Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ކޮލަމް
ޝާތިރުގެ ކޮލަމް

މިއަހަރަކީ ފެނުގެ އިދާރާއަށް 50 އަހަރުވީ ރަންޔޫބީލު އަހަރު!

ޒަމާނުގެ ބަދަލުތަކުގެ ތެރެއިން، މާލޭގެ މީރު ފެންފަށަލަ 1980ގެ އަހަރުތަކަށް އައިއިރު ވަނީ ތަޣައްޔަރުވެފައި

މުހައްމަދު ޝާތިރު
މުހައްމަދު ޝާތިރު, ރާއްޖެ އެމްވީ | 10 އެޕްރީލު 2023 | ހޯމަ 10:47
ފެން ބަލައި ދިއުން

ފެން ބަލައި ދިއުން

ދިވެހިރާއްޖެއަކީ މާކަނޑުގެ ތެރޭގައި އުފެދިފައިވާ ކުދި ޖަޒީރާ ރަށްތަކެއްގެ މައްޗަށް އެކުލެވިފައިވާ ނާޒުކު ގައުމެކެވެ. ރާއްޖޭގެ ހިކިފަސް ސަރަހައްދު، ރާއްޖޭގެ ކަނޑުގެ ސަރަހައްދާ އަޅައިބަލާއިރު އެންމެ އިންސައްތައެއްވެސް ނުހިމެނެއެވެ. ނުވަދިހަ ނުވަ އިންސައްތައަކީ ކަނޑެވެ. ވީމާ، ފެނުގެ ގޮތުން ރާއްޖެއަކީ ތިޔާގި ގައުމެކެވެ.

ތާރީޚީގޮތުން ބަލާއިރު ރާއްޖޭގެ ރަށްރަށުގައި ޒަމާނުއްސުރެ ފެން ބޯން ކަނޑައެޅިފައިވާ ފެންމީރު ވަޅުތަކެއް ފާހަގަކުރެވިފައިވެއެވެ. ގިނަފަހަރަށް އެއީ މިސްކިތްތަކުގެ ވަޅުތަކެވެ. ނުވަަތަ މިސްކިތްތަކުގެ ސަރަހައްދުގައި ހުރި ވަޅުތަކެކެވެ. އަދި މިނޫން ތަންތަނުގައި މީރުފެން ވަޅުވަޅު ހުއްޓެވެ. އަދި ފެންބަލައި ދިއުުމުގެ އާދަކާދަ ހިމެނިފައި ވަނީ، 1980ގެ އަހަރުތަކާ ހަމަޔަށް 1000 އަހަރު ވަންދެން ދިވެހި އަންހެނުންގެ ސަގާފީ އާދަކާދައެއް ކަމުގައެވެ. އިހުޒަމާނުގައި ކޮންމެ ގޯއްޗެއްގައި ވަޅެއް ނުހުރެއެވެ. ވީމާ، ފެންވަރާ ވަޅު، އިހުޒަމާނުގައި ބައެއް ގޭގެ ނުވަތަ ގޯތިގޯތިން ހިއްސާކުރިއެވެ. އަދި ބައެއް ރަށްރަށުގައި ރައްޔިތުން ފެންވަރާ ބޮޑު ވަޅުވެސް ހުރެއެވެ. ވެރިރަށް ފުރަމާލޭގައިވެސް ދަތުރުވެރީން ފެންވަރަން ޚާއްޞަ ވަޅުހުއްޓެވެ.

މީގެ 200 އަހަރުކުރިން، 1800ގެ އަހަރުތަކުގައި އިނގިރޭސީން ރާއްޖޭގެ ޗާޓު ކުރެހި ދުވަސްވަރު ކެޕްޓަން މޮރަސްބީ ވަނީ، ރާއްޖޭގެ ރަށްރަށުގެ ތެރެއިން ފެން ރަނގަޅު ރަށްރަށް ފާހަގަކުރައްވާފައެވެ. މީގެ 111 އަހަރުކުރިން 1911/1912ގެ ރާއްޖޭގެ ބޯހިމެނުމުގެ ތަފާސްހިސާބުތަކަށް ބަލާއިރު ރާއްޖޭގައި ހުރީ 13781 (ތޭރަހާސް ހަތްސަތޭކަ އަށްޑިހަ އެކެއް) ގެއެވެ. ވީމާ، ފެންވަޅުގެ އަދަދު ގާތްގަނޑަކަށް 13000 ވަރެވެ. މިއީ އައްސުލްޠާން މުޙައްމަދު ޝަމްސުއްދީން (3ވަނަ)އިގެ ރަސްކަމުގެ ދުވަސްވަރެވެ. މާލޭގައި ބޮޑެތި ތާނގީތައް, ބަހައްޓައި ރައްޔިތުންނަށް އެއިރުގެ ހާލަަތަށް އެެކަށޭނަ ބޯފެން ލިބުމުގެ އިންތިޒާމު ދައުލަތުގެ ފަރާތުން ހަމަޖެއްސެވީވެސް މި ރަސްކަމުގައެވެ. ސަރުކާރުގެ ފަރާތުން ފެނާބެހޭ ޚާއްޞަ އިދާރާއެެއް "މޯލްޑިވްސް ވޯޓަރ އެންޑް ސެނިޓޭޝަން އޮތޯރިޓީ" މިނަމުގައި އުފެދުނީ 28 ފެބުރުވަރީ 1973ގައެވެ. (ރައީސް އިބްރާހީމް ނާޞިރުގެ ރައީސުލްޖުމްހޫރިއްޔާ ކަމުގައެވެ. އޮނަރަބްލް އަޙްމަދު ޒަކީގެ ބޮޑުވަޒީރު ކަމުގައެވެ.) މިއީ މެދުނުކެނޑި ހިނގަމުން މިދާ ފެނުގެ ކަންކަމުގެ ސަރުކާރުގެ އިދާރީ ނިޒާމުގެ ފެށުމެވެ! މިއީ މިއިދާރީ ނިޒާމަށް 50 އަހަރުވީ ރަންޔޫބީލް އަހަރެވެ!

ވެރިރަށް މާލޭގައި ބޯފެނުގެ އިސްކޫރުތަކެެއް 1980ގެ އަހަރުތަކުގައި ސަރުކާރުން ބެހެއްޓިއެވެ. އަދި ރަށްރަށުގެ ބައެއް ގޯތިތަކުގައި ވާރޭފެން ތާނގީ، މީސްމީހުން އަމިއްލަގޮތުން ބެހެއްޓުން 1980ގެ އަހަރުތަކުގައި އާންމުވާން ފެށިއެވެ. ޒަމާނުގެ ބަދަލުތަކުގެ ތެރެއިން، މާލޭގެ މީރު ފެންފަށަލަ 1980ގެ އަހަރުތަކަށް އައިއިރު ވަނީ ތަޣައްޔަރުވެފައެވެ. ވީމާ، މާލޭގެ ފެނާއި ނަރުދަމާގެ ޚާއްޞަ މަޝްރޫއެއް 1980ގެ ތެރޭގައި ސަރުކާރުން ހިންގެވިއެވެ. މިމަޝްރޫއުގެ ނިމުން ފާހަގަކުރެވުނީ 1 އޮގަސްޓު 1988ގައެވެ. މިހާރުގެ ގާނޫނުއަސާސީ (7 އޮގަސްޓު 2008)ގައި، ފެނާއި ނަރުދަމާގެ ޚިދުމަތް މިވަނީ ދައުލަތުގެ ފަރާތުން ދޭންޖެހޭ އަސާސީ ޚިދުމަތްތަކެއް ކަމަށް ކަނޑައެޅި ބަޔާންވެގެންނެވެ. މިކަމަށްޓަކައި އެންމެބޮޑަށް މަސައްކަތްކުރައްވަނީ މިސަރުކާރުންނެވެ. ކޮވިޑުގެ ވަބާގައި ގައުމުގެ ކަންކަން ހުއްޓި, ލަސްވިޔަސް މިމުހިންމު ޒަރޫރީ ޚިދުމަތްތައް މިސަރުކާރުގެ ދައުރުގައި މިއަހަރުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ރަށަކަށް ހުރިހާ ރައްޔިތުންނަކަށް ލިބޭނެއެވެ. މިކަމަށްޓަކައި ކުރަންޖެހޭ ކަންކަން އެންވަޔަރަމެންޓް މިނިސްޓްރީން ވަނީ ނިންމާފައެވެ. މި ބޮޑު މަޝްރޫއުގެ މަސައްކަތްތައް ވަނީ ހަވާލުކުރެވިފައެވެ. މަސައްކަތް ބާރަށް ކުރިޔަށް އެބަދެއެވެ. ދުޅަހެޔޮކަމާއި ރައްކާތެރި ވެށްޓެއް ކަށަވަރުވުމެެވެ. ފެނުގެ ހިތްފަސޭހަކަމެވެ. މީރުފެނުގެ ހިތްގައިމުކަމެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މިއަހަރަކީ ރާއްޖޭގެ ގައުމީ މިނިވަންކަމުގެ ސައްތަ، އަލިމަސްޔޫބީލު، ރަންޔޫބީލު، ހިމެނޭ ތާރީޚީ އަހަރެއް!

މިއަހަރަކީ ރާއްޖޭގެ ގައުމީ މިނިވަންކަމުގެ ސައްތަ، އަލިމަސްޔޫބީލު، ރަންޔޫބީލު، ހިމެނޭ ތާރީޚީ އަހަރެއް!

04 ޖުލައި 2023
މިއަހަރަކީ ރާއްޖޭގެ ކުލަބު ފުޓުބޯޅައިގެ އަލިމަސްޔޫބީލު އަހަރު!

މިއަހަރަކީ ރާއްޖޭގެ ކުލަބު ފުޓުބޯޅައިގެ އަލިމަސްޔޫބީލު އަހަރު!

19 ޖޫން 2023
ދިވެހިރާއްޖޭގައި ސުޕްރީމް ކޯޓު އުފެދުނުތާ 14 އަހަރު - ރާއްޖޭގެ ޝަރުޢީ ނިޒާމަކީ ހާސް އަހަރުވީ ނިޒާމެއް

ދިވެހިރާއްޖޭގައި ސުޕްރީމް ކޯޓު އުފެދުނުތާ 14 އަހަރު - ރާއްޖޭގެ ޝަރުޢީ ނިޒާމަކީ ހާސް އަހަރުވީ ނިޒާމެއް

19 ސެޕްޓެމްބަރު 2022
ރާއްޖޭގައި އެންމެފަހުން ބޮޑުވަޒީރަކު އިސްކުރެވުނުތާ 50 އަހަރު ރަންޔޫބީލު!

ރާއްޖޭގައި އެންމެފަހުން ބޮޑުވަޒީރަކު އިސްކުރެވުނުތާ 50 އަހަރު ރަންޔޫބީލު!

07 އޯގަސްޓު 2022
އަރުޝީފުކުރުމުގައި ރާއްޖެއަށް ހާސް އަހަރުވީ ތާރީޚެއް

އަރުޝީފުކުރުމުގައި ރާއްޖެއަށް ހާސް އަހަރުވީ ތާރީޚެއް

21 ޖެނުއަރީ 2022

އަހަރުތަކުން މިއަދު

17 އެޕްރީލު
ދެމަފިރިއަކު ނުކުމެ އަމިއްލަ އެދުމަށް ދަރިފުޅު ގުރުބާންކޮށްފި، މިއަދު އެމްޑީޕީ އަށް މި އޮތީ ބެލެނިވެރިއަކަށް ވާންޖެހިފައި - ފައްޔާޒް
20251 އަހަރު ކުރިން
ރާއްޖެ

ދެމަފިރިއަކު ނުކުމެ އަމިއްލަ އެދުމަށް ދަރިފުޅު ގުރުބާންކޮށްފި، މިއަދު އެމްޑީޕީ އަށް މި އޮތީ ބެލެނިވެރިއަކަށް ވާންޖެހިފައި - ފައްޔާޒް

ކުޅުދުއްފުށި ދެކުނު ދާއިރާގެ ޕީޕީއެމްގެ ރައީސް އެ ދައިރާގެ އެމްޑީޕީގެ ކެނޑިޑޭޓް އަލީ ވަހީދު އެންޑޯސްކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ކުޅުދުއްފުށި ދެކުނު ދާއިރާގެ ޕީޕީއެމްގެ ރައީސް އެ ދައިރާގެ އެމްޑީޕީގެ ކެނޑިޑޭޓް އަލީ ވަހީދު އެންޑޯސްކޮށްފި

"ޖިންސީ ގޯނާއެއް ނުކުރަން، ކުރިކަމެއް ކުރީ ދެ މީހުން ރުހިގެން"
20233 އަހަރު ކުރިން
ކުޅިވަރު

"ޖިންސީ ގޯނާއެއް ނުކުރަން، ކުރިކަމެއް ކުރީ ދެ މީހުން ރުހިގެން"

ކުޅަދާނަ ކައްޕިތާނެއް ގައުމުގެ ހުންގާނުގައި ނެތްނަމަ މިއޮޑި ފަރަށް އެރީސް: މެމްބަރު ސަލީމް
20224 އަހަރު ކުރިން
ރާއްޖެ

ކުޅަދާނަ ކައްޕިތާނެއް ގައުމުގެ ހުންގާނުގައި ނެތްނަމަ މިއޮޑި ފަރަށް އެރީސް: މެމްބަރު ސަލީމް

ވެކްސިން ދިނުމުގައި ވަކިބަޔަކަށް ވަކި އުސޫލެއް، އެޗްޕީއޭއަށް އެކަން އެނގުނީ ނޫސްވެރިން ސުވާލުކުރުމުން!
20215 އަހަރު ކުރިން
ރިޕޯޓު

ވެކްސިން ދިނުމުގައި ވަކިބަޔަކަށް ވަކި އުސޫލެއް، އެޗްޕީއޭއަށް އެކަން އެނގުނީ ނޫސްވެރިން ސުވާލުކުރުމުން!

ފްރާންސް އަންހެން ކުއްޖާ ކުރި ތުހުމަތުތައް ގާޒީ އާދަމް އާރިފް ދޮގުކުރައްވައިފި
20197 އަހަރު ކުރިން
ރާއްޖެ

ފްރާންސް އަންހެން ކުއްޖާ ކުރި ތުހުމަތުތައް ގާޒީ އާދަމް އާރިފް ދޮގުކުރައްވައިފި

އަލީ ހުސެއިން މަސްކަނޑަށް ޖެހުނު ސަބަބު މިއޮތީ!
20188 އަހަރު ކުރިން
ރިޕޯޓު

އަލީ ހުސެއިން މަސްކަނޑަށް ޖެހުނު ސަބަބު މިއޮތީ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު