Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކަރަންޓީންގެ އުސޫލަށް ބަދަލު ގެނައުން

އެއްވެސް އަލާމާތެއް ނެތްނަމަ ކަރަންޓީނުގެ މުއްދަތު ހަތް ދުވަހަށް ކުރުކޮށްފި

13 ޖެނުއަރީ 2022 | ބުރާސްފަތި 06:23

ސިއްހީ ޚިދުމަތްދޭ ތަންތަނާއި، ސްކޫލުތަކުގެ މުވައްޒަފުން ވަޒީފާއަށް ނުކުތުމުގެ ކުރިން ޓެސްޓު ހަދަންޖެހޭ

އަމްނާ އިމާދު
އަމްނާ އިމާދު | 13 ޖެނުއަރީ 2022 | ބުރާސްފަތި 06:23
ކޮވިޑް އަށް ޓެސްޓު ކުރުމަށް ސާމްޕަލް ނަގަނީ

ކޮވިޑް އަށް ޓެސްޓު ކުރުމަށް ސާމްޕަލް ނަގަނީ

ކޮވިޑް19ށް ޕޮޒިޓިވްވާ މީހުން އެއްވެސް އަލާމާތެއް ނެތްނަމަ ކަރަންޓީނުގެ މުއްދަތު ހަތް ދުވަހަށް ކުރު ކުރުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ނިންމައިފިއެވެ.

ބުރާސްފަތި ދުވަހު އެޗްޕީއޭއިން ބުނީ އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުގެ 34 ވަނަ މާއްދާއަށް ރިއާޔަތްކޮށް، އެ ގާނޫނުގެ 12 ވަނަ މާއްދާގެ ނ ގެ 3 ވަނަ ނަންބަރުގެ ދަށުން، ވަކި ގޮތެއް އަންގަންދެން، ކޮވިޑް-19ށް ޕޮޒިޓިވްވާ މީހުންނާއި ޕޮޒިޓިވް މީހުންގެ ކޮންޓެކްޓުން އެކަހެރިކުރާ އަދި ކަރަންޓީނުކުރާ މުއްދަތަށް ބަދަލު ގެނައުމަށް ނިންމާފައިވާ ކަަމަށެވެ.

އެޗްޕީއޭއިން ބުނީ ބަލީގެ އެއްވެސް އަލާމާތެއް ނެތްނަމަ، އެމީހަކު ކަރަންޓީންގައި ހުންނަންޖެހޭނީ އެމީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވި ސާމްޕަލް ނަގާ ތާރީޚުން ފެށިގެން 7 ދުވަހުގެ މުއްދަތަށް ކަމަށާއި، 7 ދުވަހުގެ މުއްދަތު ހަމަވުމުން އެމީހަކު އެކަހެރިކުރެވިފައިވާ މުއްދަތު ނިމޭނެ ކަމަށެވެ. ބަލީގެ އަލާމާތެއް ހުރިނަމަ، އެކަހެރިކުރާ މުއްދަތު ނިމޭނީ އެއްވެސް އަލާމާތެއް ނެތި މަދުވެގެން 24 ގަޑިއިރު ވުމުން ކަމަށް އެޗްޕީއޭއިން ބުނެއެވެ.

ނަމަވެސް، ސާމްޕަލް ނަގާ ތާރީޚުން ފެށިގެން 7 ދުވަސް ފުރިހަމަވުމާއެކު މަސައްކަތަށް ނުކުންނަންޖެހޭ ސިއްހީ ޚިދުމަތްދޭ ތަންތަނާއި، މީހުން ބަލަހައްޓާ މަރުކަޒުތަކާއި ސްކޫލުތަކާއި ކިޔަވައިދޭ މަރުކަޒުތައްފަދަ ތަންތަނުގައި މަސައްކަތްކުރާ މުވައްޒަފުން ވަޒީފާއަށް ނުކުންނަންވާނީ އެންޓިޖެން ޓެސްޓު ހަދައި ނަތީޖާ ނެގެޓިވްވުމުން ކަމަށް އެޗްޕީއޭއިން ބުނެއެވެ. އަދި އެންޓިޖެން ޓެސްޓު ހަދާނީ މިނިސްޓްރީ އޮފް ހެލްތުން ކަނޑައަޅާފައިވާ ގައިޑްލައިނާ އެއްގޮތްވާގޮތުގެ މަތިން މިނިސްޓްރީ އޮފް ހެލްތުން އެންޓިޖެން ޓެސްޓު ހެދުމުގެ ހުއްދަ ދީފައިވާ ތަނަކުން ކަމަށް ބުނެފައިވެއެވެ.

މީގެ އިތުރުން އެޗްޕީއޭއިން ބުނީ ކޮވިޑް-19ގެ ވެކްސިންގެ ޑޯޒްތައް ފުރިހަމަ ވެފައިވާ ކޮވިޑް-19ށް ޕޮޒިޓިވް މީހުންގެ ކޮންޓެކްޓުން ކަރަންޓީނު ކުރެވޭނީ ޕޮޒިޓިވްވި މީހާއާ ކޮންޓެކްޓުވި ތާރީޚުން ފެށިގެން 10 ދުވަހުގެ މުއްދަތަށް ކަމަށާއި، މި 10 ދުވަސް ފުރިހަމަވުމުން، ބަލީގެ އަލާމާތެއް ނެތްނަމަ އިތުރު ޓެސްޓު ކުރުމަކާނުލައި ކަރަންޓީނުން ދޫކުރެވޭނެ ކަމަށެވެ. ނަމަވެސް އެ މީހަކު ކަރަންޓީނުވުމަށް އެޗްޕީއޭއިން އަންގާ ތާރީޚުން ފެށިގެން 5 ދުވަސް ފުރިހަމަވުމުން، ޕީސީއާރ ޓެސްޓު ހަދައި ނަތީޖާ ނެގެޓިވްނަމަ ކަރަންޓީނުން ދޫކުރެވޭނެ ކަމަށް އެޗްޕީއޭއިން ބުނެއެވެ. އަދި އެގޮތަށް އަމަލުކުރެވޭނީ ކޮވިޑު-19ށް ޕޮޒިޓިވްވާ މީހުންނާ މުޅިން ވަކިން ކަރަންޓީނުގައި ތިބޭނަމަ ކަމަށް އެޗްޕީއޭއިން ބުނެއެވެ.

އެޗްޕީއޭއިން ބުނީ ކޮވިޑް-19 ވެކްސިން ފުރިހަމަނުވާ ކޮވިޑް-19ށް ޕޮޒިޓިވް މީހުންގެ ކޮންޓެކްޓުން ކަރަންޓީނު ކުރެވޭ މުއްދަތަކީ ޕޮޒިޓިވް މީހާއާ ކޮންޓެކްޓުވި ތާރީޚުން ފެށިގެން 14 ދުވަސް ކަމަށާއި، ކަރަންޓީނުން ދޫކޮށްލެވޭނީ 14 ދުވަސް ފުރިހަމަވުމުން ޕީސީއާރ ޓެސްޓު ހަދާ ނަތީޖާނެގެޓިވް ވުމުން ކަމަށެވެ.

އެޗްޕީއޭއިން ބުނީ ކޮވިޑް-19ށް ޕޮޒިޓިވްވާ މީހުން އެކަހެރި ކުރާ މުއްދަތާއި ޕޮޒިޓިވް މީހުންގެ ކޮންޓެކްޓުން ކަރަންޓީނު ކުރާ މުއްދަތަށް ބަދަލު ގެނައުމުން މިހާރު އެކަހެރިކުރެވިފައިވާ އަދި ކަރަންޓީނުކުރެވިފައިވާ މީހުންގެ މުއްދަތުތައް ފުރިހަމަވެފައި އަދި ކަނޑައެޅިފައިވާގޮތުގެ މަތިން ޓެސްޓުގެ ނަތީޖާ ލިބިފައިވާނަމަ ކަރަންޓީން ނިމެނޭ ކަމަށެވެ.

ކޮވިޑް-19 ވެކްސިންގެ ޑޯޒްތައް ފުރިހަމަވެފައިވާ ކަމުގައި ބެލެވޭނީ ދިވެހި ރާއްޖޭގައި ބޭނުންކުރުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ހުއްދަދީފައިވާ ނުވަތަ ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއިން އިމަރޖެންސީ ޔޫސް ލިސްޓިންގ ގައި ހިމަނާފައިވާ ވެކްސިނެއްގެ ކަނޑައެޅިފައިވާ ޑޯޒްތައް ފުރިހަމަވެފައިވާނަމައެވެ.

އެޗްޕީއޭކޮވިޑް-19

އިތުރަށް ކިޔާލަން

13 ޑިސެމްބަރު 2025

މާލެ ސަރަހައްދު ވައި ނުސާފުވެ އޮރެންޖު އެލަރޓް ނެރެފި

13 ޑިސެމްބަރު 2025
މާލެ ސަރަހައްދު ވައި ނުސާފުވެ އޮރެންޖު އެލަރޓް ނެރެފި
19 ނޮވެމްބަރު 2025

ކޮވިޑް-19ގެ ތެރޭގައި ބަލި ފެތުރުނު ނަމަވެސް މުޒާހަރާ ކުރާނަމޭ ބުނެ، މަގު މައްޗަށް ނުކުތީ މި ސަރުކާރުގެ ބޭފުޅުން: މެންބަރު އަމީން

19 ނޮވެމްބަރު 2025
ކޮވިޑް-19ގެ ތެރޭގައި ބަލި ފެތުރުނު ނަމަވެސް މުޒާހަރާ ކުރާނަމޭ ބުނެ، މަގު މައްޗަށް ނުކުތީ މި ސަރުކާރުގެ ބޭފުޅުން: މެންބަރު އަމީން
10 ނޮވެމްބަރު 2025

މުޅި ފުވައްމުލައް ފެނަށް ޖެހިއްޖެ!

10 ނޮވެމްބަރު 2025
މުޅި ފުވައްމުލައް ފެނަށް ޖެހިއްޖެ!
30 ސެޕްޓެމްބަރު 2025

އޮކްޓޯބަރު 3 ގެ އެއްވުމުގެ ވާހަކައާއެކު އަނެއްކާވެސް ޝަންގްރިއްލާ ހުޅުވުމުގެ ވާހަކަ ސަރުކާރުން ދައްކައިފި

30 ސެޕްޓެމްބަރު 2025
އޮކްޓޯބަރު 3 ގެ އެއްވުމުގެ ވާހަކައާއެކު އަނެއްކާވެސް ޝަންގްރިއްލާ ހުޅުވުމުގެ ވާހަކަ ސަރުކާރުން ދައްކައިފި
21 ސެޕްޓެމްބަރު 2025

އެމެރިކާގެ ވެކްސިން ޕެނަލުން މިހާރު ބޮޑެތި މީހުންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް ލަފާ ނުދޭ

21 ސެޕްޓެމްބަރު 2025
އެމެރިކާގެ ވެކްސިން ޕެނަލުން މިހާރު ބޮޑެތި މީހުންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް ލަފާ ނުދޭ
11 ސެޕްޓެމްބަރު 2025

ސަރުކާރުން ހަރަދުތައް ކުޑަކޮށް އެއްވެސް މާލީ ރިފޯމެއް ނުގެނޭ، ސިޔާސީ މަގާމުތަކުގެ އަދަދު 3000ށް ވުރެ އިތުރު - އަމީރު

11 ސެޕްޓެމްބަރު 2025
 ސަރުކާރުން ހަރަދުތައް ކުޑަކޮށް އެއްވެސް މާލީ ރިފޯމެއް ނުގެނޭ، ސިޔާސީ މަގާމުތަކުގެ އަދަދު 3000ށް ވުރެ އިތުރު - އަމީރު
08 ސެޕްޓެމްބަރު 2025

ސަރުކާރުގެ 87 މެންބަރުންނާއި ވަޒީރުންނާއެކު މަޖިލިސް ކޮމިޓީއަށް ހާޒިރުކޮށްދޭން އަމީރު އެދިއްޖެ

08 ސެޕްޓެމްބަރު 2025
ސަރުކާރުގެ 87 މެންބަރުންނާއި ވަޒީރުންނާއެކު މަޖިލިސް ކޮމިޓީއަށް ހާޒިރުކޮށްދޭން އަމީރު އެދިއްޖެ
05 އޯގަސްޓު 2025

ކުރީގެ ފިނޭންސް މިނިސްޓަރު އަމީރު އިކޮނޮމިކް މިނިސްޓަރ ސަޢީދު އިސްތިއުފާ ދެއްވާފައި ގެއަށް ވަޑައިގަތުމަށް ގޮވާލައްވައިފި

05 އޯގަސްޓު 2025
ކުރީގެ ފިނޭންސް މިނިސްޓަރު އަމީރު އިކޮނޮމިކް މިނިސްޓަރ ސަޢީދު އިސްތިއުފާ ދެއްވާފައި ގެއަށް ވަޑައިގަތުމަށް ގޮވާލައްވައިފި
27 ޖޫން 2025

މި ސަރުކާރަށް ދަރަނި މެނޭޖްކުރަން ނޭނގޭ، އެނގޭނަމަ ޕްރޮޖެކްޓްތައް ނުހުއްޓި، އާސަންދަ ނުލިބި، ދަރިވަރުންގެ ލޯންތައް ނުލިބި ނުހުންނާނެ - ރައީސް ޞާލިހު

27 ޖޫން 2025
މި ސަރުކާރަށް ދަރަނި މެނޭޖްކުރަން ނޭނގޭ، އެނގޭނަމަ ޕްރޮޖެކްޓްތައް ނުހުއްޓި، އާސަންދަ ނުލިބި، ދަރިވަރުންގެ ލޯންތައް ނުލިބި ނުހުންނާނެ - ރައީސް ޞާލިހު
05 ޖޫން 2025

އަވަށްޓެރި ބައެއް ގައުމުތަކުގައި ޗިކުންގުންޔާ ފެތުރެމުންދާތީ، ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް އިލްތިމާސްކޮށްފި

05 ޖޫން 2025
އަވަށްޓެރި ބައެއް ގައުމުތަކުގައި ޗިކުންގުންޔާ ފެތުރެމުންދާތީ، ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް އިލްތިމާސްކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް