Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ޗެލްސީ

ލަމްޕާޑާއެކު ޗެލްސީގެ ކުޅުންތެރިންނަށް ހަރުކަށި "ޖޫރިމަނާ" ތަކެއް؟

އޭނާގެ ހަރުކަށި 12 ގަވާއިދު ސަޕޯޓަރުން ދަނީ ސޯޝަލް މީޑިއާގައި ދައުރުކުރަން ފަށާފައި

އަބްދުﷲ އަޒުމީން
އަބްދުﷲ އަޒުމީން, ރާއްޖެ އެމްވީ | 8 އެޕްރީލު 2023 | ހޮނިހިރު 02:55
ޗެލްސީގެ ކޯޗު ލަމްޕާޑު (ވ) ކުޅުންތެރިއަކާ ވާހަކަ ދައްކަނީ

ޗެލްސީގެ ކޯޗު ލަމްޕާޑު (ވ) ކުޅުންތެރިއަކާ ވާހަކަ ދައްކަނީ

މި ސީޒަން ނިމެންދެން ޗެލްސީގެ ކޯޗުކަމާ ހަވާލުވި ފްރޭންކް ލަމްޕާޑު ހަރުކަށި ޖޫރިމަނާތަކެއް ތައާރަފްކުރާނެ ކަމަށް އިނގިރޭސި ނޫސްތަކުން ބުނަން ފަށައިފި އެވެ.

ކުލަބުގެ ތާރީހުގައި ކުޅުންތެރިއެއްގެ ގޮތުގައި ޗެލްސީގައި ބޮޑެތި ކާމިޔާބީތަކެއް ހޯދި ކުޅުންތެރިޔާ ވަނީ މީގެ ކުރިން ވެސް ޗެލްސީ އަށް ކޯޗުކޮށްދީފަ އެވެ. އެއަށްފަހު އެވަޓަންއާ ހަވާލުވެ އެ ޓީމުން އޭނާ ބޭރުކުރިތާ ދުވަސްކޮޅެއް ފަހުން އަލުން ޗެލްސީއާ ހަވާލުވީ މީގެ ދެ ދުވަސްކުރިންނެވެ.

ޗެލްސީގެ ތާރީހުގައި އެކުލަބަށް އެންމެ ގިނަ ގޯލު ޖަހަދިން ކުޅުންތެރިޔާ ލަމްޕާޑް ޗެލްސީއަށް އެންމެ ފުރަތަމަ ކޯޗުކޮށްދިނީ 2019 ވަނަ އަހަރުން ފެށިގެން 2021އާ ހަމައަށެވެ. މި ދުވަސްވަރު އޭނާ ތައާރަފްކުރި 12 ގަވާއިދުގެ ތެރެއިން އެންމެ ހަރުކަށި އެއް ޖޫރިމަނާއަކީ ޕްރެކްޓިހަށް ގަޑިޖެހިއްޖެނަމަ 2500 ޕައުންޑުން ޖޫރިމަނާކޮށް، އިތުރަށް ހިނގާ ކޮންމެ 15 މިނިޓަކަށް ޖޫރިމަނާގެ ގޮތުގައި 2500 ޕައުންޑް ދައްކަން އެންގުމެވެ. މީގެ އިތުރުން މެޗު އޮންނަ ދުވަހު ޓީމު ހޮޓަލުން ދަނޑަށް ނައްޓާލާއިރު ގަޑިޖެހޭނަމަ އަދަބަކީ ވެސް 2500 ޕައުންޑުން ޖޫރިމަނާކުރުމެވެ.

ޖިމް ހަދާ ދުވަހު ގަޑިޖެހިއްޖެނަމަ 1000 ޕައުންޑުން ޖޫރިމަނާ ކުރާނެ އެވެ. ބޭސްފަރުވާ ނުވަތަ ޓްރީޓްމަންޓަކަށް ހާޒިރުވާން އޮންނަ ގަޑިޖެހިއްޖެ ނަމަ އެކަމަށްވެސް 2500 ޕައުންޑް ޖޫރިމަނާގެ ގޮތުގައި ދައްކަން ޖެހޭނެ އެވެ. ޓީމް މީޓިންއަކަށް ގަޑިޖެހިއްޖެނަމަ ޖޫރިމަނާކުރަން ނިންމީ ކޮންމެ މިނިޓަކަށް 500 ޕައުންޑުގެ ރޭޓުންނެވެ.

ޓީމުގެ ހުރިހާ އެންމެން އެއްކޮށް ކާގަޑިތަކުގައި ފޯނު ރިންގުވެއްޖެނަމަ އެމީހަކު 1000 ޕައުންޑުން ޖޫރިމަނާވާނެ އެވެ. ޓީމުގެ ހަރަކާތްތަކުގައި ބޭނުންކުރުމަށް ދީފައިވާ އަންނައުނު ނޫން އެއްޗެއް ލައިގެން އަތުވެއްޖެނަމަ އެކުޅުންތެރިއަކު 1000 ޕައުންޑުން ޖޫރިމަނާވާނެ އެވެ. އަދި 24 ގަޑިއިރު ކުރިން ވަކިއެއްޗެއް ނާންގައި ޓީމުގެ ކޯޗިން ސްޓާފަކު ހާޒިރުނުވެއްޖެނަމަ އެމީހަކު 5000 ޕައުންޑުން ޖޫރިމަނާވާނެ އެވެ.

ޗެލްސީން ރާވާ އިޖްތިމާއީ ހަރާކާތްތަކުގައި ބައިވެރިވާން ދެކޮޅު ހަދައިފިނަމަ ވެސް 5000 ޕައުންޑުން ޖޫރިމަނާ ކުރެ އެވެ. ބަލިވެ، ނުވަތަ އިންޖަރީއެއްވެ އެކަން އެންމެ ލަސްވެގެން އެއްގަޑި 30 މިނިޓް ކުރިން ނާންގައިފިނަމަ ޖޫރިމަނާކުރަން ނިންމީ 10000 ޕައުންޑުންނެވެ. ޑޮކްޓަރަކަށް ދައްކަން އޮންނަ ގަޑިޖެހިއްޖެނަމަ 2500 ޕައުންޑުން ޖޫރިމަނާކުރަން ވެސް ނިންމި އެވެ.

ޖޫރިމަނާކޮށްގެން ލިބޭ ފައިސާ ހަރަދުކުރަން ނިންމާފައިވަނީ ކުލަބުގެ ހަރަކާތްތަކަށާއި ހިލޭ ސާބަހަށް މަސައްކަތް ކުރާ ފަރާތްތަކަށެވެ.

ލަމްޕާޑުގެ ކޯޗުކޮށްދިން ދުވަސްދުވަހު ކުޅުންތެރިން އާއިލާތަކަށް ކުލަބުގެ ޕްރެކްޓިސް ބަލަން ވަދެވޭނީ 24 ގަޑިއިރު ކުރިން އެކަމަށް ހުއްދަ ހޯދައިގެންނެވެ. އަދި ކުޅުންތެރިންގެ އެޖެންޓުންނަށް ޕްރެކްޓިސްތަކަށް ވަނުން މަނާކުރި އެވެ. އެޖެންޓުންނަށް ޕްރެކްޓިސް ގަޑީގައި އެތަނަށް ވަދެވޭނީ ރަސްމީ ކަމެއްގައި އެކަންޏެވެ. އަދި ކުޅުންތެރިންނަށް ކާގަޑިތަކުގައި އަމިއްލަ ތަކެތި ގެނެސްގެން ކެއުން މަނާކުރި އެވެ. ފުރައިގެންދާނަމަ އެކަމަށް ވެސް ވަގުތު އޮއްވައި ހުއްދަ ހޯދަންޖެހެ އެވެ.

ލަމްޕާޑަށް އަލުން ކޯޗުކަން ދިނުމުން މި ގަވާއިދުތައް އަލުން ތައާރަފް ކުރާނެކަމަށް ބުނެ ސޯޝަލް މީޑިއާގައި ވަނީ އޭނާގެ 12 ގަވާއިދު ދައުރުކުރަން ފަށާފަ އެވެ.

ޗެލްސީފްރޭންކް ލަމްޕާޑް

ކޮމެންޓް

އިތުރަށް ކިޔާލަން

އެޓަލަންޓާ އަތުން ޗެލްސީ ބަލިވެއްޖެ

އެޓަލަންޓާ އަތުން ޗެލްސީ ބަލިވެއްޖެ

10 ޑިސެމްބަރު 2025
ލީޑްސް ޔުނައިޓެޑުން ޗެލްސީ ބަލިކޮށްފި

ލީޑްސް ޔުނައިޓެޑުން ޗެލްސީ ބަލިކޮށްފި

04 ޑިސެމްބަރު 2025
ޗެލްސީ އިން ބާސެލޯނާ ލަދު ގަންނަވާލައިފި

ޗެލްސީ އިން ބާސެލޯނާ ލަދު ގަންނަވާލައިފި

26 ނޮވެމްބަރު 2025
ފަހު ވަގުތު ޗެލްސީ އަތުން ބަލިވެ ލިވަޕޫލް އަށް ޖެހިޖެހިގެން ތިން ވަނަ ބަލި

ފަހު ވަގުތު ޗެލްސީ އަތުން ބަލިވެ ލިވަޕޫލް އަށް ޖެހިޖެހިގެން ތިން ވަނަ ބަލި

05 އޮކްޓޯބަރު 2025
އަމިއްލަ ދަނޑުގައި ބްރައިޓަން އަތުން ޗެލްސީ ބަލިވެއްޖެ

އަމިއްލަ ދަނޑުގައި ބްރައިޓަން އަތުން ޗެލްސީ ބަލިވެއްޖެ

28 ސެޕްޓެމްބަރު 2025

އަހަރުތަކުން މިއަދު

4 އެޕްރީލު
 ބޮލީވުޑްގެ މަގްބޫލުތަރި މަނޯޖް ކުމާރު އުމުރުން 87 އަހަރުގައި މަރުވެއްޖެ
20251 އަހަރު ކުރިން
ތަފާތު ޚަބަރު

ބޮލީވުޑްގެ މަގްބޫލުތަރި މަނޯޖް ކުމާރު އުމުރުން 87 އަހަރުގައި މަރުވެއްޖެ

ރައީސް ސާލިހު ރައީސް މުއިއްޒަށް - އެސްޑީއެފްގައި ހުންނަ ފައިސާއަކީ މޭޒުމަތީގައި ބަރިބަރިޖަހާފައި ހުންނަ އެއްޗެއް ނޫން
20242 އަހަރު ކުރިން
ރާއްޖެ

ރައީސް ސާލިހު ރައީސް މުއިއްޒަށް - އެސްޑީއެފްގައި ހުންނަ ފައިސާއަކީ މޭޒުމަތީގައި ބަރިބަރިޖަހާފައި ހުންނަ އެއްޗެއް ނޫން

ވަކި މީހަކަށް ބެލުމެއް ނެތި ވަލީދު ސޫޕް ބަހާތާ 10 އަހަރު!
20233 އަހަރު ކުރިން
ތަފާތު ޚަބަރު

ވަކި މީހަކަށް ބެލުމެއް ނެތި ވަލީދު ސޫޕް ބަހާތާ 10 އަހަރު!

ތިމަރަފުށީ ހަރުކަށި ފިކުރު: "ހެކިތައް ސިއްރު ނުކުރަން ނިންމީ، ޤައުމީ ސަލާމަތަށް ރިއާޔަތް ކުރުމެއް ނެތި"
20224 އަހަރު ކުރިން
ރާއްޖެ

ތިމަރަފުށީ ހަރުކަށި ފިކުރު: "ހެކިތައް ސިއްރު ނުކުރަން ނިންމީ، ޤައުމީ ސަލާމަތަށް ރިއާޔަތް ކުރުމެއް ނެތި"

ދެވަނަ ޑޯޒް ފުރިހަމަ ކުރުމުގެ ކުރިން ވެކްސިން ކާޑް ލެމިނޭޓް ނުކުރުމަށް އެދިއްޖެ!
20215 އަހަރު ކުރިން
ރާއްޖެ

ދެވަނަ ޑޯޒް ފުރިހަމަ ކުރުމުގެ ކުރިން ވެކްސިން ކާޑް ލެމިނޭޓް ނުކުރުމަށް އެދިއްޖެ!

ލޭބަރ ޕާޓީން 10 ކެނޑިޑޭޓަކު އެންޑޯސް ކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ލޭބަރ ޕާޓީން 10 ކެނޑިޑޭޓަކު އެންޑޯސް ކޮށްފި

އިންޑިއާގެ ޔަތީމްހާނާއެއްގައި ތިބި ދިވެހި ހުރިހާ ކުދިން ރާއްޖެ ގެނެސްފި
20188 އަހަރު ކުރިން
ރާއްޖެ

އިންޑިއާގެ ޔަތީމްހާނާއެއްގައި ތިބި ދިވެހި ހުރިހާ ކުދިން ރާއްޖެ ގެނެސްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު