Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޔޫތު ޗެމްޕިއަންޝިޕް

ފަހަތުން އަރައި މަހިބަދޫ ބަލިކޮށް ވެލެންސިއާއަށް މޮޅެއް

މަހިބަދޫ އަތުން ވެލެންސިއާ މޮޅުވީ 3-2 ގެ ނަތީޖާއަކުން

އަތޫފް އާތިފް
އަތޫފް އާތިފް | 3 ފެބުރުއަރީ 2022 | ބުރާސްފަތި 18:42
ވެލެންސިއާ އާއި މަހިބަދޫ ބައްދަލުކުރި މެޗުގެ ތެރެއިން

ވެލެންސިއާ އާއި މަހިބަދޫ ބައްދަލުކުރި މެޗުގެ ތެރެއިން

ޔޫތް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި ބުރާސްފަތި ދުވަހުގެރޭ ކުޅުނު މެޗުން މަހިބަދޫ ސްޕޯޓްސް ކުލަބު ބަލިކޮށް ކުލަބު ވެލެންސިއާއިން މޮޅަކާއެކު މުބާރާތް ނިންމާލައިފިއެވެ.

ގައުމީ ފުޓުބޯޅަ ދަނޑުގައި ކުޅުނު މެޗުން ވެލެންސިއާ މޮޅުވީ ފަހަތުން އަރައި 3-2 ގެ ނަތީޖާއަކުންނެވެ.

މި މެޗު ފަށައިގެން މަހިބަދޫން ވެލެންސިއާގެ ހާފަށް ބާރުބޮޑުކުރިއިރު، މެޗުގެ ހަވަނަ މިނެޓުގައި އެ ޓީމުން ވަނީ ލަނޑު ޖަހައި ލީޑު ނަގާފައެވެ. ވެލެންސިއާގެ ދެ ކުޅުންތެރިން ކައިރިން ނައްޓާލުމަށްފަހު މި ލަނޑު މަހިބަދޫއަށް ކާމިޔާބުކޮށްދިނީ މުޙައްމަދު އިޝްހާމްމެވެ. އަދި އޭގެ ހަތަރު މިނެޓު ފަހުން މަހިބަދޫން ވަނީ އިތުރު ލަނޑެއް ޖަހައި، ލީޑު ފުޅާކޮށްފައެވެ. ލިބުނު ޕެނަލްޓީއަކުން މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ ހަސަން ނާއިމެވެ. މިއީ އޭރިއާ ތެރެއިން މަހިބަދޫގެ އިޝްހާމަށް ވެލެންސިއާގެ ގޯލްކީޕަރު މުޙައްމަދު އަތޫފް ރިފާއު ކުރި ފައުލަކާ ގުޅިގެން ދިން ޕެނަލްޓީއެކެވެ.

އޭގެ ފަހުން ވެލެންސިއާއިން ކުޅުން ރަނގަޅުކުރިއިރު، މެޗުގެ 14 ވަނަ މިނެޓުގައި ވެލެންސިއާއިން ވަނީ ލަނޑެއް ޖަހައި، ފަރަގު ކުޑަކޮށްފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އަބަދުﷲ ފާސިރެވެ. އަދި މެޗުގެ ފުރަތަމަ ހާފު ނިމުމުގެ ކުރިން ވެލެންސިއާއިން ވަނީ އިތުރު ލަނޑެއް ޖަހައި، ނަތީޖާ ހަމަހަމަކޮށްފައެވެ. ފާސިރުގެ އެހީތެރިކަމާއެކު މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އަޙްމަދު ރާހިލް ރަޝީދެވެ.

މި މެޗުގެ ދެވަނަ ހާފު ފަށައިގެން ހަތަރުވަނަ މިނެޓުގައި ވެލެންސިއާއިން ވަނީ އެ ޓީމު ކޮޅަށް ނަތީޖާ އަނބުރާލާފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ކެޕްޓަން އާމިން އުމަރު މޫސާއެވެ. މި ލަނޑަށްފަހުވެސް ވެލެންސިއާއަށް ވަނީ ލަނޑު ޖަހަން ގިނަ ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ.

މި ނަތީޖާއާއެކު ހަތަރު ޓީމު ވާދަކުރާ ގްރޫޕް ބީގެ އެއްވަނައިގައި އޮތީ ބުރާސްފަތި ދުވަހު ހަވީރު ކުޅުނު މެޗުން ޓީސީ ސްޕޯޓްސް ކުލަބު ބަލިކުރި ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) އެވެ. ޔޫވީއަށް ކުޅުނު ތިން މެޗުން ހަތް ޕޮއިންޓް ލިބިފައިވާއިރު، ދެވަނައިގައި އޮތް ޓީސީއަށް ތިން މެޗުން ވަނީ ހަ ޕޮއިންޓް ލިބިފައެވެ. އަދި ތިންވަނައަށްދިޔަ ވެލެންސިއާއަށް ތިން މެޗުން ތިން ޕޮއިންޓް ލިބިފައިވާއިރު، މަހިބަދޫ މުބާރާތް ނިންމާލީ ޕޮއިންޓެއް ނުލިބި ގްރޫޕުގެ ފުލުގައި އޮވެގެންނެވެ. މި ގްރޫޕުން ސެމީއަށް ދަތުރުކޮށްފައިވަނީ ޔޫވީ އާއި ޓީސީއެވެ.

ޔޫތު ޗެމްޕިއަންޝިޕްކުލަބު ވެލެންސިއާމަހިބަދޫ ސްޕޯޓްސް ކުލަބު

އިތުރަށް ކިޔާލަން

30 ނޮވެމްބަރު 2025

ފަހަތުން އަރައި ބުރުން ވެލެންސިއާ ބަލިކޮށްފި

30 ނޮވެމްބަރު 2025
ފަހަތުން އަރައި ބުރުން ވެލެންސިއާ ބަލިކޮށްފި
01 ނޮވެމްބަރު 2025

ފަސް ލަނޑުގެ މޮޅާ އެކު މާޒިޔާ އިން އެއް ވަނައިގައި

01 ނޮވެމްބަރު 2025
ފަސް ލަނޑުގެ މޮޅާ އެކު މާޒިޔާ އިން އެއް ވަނައިގައި
21 އޮކްޓޯބަރު 2025

ޓީސީ އިން ވެލެންސިއާ ބަލިކޮށްފި

21 އޮކްޓޯބަރު 2025
ޓީސީ އިން ވެލެންސިއާ ބަލިކޮށްފި
02 އޮކްޓޯބަރު 2025

ވެލެންސިއާ ބަލިކޮށް، ނިއުގެ ފޯމު ކުރިއަށް

02 އޮކްޓޯބަރު 2025
ވެލެންސިއާ ބަލިކޮށް، ނިއުގެ ފޯމު ކުރިއަށް
19 މާރިޗު 2025

ވެލެންސިއާގެ އޮތް ރާއްޖެ އިން ބޭރުގެ ދަރަނިތައް ޚަލާސްކޮށްފި

19 މާރިޗު 2025
ވެލެންސިއާގެ އޮތް ރާއްޖެ އިން ބޭރުގެ ދަރަނިތައް ޚަލާސްކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު