Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ޗެލްސީ

ލަމްޕާޑަށް އޮތް ޗެލެންޖު ބޮޑު، ނަމަވެސް އެނބުރި އާދެވުމުން އުފާވޭ

ލަމްޕާޑަށް އެ ކުލަބުގެ ކޯޗުކަން އެންމެ ފުރަތަމަ ހަވާލުކުރީ 2019 ވަނަ އަހަރު، ވަކިކޮށްފައި ވަނީ 2021 ވަނަ އަހަރު

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 8 އެޕްރީލު 2023 | ހޮނިހިރު 03:04
ދާދި ފަހުން ޗެލްސީން ކުޅުނު މެޗެއް ބެލުމަށް ލަމްޕާޑު ދަނޑުގައި

ދާދި ފަހުން ޗެލްސީން ކުޅުނު މެޗެއް ބެލުމަށް ލަމްޕާޑު ދަނޑުގައި

ޗެލްސީގެ ކޯޗުކަމާ ދެ ވަނަ ފަހަރަށް ހަވާލުވީއިރު ކުރިމަތީގައި އޮތް ޗެލެންޖު ބޮޑު ކަމަށާއި، ނަމަވެސް އެނބުރި އާދެވުމުން އުފާވާ ކަމަށް ފްރޭންޑް ލަމްޕާޑު ބުނެފި އެވެ.

ޗެލްސީގެ ޖާޒީގައި މޮޅު ކުޅުމެއް ވެސް ދައްކާފައިވާ ލަމްޕާޑަށް އެ ކުލަބުގެ ކޯޗުކަން އެންމެ ފުރަތަމަ ހަވާލުކުރީ 2019 ވަނަ އަހަރު އެވެ. ނަމަވެސް އޭނާގެ އިރުޝާދުގެ ދަށުން ކުލަބުގެ ނަތީޖާތައް ދަށްވުމުން 2021 ވަނަ އަހަރު އޭނާ ވަނީ މަގާމުން ވަކިކޮށްފަ އެވެ. އެއަށްފަހު އެ މާގަމަށް ހަމަޖެއްސީ ޖަރުމަނުގެ ތޯމަސް ޓުޗެލް އެވެ. ޓުޗެލްގެ އިރުޝާދުގެ ދަށުން ޗެލްސީން ކާމިޔާބުތަކެއް ހޯދި ނަމަވެސް، ކުލަބުގެ ވެރިން ބަދަލުވުމާއެކު އޭނާ ވަނީ މަގާމުން ވަކިކޮށްފަ އެވެ. އެއަށްފަހު އެ މަގާމަށް ހަމަޖެއްސީ ގްރަހަމް ޕޮޓާ އެވެ. ނަމަވެސް ޕޮޓާއާއެކު ޗެލްސީގެ ނަތީޖާ އިންތިހާ އަށް ދަށްވެ، އޭނާ ވެސް ވަނީ މަގާމުން ވަކިކޮށްފަ އެވެ. އެއަށްފަހު މިހާރު ކުރިއަށްދާ ސީޒަންގެ ބާކީ މުއްދަތަކަށް ވަގުތީ ކޯޗަކަށް ހަމަޖެއްސީ ލަމްޕާޑު އެވެ.

ދެ ވަނަ ފަހަރަށް ޗެލްސީއާ ހަވާލުވުމަށްފަހު ވާހަކަ ދައްކަމުން ލަމްޕާޑު ބުނީ، އޭނާ އަށް ވެވުނު އެންމެ ރަނގަޅަކަށް މަސައްކަތް ކުރާނެ ކަމަށެވެ. އެއަށްފަހު މުސްތަޤުބަލު އޮންނާނެ ގޮތެއް ވެސް ފެންނާނެ ކަމަށާއި، ދިގު މުއްދަތަކަށް މަޑު ކުރުމަކީ އޭނާގެ އަތް މަތީގައި އޮތް ކަމެއް ނޫން ކަމަށެވެ. ލަމްޕާޑު ބުނީ އެކަމުގެ ސުވާލުތައް ވެސް އިންތިހާ އަށް އޭނާ އަަށް ކުރިމަތިވާނެކަން އިނގޭ ކަމަށާއި، ނަމަވެސް އޭނާ ކުރިއަށް ދާނީ ވަރަށް ރަނގަޅަށް ލޯ ހުޅުވިގެން ކަމަށެވެ. އޭނާ ބުނީ ޗެލްސީގައި އެތައް ހުނަރު ހުރި ކުޅުންތެރިން ތިބި ކަމަށާއި، އެކަމާ އޭނާ އުފާވާ ކަމަށެވެ. އޭނާ ބުނީ ޗެލްސީން އެދުމުން އެހާ ފަސޭހަ އިން ވަޒީފާ ޤަބޫލު ކުރެވުނީ އެއީ އޭނާގެ ވެސް ކުލަބަށް ވުމުން ކަމަށެވެ.

މީގެ އިތުރުން ލަމްޕާޑު ބުނީ އޭނާ އަށް ޤަބޫލު ކުރެވޭ ގޮތުގައި ޗެލްސީން ބޭނުންވަނީ ކުލަބަށް އެންމެ އެކަށީގެންވާ ކޯޗު ހޯދުން ކަމަށެވެ. އެހެންކަމުން މިހާރު ޗެލްސީގައި ހުރީ އޭނާގެ އެންމެ ކާމިޔާބު މަސައްކަތް ކުރުމަށް ކަމަށާއި، ވަގުތު ކޮޅަކަށް ނަމަވެސް އެކަމުން އެހެން ދިމާލަކަށް ސިކުނޑި އަނބުރާ ނުލެވޭނެ ކަމަށެވެ. އިތުރަށް ލަމްޕާޑު ބުނީ އޭނާ ބޭނުންވަނީ ޗެލްސީ އަށް އެހީތެރިވާން ކަމަށާއި، ކުލަބުގެ ކޮންމެ މީހަކަށް ވެސް އޭނާާއާ ވާހަކަ ދެއްކޭނެ ކަމަށެވެ. އެގޮތުން ޗެލްސީގެ ވެރިންނާއި، މެޑިކަލް މީހުންނާއި، އާދައިގެ މުވައްޒަފުން އަދި ސަޕޯޓަރުންނަށް ވެސް އޭނާއާ ވާހަކަ ދެއްކޭނެ ކަމަށެވެ. ލަމްޕާޑު ބުނީ ކުރިމަތީގައި އޮތީ ބޮޑު ޗެލެންޖެއްކަން ވެސް އިނގޭ ކަމަށާއި، ނަމަވެސް ބޭނުންވަނީ ކުލަބުގެ އެންމެހައި ފަރާތްތަކާ ގުޅިގެން ކުރިއަށްދާން ކަމަށެވެ.

ޗެލްސީގެ ކޯޗުކަމުން 2021 ވަނަ އަހަރު ވަކިކުރި ފަހުން، 2022 ވަނަ އަހަރު ލަމްޕާޑު ހަވާލުވީ އެވަޓަންއާ އެވެ. ނަމަވެސް އެ ކުލަބުން ވެސް އޭނާ ވަކިކޮށްފައި ވަނީ ނަތީޖާ ނުނެރެވުމުންނެވެ. ދެ ވަނަ ފަހަރަށް ލަމްޕާޑު ޗެލްސީއާ ހަވާލުވީއިރު، އޭނާގެ އިރުޝާދުގެ ދަށުން ދެން ކުޅޭނެ އެންމެ ފުރަތަމަ މެޗަކީ އިނގިރޭސި ޕްރިމިއާ ލީގުގައި ހޮނިހިރު ދުވަހު ވުލްވްސްއާ ދެކޮޅަށް ކުޅޭ މެޗެވެ. އޭގެ ފަހުން ޔުއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލްގެ ފުރަތަމަ ލެގުގައި އަމިއްލަ ދަނޑުގައި އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑާ ދެކޮޅަށް ނިކުންނާނީ މި މަހުގެ 13 ވަނަ ދުވަހު އެވެ.

ޗެލްސީފްރޭންކް ލަމްޕާޑް

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ފަހު ވަަގުތު މޮޅުވެ، ޗެލްސީ ސެމީ ފައިނަލަށް

ފަހު ވަަގުތު މޮޅުވެ، ޗެލްސީ ސެމީ ފައިނަލަށް

17 ޑިސެމްބަރު 2025
އެޓަލަންޓާ އަތުން ޗެލްސީ ބަލިވެއްޖެ

އެޓަލަންޓާ އަތުން ޗެލްސީ ބަލިވެއްޖެ

10 ޑިސެމްބަރު 2025
ލީޑްސް ޔުނައިޓެޑުން ޗެލްސީ ބަލިކޮށްފި

ލީޑްސް ޔުނައިޓެޑުން ޗެލްސީ ބަލިކޮށްފި

04 ޑިސެމްބަރު 2025
ޗެލްސީ އިން ބާސެލޯނާ ލަދު ގަންނަވާލައިފި

ޗެލްސީ އިން ބާސެލޯނާ ލަދު ގަންނަވާލައިފި

26 ނޮވެމްބަރު 2025
ފަހު ވަގުތު ޗެލްސީ އަތުން ބަލިވެ ލިވަޕޫލް އަށް ޖެހިޖެހިގެން ތިން ވަނަ ބަލި

ފަހު ވަގުތު ޗެލްސީ އަތުން ބަލިވެ ލިވަޕޫލް އަށް ޖެހިޖެހިގެން ތިން ވަނަ ބަލި

05 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

14 މާރިޗު
ޕޮޓޭޓޯ ޕޭން ކޭކް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ޕޮޓޭޓޯ ޕޭން ކޭކް

ގަމު ފެނަކައިގެ 17 މުވައްޒަފުން ވަޒީފާއިން ވަކިކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ގަމު ފެނަކައިގެ 17 މުވައްޒަފުން ވަޒީފާއިން ވަކިކޮށްފި

ޒުވާން ފޯވަޑް އިލާން ޔޫއޭއީގެ އަލްއައިން އަށް
20233 އަހަރު ކުރިން
ކުޅިވަރު

ޒުވާން ފޯވަޑް އިލާން ޔޫއޭއީގެ އަލްއައިން އަށް

މަސްތުވާތަކެއްޗާއެކު އިންޑިއާ ފިރިހެނަކު ކަނޑުމަތިން ފުލުހުންގެ ބެލުމުގެ ދަށަށް
20224 އަހަރު ކުރިން
ރާއްޖެ

މަސްތުވާތަކެއްޗާއެކު އިންޑިއާ ފިރިހެނަކު ކަނޑުމަތިން ފުލުހުންގެ ބެލުމުގެ ދަށަށް

އަނދިރީގައި - ރާއްޖެޓީވީގެ ރަމަޟާން މަހުގެ ހާއްސަ ޕްރޮގްރާމް!
20215 އަހަރު ކުރިން
ރާއްޖެ

އަނދިރީގައި - ރާއްޖެޓީވީގެ ރަމަޟާން މަހުގެ ހާއްސަ ޕްރޮގްރާމް!

ފަހު ވަގުތު ގާސިމް ގިނިކަންޏާ، ލިބެން ހުރި ވޯޓު ވެސް ގެއްލެނީ!
20197 އަހަރު ކުރިން
ރިޕޯޓު

ފަހު ވަގުތު ގާސިމް ގިނިކަންޏާ، ލިބެން ހުރި ވޯޓު ވެސް ގެއްލެނީ!

މިފަހަރު މިރުސް ފެނަށް މާބޮޑު ސަމާލުކަމެއް ނުލިބުނު! ރައްޔިތުން ޖެހީ ހަޖޫ!
20188 އަހަރު ކުރިން
ރިޕޯޓު

މިފަހަރު މިރުސް ފެނަށް މާބޮޑު ސަމާލުކަމެއް ނުލިބުނު! ރައްޔިތުން ޖެހީ ހަޖޫ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު