Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޕީޕީއެމްގެ ކައުންސިލް މެމްބަރު ޒާހިދު ރަމީޒު

ރައީސް ސޯލިޙު ދަން ޖައްސަން ޕީޕީއެމްގެ ޒާހިދު ރަމީޒު ގޮވާލައިފި

16 ޖެނުއަރީ 2022 | އާދީއްތަ 08:10

ޔާމީން ރަޝީދަށްވެސް މަރުގެ އިންޒާރު ދީފައިވާކަމަށް ވަކީލުން ބުނޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 16 ޖެނުއަރީ 2022 | އާދީއްތަ 08:10
ރައީސް ސޯލިޙު އަދި ޒާހިދު ރަމީޒު- ރައީސް ސޯލިޙު ނަރަކައަށް ދާނެ ކަމުގެ ގެރެންޓީ އޮތްކަމަށް ބުނެ ކޮށްފައިވާ ޕޯސްޓަކާއި ގުޅިގެން އޭނާއަށް ގިނަ ބައެއްގެ ފާޑުކިއުންތައްވެސް އަމާޒުވެގެން ދިޔަ

ރައީސް ސޯލިޙު އަދި ޒާހިދު ރަމީޒު- ރައީސް ސޯލިޙު ނަރަކައަށް ދާނެ ކަމުގެ ގެރެންޓީ އޮތްކަމަށް ބުނެ ކޮށްފައިވާ ޕޯސްޓަކާއި ގުޅިގެން އޭނާއަށް ގިނަ ބައެއްގެ ފާޑުކިއުންތައްވެސް އަމާޒުވެގެން ދިޔަ

ރައީސް ސޯލިޙު ދަންޖައްސަން ޕީޕީއެމްގެ ކައުންސިލް މެމްބަރެއްކަމަށްވާ ޒާހިދު ރަމީޒު ގޮވާލައިފިއެވެ.

ޒާހިދު ކޮށްފައިވާ ޓުވީޓެއްގައި ބުނެފައިވަނީ ޤައުމަށް ގައްދާރުވުމުން ދުނިޔޭގެ ބޮޑެތި ޤައުމުތަކުގައި ދީ އުޅޭ ޙުކުމަކީ މަރުގެ ޙުކުމްކަމަށާއި، އޭނާ ދެކެން ބޭނުންވަނީ ދެން އަންނަ ވެރިކަމެއްގައި ރައީސް ސޯލިޙު ދަންޖައްސާ މަންޒަރުކަމަށެވެ.

Advertisement - newsAdvertisement

ޒާހިދު މީގެ ކުރިންވެސް ވަނީ އެފަދަ ޕޯސްޓުތައް ކޮށްފައެވެ. އެގޮތުން ރައީސް ސޯލިޙު ނަރަކައަށް ދާނެ ކަމުގެ ގެރެންޓީ އޮތްކަމަށް ބުނެ ކޮށްފައިވާ ޕޯސްޓަކާއި ގުޅިގެން އޭނާއަށް ގިނަ ބައެއްގެ ފާޑުކިއުންތައްވެސް އަމާޒުވެގެން ދިޔައެވެ. ރައީސް ސޯލިހަށް އިންޒާރު ދިނުމުގެ އިތުރުންވެސް އޭނާގެ އެފަދަ މައްސަލަތަކެއް ފެންމަތިވެފައިވެއެވެ.

ބްލޮގަރ ޔާމީން ރަޝީދަށް މަރުގެ އިންޒާރު ދީފައިވާކަމަށް ބަޔާންކޮށް ދިފާޢީ ހެކިވެރިއެއްގެ ގޮތުންވެސް އޭރު ޒާހިދުގެ ނަން ދިފާއުން ހުށައެޅިއެވެ. އެގޮތުން އޭނާ ހިމެނޭހެން ޔާމީން ރަޝީދަށް އިންޒާރު ދިން 4 މީހަކު ހައްޔަރު ކުރުމަށް ފުލުހުންގެ އެހީތެރިކަން ހޯދައިދިނުމަށް ދިފާއީ ވަކީލު އެދިފައިވެއެވެ. އަދި އެ ފަރާތްތައް ރުހުމުގައި ކޯޓަށް ހާޒިރުނުވާނެކަން ދިފާއީ ވަކީލު އޭރު ފާހަގަކުރެއްވިއެވެ. އެހެންނަމަވެސް، ޒާހިދު ރަމީޒު ހާޒިރު ނުކުރެވުނީ އޭނާއަށް ގުޅޭނެ ގޮތެއް ނުވުމުން ކަމަށް ޝަރީއަތުން ވަނީ ފާހަގަކޮށްފައެވެ.

ޒާހިދު ވަނީ އޭނާގެ ނަން ހުށައެޅުއްވުމާއި ގުޅިގެން ވަކީލުގެ ސުލޫކީ މައްސަލަތަކެއް ބެލުމަށް ވަގުތުން ދިވެހި ރާއްޖޭގެ ބާރ ކައުންސިލަށް ހުށައަޅާފައެވެ. އަދި ފުލުހުންނާއި ޕީޖީންވެސް މިމައްސަލައާ ބެހޭގޮތުން އޭނާއާއި ސުވާލުކޮށްފައިނުވާ ކަމަށް ޒާހިދު ބުންޏެވެ. ޒާހިދު އެހެން ބުނެފައިވާއިރު، ދިފާޢީ ހެއްކެއްގެ ގޮތުގައި ހުށައަޅާ ފަރާތަކީ ފުލުހުން ނުވަތަ ޕްރޮސެކިއުޓަރ ޖެނެރަލް އިން ސުވާލުކޮށްފައިވާ ފަރާތަކަށްވުން ޖިނާއީ އިޖުރާޢަތުގެ ޤާނޫނު ލާޒިމެއް ނުކުރެއެވެ.

ޔާމީން ރަޝީދަށް މަރުގެ އިންޒާރު ދިން ކަމަށް ބުނާ ޒާހިދު ހާޒިރު ކުރުމަށް ކޯޓު އަމުރު ނެރުމަށް ޝަރީޢަތުން އޭރު ނިންމާފައިވާއިރު، މަރު ކޮމިޝަނުންވެސް ވަނީ ޔާމީން ރަޝީދުގެ މަރާއި ގުޅިގެން ޒާހިދު ހާޒިރުކޮށް ސުވާލުކޮށްފައެވެ. އެގޮތުން އޭރު ކޮމިޝަނުން ޒާހިދުއާއި ސުވާލުކޮށްފައިވަނީ އޭނާ ކޮށްފައިވާ ޓްވީޓުތަކަކާއި ގުޅިގެންނެވެ.

ބްރިޖް ވިއު ޕްލެޓްފޯރމް ސަރަހައްދުގައި ސްޓްރާޑާ ކުންފުނިން ހުޅުވާފައިވާ ނިއުޕޯރޓް ވިއު ސަރުކާރާ ހަވާލުކޮށް 1.1 މިލިއަން ރުފިޔާ ދެއްކުމަށް ކޯޓުން ކުރި ޙުކުމާއެކު ޒާހިދު ރަމީޒު ގެންދަނީ އެކި ގޮތްގޮތުން މި ސަރުކާރަށް ފާޑުކިޔައި، ތަފާތު އެކި އިންޒާރުތައް ދެމުންނެވެ. އެގޮތުން ނިއުޕޯރޓް ރެސްޓޯރަންޓްސްގެ މެނޭޖިންގ ޑިރެކްޓަރަކީ ޒާހިދު ރަމީޒުގެ އަނބިކަނބަލުންނެވެ. އެ އެއްބަސްވުން ބާތިލުކުރީވެސް އެއްބަސްވުމާއި ޚިލާފަށް ކަންކަން ދިއުމުގެ ސަބަބުންނެވެ. އެގޮތުން ނޮވެންބަރު 2017 އިން ފެށިގެން 2018 ވަނަ އަހަރުގެ ޖުލައިމަހުގެ ނިޔަލަށް ދައުލަތަށް ކުލީގެ ގޮތުގައި ދައްކަންޖެހޭ ޖުމްލަ 1,976,548.00 ރުފިޔާ ދައްކާފައި ނުވާކަންވެސް ފާހަގަކޮށްލެވެއެވެ.

ޕީޕީއެމްރައީސް ސޯލިހު

އެންމެ ހިނގާ

1

އީރާނުގެ ޕައިލެޓުން ޖީޕީއެސް ނެތި އެމެރިކާގެ މަރުކަޒުތަކަށް ބޮން އެޅި

2

ސިގްނަލްތަކަށް ހުރަސްއަޅައިގެން އިސްރާއީލުގެ ހާމީސް ޑްރޯނަކާއި އެމެރިކާގެ ރީޕަރ ޑްރޯނެއް އެއްވެސް ގެއްލުމެއް ނުދީ އަތުލައިގެންފައިވާ މަންޒަރު އީރާނުން ދައްކާލައިފި

3

ޚާމަނާއީއާ މުއާމަލާތް ކުރުން "ވަރަށް އުނދަގޫ" - ރައީސް ޕެޒެޝްކިއަން

4

ސްޕޭސްއެކްސްގެ ރޮކެޓަކުން ވަކިވި ހަތަރު ޓަނުގެ ބޮޑު އެތިގަނޑެއް ހަނދުގައި ޖެހި ވަޅުގަނޑެއް ހެދިއްޖެ

5

މަރަޑޯނާގެ ފަހު ދުވަސްތައް - ހަށިގަނޑު ފޮއްސިވެ، އެނދުމަތިވެ، ދިރިއުޅުމާމެދު އުންމީދު ކަނޑާލި

އިތުރަށް ކިޔާލަން

17 ނޮވެމްބަރު 2025

މޭޔަރުކަމުގައި ހުންނެވި އިރުއްސުރެ މުޢިއްޒުއަށް އެންމެ ވަފާތެރި ސަނާހު ޕީއެންސީން ވަކިވެއްޖެ

17 ނޮވެމްބަރު 2025
މޭޔަރުކަމުގައި ހުންނެވި އިރުއްސުރެ މުޢިއްޒުއަށް އެންމެ ވަފާތެރި ސަނާހު ޕީއެންސީން ވަކިވެއްޖެ
12 އޮކްޓޯބަރު 2025

މުއިއްޒު ގަންނަ ބިރަށް އެހެން މީހުން ބިރުގަންނުވަނީ

12 އޮކްޓޯބަރު 2025
މުއިއްޒު ގަންނަ ބިރަށް އެހެން މީހުން ބިރުގަންނުވަނީ
19 ސެޕްޓެމްބަރު 2025

ދައުލަތުގެ އިސްވެރިންގެ ވައްކަމާއި ކޮރަޕްޝަންގެ ވާހަކަ ދައްކާނަން: ރައީސް ޔާމީން

19 ސެޕްޓެމްބަރު 2025
ދައުލަތުގެ އިސްވެރިންގެ ވައްކަމާއި ކޮރަޕްޝަންގެ ވާހަކަ ދައްކާނަން: ރައީސް ޔާމީން
13 ސެޕްޓެމްބަރު 2025

މިނިސްޓަރު ކަމުގެ ފަހު ދެ އަހަރު މުއިއްޒުގެ އެކައުންޓަށް ނަގުދު ފައިސާގެ ގޮތުގައި ފަސް މިލިއަނަށްވުރެ ގިނަ ރުފިޔާ ޖަމާކުރިކަން ހާމަވެއްޖެ

13 ސެޕްޓެމްބަރު 2025
މިނިސްޓަރު ކަމުގެ ފަހު ދެ އަހަރު މުއިއްޒުގެ އެކައުންޓަށް ނަގުދު ފައިސާގެ ގޮތުގައި ފަސް މިލިއަނަށްވުރެ ގިނަ ރުފިޔާ ޖަމާކުރިކަން ހާމަވެއްޖެ
21 އޯގަސްޓު 2025

މި ވެރިކަމާއި މެދު ރައީސް ޔާމީން: ފަނޑު ނޫކުލައިން ގެނުވީ ބަލިމަޑުކަމާއި ހައިހޫނުކަން!

21 އޯގަސްޓު 2025
މި ވެރިކަމާއި މެދު ރައީސް ޔާމީން: ފަނޑު ނޫކުލައިން ގެނުވީ ބަލިމަޑުކަމާއި ހައިހޫނުކަން!
18 ޖުލައި 2025

ޝުޖާއުއެވެ! ރައްޔިތުން ވެރިކަން ހަވާލުކުރީ ޕާޓީގެ ވެރިކަމެއް ކުރަންތޯއެވެ؟

18 ޖުލައި 2025
ޝުޖާއުއެވެ! ރައްޔިތުން ވެރިކަން ހަވާލުކުރީ ޕާޓީގެ ވެރިކަމެއް ކުރަންތޯއެވެ؟
17 ޖުލައި 2025

އާ ޓަރމިނަލް އާއި މެދު ޕީއެންސީ އާއި ޕީޕީއެމްގެ ވާހަކަ އަކީ ސްކޭމެއް: 183 މިލިއަން ޑޮލަރުގެ ބޮޑު ބަޔެއް ދޭން ޖެހުނީ ކުރީ ސަރުކާރުން ޕްރޮޖެކްޓް ލަސްކުރުމުން - އަމީރު

17 ޖުލައި 2025
އާ ޓަރމިނަލް އާއި މެދު ޕީއެންސީ އާއި ޕީޕީއެމްގެ ވާހަކަ އަކީ ސްކޭމެއް: 183 މިލިއަން ޑޮލަރުގެ ބޮޑު ބަޔެއް ދޭން ޖެހުނީ ކުރީ ސަރުކާރުން ޕްރޮޖެކްޓް ލަސްކުރުމުން - އަމީރު
17 ޖުލައި 2025

ޕާޓީ ވެރިކަން ކުރަން ރައީސް މުއިއްޒުއަށް އެނގިވަޑައިގަންނަވާނެ، މެންބަރުންނަށް ވަޒީފާ ހަމަޖައްސައިދޭނެ: ޝުޖާއު

17 ޖުލައި 2025
ޕާޓީ ވެރިކަން ކުރަން ރައީސް މުއިއްޒުއަށް އެނގިވަޑައިގަންނަވާނެ، މެންބަރުންނަށް ވަޒީފާ ހަމަޖައްސައިދޭނެ: ޝުޖާއު
01 ޖުލައި 2025

ފެނަކައިގެ ޑީއެމްޑީގެ މަގާމުގައި ހުންނެވި ރުކުމާ މޯލްޑިވްސް ގޭސްގެ ޑީއެމްޑީގެ މަގާމަށް ބަދަލުކޮށްފި

01 ޖުލައި 2025
ފެނަކައިގެ ޑީއެމްޑީގެ މަގާމުގައި ހުންނެވި ރުކުމާ މޯލްޑިވްސް ގޭސްގެ ޑީއެމްޑީގެ މަގާމަށް ބަދަލުކޮށްފި
25 ޖޫން 2025

ތިނަދޫ މޭޔަރާއި ޑެޕިއުޓީ މޭޔަރު ސަސްޕެންޑްކުރުން: މިއީ ކައުލްސިލްގެ އަގު ވައްޓާލާ އެމްޑީޕީގެ ކައުންސިލަރުންގެ ބާރު ކަނޑުވާލަން ޕީއެންސީން ކުރިކަމެއް - އެމްޑީޕީ

25 ޖޫން 2025
ތިނަދޫ މޭޔަރާއި ޑެޕިއުޓީ މޭޔަރު ސަސްޕެންޑްކުރުން: މިއީ ކައުލްސިލްގެ އަގު ވައްޓާލާ އެމްޑީޕީގެ ކައުންސިލަރުންގެ ބާރު ކަނޑުވާލަން  ޕީއެންސީން ކުރިކަމެއް - އެމްޑީޕީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް