ޖަލްސާއެއްގެ ތެރެއިން

ކެންސަރު ބައްޔަށް ހޭލުންތެރިކަން އިތުރުކުރުމަށް މިމަހުގެ ތެރޭގައި ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދާނެ ކަމަށް ކެންސަރ ސޮސައިޓީ އޮފް މޯލްޑިވްސްއިން ބުނެފިއެވެ.

ކޮންމެ އަހަރެއްގެ ފެބްރުއަރީ މަހުގެ 4 ވަނަ ދުވަހަކީ ދުނިޔޭގެ ކެންސަރު ބަލީގެ ދުވަހުގެ ގޮތުގައި ފާހަގަކުރަމުން އަންނަ ދުވަހެވެ. އެދުވަހާއި ގުޅުވައިގެން ކެންސަރ ސޮސައިޓީން ބުނީ ޔޫނިއަން ފޮރ އިންޓަނޭޝަނަލް ކެންސަރު ކޮންޓްރޯލް (ޔޫއައިސީސީ) އިން އިސްނަގައިގެން ދުނިޔޭގެ ކެންސަރުބަލީގެ ދުވަސް ފާހަގަކުރުމަށް ކުރިޔަށް ގެންދާ ސޯޝަލް މީޑިޔާ ކެމްޕެއިން "ފަރުވާގެ ފަރަގު ކުޑަ ކުރަމާ" ޖަނަވަރީ މަހުގެ 20 ވަނަ ދުވަހުން ފެށިގެން ކުރިޔަށް ގެންދާ ކަމަށެވެ.

"ކެންސަރ ތަޖުރިބާ" މިނަމުގައި ސޯޝަލް މީޑިޔާ ކެމްޕެއިނެއް ފަށާ އެކި މީހުންގެ ކެންސަރުގެ ތަޖުރިބާތައް ހިއްސާކުރަމުންދާކަން ފާހަގަކޮށް ކެންސަރ ސޮސައިޓީން ބުނީ ކެންސަރު ބަލީގެ ދުވަހުގެ ޝިޔާރު "ފަރުވާގެ ފަރަގު ކުޑަ ކުރަމާ" އާއި ގުޅޭ ގޮތުން ފޭސްބުކް ލައިވްސްޓްރީމް ސެޝަނެއް ކުރިޔަށް ގެންދާއިރު، ކެންސަރު ބައްޔަށް ހޭލުންތެރިކުރުވުމުގެ ސެޝަނެއް ކްލަބްހައުސްގައި ކުރިޔަށް ގެންދާ ކަމަަށެވެ.

މީގެ އިތުރުން ކުޑަކުދިން ކެންސަރު ބައްޔަށް ހޭލުންތެރިކުރުވުމުގެ ގޮތުން ދިރާގާއެކު ޚާއްސަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށާއި، ''އަލީގެ އެދުން'' މިނަމުގައި ލިޔެފައިވާ ކުޑަކުދިންގެ ފޮތުގެ އެނިމޭޓަޑް ފޮތް ނެރިފައިވާ ކަމަށެވެ.

ކެންސަރ ސޮސައިޓީ އޮފް މޯލްޑިވްސް (ސީއެސްއެމް) އަކީ ދިވެހިރާއްޖޭގައި ކެންސަރުޖެހުމަށް މެދުވެރިވާ ސަބަބުތަކާއި، މިބަލިން ރައްކާތެރިވުމަށް ބޭނުންވާނެ މައުލޫމާތު އާންމުންނަށް ފޯރުކޮށްދީ ހޭލުންތެރިކަން އިތުރުކުރުވައި، ކެންސަރު ބަލީގެ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމާއި ކެންސަރާއި ބެހޭގޮތުން ދިރާސާތައް ކުރުމާއި ތަފާސް ހިސާބު އެއްކުރުމުގެ މަގުސަދުގައި އުފައްދާފައިވާ ހިލޭ ސާބަހަށް މަސައްކަތްކުރާ ކަތްކުރާ ޖަމުއިއްޔާ އެކެވެ.

ކެންސަރު

އިތުރަށް ކިޔާލަން

22 އޮކްޓޯބަރު 2025

ބައިޑަން، ކެންސަރު ފަރުވާގެ ރޭޑިއޭޝަންގެ ފުރަތަމަ މަރުހަލާ ނިންމާލައިފި

22 އޮކްޓޯބަރު 2025
ބައިޑަން، ކެންސަރު ފަރުވާގެ ރޭޑިއޭޝަންގެ ފުރަތަމަ މަރުހަލާ ނިންމާލައިފި
18 އޮކްޓޯބަރު 2025

50 ބާވަތުގެ ކެންސަރު ދެނެގަނެވޭ ލޭގެ ޓެސްޓަކުން ލިބުނު ނަތީޖާ އިން އުއްމީދު

18 އޮކްޓޯބަރު 2025
50 ބާވަތުގެ ކެންސަރު ދެނެގަނެވޭ ލޭގެ ޓެސްޓަކުން ލިބުނު ނަތީޖާ އިން އުއްމީދު
04 ފެބުރުއަރީ 2025

ކެންސަރު ބައްޔާ ދެކޮޅަށް ސަރުކާރުން މަސައްކަތް ކުރައްވަމުން ގެންދަވާނެ ކަމުގެ ޔަޤީންކަން ރައީސް ދެއްވައިފި

04 ފެބުރުއަރީ 2025
ކެންސަރު ބައްޔާ ދެކޮޅަށް ސަރުކާރުން މަސައްކަތް ކުރައްވަމުން ގެންދަވާނެ ކަމުގެ ޔަޤީންކަން ރައީސް ދެއްވައިފި
12 އެޕްރީލު 2024

ކެންސަރާ ދެކޮޅަށް އިންޤިލާބީ އީޖާދެއް!

12 އެޕްރީލު 2024
ކެންސަރާ ދެކޮޅަށް އިންޤިލާބީ އީޖާދެއް!
21 މާރިޗު 2024

"ކެންސަރުގެ ވޭނީ ދަތުރުގަ ނުރޯށޭ ނުބުނެ، ތަދުވާނޭ، އެހެނަސް ކެތްކޮށްލާނީއޭ މީހަކު ބުނިނަމަ..."

21 މާރިޗު 2024
"ކެންސަރުގެ ވޭނީ ދަތުރުގަ ނުރޯށޭ ނުބުނެ، ތަދުވާނޭ، އެހެނަސް ކެތްކޮށްލާނީއޭ މީހަކު ބުނިނަމަ..."
04 ފެބުރުއަރީ 2024

ރާއްޖޭގައި އެންމެ ގިނައިން ފެންނަ ކެންސަރުގެ ބާވަތްތަކުގެ ތެރޭގައި އުރަމަތީގެ ކެންސަރު ހިމެނޭ

04 ފެބުރުއަރީ 2024
ރާއްޖޭގައި އެންމެ ގިނައިން ފެންނަ ކެންސަރުގެ ބާވަތްތަކުގެ ތެރޭގައި އުރަމަތީގެ ކެންސަރު ހިމެނޭ
29 ނޮވެމްބަރު 2023

މިނިސްޓަރު ރަމީލާ، ކެންސަރުގެ ފަރުވާއަށް ރާއްޖެއިން ބޭރަށް ފުރާވަޑައިގަންނަވަނީ

29 ނޮވެމްބަރު 2023
މިނިސްޓަރު ރަމީލާ، ކެންސަރުގެ ފަރުވާއަށް ރާއްޖެއިން ބޭރަށް ފުރާވަޑައިގަންނަވަނީ
22 ފެބުރުއަރީ 2023

ލޭގެ ކެންސަރަށް ހޯދި ފަރުވާގެ ތެރެއިން 3 ވަނަ މީހަކު އެޗްއައިވީން ސަލާމަތްވެއްޖެ

22 ފެބުރުއަރީ 2023
ލޭގެ ކެންސަރަށް ހޯދި ފަރުވާގެ ތެރެއިން 3 ވަނަ މީހަކު އެޗްއައިވީން ސަލާމަތްވެއްޖެ
07 ފެބުރުއަރީ 2023

ރާއްޖޭގައި ގިނައީ ވާރުތަ ނުކުރާ ވައްތަރުގެ ކެންސަރު: ޑޮކްޓަރ މުހައްމަދު އަމްރު އަހުމަދު

07 ފެބުރުއަރީ 2023
ރާއްޖޭގައި ގިނައީ ވާރުތަ ނުކުރާ ވައްތަރުގެ ކެންސަރު: ޑޮކްޓަރ މުހައްމަދު އަމްރު އަހުމަދު
05 ފެބުރުއަރީ 2023

'ލަވް ރިވަރ ހައުސް' މިއީ ކިހިނެއް ވާ ތަނެއް؟

05 ފެބުރުއަރީ 2023
'ލަވް ރިވަރ ހައުސް' މިއީ ކިހިނެއް ވާ ތަނެއް؟
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު