Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ޕްރެޒިޑެންޓްސް ކަޕް

ޔޫވީ އަތުން ސަސްއަށް މޮޅެއް

ޔޫވީގެ މައްޗަށް ސަސްއިން ކުރި ހޯދީ 2-0 ގެ ނަތީޖާއަކުން

އަތޫފް އާތިފް
އަތޫފް އާތިފް, ރާއްޖެ އެމްވީ | 15 ޖެނުއަރީ 2022 | ހޮނިހިރު 00:11
ސަސް އާއި ޔޫވީ ބައްދަލުކުރި މެޗުގެ ތެރެއިިން

ސަސް އާއި ޔޫވީ ބައްދަލުކުރި މެޗުގެ ތެރެއިިން

ޕްރެޒިޑެންޓްސް ކަޕުގައި ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) އަތުން ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) މޮޅުވެ، ލީގު ބުރުގެ ހަތަރުވަނައަށް ޖެހިލައިފިއެވެ.

ގައުމީ ފުޓުބޯޅަ ދަނޑުގައި ކުޅުނު މި މެޗު ސަސްއިން ކާމިޔާބުކުރީ 2-0 ގެ ނަތީޖާއަކުންނެވެ.

މެޗު ފަށައިގެން ސަސްއިން ޔޫވީގެ ގޯލަށް ނުރައްކާކޮށް ގިނަ ހަމަލާތަކެއް ފޮނުވާލިއިރު، މެޗުގެ ފަސްވަނަ މިނެޓުގައި ސަސްގެ އަޙްމަދު ނަޝާހު (ނައްޓު) ފޮނުވާލި ހަމަލާ އަމާޒުވީ ގޯލުގެ ދަނޑިއަށެވެ.

ސަސްއިން ލީޑު ނެގީ ފުރަތަމަ ހާފުގެ ފަހު ފަސް މިނެޓުގެ ތެރޭގައެވެ. މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ މުޙައްމަދު ސަހާއުއެވެ.

ދެވަނަ ހާފު ފަށައިގެންވެސް ސަސްއިން ޔޫވީގެ ގޯލާ އަމާޒުކޮށް ގިނަ ހަމަލާތަކެއް ފޮނުވާލިއެވެ. މެޗުގެ 49 ވަނަ މިނެޓުގައި ސަސްގެ އިބްރާހީމް އަތީގް ހަސަން (އިއްބެ) ލަނޑު ޖެހި ނަމަވެސް ރެފްރީ ނިންމީ އެއީ އޮފްސައިޑް ލަނޑެއް ކަމަށެވެ. މެޗުގެ 53 ވަނަ މިނެޓުގައި ޔޫވީގެ އަލީ ހަމްދާން (އައްޔަ) ނުރައްކާތެރި ހަމަލާއެއް ސަސްގެ ގޯލަށް ފޮނުވާލި ނަމަވެސް ކީޕަރު މުޙައްމަދު ޝަފީއު (ޗެކް) ވަނީ ހުށިޔާރު ކަމާއެކު އެ ހަމަލާ ދިފާއުކޮށްފައެވެ.

ސަސްއިން ލީޑު ފުޅާކުރީ މެޗުގެ 57 ވަނަ މިނެޓުގައެވެ. މިއީ ލިބުނު ހިލޭ ޖެހުމަކުން ސަސްގެ ކެޕްޓަން އަބްދުﷲ ހަނީފް (ބެންޖޯ) ކާމިޔާބުކުރި ލަނޑެކެވެ.

ޕްރެޒިޑެންޓްސް ކަޕްގެ ލީގު ބުރުގައި ކޮންމެ ޓީމަކަށް ވެސް ބާކީ ދެން އޮތީ އެންމެ މެޗެކެވެ. އެއް ވަނައިގައި 16 ޕޮއިންޓާ އެކު ވެެލެންސިއާ އޮތްއިރު، ދެ ވަނައިގައި އޮތް ކްލަބް ގްރީން ސްޓްރީޓްސް އާއި ތިން ވަނައިގައި އޮތް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އަށް ވަނީ 15 ޕޮއިންޓް ލިބިފަ އެވެ. ގްރީން ސްޓްރީޓްސް އަށް ކުރި ލިބެނީ ލަނޑުގެ ތަފާތުންނެވެ. އަދި ހަތަރުވަނައިގައި ސަސް އޮތީ ލިބުނު ނުވަ ޕޮއިންޓާއެކުގައެވެ.

ޕްރެޒިޑެންޓްސް ކަޕްޔުނައިޓެޑް ވިކްޓަރީ (ޔޫވީ)ސުޕަރ ޔުނައިޓެޑް ސްޕޯޓްސް (ސަސް)

ކޮމެންޓް

އިތުރަށް ކިޔާލަން

ޔޫވީ އިން ގްރީން ބަލިކޮށްފި

ޔޫވީ އިން ގްރީން ބަލިކޮށްފި

01 ޑިސެމްބަރު 2025
ވިކްޓަރީ ކައިރިން އީގަލްސް ސަލާމަތް ކޮށްދިނީ ރިޒޭ

ވިކްޓަރީ ކައިރިން އީގަލްސް ސަލާމަތް ކޮށްދިނީ ރިޒޭ

29 ނޮވެމްބަރު 2025
ބުރުން ޔޫވީ ބަލިކޮށްފި

ބުރުން ޔޫވީ ބަލިކޮށްފި

25 ނޮވެމްބަރު 2025
ޔޫވީ ބަލިކޮށް، މާޒިޔާ އެއް ވަނަ އަށް

ޔޫވީ ބަލިކޮށް، މާޒިޔާ އެއް ވަނަ އަށް

20 އޮކްޓޯބަރު 2025
ފަހަތުން އަރައި ޔޫވީ އިން ޓީސީ ބަލިކުރިއިރު، ސުހާދު ހެޓްރިކް ހަދައިފި

ފަހަތުން އަރައި ޔޫވީ އިން ޓީސީ ބަލިކުރިއިރު، ސުހާދު ހެޓްރިކް ހަދައިފި

01 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

7 އެޕްރީލު
ފައިސަލްގެ ގެކޮޅަށް ރެއިޑްކުރަން އުޅުނުކަމަށް ދެކެވޭ ވާހަކަ ފުލުހުން ދޮގުކޮށްފި، ފައިސަލްގެ ކޮމެންޓެއް އަދި ނެތް
20251 އަހަރު ކުރިން
ރާއްޖެ

ފައިސަލްގެ ގެކޮޅަށް ރެއިޑްކުރަން އުޅުނުކަމަށް ދެކެވޭ ވާހަކަ ފުލުހުން ދޮގުކޮށްފި، ފައިސަލްގެ ކޮމެންޓެއް އަދި ނެތް

ސިމްޑީ ރަމަޟާން ޕްރޮމޯޝަންގެ ހަތަރުވަނަ ހަފުތާގެ ނަސީބުވެރިން ހޮވައިފި
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސިމްޑީ ރަމަޟާން ޕްރޮމޯޝަންގެ ހަތަރުވަނަ ހަފުތާގެ ނަސީބުވެރިން ހޮވައިފި

ނައީމާއްތަގެ މަރު: ފުލުހުން ދޮރު ވައްޓާލިއިރުވެސް ކޮޓަރި ތެރެއިން ކުނި ވަސް ދުވާ!
20233 އަހަރު ކުރިން
ރިޕޯޓު

ނައީމާއްތަގެ މަރު: ފުލުހުން ދޮރު ވައްޓާލިއިރުވެސް ކޮޓަރި ތެރެއިން ކުނި ވަސް ދުވާ!

އިންސާނުންގެ ހަށިގަނޑުން މައިކްރޯޕްލާސްޓިކް ފެނުން: ބޮޑު ނުރައްކަލެއްގެ ރަނގަބީލެއް
20224 އަހަރު ކުރިން
ރިޕޯޓު

އިންސާނުންގެ ހަށިގަނޑުން މައިކްރޯޕްލާސްޓިކް ފެނުން: ބޮޑު ނުރައްކަލެއްގެ ރަނގަބީލެއް

ވޯޓު ބާތިލްވާގޮތާއި ސައްހަވާގޮތް އަދި ކަރުދާސް ބާތިލްވާގޮތް މިއޮތީ
20215 އަހަރު ކުރިން
ރިޕޯޓު

ވޯޓު ބާތިލްވާގޮތާއި ސައްހަވާގޮތް އަދި ކަރުދާސް ބާތިލްވާގޮތް މިއޮތީ

އަލުން ގުނަނީ މާވަށު ދާއިރާގެ ތިން ވޯޓު ފޮށްޓެއް
20197 އަހަރު ކުރިން
ރާއްޖެ

އަލުން ގުނަނީ މާވަށު ދާއިރާގެ ތިން ވޯޓު ފޮށްޓެއް

އެއް ދުވަހުން ރެކޯޑު އަދަދަކަށް މަސް ބާނައިފި، އިއްޔެ އެކަނި ވެސް 700 ޓަނު!
20188 އަހަރު ކުރިން
ރާއްޖެ

އެއް ދުވަހުން ރެކޯޑު އަދަދަކަށް މަސް ބާނައިފި، އިއްޔެ އެކަނި ވެސް 700 ޓަނު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު