Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކޮވިޑް-19، ރާއްޖޭގެ ހާލަތު

ޕޮޒިޓިވް މީހަކާ ކޮންޓެކްޓް ވިޔަސް، ވެކްސިން ފުރިހަމަކޮށް، ބަލީގެ އަލާމަތްތައް ނެތްނަމަ ކަރަންޓީނުވާކަށް ނުޖެހޭ

1 ފެބުރުއަރީ 2022 | އަންގާރަ 11:52

ޕޮޒިޓިވްވާ މީހުންގެ ކޮންޓެކްޓުން ކަރަންޓީނުކުރާ މުއްދަތަށް ވަނީ ބަދަލުގެނެސްފައި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 1 ފެބުރުއަރީ 2022 | އަންގާރަ 11:52
މާލޭގެ މަގެއް- ފަހަކަށް އައިސް ފެންނަ ކޮވިޑު ކޭސްތައް ވަނީ އިތުރުވެފައި

މާލޭގެ މަގެއް- ފަހަކަށް އައިސް ފެންނަ ކޮވިޑު ކޭސްތައް ވަނީ އިތުރުވެފައި

ޕޮޒިޓިވް މީހަކާ ކޮންޓެކްޓް ވިޔަސް، ވެކްސިން ފުރިހަމަކޮށް, ބަލީގެ އަލާމަތްތައް ނެތްނަމަ ކަރަންޓީނުވާން ނުޖެހޭގޮތަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން އުސޫލު އާންމުކޮށްފިއެވެ.

އަންގާރަ ދުވަހު އެޗްޕީއޭއިން ވަނީ, ޕޮޒިޓިވްވާ މީހުންގެ ކޮންޓެކްޓުން ކަރަންޓީނުކުރާ މުއްދަތަށް ބަދަލުގެނެސް، އެކަން އިއުލާނުކޮށްފައެވެ. އެގޮތުން ކޮވިޑު-19އަށް ޕޮޒިޓިވްވާ މީހުންގެ ކޮންޓެކްޓުންގެ ތެރެއިން ކޮވިޑް-19 ވެކްސިންގެ ޑޯޒްތައް ފުރިހަމަކޮށްފައިވާ މީހުން، ބަލީގެ އެއްވެސް އަލާމާތެއް ނެތްނަމަ ކަރަންޓީނުވާން ނުޖެހޭނެކަމަށް އެޗްޕީއޭއިން ބުނެއެވެ. އަދި އެފަދަ މީހުން ބަލީގެ އެއްވެސް އަލާމާތެއް ހުރިނަމަ, އެންޓިޖެން ނުވަތަ ޕީ.ސީ.އާރު ޓެސްޓު ހަދައި ނަތީޖާ ނެގެޓިވް ވެއްޖެނަމަ ކަރަންޓީނުވާން ނުޖެހޭ ގޮތަށް ބަދަލު ގެނެސްފައިވާއިރު، ނަތީޖާ ލިބެންދެން ކަރަންޓީނުގައި ހުންނަން ޖެހޭނެކަމަށް އެޗްޕީއޭއިން ބުނެއެވެ.

Advertisement - newsAdvertisement

އެޗްޕީއޭއިން މައުލޫމާތު ދޭ ގޮތުގައި, އެގޮތުގެ މަތިން އަމަލު ކުރެވޭނީ ކޮވިޑު-19އަށް ޕޮޒިޓިވްވެފައިވާ މީހުންނާ މުޅިން ވަކިން ކަރަންޓީނުގައި ތިބޭ, ކޮންޓެކްޓު ވެފައިވާ މީހުންނަށެވެ.

އެހެންނަމަވެސް، ކޮވިޑް-19އަށް ޕޮޒިޓިވްވާ މީހުންގެ ކޮންޓެކްޓުންގެ ތެރެއިން ކޮވިޑް-19 ވެކްސިންގެ ޑޯޒްތައް ފުރިހަމަކޮށްފައިވާ މީހުން، ޕޮޒިޓިވްވި މީހާއާ އެންމެ ފަހުން ދިމާވި ތާރީޚުން ފެށިގެން 5 ދުވަސް ވުމުން ޕީ.ސީ.އާރު ޓެސްޓެއް ހަދަން ޖެހެއެވެ.

ކޮވިޑު-19އަށް ޕޮޒިޓިވްވެފައިވާ މީހުންގެ ކޮންޓެކްޓުން އެ މީހުންނާ އެކުގައި އުޅޭނަމަ އަމަލު ކުރަންޖެހޭ ގޮތްތަކެއްވެސް ވަނީ ބަޔާންކޮށްފައެވެ. އެގޮތުން ޕޮޒިޓިވްވި މީހާގެ އެކަހެރިވުމުގެ މުއްދަތު ނިމެންދެން ކަރަންޓީނުގައި ހުރުމާއި، އޭނާގެ އެކަހެރިވުމުގެ މުއްދަތު ހަމަވުމުން ޕީ.ސީ.އާރު ޓެސްޓް ހެދުން، އަދި މި ޓެސްޓުގެ ނަތީޖާ ލިބެންދެން ކަރަންޓީނުގައި ހުރުން ހިމެނެއެވެ. ނަމަވެސް ނަތީޖާ ނެގެޓިވް ވެއްޖެނަމަ އިތުރަށް ކަރަންޓީނުވާކަށް ނުޖެހޭނެއެވެ.

އެޗްޕީއޭއިން މައުލޫމާތު ދޭ ގޮތުގައި ކޮވިޑު-19ގެ ޓެސްޓުކުރުމަށް އެންޓިޖެން ޓެސްޓްގެ ސެލްފް ކިޓެއް ބޭނުންކޮށްގެން ގޭގައި ކޮވިޑް-19އަށް ޓެސްޓު ކުރަންވާނީ ކޮވިޑް-19ގެ އަލާމާތެއް ހުންނަ މީހުންނެވެ. އެންޓިޖެން ސެލްފްކިޓް ބޭނުންކޮށްގެން ޓެސްޓް ހަދާ ފަރާތްތައް ކޮވިޑް-19އަށް ޕޮޒިޓިވްވެއްޖެނަމަވެސް އެގޮތުގެ މަތިން އަމަލުކުރަންވާނެކަމަށް ބަޔާންކޮށްފައިވެއެވެ. ނަމަވެސް މި ފަރާތްތަކަށް އައިސޮލޭޝަން އަދި ކަރަންޓީން ޑޮކިއުމަންޓް ދޫކުރެވޭނީ ކޮވިޑު-19އަށް ޓެސްޓުކުރުމަށް ރަޖިސްޓަރ ކޮށްފައިވާ ލެބަކުން ނުވަތަ ސިއްހީ ފަރުވާދޭ ތަނަކުން ކޮވިޑް-19އަށް އެންޓިޖަން ނުވަތަ ޕީސީއާރް ޓެސްޓު ހެދުމުންކަމަށް އެޗްޕީއޭއިން ބުނެއެވެ.

ކޮވިޑް-19ގެ ވެކްސިންގެ ޑޯޒްތައް ފުރިހަމަވެފައިވާ ކަމުގައި ބެލެވޭނީ ދިވެހި ރާއްޖޭގައި ބޭނުން ކުރުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީއިން ހުއްދަދީފައިވާ, ނުވަތަ ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއިން އިމަރޖެންސީ ޔޫސް ލިސްޓިންގގައި ހިމަނާފައިވާ ވެކްސިނެއްގެ ކަނޑައެޅިފައިވާ ޑޯޒްތައް ފުރިހަމަކޮށް 14 ދުވަސް ފުރިހަމަވެފައި، އަދި ދެވަނަ ޑޯޒް ޖެހުމަށްފަހު 6 މަސް ފާއިތުނުވާނަމައެވެ. އަދި ދެވަނަ ޑޯޒް ޖެހުމަށްފަހު 6 މަސް ފާއިތުވެފައިވާނަމަ، ބޫސްޓަރ ޑޯޒްފުރިހަމަކޮށްފައިވާ ނަމައެވެ.

އޭގެ އިތުރުން، މި އިއުލާނަށް އަމަލު ކުރަންފަށާއިރު ކޮވިޑު-19ގެ ވެކްސިން ޑޯޒްތައް ފުރިހަމަކޮށްފައިވާ, ކޮވިޑު-19އަށް ފައްސިވާ މީހުންގެ ކޮންޓެކްޓުންގެ ގޮތުގައި ކަރަންޓީނުކުރެވިފައިވާ ފަރާތްތައް، މި އިއުލާންގައި ބުނެފައިވާ ޝަރުތުތައް ފުރިހަމަވާނަމަ ކަރަންޓީނުގެ މުއްދަތު ނިމޭނެކަމަށް އެޗްޕީއޭއިން ބުނެއެވެ. އަދި މި އިއުލާނަށް އަމަލުކުރަން ފެށުމާ ހަމައަށް، ކޮންޓެކްޓުންގެ ގޮތުގައި އެޗްޕީއޭއަށް ރިޕޯޓު ކޮށްފައިވާ ފަރާތްތަކުގެ ކަރަންޓީނު ޑޮކިއުމަންޓް, ހާލުބެލުން ޕޯޓަލްއަށް އަޕްލޯޑް ކުރެވޭނެއެވެ.

ކޮވިޑް-19އެޗްޕީއޭ

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

3

އުތުރު ކޮރެއާއިން ޖަޕާނަށް އަސްކަރީ ފިޔަވަޅުއަޅާނެ ކަމުގެ އިންޒާރުދީފި

4

އީރާން ބަލިވެފައިވާކަމަށް 106 ފަހަރު އަދި އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށް 80 ފަހަރު ޓްރަމްޕް ވިދާޅުވެފައިވާތީ، އީރާންގެ ޤައުމީ ސަލާމަތާ ބެހޭ ކޮމެޓީގެ މެންބަރެއްގެ މަލާމާތް ޓްރަމްޕް އަށް!

5

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

އިތުރަށް ކިޔާލަން

18 ޑިސެމްބަރު 2025

ކޮވިޑުގެ ތެރޭގައި ސަރުކާރުން އެތަކެއް ވަޒީފާ ތަކެއް ސަލާމަތްކޮށް، ނުރައްކާ ކުޑަ ކުރި: ކުރީގެ ބޮޑު ވަޒީރު ސުނާކް

18 ޑިސެމްބަރު 2025
ކޮވިޑުގެ ތެރޭގައި ސަރުކާރުން އެތަކެއް ވަޒީފާ ތަކެއް ސަލާމަތްކޮށް، ނުރައްކާ ކުޑަ ކުރި: ކުރީގެ ބޮޑު ވަޒީރު ސުނާކް
13 ޑިސެމްބަރު 2025

މާލެ ސަރަހައްދު ވައި ނުސާފުވެ އޮރެންޖު އެލަރޓް ނެރެފި

13 ޑިސެމްބަރު 2025
މާލެ ސަރަހައްދު ވައި ނުސާފުވެ އޮރެންޖު އެލަރޓް ނެރެފި
19 ނޮވެމްބަރު 2025

ކޮވިޑް-19ގެ ތެރޭގައި ބަލި ފެތުރުނު ނަމަވެސް މުޒާހަރާ ކުރާނަމޭ ބުނެ، މަގު މައްޗަށް ނުކުތީ މި ސަރުކާރުގެ ބޭފުޅުން: މެންބަރު އަމީން

19 ނޮވެމްބަރު 2025
ކޮވިޑް-19ގެ ތެރޭގައި ބަލި ފެތުރުނު ނަމަވެސް މުޒާހަރާ ކުރާނަމޭ ބުނެ، މަގު މައްޗަށް ނުކުތީ މި ސަރުކާރުގެ ބޭފުޅުން: މެންބަރު އަމީން
10 ނޮވެމްބަރު 2025

މުޅި ފުވައްމުލައް ފެނަށް ޖެހިއްޖެ!

10 ނޮވެމްބަރު 2025
މުޅި ފުވައްމުލައް ފެނަށް ޖެހިއްޖެ!
30 ސެޕްޓެމްބަރު 2025

އޮކްޓޯބަރު 3 ގެ އެއްވުމުގެ ވާހަކައާއެކު އަނެއްކާވެސް ޝަންގްރިއްލާ ހުޅުވުމުގެ ވާހަކަ ސަރުކާރުން ދައްކައިފި

30 ސެޕްޓެމްބަރު 2025
އޮކްޓޯބަރު 3 ގެ އެއްވުމުގެ ވާހަކައާއެކު އަނެއްކާވެސް ޝަންގްރިއްލާ ހުޅުވުމުގެ ވާހަކަ ސަރުކާރުން ދައްކައިފި
21 ސެޕްޓެމްބަރު 2025

އެމެރިކާގެ ވެކްސިން ޕެނަލުން މިހާރު ބޮޑެތި މީހުންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް ލަފާ ނުދޭ

21 ސެޕްޓެމްބަރު 2025
އެމެރިކާގެ ވެކްސިން ޕެނަލުން މިހާރު ބޮޑެތި މީހުންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް ލަފާ ނުދޭ
11 ސެޕްޓެމްބަރު 2025

ސަރުކާރުން ހަރަދުތައް ކުޑަކޮށް އެއްވެސް މާލީ ރިފޯމެއް ނުގެނޭ، ސިޔާސީ މަގާމުތަކުގެ އަދަދު 3000ށް ވުރެ އިތުރު - އަމީރު

11 ސެޕްޓެމްބަރު 2025
 ސަރުކާރުން ހަރަދުތައް ކުޑަކޮށް އެއްވެސް މާލީ ރިފޯމެއް ނުގެނޭ، ސިޔާސީ މަގާމުތަކުގެ އަދަދު 3000ށް ވުރެ އިތުރު - އަމީރު
08 ސެޕްޓެމްބަރު 2025

ސަރުކާރުގެ 87 މެންބަރުންނާއި ވަޒީރުންނާއެކު މަޖިލިސް ކޮމިޓީއަށް ހާޒިރުކޮށްދޭން އަމީރު އެދިއްޖެ

08 ސެޕްޓެމްބަރު 2025
ސަރުކާރުގެ 87 މެންބަރުންނާއި ވަޒީރުންނާއެކު މަޖިލިސް ކޮމިޓީއަށް ހާޒިރުކޮށްދޭން އަމީރު އެދިއްޖެ
05 އޯގަސްޓު 2025

ކުރީގެ ފިނޭންސް މިނިސްޓަރު އަމީރު އިކޮނޮމިކް މިނިސްޓަރ ސަޢީދު އިސްތިއުފާ ދެއްވާފައި ގެއަށް ވަޑައިގަތުމަށް ގޮވާލައްވައިފި

05 އޯގަސްޓު 2025
ކުރީގެ ފިނޭންސް މިނިސްޓަރު އަމީރު އިކޮނޮމިކް މިނިސްޓަރ ސަޢީދު އިސްތިއުފާ ދެއްވާފައި ގެއަށް ވަޑައިގަތުމަށް ގޮވާލައްވައިފި
27 ޖޫން 2025

މި ސަރުކާރަށް ދަރަނި މެނޭޖްކުރަން ނޭނގޭ، އެނގޭނަމަ ޕްރޮޖެކްޓްތައް ނުހުއްޓި، އާސަންދަ ނުލިބި، ދަރިވަރުންގެ ލޯންތައް ނުލިބި ނުހުންނާނެ - ރައީސް ޞާލިހު

27 ޖޫން 2025
މި ސަރުކާރަށް ދަރަނި މެނޭޖްކުރަން ނޭނގޭ، އެނގޭނަމަ ޕްރޮޖެކްޓްތައް ނުހުއްޓި، އާސަންދަ ނުލިބި، ދަރިވަރުންގެ ލޯންތައް ނުލިބި ނުހުންނާނެ - ރައީސް ޞާލިހު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް