Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ލަމްޕާޑް އެވަޓަނާ ހަވާލުވުން

އެވަޓަންގެ ކޯޗަކަށް ލަމްޕާޑް

އެވެޓަންގެ ކޯޗުކަން ލަމްޕާޑް އާއި ހަވާލުކުރަން އެ ޓީމުގެ ސަޕޯޓަރުން ވަނީ ގޮވާލާފައި

އަތޫފް އާތިފް
އަތޫފް އާތިފް, ރާއްޖެ އެމްވީ | 29 ޖެނުއަރީ 2022 | ހޮނިހިރު 09:35
ޗެލްސީގެ ކުރީގެ ކުޅުންތެރިޔާ އަދި ކޯޗު ފްރޭންކް ލަމްޕާޑް

ޗެލްސީގެ ކުރީގެ ކުޅުންތެރިޔާ އަދި ކޯޗު ފްރޭންކް ލަމްޕާޑް

އިނގިރޭސި ޕްރިމިއާ ލީގުގެ އެވަޓަންގެ ކޯޗަކަށް ކުރިން ޗެލްސީއަށް ކޯޗުކަން ކޮށްދިން ފްރޭންކް ލަމްޕާޑް ގެންނަން ނިންމާފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.

އެވެޓަންގެ ކޯޗުގެ މަގާމު ހުސްވެފައިވަނީ ކުރިން ކޯޗަކަށް ހުރި ރަފައެލް ބެނިޓޭޒް މި މަހުގެ 18 ވަނަ ދުވަހު މަގާމުން ވަކިކުރުމާއި ގުޅިގެންނެވެ. މީގެ ކުރިން ޗެލްސީ އާއި ލިވަޕޫލާއި ނިއުކާސަލް ޔުނައިޓެޑަށްވެސް ކޯޗުކަން ކޮށްދިން ބެނިޓޭޒްގެ މަގާމު ގެއްލުނީ އެވެޓަންގެ ކޯޗުކަމާއި ހަވާލުވިތާ 200 ދުވަސް ދުވަސް ހަމަވިފަހުންނެވެ.

ބެނިޓޭޒް ވަކިކުރުމާއި ގުޅިގެން އެވެޓަންއިން ލީގުގައި ކުޅުނު މެޗުތަކުގައި އެ ޓީމަށް އިރުޝާދުދިނީ އެސިސްޓަންޓް ކޯޗު ޑަންކަން ފާގަސަންއެވެ. އޭނާ ވަނީ މީގެ ކުރިންވެސް އެވެޓަންގެ ކޯޗުކަމުގެ ޒިންމާ ވަގުތީ ގޮތުން ނަގައިފައެވެ.

ރިޕޯޓްތައް ބުނާ ގޮތުން އެވެޓަންއިން އައު ކޯޗަކު ހޯދުމަށް ފަސް ކޯޗުން ވަނީ ޝޯޓްލިސްޓް ކޮށްފައެވެ. އެއީ ޗެލްސީގެ ކުރީގެ ކޯޗު ލަމްޕާޑްގެ އިތުރުން ޑާބީ ކައުންޓީގެ ކޯޗު ވޭން ރޫނީ އާއި ބެލްޖިއަމްގެ ކޯޗު ރޮބާޓޯ މާޓިނޭޒް އަދި ކުރިން ޕޯޗުގަލްގެ ޕޯޓޯ އާއި ތުރުކީގެ ފެނަބާޗޭއަށް ކޯޗުކަންކޮށްދިން ވިކްޓާ ޕެރޭރާއެވެ. މި ކޯޗުގެ ތެރެއިން ހަތަރު ކޯޗަކާއި އިންޓަރވިއު ކުރަން ނިންމި ނަމަވެސް އިންޓަރވިއުއަށް ހާޒިރުވެފައިވަނީ ލަމްޕާޑާއި ޑަންކަން އަދި ޕެރޭރާއެވެ.

އެވެޓަންއިން އެ ޓީމުގެ ކުރީގެ ކުޅުންތެރިޔާ ރޫނީއާވެސް އިންޓަރވިއުކުރަން ނިންމި ނަމަވެސް ޑާބީ ކައުންޓީއަށް ވަގުތު ދޭން ނިންމާ ރޫނީ ވަނީ އެވެޓަންގެ ފުރުސަތައް ނޫނެކޭ ބުނެފައެވެ.

ރިޕޯޓްތައް ބުނާ ގޮތުން އެވެޓަންގެ ބޯޑުން އެންމެ ބޮޑަށް ގެންނަން ބޭނުންވަނީ ވިކްޓާ ޕެރޭރާއެވެ. އެހެން ނަމަވެސް އެވެޓަންގެ ސަޕޯޓަރުން ވިކްޓާ ޕެރޭރާ ގެނައުމަށް ދެކޮޅެވެ. އަދި ސަޕޯޓަރުން ވަނީ އެ ޓީމުގެ ސްޓޭޑިއަމް ބޭރުގައި އިހުތިޖާޖުކޮށް އައު ކޯޗުގެ ޒިންމާ ލަމްޕާޑް އާއި ހަވާލުކުރަން ގޮވާލާފައެވެ. އެއާއިއެކު ހުކުރު ދުވަހު އެވެޓަންއިން ވަނީ ލަމްޕާޑާ ކޯޗުގެ ޒިންމާ ހަަވާލުކުރަން ނިންމާފައެވެ.

ލަމްޕާޑްގެ ކޯޗިން ކެރިޔަރު ފެށީ ޑާބީ ކައުންޓީންނެވެ. އަދި އޭގެ ފަހުން ޗެލްސީއަށްވެސް ލަމްޕާޑް ވަނީ ކޯޗުކަންކޮށްދީފައެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން ލަމްޕާޑް އެވެޓަންގެ ކޯޗުކަމާ ހަވާލުވެ އިރުޝާދުދޭނެ ފުރަތަމަ މެޗަކީ އެފްއޭ ކަޕްގައި އެވެޓަން އިން ބްރެންޓްފޯޑާ ދެކޮޅަށް ކުޅޭ މެޗެވެ.

ފްރޭންކް ލަމްޕާޑްއެވަޓަން

ކޮމެންޓް

އިތުރަށް ކިޔާލަން

އަމިއްލަ ދަނޑުގައި އެވަޓަން އަތުން ޔުނައިޓެޑު ބަލިވެއްޖެ

އަމިއްލަ ދަނޑުގައި އެވަޓަން އަތުން ޔުނައިޓެޑު ބަލިވެއްޖެ

25 ނޮވެމްބަރު 2025
އެވަޓަން އަތުން ވެސް މޮޅުވެ، ލިވަޕޫލް އެއް ވަނައިގައި

އެވަޓަން އަތުން ވެސް މޮޅުވެ، ލިވަޕޫލް އެއް ވަނައިގައި

21 ސެޕްޓެމްބަރު 2025
އެވަޓަން ކައިރިން ޗެލްސީ އެއްވަރު

އެވަޓަން ކައިރިން ޗެލްސީ އެއްވަރު

23 ޑިސެމްބަރު 2024
އެވަޓަން ރެލިގޭޝަން ޒޯނުގައި، ދަރަނި 112 މިލިއަން ޑޮލަރުގައި

އެވަޓަން ރެލިގޭޝަން ޒޯނުގައި، ދަރަނި 112 މިލިއަން ޑޮލަރުގައި

01 އެޕްރީލު 2024
އިތުރު ވަގުތުގައި ލަނޑު ޖަހައިގެން އެވަޓަން އިން ޓޮޓްނަމް ހުއްޓުވައިފި

އިތުރު ވަގުތުގައި ލަނޑު ޖަހައިގެން އެވަޓަން އިން ޓޮޓްނަމް ހުއްޓުވައިފި

04 ފެބުރުއަރީ 2024

އަހަރުތަކުން މިއަދު

24 އެޕްރީލު
ރައީސަށް ލަފާދޭ ޒުވާނުންގެ ބޯޑުން މަޝްހޫރު ޓީވީ ޕްރެޒެންޓަރު ހުވައިނާ އިސްތިއުފާ ދީފި
20251 އަހަރު ކުރިން
ރާއްޖެ

ރައީސަށް ލަފާދޭ ޒުވާނުންގެ ބޯޑުން މަޝްހޫރު ޓީވީ ޕްރެޒެންޓަރު ހުވައިނާ އިސްތިއުފާ ދީފި

މެޑިސިން ކިޔަވަމުންދާ 200ށް ވުރެ ގިނަ ދަރިވަރުން ގޮތެއް ނުދައްކާ މަގުމަތިކޮށްލަނީ
20242 އަހަރު ކުރިން
ރިޕޯޓު

މެޑިސިން ކިޔަވަމުންދާ 200ށް ވުރެ ގިނަ ދަރިވަރުން ގޮތެއް ނުދައްކާ މަގުމަތިކޮށްލަނީ

''އިރުއަރަންދެން ދަގަނޑު ހޮޅިއަކުން ތަޅާ އަނިޔާކުރި'' އެކަމަކު ވެސް އެ ކައިވެނީގައި ތިން އަހަރު
20233 އަހަރު ކުރިން
ރިޕޯޓު

''އިރުއަރަންދެން ދަގަނޑު ހޮޅިއަކުން ތަޅާ އަނިޔާކުރި'' އެކަމަކު ވެސް އެ ކައިވެނީގައި ތިން އަހަރު

ރައީސް ޞާލިހުގެ އެދަތުރު: އާއިލާ ބޭފުޅުންގެ ދުލުން
20224 އަހަރު ކުރިން
ރިޕޯޓު

ރައީސް ޞާލިހުގެ އެދަތުރު: އާއިލާ ބޭފުޅުންގެ ދުލުން

އިންތިހާއަށް އާދޭސްކުރިން، އެކަމަކު އަޅާނުލި: ''ދިރިއުޅުން ހަލާކުވެގެންދިޔައީ އެންމެ ހަތަރު ދުވަހުން''
20215 އަހަރު ކުރިން
ރިޕޯޓު

އިންތިހާއަށް އާދޭސްކުރިން، އެކަމަކު އަޅާނުލި: ''ދިރިއުޅުން ހަލާކުވެގެންދިޔައީ އެންމެ ހަތަރު ދުވަހުން''

ލަންކާގެ ބޮމުގެ ހަމަލާތައް: ހަށިގޮއްވާލި ދެބެއިންގެ ބައްޕަ ހައްޔަރަށް
20197 އަހަރު ކުރިން
ދުނިޔެ

ލަންކާގެ ބޮމުގެ ހަމަލާތައް: ހަށިގޮއްވާލި ދެބެއިންގެ ބައްޕަ ހައްޔަރަށް

ސަރުކާރުން އަނބިމީހާ ވަރިކުރުން- ހާލަތުއް ޟަރޫރާ
20188 އަހަރު ކުރިން
ރިޕޯޓު

ސަރުކާރުން އަނބިމީހާ ވަރިކުރުން- ހާލަތުއް ޟަރޫރާ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު