Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
މޯހަން މަގާމުން ވަކިކުރުން

މާޒިޔާގެ ކޯޗުކަމުން މޯހަން ވަކިކޮށްފި

މޯހަން މަގާމުން ވަކިކުރީ ޖެހި ޖެހިގެން ތިން މެޗުން މާޒިޔާ ބަލިވެފައިވަނިކޮށް

އަތޫފް އާތިފް
އަތޫފް އާތިފް, ރާއްޖެ އެމްވީ | 27 ޖެނުއަރީ 2022 | ބުރާސްފަތި 08:44
މާޒިޔާގެ ކޯޗުގެ މަގާމުން ވަކިކުރި މުޙައްމަދު ޝިޔާޒް (މޯހަން)

މާޒިޔާގެ ކޯޗުގެ މަގާމުން ވަކިކުރި މުޙައްމަދު ޝިޔާޒް (މޯހަން)

ޕްރެޒިޑެންޓްސް ކަޕުގެ ފަހު ތިން މެޗުން ނުކުތް ދަށް ނަތީޖާތަކަށް ފަހު މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން އެ ޓީމުގެ ކޯޗު މުޙައްމަދު ޝިޔާޒް (މޯހަން) މަގާމުން ވަކިކޮށްފިއެވެ.

މޯހަންއަށް މާޒިޔާގެ ވަޒީފާ ގެއްލުނީ ޖެހިޖެހިގެން ތިން މެޗުން މާޒިޔާ ބަލިވެފައިވަނިކޮށެވެ. އެއީ ޕްރެޒިޑެންޓްސް ކަޕުގެ ލީގު ބުރުގައި ގްރީން ސްޓްރީޓްސް އަތުން 2-0 ގެ ނަތީޖާއަކުން ބަލިވި މެޗާއި، ލީގު ބުރުގައި ވެލެންސިއާ އަތުން 1-0 ގެ ނަތީޖާއަކުން ބަލިވި މެޗުގެ އިތުރުން ފައިނަލުގައި ވެލެންސިއާ އަތުން 2-1 ގެ ނަތީޖާއަކުން ބަލިވި މެޗެވެ.

މާޒިޔާއިން ބުރާސްފަތި ދުވަހު ނެރުނު ބަޔާނުގައި ބުނީ މޯހަން ވަކިކުރަން ނިންމި ނިންމުމަކީ އެ ޓީމުގެ ބޯޑުން ނިންމަން ޖެހުނު އުނދަގޫ ނިންމުމެއް ކަމަށެވެ. އެކަމަކު ކްލަބުގެ މިވަގުތު ހާލަތައް ބަލާއިރު، އެންމެ ރަނގަޅު ގޮތަކީ އައު ކޯޗަކާއެކު ކުރިޔަށް ދިޔުން ކަމަށް ފެންނާތީ އެ ގޮތަށް ނިންމީ ކަމަށް މާޒިޔާއިން ބުނެއެވެ.

މާޒިޔާގެ ބަޔާނުގައި އިތުރަށް ބުނީ އައު ކޯޗެއް ހޯދުމުގެ މަސައްކަތް ކުރިޔަށްދާ ކަމަށެވެ.

މިދިޔަ އޮކްޓޫބަރު މަހުގެ 28 ވަނަ ދުވަހު މާޒިޔާގެ ކޯޗުކަމާއި މޯހަން ހަވާލުވިއިރު، މޯހަން ވަނީ މި ސީޒަނަށް ތައްޔާރުވާން އެ ޓީމު ގޮވައިގެން ނ. ކެނދިކުޅުދޫގައި ޓްރެއިނިން ކޭމްޕެއް ކޮށްފައެވެ. އަދި މޯހަންގެ އިރުޝާދުގެ ދަށުން މާޒިޔާއިން ޗެރިޓީ ޝީލްޑް ވަނީ ކާމިޔާބުކޮށްފައެވެ.

މާޒިޔާއިން މިދިޔަ ސީޒަން ވެސް ފެށީ ދިވެހި ކޯޗަކާއެކުގައެވެ. އެކަމަކު ޕްރިމިއާ ލީގުގެ ވަކި ހިސާބަކުން ސާބިއާގެ ގައުމީ ޓީމުގެ ކުރީގެ އެސިސްޓެންޓް ކޯޗު ރިސްޓޯ ވިޑަކޮވިޗް ވަނީ މާޒިޔާގެ ކޯޗުކަމުގެ މަގާމާއި ހަވާލުވެފައެވެ.

ކޯޗިންގގެ އެންމެ މަތީ ލައިސަންސް ކަމަށްވާ ޕްރޯ ލައިސަންސް މޯހަން އަތުގައި އޮންނައިރު، މޯހަން މި ވަނީ އެއް އަހަރު ތެރޭ ތިން ކްލަބެއްގެ ވަޒީފާ އިން ވަކިވެފައެވެ. މިދިޔަ ޖެނުއަރީ 16 ވަނަ ދުވަހު އީގަލްސް އާއިއެކު މޯހަން ހަދާފައިވާ އެއްބަސްވުން އުވާލާފައިވާއިރު، އޭގެ ތިން ދުވަސް ފަހުން މޯހަން ވަނީ ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް)އަށް ބަދަލުވެފައެވެ. ސަސް އާއިއެކު މޯހަން ހަދާފައިވާ ކޮންޓްރެކްޓް އުވާލީ އޮކްޓޫބަރު މަހު 20 ވަނަ ދުވަހުއެވެ.

މުޙައްމަދު ޝިޔާޒް (މޯހަން)މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން

ކޮމެންޓް

އިތުރަށް ކިޔާލަން

ނިއު ރޭޑިއަންޓް ބަލިކޮށް، މާޒިޔާގެ ރެކޯޑު ކުރިއަށް

ނިއު ރޭޑިއަންޓް ބަލިކޮށް، މާޒިޔާގެ ރެކޯޑު ކުރިއަށް

29 ނޮވެމްބަރު 2025
ފަސް ލަނޑުގެ މޮޅާ އެކު މާޒިޔާ އިން އެއް ވަނައިގައި

ފަސް ލަނޑުގެ މޮޅާ އެކު މާޒިޔާ އިން އެއް ވަނައިގައި

01 ނޮވެމްބަރު 2025
ބޭރުން ކޯޗުން ގެނެސްގެން ރަނގަޅު ނަތީޖާއެއް ނުނެރެވޭ: މޯހަން

ބޭރުން ކޯޗުން ގެނެސްގެން ރަނގަޅު ނަތީޖާއެއް ނުނެރެވޭ: މޯހަން

26 އޮކްޓޯބަރު 2025
ގްރީން ކޮޅަށް ނުވަ ލަނޑު ޖަހައި މާޒިޔާ އަށް ބޮޑު މޮޅެއް

ގްރީން ކޮޅަށް ނުވަ ލަނޑު ޖަހައި މާޒިޔާ އަށް ބޮޑު މޮޅެއް

26 އޮކްޓޯބަރު 2025
ޔޫވީ ބަލިކޮށް، މާޒިޔާ އެއް ވަނަ އަށް

ޔޫވީ ބަލިކޮށް، މާޒިޔާ އެއް ވަނަ އަށް

20 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

13 ޖޫން
"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ
20242 އަހަރު ކުރިން
ރާއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ
20233 އަހަރު ކުރިން
ކުޅިވަރު

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟
20224 އަހަރު ކުރިން
ރިޕޯޓު

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް

ފިޠުރު ޒަކާތް
20188 އަހަރު ކުރިން
އިސްލާމް

ފިޠުރު ޒަކާތް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު