Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޔަމަންގައި ދެމުންގެންދާ ހަމަލާތައް

ޔަމަންގެ ޑިޓެންޝަން ސެންޓަރަކަށް ސައުދީ އިސްވެ ދިން ހަމަލާ ތަހުގީގުކުރުމަށް އދން ގޮވާލައިފި

ޔަމަންގެ ހޫޘީންނާއި އެހީދޭ ޖަމާއަތްތަކުން ހޮނިހިރު ދުވަހު ބުނެފައިވަނީ ހަމަލާގައި މަރުވި މީހުންގެ އަދަދު 82ށް އަރާފައިވާކަމަށް

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 22 ޖެނުއަރީ 2022 | ހޮނިހިރު 23:57
ޔަމަންގެ ސަދާ ސިޓީ

ޔަމަންގެ ސަދާ ސިޓީ

ޔަމަންގެ ސަދާ ސިޓީއަށް ސައުދީ އިސްވެ ވައިގެ މަގުން ދިން ހަމަލާތަކުގައި 70 މީހުން މަރުވުމާއި ގުޅިގެން އެހަމަލާ ކުށްވެރިކޮށް ދެފުށް ފެންނަ ތަހުގީގެއް ހިންގުމަށް އދ ގެ ސެކެޓްރީ ޖެނެރަލް އެންތޯނިއޯ ގުޓަރޭސް ގޮވާލައްވައިފިއެވެ.

ގުޓަރޭސްގެ ސްޕޯކްސްމަން ސްޓެފެން ޑުޖާރިކް ވިދާޅުވީ ހަމަލައާ ގުޅިގެން ވީއެންމެ އަވަހަކަށް ދެފުށް ފެންނަ ތަހުގީގެއް ފަށާ މިކަމުގައި ޒިންމާވާން ޖެހޭ ފަރާތްތައް ހޯދާ ޒިންމާދާރުކުރުވުމަށް އދގެ ސެކެޓްރީ ޖެނެރަލް ގޮވާލައްވާކަމަށެވެ.

ސަދާ ސިޓީގައި ހުރި ޑިޓެންޝަން ސެންޓަރަކަށް ބޮން އަޅާފައިވަނީ ހުކުރު ދުވަހުއެވެ. ޔަމަންގެ ރެޑް ކްރޮސް ސްޕޯކްސް ޕާސަން ބަޝީރު އުމަރު ވިދާޅުވީ އަދިވެސް މިހަމަލާއިން ސަލަމާތްވި މީހުން ހޯދަމުންދާ ކަމަށެވެ. މިހާތަނަށް އައިއިރު މިހަމަލާގައި މަރުވި މީހުންނާއި ޒަޚަމްވި މީހުންގެ އަދަދު 100ން މައްޗަށް އަރާކަމަށްވެސް ބަޝީރު ވިދާޅުވިއެވެ.

ޔަމަންގެ ހޫޘީންނާއި އެހީދޭ ޖަމާއަތްތަކުން ހޮނިހިރު ދުވަހު ބުނެފައިވަނީ ހަމަލާގައި މަރުވި މީހުންގެ އަދަދު 82ށް އަރާފައިވާކަމަށެވެ. ޑޮކްޓަރސް ވިތައުޓް ބޯރޑަރސް އިން ބުނެފައިވާ ގޮތުގައި ޒަޚަމްވި މީހުންގެ އަދަދު 200ށް އަރައެވެ.

ޔަމަންގެ ހޫޘީ ހެލްތު މިނިސްޓަރ ތާހާ އަލް މުތްވައްކިލް ވަނީ ބައިނަލްއަގްވާމީ އެހީތެރިކަމަށް އެދިވަޑައިގަންނަވާފައެވެ. އަދި ސައުދީން ގަސްތުގައި އާންމުންނަށް އަމާޒުކޮށް ހަމަލާތައް ދެމުން ގެންދަނީ ކަމަށް ތާހާ ތުހުމަތުކުރެއްވިއެވެ.

ޔަމަނަށް ސައުދީން އިސްވެ ދޭ ހަމަލާތައް އިތުރުވެފައިމިވަނީ ހޫޘީން ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)ށް އަމާޒުކޮށް މިދިޔަ ހަފްތާގައި ދިން ހަމަލާތަކާއި ގުޅިގެންނެވެ.

ޔަމަންސައޫދީ އަރަބިއްޔާ

އިތުރަށް ކިޔާލަން

09 ނޮވެމްބަރު 2025

ޔަމަނުން ފަލަސްތީނަށް ކުރާ ތާއީދު ހުއްޓުވުމަށް މަސައްކަތް ކުރި ސައުދީ-އިޒްރޭލް-އެމެރިކާ ގުޅިގެން ހިންގި ނެޓްވޯކެއް ޔަމަނުން އަތުލައިގަނެފި

09 ނޮވެމްބަރު 2025
ޔަމަނުން ފަލަސްތީނަށް ކުރާ ތާއީދު ހުއްޓުވުމަށް މަސައްކަތް ކުރި ސައުދީ-އިޒްރޭލް-އެމެރިކާ ގުޅިގެން ހިންގި ނެޓްވޯކެއް ޔަމަނުން އަތުލައިގަނެފި
04 ނޮވެމްބަރު 2025

ސައުދީގެ ވަލީ އަހުދު މުޙައްމަދު ބިން ސަލްމާން މި މަހު އެމެރިކާ އަށް ވަޑައިގަންނަވަނީ

04 ނޮވެމްބަރު 2025
ސައުދީގެ ވަލީ އަހުދު މުޙައްމަދު ބިން ސަލްމާން މި މަހު އެމެރިކާ އަށް ވަޑައިގަންނަވަނީ
19 އޮކްޓޯބަރު 2025

ޔަމަނުގެ ސަރަހައްދުން ދަތުރުކުރަމުން ދިޔަ އެލް.އެން.ޖީ ޓޭންކަރެއް ގޮވައި އަލިފާން ރޯވެއްޖެ

19 އޮކްޓޯބަރު 2025
ޔަމަނުގެ ސަރަހައްދުން ދަތުރުކުރަމުން ދިޔަ އެލް.އެން.ޖީ ޓޭންކަރެއް ގޮވައި އަލިފާން ރޯވެއްޖެ
11 ޖުލައި 2025

ޔަމަނުގެ ހަތިޔާރުއެޅި ބާރުތަކުން އިސްރާއީލުގެ ބެން ގުރިއަން ވައިގެ ބަނދަރަށް މިސައިލް ހަމަލާ އެއް ދީފި

11 ޖުލައި 2025
ޔަމަނުގެ ހަތިޔާރުއެޅި ބާރުތަކުން އިސްރާއީލުގެ ބެން ގުރިއަން ވައިގެ ބަނދަރަށް މިސައިލް ހަމަލާ އެއް ދީފި
10 ޖުލައި 2025

ޔަމަނުން ފޮނުވާލި މިސައިލްތަކެއް ނައްތާލާފައިވާ ކަމަށް އިސްރާއީލް އިން ބުނެފި

10 ޖުލައި 2025
ޔަމަނުން ފޮނުވާލި މިސައިލްތަކެއް ނައްތާލާފައިވާ ކަމަށް އިސްރާއީލް އިން ބުނެފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު