Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޕްރޮފެޝަނަލް ޑިވެލޮޕްމަންޓް ކޯސް

ޕްރިންސިޕަލުންނާ މުދައްރިސުންނަށް ޚާއްޞަކޮށް، އޮންލައިންކޮށް ހިންގާ ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް ޓްރެއިނިންގ ކޯސްތަކެއް އިފްތިތާޙްކޮށްފި

16 ޖެނުއަރީ 2022 | އާދީއްތަ 12:09

ގައިޑް އެޑިޔުކޭޝަނަކީ އޮންލައިންކޮށް މުދައްރިސުން ތަމްރީނުކުރުމަށްޓަކައި، ޑިޖިޓަލް ގިނަ ވަޞީލަތްތަކެއް އެއް ޕްލެޓްފޯމަކުން ލިބޭގޮތަށް ތައްޔާރުކުރެވިފައިވާ އޮންލައިން ޕްލެޓްފޯމެއް

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 16 ޖެނުއަރީ 2022 | އާދީއްތަ 12:09
ޕްރިންސިޕަލުންނާއި މުދައްރިސުންނަށް ހިންގާ ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް ކޯސް ފެށުމުގެ ރަސްމިއްޔާތު

ޕްރިންސިޕަލުންނާއި މުދައްރިސުންނަށް ހިންގާ ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް ކޯސް ފެށުމުގެ ރަސްމިއްޔާތު

ރާއްޖޭގެ ސްކޫލްތަކުގެ ޕްރިންސިޕަލުންނާއި މުދައްރިސުންނަށް ޚާއްޞަކޮށް، އޮންލައިންކޮށް ހިންގާ ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް ޓްރެއިނިންގ ކޯސްތަކެއް އިފްތިތާޙްކޮށްފިއެވެ.

މި ކޯސްތައް ހިންގަނީ އިނގިރޭސިވިލާތުގެ ގައިޑް އެޑިޔުކޭޝަނާ ގުޅިގެންނެވެ.

Advertisement - newsAdvertisement

މި ކޯސްތައް އިފްތިތާޙްކޮށްދެއްވީ އެކަމަށް ޚާއްޞަކޮށް ބޭއްވި ރަސްމިއްޔާތެއްގައި މިނިސްޓަރ ޑރ. ޢާއިޝަތު ޢަލީއެވެ. މި ރަސްމިއްޔާތުގައި މިނިސްޓްރީގެ އިސްވެރިންނާއި ގައިޑް އެޑިޔުކޭޝަންގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ.

މި ކޯސްތައް ހިންގާނީ ގައިޑް އެޑިޔުކޭޝަންގެ ތަޖުރިބާކާރުންނެވެ. ގައިޑް އެޑިޔުކޭޝަނަކީ އޮންލައިންކޮށް މުދައްރިސުން ތަމްރީނުކުރުމަށްޓަކައި، ޑިޖިޓަލް ގިނަ ވަޞީލަތްތަކެއް އެއް ޕްލެޓްފޯމަކުން ލިބޭގޮތަށް ތައްޔާރުކުރެވިފައިވާ އޮންލައިން ޕްލެޓްފޯމެކެވެ.

ގައިޑް އެޑިޔުކޭޝަން ޕޯޓަލް މެދުވެރިކޮށް މުދައްރިސުންނަށް، ޕްރޮފެޝަނަލް ޑިވެލޮޕްމަންޓަށް ޚާއްޞަކޮށް ތައްޔާރުކުރެވިފައިވާ ގިނަ އަދަދެއްގެ އޮންލައިން ކޯސްތަކުގައި ހިލޭ ބައިވެރިވުމުގެ ފުރުޞަތު ލިބިގެންދާނެއެވެ. ކިޔަވައިދިނުމާ ގުޅޭ އެކި ދާއިރާތަކުން ތަފާތު ގިނަ ކޯސްތަކުގައި ބައިވެރި ވުމުގެ ފުރުޞަތު ހުޅުވާލެވިފައި އޮތުމުން، މުދައްރިސުންނަށް އެބޭފުޅަކު އެންމެ ބޮޑަށް ތަމްރީނު ބޭނުންވާ ދާއިރާއަކާ ގުޅޭ ކޯހެއް އިޚުތިޔާރު ކުރުމަށް މަގުފަހިވެގެންދާނެއެވެ.

މި ކޯސްތައް އިފްތިތާޙްކުރުމަށް ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރ ޑރ. ޢާއިޝަތު ޢަލީ ވިދާޅުވީ، މުދައްރިސުންގެ އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ ފެންވަރު ރަނގަޅު ޓްރެއިނިންގ ޕްރޮގްރާމްތަކުގައި ބައިވެރިވުމުގެ ފުރުޞަތު ނުލިބުން ކަމަށެވެ. އަދި ސްކޫލްތަކުގެ މުވައްޒަފުންނަށް ހިންގޭ ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް ޕްރޮގްރާމްތައް އިތުރަށް ހަރުދަނާކުރުމަށް މިނިސްޓްރީން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށްވެސް ވިދާޅުވިއެވެ.

އެހެންކަމުން މިނިސްޓަރ ވަނީ ސްކޫލުތަކުގެ އިސްވެރިންނާއި މުދައްރިސުން މި ކޯސްތަކުގެ ބޭނުން އެންމެ ފުރިހަމައަށް ހިފުމަށް އެދިވަޑައިގެންފައެވެ. މިއާއެކު މިނިސްޓަރ ވަނީ ރާއްޖޭގެ ސްކޫލުތަކުގައި ކިޔަވައިދެއްވާ މުދައްރިސުންނަށް މި ފުރުޞަތު ފަހިކޮށްދެއްވިކަމަށްޓަކައި، ގައިޑް އެޑިޔުކޭޝަންގެ ސީއީއޯ ލިއޯން ހާޑީ އަދި ގައިޑްގެ ޓީމަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރައްވާފައެވެ.

ރާއްޖޭގެ ހުރިހާ ސްކޫލްތަކުގެ ޕްރިންސިޕަލުންނާ މުދައްރިސުންނަށް މި ކޯސްތަކުގައި ބައިވެރިވުމުގެ ފުރުޞަތު އޮންނާނެއެވެ.

މިނިސްޓްރީ އޮފް އެޑިއުކޭޝަން ޓީޗަރުން

އެންމެ ހިނގާ

1

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

2

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

3

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

4

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

01 ނޮވެމްބަރު 2025

ދެކުނުގެ ރަށެއްގައި ދަރިވަރުންތަކަކަށް ޖިންސީ ގޯނާކުރި ޓީޗަރަކު ހައްޔަރުކޮށްފި

01 ނޮވެމްބަރު 2025
ދެކުނުގެ ރަށެއްގައި ދަރިވަރުންތަކަކަށް ޖިންސީ ގޯނާކުރި ޓީޗަރަކު ހައްޔަރުކޮށްފި
05 އޮކްޓޯބަރު 2025

މުދައްރިސުންގެ ޒިންމާއަކީ ގައުމެއްގެ މުސްތަގުބަލް ބައްޓަންކުރުމުގެ އިންތިހާއަށް ބޮޑު ޒިންމާއެއް: ރައީސް އިބޫ

05 އޮކްޓޯބަރު 2025
މުދައްރިސުންގެ ޒިންމާއަކީ ގައުމެއްގެ މުސްތަގުބަލް ބައްޓަންކުރުމުގެ އިންތިހާއަށް ބޮޑު ޒިންމާއެއް: ރައީސް އިބޫ
29 ސެޕްޓެމްބަރު 2025

ދިވެހި ޕޭޕަރާއި މެދު ގިނަ ދަރިވަރުންނާއި ބެލެނިވެރިންގެ ކަންބޮޑުވުން އޮތް ނަމަވެސް މިނިސްޓަރ ވިދާޅުވީ އެއްވެސް މައްސަލައެއް ނެތް ކަމަށް

29 ސެޕްޓެމްބަރު 2025
ދިވެހި ޕޭޕަރާއި މެދު ގިނަ ދަރިވަރުންނާއި ބެލެނިވެރިންގެ ކަންބޮޑުވުން އޮތް ނަމަވެސް މިނިސްޓަރ ވިދާޅުވީ އެއްވެސް މައްސަލައެއް ނެތް ކަމަށް
10 ޖުލައި 2025

ވަށަފަރު ކްލާސްރޫމެއްގެ ސީލިންގުގެ ބައެއް ވެއްޓި ދަރިވަރުންތަކަށް އަނިޔާވެއްޖެ

10 ޖުލައި 2025
ވަށަފަރު ކްލާސްރޫމެއްގެ ސީލިންގުގެ ބައެއް ވެއްޓި ދަރިވަރުންތަކަށް އަނިޔާވެއްޖެ
08 ޖުލައި 2025

ކޮންފެޝަން ޕޭޖްތަކެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ކޮންފެޝަން ޕޭޖްތައް ހުއްޓުވުމަށް ފުލުހުން ހާއްސަ މަސައްކަތެއް ފަށައިފި

08 ޖުލައި 2025
ކޮންފެޝަން ޕޭޖްތަކެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ކޮންފެޝަން ޕޭޖްތައް ހުއްޓުވުމަށް ފުލުހުން ހާއްސަ މަސައްކަތެއް ފަށައިފި
30 ޖޫން 2025

ކެންދޫ ސްކޫލުގެ ޕްރިންސިޕަލް އުކުޅަހަށް ބަދަލުކުރާތި ބެލެނިވެރިން ނުކުމެ އިހުތިޖާޖުކުރަން ފަށައިފި

30 ޖޫން 2025
ކެންދޫ ސްކޫލުގެ ޕްރިންސިޕަލް އުކުޅަހަށް ބަދަލުކުރާތި ބެލެނިވެރިން ނުކުމެ އިހުތިޖާޖުކުރަން ފަށައިފި
30 ޖޫން 2025

އެއް ދަންފަޅި އަށް ކިޔެވުން ބަދަލު ނުކުރެވިގެން އުޅެނީ ކުރީ ސަރުކާރުން އެކަށީގެންވާ މިންވަރަށް ސްކޫލު އަޅާފައި ނެތުމުން: އެޑިޔުކޭޝަން

30 ޖޫން 2025
އެއް ދަންފަޅި އަށް ކިޔެވުން ބަދަލު ނުކުރެވިގެން އުޅެނީ ކުރީ ސަރުކާރުން އެކަށީގެންވާ މިންވަރަށް ސްކޫލު އަޅާފައި ނެތުމުން: އެޑިޔުކޭޝަން
30 ޖޫން 2025

ސްކޫލުތަކުގައި މުދައްރިސުންނަށް އެކަށީގެންވާ މަސައްކަތުގެ މާހައުލެއް ނެތް: މެންބަރު ޒިޔާދު

30 ޖޫން 2025
ސްކޫލުތަކުގައި މުދައްރިސުންނަށް އެކަށީގެންވާ މަސައްކަތުގެ މާހައުލެއް ނެތް: މެންބަރު ޒިޔާދު
27 ޖޫން 2025

ފައިނު އެކްސިޑެންޓް: އަނިޔާވި ކުޑަ ދެކުދިންނާއި ޓީޗަރުގެ ހާލު ސީރިއަސް، އިތުރު ފަރުވާއަށް މާލެއަށް

27 ޖޫން 2025
ފައިނު އެކްސިޑެންޓް: އަނިޔާވި ކުޑަ ދެކުދިންނާއި ޓީޗަރުގެ ހާލު ސީރިއަސް، އިތުރު ފަރުވާއަށް މާލެއަށް
06 މެއި 2025

ސްކޫލަށް ދިޔަ 15 އަހަރުގެ އަންހެން ކުއްޖަކު ގެއްލިގެން ހޯދަނީ

06 މެއި 2025
ސްކޫލަށް ދިޔަ 15 އަހަރުގެ އަންހެން ކުއްޖަކު ގެއްލިގެން ހޯދަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް