Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ވަގުތުން ނަތީޖާ ލިބޭ ކިޓު

ވަގުތުން ނަތީޖާ ލިބޭ ކިޓުން އާންމުން ޓެސްޓު ކުރުމަށް ހުއްދަ ދިނުމުގެ ވިސްނުމެއްނެތް: އެޗްޕީއޭ

ކިޓު ބޭނުންކުރަން ހުއްދަ ނުދޭނީ އަމިއްލައަށް ޓެސްޓު ކުރުމަށްފަހު ޕޮޒިޓިވްވާ ފަހަރުތަކުގައިވެސް އެކަން އެޗްޕީއޭއަށް ނާންގައި އާންމުން ދަތުރުކޮށްފާނެތީ

މުހައްމަދު ޔާސިރު މޫސާ
މުހައްމަދު ޔާސިރު މޫސާ, ރާއްޖެ އެމްވީ | 14 ޖެނުއަރީ 2022 | ހުކުރު 14:21
ކޮވިޑް އަށް ޓެސްޓު ކުރުމަށް ސާމްޕަލް ނެގުން

ކޮވިޑް އަށް ޓެސްޓު ކުރުމަށް ސާމްޕަލް ނެގުން

ވަގުތުން ނަތީޖާ ލިބޭ ކިޓު (ރެޕިޑް ޓެސްޓް ކިޓް) އާންމުން އަމިއްލައަށް ޓެސްޓު ކުރުމަށް ހުއްދަ ދިނުމުގެ ވިސްނުމެއް ނެތްކަމަށް އެޗްޕީއޭން ބުނެފިއެވެ.

ރާއްޖެ ޓީވީއަށް މައުލޫމާތުދެމުން އެޗްޕީއޭން ބުނީ ދިމާވެދާނެ މައްސަލަތަކަށް ބަލާ، ވަގުތުން ނަތީޖާ ލިބޭ ކިޓުން އާންމުން އަމިއްލައަށް ޓެސްޓު ކުރުމަށް ހުއްދަ ދިނުމުގެ ވިސްނުމެއް ނެތްކަމަށެވެ. އެއީ އަމިއްލައަށް ޓެސްޓު ކުރުމަށްފަހު ޕޮޒިޓިވް ނަތީޖާ ނިކުންނަ ފަހަރުތަކުގައިވެސް އެކަން އެޗްޕީއޭއަށް ނާންގައި އާންންމު ފަރާތްތަކުން ދަތުރުކޮށްފާނެތީ ކަމަށެވެ.

Advertisement - newsAdvertisement

އެޗްޕީއޭން ބުނީ މިހާތަނަށް ރެޕިޑް ޓެސްޓު ކިޓު ބޭނުން ކުރުމުގެ ހުއްދަ ދީފައިވަނީ އައިޖީއެމްއެޗަށް ކަމަށެވެ. އަދި އެއްވެސް ޕްރައިވެޓް ކްލިނިކަކަށްވެސް ރެޕިޑް ކިޓުން ޓެސްޓު ކުރުމުގެ ހުއްދަ ދީފައި ނުވާކަމަށެވެ. ނަމަވެސް ބައެއް ޕްރައިވެޓް ކްލިނިކްތަކުން މިހާރުވެސް އަންނަނީ ރެޕިޑް ޓެސްޓިންގ ކިޓް ބޭނުން ކުރަމުންނެވެ.

އެންޓިޖެން ރެޕިޑް ޓެސްޓު ކިޓަކީ ދުނިޔޭގެ ކުރިއަރާފައިވާ ގިނަ ގައުމުތަކެއްގައި މިހާރު ބޭނުން ކުރަމުން އަންނަ ކިޓެކެވެ. އެގޮތުން އިޓަލީ، ކްރޮއޭޝިޔާ، އޮސްޓްރިއާ، ޕޯޗުގަލް، ޕޮލެންޑް، ސްޕެރިން އަދި ޖާމަނީގެ އިތުރުން ބެލްޖިއަމްގައިވެސް މިހާރު އަންނަނީ މިކިޓު ބޭނުން ކުރަމުންނެވެ.

ރާއްޖޭގައި މިހާރު ކޮވިޑަށް ޓެސްޓު ކުރުމަށް ބޭނުންކުރާ ޕީސީއާރު ޓެސްޓާ އަޅާބަލާއިރު، މިކިޓަކީ 97 އިންސައްތަ ސީދާ ނަތީޖާ ނެރޭ ކިޓެއް ކަމަށް މި ކިޓު ރާއްޖޭގެ ބާޒާރަށް ނެރެފައިވާ އެމްވީ މޮޓޯސްއިން މައުލޫމާތުދެއެވެ.

މިކިޓު ބޭނުން ކުރުމަށްޓަކައި އެންމެ ފުރަތަމަ ޖެހޭނީ ތިނެއް ނުވަތަ ފަސް ފަހަރު ގަދަޔަށް ކެއްސާލާށެވެ. އެއަށްފަހު އޭގައި އޮންނަ ޓިއުބަށް ކުޅު ޖަހައި 'ބަފަ' އާއި އެއްކޮށްލުމަށްފަހު ކިޓަށް އޭގެން ދެތިކި ޖައްސާނީއެވެ.

މިޓެސްޓު ހެދުމަށްފަހު 15 މިނެޓު ތެރޭގައި ކިޓުން ދެރޮނގު ދައްކައިފި ނަމަ އޭގެ މާނައަކީ އެމީހާ ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ. ނަތީޖާ ނެގެޓިވްވެއްޖެ ނަމަ ކިޓުގައި އިންނަ 'ސީ' އަކުރާ ދިމާލުން ރޮނގެއް އަރާނެއެވެ. އަދި ނުބައިކޮށް ޓެސްޓު ހެދިއްޖެ ނަމަ ކިޓުގައި އިންނަ 'ޓީ' އަކުރާ ދިމާލުން ރޮނގެއް ފެންނާނެއެވެ.

ރެޕިޑް ޓެސްޓު ކިޓު ބޭނުންކޮށްގެން އާންމުން ހަދާ ޓެސްޓުތައް އެޗްޕީއޭން ގަބޫލުކުރާގޮތަށް ނިންމައިފިނަމަ ބޮޑު އަގުދީފައި ޕްރައިވެޓް ކްލިނިކްތަކުން ޕީސީއާރު ޓެސްޓު ހެދުމަށްދާ ޚަރަދު ސަލާމަތް ކުރެވޭނެއެވެ. ހަމައެހެންމެ ހިލޭ ސާމްޕަލް ނަގައިދޭ ތަންތަނުގައި ދިގު ކިއުތަކުގައި ޖެހިގެން ބޭކާރުވާ ވަގުތުވެސް ސަލާމަތް ކުރެވޭނެއެވެ. މި ކިޓު ބޭނުންކޮށްގެން އާންމުން ހަދާ ޓެސްޓުތައް އެޗްޕީއޭން ގަބޫލުކުރާގޮތަށް ނިންމައިފިނަމަ ކްލިނިކްތަކަށް ޕީސީއާރު ޓެސްޓު ހަދަންދާ މީހުންގެ އަދަދު ބޮޑުތަނުން މަދުވާނެއެވެ. މިއާއެކު ކްލިނިކްތަކުން ޕީސީއާރު ހަދައިދޭ އަގުތައްވެސް ތިރިވެގެންދާނެއެވެ.

އެޗްޕީއޭކޮވިޑް-19ސާމްޕަލް

ކޮމެންޓް

އިތުރަށް ކިޔާލަން

ކޮވިޑް-19ގެ ތެރޭގައި ބަލި ފެތުރުނު ނަމަވެސް މުޒާހަރާ ކުރާނަމޭ ބުނެ، މަގު މައްޗަށް ނުކުތީ މި ސަރުކާރުގެ ބޭފުޅުން: މެންބަރު އަމީން

ކޮވިޑް-19ގެ ތެރޭގައި ބަލި ފެތުރުނު ނަމަވެސް މުޒާހަރާ ކުރާނަމޭ ބުނެ، މަގު މައްޗަށް ނުކުތީ މި ސަރުކާރުގެ ބޭފުޅުން: މެންބަރު އަމީން

19 ނޮވެމްބަރު 2025
މުޅި ފުވައްމުލައް ފެނަށް ޖެހިއްޖެ!

މުޅި ފުވައްމުލައް ފެނަށް ޖެހިއްޖެ!

10 ނޮވެމްބަރު 2025
އޮކްޓޯބަރު 3 ގެ އެއްވުމުގެ ވާހަކައާއެކު އަނެއްކާވެސް ޝަންގްރިއްލާ ހުޅުވުމުގެ ވާހަކަ ސަރުކާރުން ދައްކައިފި

އޮކްޓޯބަރު 3 ގެ އެއްވުމުގެ ވާހަކައާއެކު އަނެއްކާވެސް ޝަންގްރިއްލާ ހުޅުވުމުގެ ވާހަކަ ސަރުކާރުން ދައްކައިފި

30 ސެޕްޓެމްބަރު 2025
އެމެރިކާގެ ވެކްސިން ޕެނަލުން މިހާރު ބޮޑެތި މީހުންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް ލަފާ ނުދޭ

އެމެރިކާގެ ވެކްސިން ޕެނަލުން މިހާރު ބޮޑެތި މީހުންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް ލަފާ ނުދޭ

21 ސެޕްޓެމްބަރު 2025
 ސަރުކާރުން ހަރަދުތައް ކުޑަކޮށް އެއްވެސް މާލީ ރިފޯމެއް ނުގެނޭ، ސިޔާސީ މަގާމުތަކުގެ އަދަދު 3000ށް ވުރެ އިތުރު - އަމީރު

ސަރުކާރުން ހަރަދުތައް ކުޑަކޮށް އެއްވެސް މާލީ ރިފޯމެއް ނުގެނޭ، ސިޔާސީ މަގާމުތަކުގެ އަދަދު 3000ށް ވުރެ އިތުރު - އަމީރު

11 ސެޕްޓެމްބަރު 2025

އަހަރުތަކުން މިއަދު

10 ޖޫން
ފީއަލީގައި އީދު ފާހަގަކުރުމަށް ނުކުތް ބައެއް މުވައްޒަފުން ވަޒީފާއިން ކަނޑާލާނެކަމުގެ އިންޒާރު ވަނީ ދީފައި: ކައުންސިލް
20251 އަހަރު ކުރިން
ރާއްޖެ

ފީއަލީގައި އީދު ފާހަގަކުރުމަށް ނުކުތް ބައެއް މުވައްޒަފުން ވަޒީފާއިން ކަނޑާލާނެކަމުގެ އިންޒާރު ވަނީ ދީފައި: ކައުންސިލް

ޔާމީންގެ މައްސަލަ ލިބިއްޖެ، ތާވަލުކުރާނެ ދުވަހެއް އަދި ނޭނގޭ
20242 އަހަރު ކުރިން
ރާއްޖެ

ޔާމީންގެ މައްސަލަ ލިބިއްޖެ، ތާވަލުކުރާނެ ދުވަހެއް އަދި ނޭނގޭ

ޗެމްޕިއަންސް ލީގަށް ފަހު ގާޑިއޯލާގެ އިންޒާރެއް ރެއާލަށް، "އަހަރަމެން އެބަ އަންނަން!"
20233 އަހަރު ކުރިން
ކުޅިވަރު

ޗެމްޕިއަންސް ލީގަށް ފަހު ގާޑިއޯލާގެ އިންޒާރެއް ރެއާލަށް، "އަހަރަމެން އެބަ އަންނަން!"

ޣަރަގުވިތާ 3 ގަރުނަށްވުރެ ގިނަ ދުވަސްވީ މަނަވަރެއްގެ ވާހަކަތައް ލޮނުގަނޑުން މައްޗަށް!
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ޣަރަގުވިތާ 3 ގަރުނަށްވުރެ ގިނަ ދުވަސްވީ މަނަވަރެއްގެ ވާހަކަތައް ލޮނުގަނޑުން މައްޗަށް!

އަލިފުށީ ދާއިރާގެ މެންބަރަށް "ބިގޭ" ކިޔުނީ ކީއްވެކަން އެނގޭތަ؟
20215 އަހަރު ކުރިން
ރާއްޖެ

އަލިފުށީ ދާއިރާގެ މެންބަރަށް "ބިގޭ" ކިޔުނީ ކީއްވެކަން އެނގޭތަ؟

ޑރ އަފްރާޝީމް އާއި ރިލްވާނުގެ މަައްސަލާގައި އަދީބާ ސުވާލުކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ޑރ އަފްރާޝީމް އާއި ރިލްވާނުގެ މަައްސަލާގައި އަދީބާ ސުވާލުކޮށްފި

މޭޖަރ މުހްސިން ސިފައިންގެ ވަޒީފާ އިން ވަކި ކޮށްފި!
20188 އަހަރު ކުރިން
ރާއްޖެ

މޭޖަރ މުހްސިން ސިފައިންގެ ވަޒީފާ އިން ވަކި ކޮށްފި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު