Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޓެކްސީ ދަތުރުތައް އިތުރަށް ހަރުދަނާކުރުން

ހަމައެކަނި ހުޅުމާލެ އާއި އެއާޕޯޓަށް ދަތުރުކުރާ ޓެކްސީތައް ރިޕޯޓުކޮށްދިނުމަށް އެދިއްޖެ

21 ޖެނުއަރީ 2022 | ހުކުރު 13:31

ގާނޫނާއި ގަވާއިދުތަކުން ލާޒިމުކުރާ ކަންކަން ފުރިހަމަ ނުކުރާ ފަރާތްތަކާ މެދު ކުރިއަށް އޮތްތަނުގައި ފިޔަވަޅު އަޅާނެކަމަށް މިނިސްޓްރީން ބުނޭ

މުހައްމަދު ޔާސިރު މޫސާ
މުހައްމަދު ޔާސިރު މޫސާ | 21 ޖެނުއަރީ 2022 | ހުކުރު 13:31
ޓެކްސީ ދަތުރުތައް ކުރުން

ޓެކްސީ ދަތުރުތައް ކުރުން

މާލޭގެ އެތެރޭގެ ދަތުރުތައް ނަގަން އިންކާރުކޮށް، ހަމައެކަނި ހުޅުމާލެ އާއި އެއާޕޯޓަށް ދަތުރުކުރާ ޓެކްސީތައް ރިޕޯޓުކޮށްދިނުމަށް ޓްރާންސްޕޯޓް މިނިސްޓްރީން އެދިއްޖެއެވެ.

މާލޭގެ އެތެރޭގެ ދަތުރުތައް ނަގަން އިންކާރުކޮށް، ހަމައެކަނި ހުޅުމާލެ އާއި އެއާޕޯޓަށް ޓެކްސީތައް ދަތުރުކުރާ މައްސަލައިގައި ޓްރާންސްޕޯޓު މިނިސްޓްރީން ބުރާސްފަތި ދުވަހު ނެރުނު އިއުލާނެއްގައި ބުނެފައިވަނީ، ޓެކްސީ ހޯދުމަށް ސެންޓަރުތަކުގައި އެދުމުން ހިދުމަތް ނުލިބޭ ކަމަށާއި އަދި މާލެ ތެރޭގައި ދަތުރުތައް ނުނަގާ ހުޅުލެ އާއި ހުޅުމާލޭގެ ދަތުރުތައް ނަގަމުންދާކަމުގެ ޝަކުވާ އާންމު ރައްޔިތުންގެ ފަރާތުން އެ މިނިސްޓްރީއަށްވެސް ލިބެމުން އަންނަ ކަމަށެވެ. އެހެންކަމުން އާންމުން ޓެކްސީގެ ހިދުމަތަށް އެދުމުން ބޭނުންވާ ހިދުމަތް ފޯރުކޮށް ނުދޭ ފަރާތްތަކުގެ މައުލޫމާތު މިނިސްޓްރީގެ ފޯނު ނަންބަރު 7943434 މެދުވެރިކޮށް ވައިބާ މެސެޖްއިން ހިއްސާކުރުމަށް ވަނީ އެދިފައެވެ.

އާންމުންނަށް ހިދުމަތް ދިނުމުގައި ޓެކްސީ ސެންޓަރުތަކުގެ މައްޗަށް ގާނޫނާއި ގަވާއިދުތަކުން ލާޒިމުކުރާ ކަންކަން ފުރިހަމަ ނުކުރާ ފަރާތްތަކާ މެދު ކުރިއަށް އޮތްތަނުގައި ފިޔަވަޅު އަޅާނެކަމަށް މިނިސްޓްރީން ބުންޏެވެ.

މި ފަހަކަށް އައިސް މާލޭގެ އެތެރޭގެ ދަތުރުތަށް ނެގުމަށް ޓެކްސީ ޑްރައިވަރުން އިންކާރުކުރާ މައްސަލަ ވަނީ ފެންމަތިވެފައެވެ. އޭގެ ބަދަލުގައި މާލެ އިން ހުޅުމާލެއަށް ނުވަތަ އެއާޕޯޓަށް ކުރާ ދަތުރުތައް އެފަރާތްތަކުން އަންނަނީ ނަގަމުންނެވެ. ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި ޓެކްސީ ޑްރައިވަރުން މިގޮތަށް ކަންތައް ކުރަނީ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ގިނަ ފައިސާ ހޯދުމަށްޓަކައެވެ.

މާލެ ތެރޭގައި އާންމުކޮށް ޓެކްސީ ދަތުރުތަށް ކޮށްދެނީ 25 ރުފިޔާއަށެވެ. ނަމަވެސް މާލެއާ ހުޅުމާލޭގެ އެއްވަނަ ފިޔަވައްސާ ދެމެދުގެ ދަތުރުތައް ކުރަނީ 75 ރުފިޔާއަށެވެ. ދަންވަރު 12ގެ ފަހުން މި ދަތުރުތައް ކުރަނީ އިތުރަށް ފަސް ރުފިޔާ ޗާޖުކޮށްފައެވެ.

މާލެއާ ހުޅުމާލޭގެ ދެވަނަ ފިޔަވައްސާ ދެމެދު ކުރާ ދަތުރުތަކަށް އާންމުކޮށް ނަގަނީ 90 ރުފިޔާއެވެ. އަދި މާލެއާ އެއާޕޯޓާ ދެމެދު ދަތުރުކޮށްދޭ އާންމު އަގަކީ 65 ރުފިޔާއެވެ. ދަންވަރު 12ގެ ފަހުން މި ދަތުރުތައް ކުރާނަމަ އިތުރަށް 10 ރުފިޔާ ޗާޖުކުރެއެވެ.

ޓެކްސީ ޚިދުމަތްޓްރާންސްޕޯޓް މިނިސްޓްރީ

އިތުރަށް ކިޔާލަން

07 ޑިސެމްބަރު 2025

2024 ވަނަ އަހަރުގެ ފަހު ކޮޅު ފަށާނެކަމަށް ބުނި، ހުޅުމާލެ ޕާކިން އިމާރާތްތަކުގެ އަމަލީ މަސައްކަތް 4 މަސް ތެރޭ ފެށޭނެ: މިނިސްޓަރ އަމީން

07 ޑިސެމްބަރު 2025
2024 ވަނަ އަހަރުގެ ފަހު ކޮޅު ފަށާނެކަމަށް ބުނި، ހުޅުމާލެ ޕާކިން އިމާރާތްތަކުގެ އަމަލީ މަސައްކަތް 4 މަސް ތެރޭ ފެށޭނެ: މިނިސްޓަރ އަމީން
06 ޑިސެމްބަރު 2025

ހުޅުމާލޭން ގިނަ އަދަދެއްގެ ވެހިކަލް ޓޯކޮށްގެން ތިލަފުއްޓަށް ގެންދަނީ، ވެހިކަލް ތަކުގެ ވެރިން ބުނަނީ، މިއީ ސަރުކާރުން ދޭ ބޮޑު އަނިޔާ އެއް ކަމަށް!

06 ޑިސެމްބަރު 2025
ހުޅުމާލޭން ގިނަ އަދަދެއްގެ ވެހިކަލް ޓޯކޮށްގެން ތިލަފުއްޓަށް ގެންދަނީ، ވެހިކަލް ތަކުގެ ވެރިން ބުނަނީ، މިއީ ސަރުކާރުން ދޭ ބޮޑު އަނިޔާ އެއް ކަމަށް!
27 ނޮވެމްބަރު 2025

އެހެނިހެން ޤާނޫނާއި ޚިލާފުވެގެން، ލައިސަންސް ބާތިލްކުރުމަކީ ކަންބޮޑުވުމެއް : ނާޒިލް

27 ނޮވެމްބަރު 2025
އެހެނިހެން ޤާނޫނާއި ޚިލާފުވެގެން، ލައިސަންސް ބާތިލްކުރުމަކީ ކަންބޮޑުވުމެއް : ނާޒިލް
19 ނޮވެމްބަރު 2025

ސަރުކާރުގެ ޓެކްސީ ލައިންގައި ޓެކްސީ ކުރާނެ ޑްރައިވަރުން ހޯދަން އިއުލާން ކޮށްފި

19 ނޮވެމްބަރު 2025
ސަރުކާރުގެ ޓެކްސީ ލައިންގައި ޓެކްސީ ކުރާނެ ޑްރައިވަރުން ހޯދަން އިއުލާން ކޮށްފި
18 ނޮވެމްބަރު 2025

'ޓެކްސީ ނަފާ' ލޯނު ސްކީމަކީ މިހާރު މަކަރު ހީލަތުގެ ސްކޭމެއް، ކާރު ލޮލަށް ވެސް ނުފެނި އަންގަނީ ލޯނު ދައްކަން: ޓެކްސީ ޑްރައިވަރެއް

18 ނޮވެމްބަރު 2025
'ޓެކްސީ ނަފާ' ލޯނު ސްކީމަކީ މިހާރު މަކަރު ހީލަތުގެ ސްކޭމެއް، ކާރު ލޮލަށް ވެސް ނުފެނި އަންގަނީ ލޯނު ދައްކަން: ޓެކްސީ ޑްރައިވަރެއް
18 ނޮވެމްބަރު 2025

ޓެކްސީ ލައިންގެ ހިދުމަތް ފަށާނެ ތާރީހެއް އަނެއްކާވެސް ދީފި، މިއީ 3 ވަނަ ފަހަރު

18 ނޮވެމްބަރު 2025
ޓެކްސީ ލައިންގެ ހިދުމަތް ފަށާނެ ތާރީހެއް އަނެއްކާވެސް ދީފި، މިއީ 3 ވަނަ ފަހަރު
07 ނޮވެމްބަރު 2025

ކޮޅުވެއްޓި އާ ބާޖުތައް އޮޕަރޭޓް ކުރަނީ އެކަމަށް ބޭނުންވާ ސެޓްފިކެޓްތައް ނެތް ކެޕްޓަނުން: ޓްރާންސްޕޯޓް މިނިސްޓްރީ

07 ނޮވެމްބަރު 2025
ކޮޅުވެއްޓި އާ ބާޖުތައް އޮޕަރޭޓް ކުރަނީ އެކަމަށް ބޭނުންވާ ސެޓްފިކެޓްތައް ނެތް ކެޕްޓަނުން: ޓްރާންސްޕޯޓް މިނިސްޓްރީ
27 އޮކްޓޯބަރު 2025

"އެސްޑީއެފްސީ އިން ޓެކްސީ ޑްރައިވަރުންނަށް ލޯނު ދިނީ ޤާނޫނާއި ޚިލާފަށް ކަމަށް ބުނެ އަމީން ހަދަނީ ދޮގު. އުޅުއްވަނީ ޒިންމާ އިން ރެކެން"

27 އޮކްޓޯބަރު 2025
"އެސްޑީއެފްސީ އިން ޓެކްސީ ޑްރައިވަރުންނަށް ލޯނު ދިނީ ޤާނޫނާއި ޚިލާފަށް ކަމަށް ބުނެ އަމީން ހަދަނީ ދޮގު. އުޅުއްވަނީ ޒިންމާ އިން ރެކެން"
27 އޮކްޓޯބަރު 2025

މިނިސްޓަރ އަމީން ވިދާޅުވީ މުއިއްޒުގެ މޭޔަރު ކަމުގައި މާލެއަށް ވެހިކަލްތައް ރަޖިސްޓްރީ ކުރީ ގާނޫނަކަށް ބެލުމެއް ނެތިކަމަށް

27 އޮކްޓޯބަރު 2025
މިނިސްޓަރ އަމީން ވިދާޅުވީ މުއިއްޒުގެ މޭޔަރު ކަމުގައި މާލެއަށް ވެހިކަލްތައް ރަޖިސްޓްރީ ކުރީ ގާނޫނަކަށް ބެލުމެއް ނެތިކަމަށް
10 ސެޕްޓެމްބަރު 2025

ރައީސް މުއިއްޒުގެ މޭޔަރުކަމުގައި ޕާކިންއަށް ދޫކުރި ތަންތަން ޢާއްމުންނަށް ހުޅުވައިލުމަށް މާލެ ސިޓީ ކައުންސިލުން ނިންމައިފި

10 ސެޕްޓެމްބަރު 2025
ރައީސް މުއިއްޒުގެ މޭޔަރުކަމުގައި ޕާކިންއަށް ދޫކުރި ތަންތަން ޢާއްމުންނަށް ހުޅުވައިލުމަށް މާލެ ސިޓީ ކައުންސިލުން ނިންމައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް