Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެނިހާނުގެ ކޮރަޕްޝަން މައްސަލަ

ނިހާނުގެ ކޮރަޕްޝަން މައްސަލަ: އަޑުއެހުން ކެންސަލް ވެއްޖެ

13 ޖެނުއަރީ 2022 | ބުރާސްފަތި 05:21

އެންމެ ފަހުން މި މައްސަލައިގެ އަޑުއެހުމެއް ބާއްވާފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހު

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް | 13 ޖެނުއަރީ 2022 | ބުރާސްފަތި 05:21
ވިލިލާމެ ދާއިރާގެ ކުރީގެ މެމްބަރު އަދި ޕީޕީއެމްގެ ކުރީގެ ޕީޖީ ލީޑަރު އަޙުމަދު ނިހާން ޙުސައިން މަނިކު

ވިލިލާމެ ދާއިރާގެ ކުރީގެ މެމްބަރު އަދި ޕީޕީއެމްގެ ކުރީގެ ޕީޖީ ލީޑަރު އަޙުމަދު ނިހާން ޙުސައިން މަނިކު

ވިލިމާލެ ދާއިރާގެ ކުރީގެ މެމްބަރު އަދި ޕީޕީއެމްގެ ކުރީގެ ޕީޖީ ލީޑަރު އަޙުމަދު ނިހާން ޙުސައިން މަނިކުގެ މައްޗަށް އުފުލާފައިވާ ކޮރަޕްޝަންގެ ދައުވާތަކާއި ގުޅޭ ގޮތުން ބުރާސްފަތި ދުވަހަށް ތާވަލްކުރި އަޑުއެހުން ކެންސަލް ވެއްޖެއެވެ.

ބުރާސްފަތި ދުވަހުގެ ހެނދުނު 9:00ށް ތާވަލްކުރި އަޑުއެހުން ކެންސަލްވި ސަބަބެއް ކްރިމިނަލް ކޯޓުން ހާމައެއް ނުކުރެއެވެ. ނިހާންގެ މައްޗަށް 6 ދައުވާއެއް އުފުލާފައިވެއެވެ. އެއީ ރިޝްވަތަށް އެދުމުގެ ދެ ދައުވާއަކާއި، ރިޝްވަތު ހިފުމުގެ ތިން ދައުވާއެއްގެ އިތުރުން މަނީ ލޯންޑާ ކުރި ކަމުގެ ދައުވާއެވެ. މި ދައުވާތައް ސާބިތުވެއްޖެ ނަމަ 36 އަހަރަށް ވުރެ ދިގު ޖަލު ހުކުމެއް ނިހާންގެ މައްޗަށް އަންނާނެއެވެ.

އެންމެ ފަހުން މި މައްސަލައިގެ އަޑުއެހުމެއް ބާއްވާފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުއެވެ. އެ އަޑުއެހުމުގައި އޮތީ ދެފަރާތުން ހެކި ހުށަހެޅުމެވެ. ނަމަވެސް ނިހާނުގެ ވަކީލު ވަނީ ހެކި ހާމަކޮށްދިނުމަށް އެދި ފޯމެއް ހުށައަޅާފައި ވާނެކަމަށާއި، ދިފާއު ބިނާ ކުރުމަށްޓަކައި ހެއްކާ ގުޅޭ މައުލޫމާތުތައް އެނގެން ޖެހޭނެކަމަށް ވިދާޅުވެފައެވެ. އަދި މައްސަލައިގެ ހެކިންގެ ގޮތުގައި ހުށައަޅާފައިވާ ސައިމަން ނަމަކަށް ކިޔާ މީހެއްގެ އެއްވެސް މައުލޫމާތެއް ފެންނަން ނެތްކަން ފާހަގަ ކުރައްވައި ވަކީލު ވިދާޅުވެފައިވަނީ، އެއީ ޚިޔާލީ މީހެއްތޯވެސް ސުވާލު އުފެދޭ ކަމަށެވެ. އަދި އެ މައުލޫމާތުތައް ނެތި ދިފާއަށްވެސް ހެކި ހާމަ ކުރުމުގެ މަރުޙަލާ ކުރިއަށް ގެންދިއުމަށް ދަަތިވާނެކަން ވަކީލު ފާހަގަ ކުރެއްވިއެވެ.

ދިފާއީ ވަކީލު ވަނީ ދައުލަތުގެ ވަކީލުން އޮންލައިންކޮށް ޝަރީއަތް ކުރިއަށްދާއިރު، އެހެން ވަކީލުންނާއި މަޝްވަރާކޮށް، އިރުޝާދު ހޯދާކަމަށް ތުހުމަތު ކުރައްވައި ކޯޓަށް ހާޒިރުވެގެން ޝަރީއަތް ކުރިއަށް ގެންދަން ބޭނުން ކަމަށް ވިދާޅުވެފައެވެ. އެހެންކަމުން ޝައްކުތައް އުފެދޭ ކަންކަމުން ދުރުވުން ބުއްދިވެރި ކަމަށް ވިދާޅުވެ ގާޒީ އަލީ އާދަމް ނިންމެވީ ދެފަރާތުން ހެކި ހުށަހެޅުން އޮންނާނީ ޝަރީއަތަށް ހާޒިރުވެގެން ކަމަށެވެ.

އެގޮތުން ޝަރީއަތަށް ހާޒިރުވެ ކުރިއަށް ދިޔަ އަޑުއެހުމުގައި ވަނީ ހެކި ހުށައަޅާފައެވެ. އަދި ދިފާއުން ހެކި ހާމަ ކުރުމަށް އެދިފައިވާތީ އެކަމާ ގުޅޭ ފޯމު ހުށައެޅުމަށް 10 ދުވަހުގެ މުއްދަތެއް ދިނުމަށްފަހު، ދައުލަތުން އެއަށް 10 ދުވަހުގެ ތެރޭގައި ލިއުމުން ޖަވާބު ދިނުމަށްވެސް ވަނީ އަންގާފައެވެ. ދެން މި މައްސަލައިގެ އަޑުއެހުމެއް އޮންނާނީ 28 ދުވަސް ފަހުން ކަމަށް ގާޒީ ވިދާޅުވިއެވެ.

ނިހާނަށް ލިބިފައިވާ މިފަދަ އެއްވެސް ފައިސާއެއް ލިބުނުކަން އޭނާ 2014 އިން ފެށިގެން 2019 އާ ދެމެދު ހުށަހަޅާފައިވާ މާލީ ބަޔާންތަކުގައި ހިމަނާފައި ނުވާކަން ޕީޖީ އޮފީހުން މީގެ ކުރިން ހާމަކޮށްފައިވެއެވެ. ދައުލަތުން ވަނީ ފައިސާގެ އިތުރުން ނިހާނުގެ ރޮލެކްސް ގަޑިވެސް ދައުލަތަށް ނަގައިދިނުމަށް އެދިފައެވެ.

ނިހާންކްރިމިނަލް ކޯޓް

އިތުރަށް ކިޔާލަން

16 ޑިސެމްބަރު 2025

ސިނގިރޭޓް ވައްކަންކުރި މައްސަލައިގައި 10 މީހެއްގެ މައްޗަށް ދައުވާ ކޮށްފި

16 ޑިސެމްބަރު 2025
ސިނގިރޭޓް ވައްކަންކުރި މައްސަލައިގައި 10 މީހެއްގެ މައްޗަށް ދައުވާ ކޮށްފި
13 ޑިސެމްބަރު 2025

މަސްވެރިންގެ ސުލްހަވެރި އިހްތިޖާޖުން ހައްޔަރު ކުރި ފަރާތްތަކުގެ ބަންދުގެ މުއްދަތު އިތުރުކުރީ ސަރުކާރުގެ ނުފޫޒުން: އެމްޑީޕީ

13 ޑިސެމްބަރު 2025
މަސްވެރިންގެ ސުލްހަވެރި އިހްތިޖާޖުން ހައްޔަރު ކުރި ފަރާތްތަކުގެ ބަންދުގެ މުއްދަތު އިތުރުކުރީ ސަރުކާރުގެ ނުފޫޒުން: އެމްޑީޕީ
12 ޑިސެމްބަރު 2025

މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި

12 ޑިސެމްބަރު 2025
މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި
12 ޑިސެމްބަރު 2025

މަސްވެރިކަމުގެ ވަޒީރު ޝިޔާމް އިސްތިއުފާ އަށް ގޮވާލައިފި

12 ޑިސެމްބަރު 2025
މަސްވެރިކަމުގެ ވަޒީރު ޝިޔާމް އިސްތިއުފާ އަށް ގޮވާލައިފި
12 ޑިސެމްބަރު 2025

ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި

12 ޑިސެމްބަރު 2025
ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި
11 ޑިސެމްބަރު 2025

ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

11 ޑިސެމްބަރު 2025
ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި
10 ޑިސެމްބަރު 2025

ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި

10 ޑިސެމްބަރު 2025
ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި
08 ޑިސެމްބަރު 2025

އާގިލް މަރާލި ކަމަށް ސާބިތުވެ ހަމްދޫން މަރަން ހުކުމް ކޮށްފި

08 ޑިސެމްބަރު 2025
އާގިލް މަރާލި ކަމަށް ސާބިތުވެ ހަމްދޫން މަރަން ހުކުމް ކޮށްފި
07 ޑިސެމްބަރު 2025

ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް

07 ޑިސެމްބަރު 2025
ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް
06 ޑިސެމްބަރު 2025

އެޕަރޓްމަންޓަކަށް ވަދެ، ތޫނު އެއްޗަކުން މީހަކަށް ހަމަލާ ދިން މައްސަލާގައި ހައްޔަރު ކުރި މީހާގެ ބަންދަށް ފަސް ދުވަސް

06 ޑިސެމްބަރު 2025
އެޕަރޓްމަންޓަކަށް ވަދެ، ތޫނު އެއްޗަކުން މީހަކަށް ހަމަލާ ދިން މައްސަލާގައި ހައްޔަރު ކުރި މީހާގެ ބަންދަށް ފަސް ދުވަސް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް