Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުރާއްޖޭގައި ކޮވިޑް-19ގެ ހާލަތު ގޯސްވުން

އަނެއްކާވެސް ކޮވިޑް-19ގެ އައު ރާޅެއް

12 ޖެނުއަރީ 2022 | ބުދަ 11:49

ރާއްޖެއިން އޮމިކްރޯން ވޭރިއެންޓްގެ ކޭސްތަކެއް ވަނީ ދެނެގަނެވިފައި

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް | 12 ޖެނުއަރީ 2022 | ބުދަ 11:49
ކޮވިޑް19 އަށް ޓެސްޓުކުރުމަށް ސާމްޕަލް ނަގައިގެންދަނީ

ކޮވިޑް19 އަށް ޓެސްޓުކުރުމަށް ސާމްޕަލް ނަގައިގެންދަނީ

ގިނަ ދުވަސްތަކަކަށްފަހު އަނެއްކާވެސް މުޅި ދުނިޔެއަށް މިވަނީ ނުރައްކާތެރި ސިގުނަލެއް ލިބިފައެވެ. ކޮވިޑް-19ގެ ހާލަތުގެ ތެރެއިން އެތައް ކަމެއް މުޅި ދުނިޔެއިން ވަނީ މިހާތަނަށް ތަހައްމަލްކޮށްފައެވެ. މީގެ ތެރޭގައި ނުރައްކާތެރި އެކި ވޭރިއެންޓްތަކާއި، ކޮވިޑްގެ އެކި ރާޅުތަކާ ކުރިމަތިލާންނުޖެހުނު ގައުމެއް މަދެވެ. އަނެއްކާވެސް މިވަނީ ހަމަ މިފަދަ ވޭރިއެންޓެއްގެ ބިރުވެރިކަމާއި ކޮވިޑްގެ އިތުރު ރާޅަކާ ކުރިމަތިލާންޖެހިފައެވެ.

މިވަގުތު ދުނިޔޭގެ ގިނަ ގައުމުތަކުގައި ފެތުރެމުންދާ އޮމިކްރޯން ވޭރިއެންޓަކީ ވަރަށް ބާރު މިނެއްގައި ފެތުރެމުންދާ ވޭރިއަންޓެކެވެ. މި ވޭރިއެންޓް މިހާރު ވަނީ މި ކުޑަ ކުޑަ ރާއްޖެއިންވެސް ފެނިފައެވެ. އަދި މި ވޭރިއެންޓް ފެނިފައި މާ ގިނަ ދުވަސްތަކެއް ނުވެ ރާއްޖެއިން ފެންނަ ކޮވިޑްގެ ކޭސްތައް މިވަނީ އިންތިހާއަށް މައްޗަށް ދާން ފަށާފައެވެ. މިއޮތީ ކޮވިޑް-19ގެ އިތުރު ރާޅެކެވެ.

ރާއްޖެެއިން ފެންނަ ކޮވިޑްގެ ކޭސްތައް އިތުރުވަމުންދާކަން ފާހަގަކުރެވުނީ މިމަހުގެ 3 ވަނަ ދުވަހުން ފެށިގެންނެވެ. އެ ދުވަހު މުޅި ރާއްޖެއިން 242 ކޭސް ފެނިފައިވެއެވެ. ޖެނުއަރީ 4 ވަނަ ދުވަހު 228 ކޭސް ފެނިފައިވާއިރު، 5 ވަނަ ދުވަހު 224 ކޭސް ފެނިފައިވެއެވެ. 6 ވަނަ ދުވަހު ފެނުނު ކޭސްތަކުގެ އަދަދު 304 އަށް އަރާފައިވާއިރު، މިމަހުގެ 7 ވަނަ ދުވަހު 281 ކޭސް، 8 ވަނަ ދުވަހު 337 ކޭސް، 9 ވަނަ ދުވަހު 384 ކޭސް، 10 ވަނަ ދުވަހު 454 ކޭސް އަދި 11 ވަނަ ދުވަހު 593 ކޭސް ވަނީ ފެނިފައެވެ. މި ހުރިހާ ދުވަހަކުވެސް އެންމެ ގިނަ ކޭސް ރިޕޯޓުކޮށްފައިވަނީ މާލެ ސަރަހައްދުންނެވެ.

ރާއްޖެއިން ފެންނަ ކޮވިޑް ކޭސްތަކުގެ އަދަދު އިތުރުވަމުންދަނީ އޮމިކްރޯން ވޭރިއެންޓާ ހުރެ ކަމެއް ނުވަތަ ކޮވިޑްގެ އިތުރު ރާޅަކާހުރެކަމެއް ބުނަން ސިއްހީ މާހިރުންނަށްވެސް ވަނީ ދަތިވެފައެވެ. އެހެންނަމަވެސް ރާއްޖޭގައި އޮމިކްރޯން ވޭރިއެންޓުގެ ކޮމިއުނިޓި ސްޕްރެޑެއް އެބައޮތްކަން ކަށަވަރު ކުރެވިފައިވާކަމަށް އެޗްޕީއޭގެ މެޑިކަލް އޮފިސަރ ޑރ. ފާތިމަތު ނަޒްލާ ރަފީގު ވަނީ ވިދާޅުވެފައެވެ. އަދި މިހާތަނަށް ރާއްޖެއިން އޮމިކްރޯން ވޭރިއެންޓުގެ 26 ކޭސް ދެނެގަނެވިފައިވާކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.

މިވަގުތު އޮމިކްރޯން ވޭރިއެންޓް ފެތުރެމުންދާ ގިނަ ގައުމުތަކުގެ ހާލަތަށް ބަލާއިރު، ކޮންމެ ގައުމުން ފެންނަ ކޮވިޑްގެ ކޭސްތައް ދަނީ އިންތިހާއަށް އިތުރުވަމުންނެވެ. އާބާދީ ބޮޑު ގައުމުތަކުގެ ތެރެއިން އިންޑިއާ، ޔޫއެސްއޭ ފަދަ ގައުމުތަކުން ދުވާލަކު އެއް ލައްކައިން މަތިން ކޮވިޑް ކޭސްތައް ދަނީ ރިޕޯޓުކުރަމުންނެވެ. އަދި މިއާއެކު ގައުމުތަކުން ވަނީ ހަރުކަށި ފިޔަވަޅުތައް އަަޅާފައެވެ. ރާއްޖެއިންވެސް މިފަދަ ބައެއް ފިޔަވަޅުތައް ވަނީ އަޅާފައެވެ. މިގޮތުން އަތޮޅުތެރެއަށް ދަތުރުކުރުމުގެ ކުރިން ސާމްޕަލް ނަގައި ކޮވިޑަށް ޓެސްޓުކުރަންޖެހުމާއި، އެއްވުންތައް ބޭއްވުން ހުއްޓާލަން އެންގުމާއި، އަދިވެސް މިނޫން ބައެއް ފިޔަވަޅުތައް ހިމެނެއެވެ.

މިހާހިސާބުންވެސް އެނގެނީ ރާއްޖޭގައި ކޮވިޑް ފެތުރިފައި އޮތް މިންވަރެވެ. މިކަމުން ރައްކާތެރިވާން މަސައްކަތްކުރަން ޖެހިފައިވާ މިންވަރެވެ. ރާއްޖޭގައި ދިރިއުޅޭ އެންމެން މިކަމަށް އިތުރަށް ސަމާލުވާން މިވަނީ ޖެހިފައެވެ. ދުނިޔޭގެ އެކި ގައުމުތަކަށް ލިބެމުންދާ ނުރައްކާތެރި ސިގްނަލް ރާއްޖެއަށްވެސް މިވަނީ ލިބިފައެވެ.

ކޮވިޑް-19އެޗްޕީއޭ

އިތުރަށް ކިޔާލަން

19 ނޮވެމްބަރު 2025

ކޮވިޑް-19ގެ ތެރޭގައި ބަލި ފެތުރުނު ނަމަވެސް މުޒާހަރާ ކުރާނަމޭ ބުނެ، މަގު މައްޗަށް ނުކުތީ މި ސަރުކާރުގެ ބޭފުޅުން: މެންބަރު އަމީން

19 ނޮވެމްބަރު 2025
ކޮވިޑް-19ގެ ތެރޭގައި ބަލި ފެތުރުނު ނަމަވެސް މުޒާހަރާ ކުރާނަމޭ ބުނެ، މަގު މައްޗަށް ނުކުތީ މި ސަރުކާރުގެ ބޭފުޅުން: މެންބަރު އަމީން
10 ނޮވެމްބަރު 2025

މުޅި ފުވައްމުލައް ފެނަށް ޖެހިއްޖެ!

10 ނޮވެމްބަރު 2025
މުޅި ފުވައްމުލައް ފެނަށް ޖެހިއްޖެ!
30 ސެޕްޓެމްބަރު 2025

އޮކްޓޯބަރު 3 ގެ އެއްވުމުގެ ވާހަކައާއެކު އަނެއްކާވެސް ޝަންގްރިއްލާ ހުޅުވުމުގެ ވާހަކަ ސަރުކާރުން ދައްކައިފި

30 ސެޕްޓެމްބަރު 2025
އޮކްޓޯބަރު 3 ގެ އެއްވުމުގެ ވާހަކައާއެކު އަނެއްކާވެސް ޝަންގްރިއްލާ ހުޅުވުމުގެ ވާހަކަ ސަރުކާރުން ދައްކައިފި
21 ސެޕްޓެމްބަރު 2025

އެމެރިކާގެ ވެކްސިން ޕެނަލުން މިހާރު ބޮޑެތި މީހުންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް ލަފާ ނުދޭ

21 ސެޕްޓެމްބަރު 2025
އެމެރިކާގެ ވެކްސިން ޕެނަލުން މިހާރު ބޮޑެތި މީހުންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް ލަފާ ނުދޭ
11 ސެޕްޓެމްބަރު 2025

ސަރުކާރުން ހަރަދުތައް ކުޑަކޮށް އެއްވެސް މާލީ ރިފޯމެއް ނުގެނޭ، ސިޔާސީ މަގާމުތަކުގެ އަދަދު 3000ށް ވުރެ އިތުރު - އަމީރު

11 ސެޕްޓެމްބަރު 2025
 ސަރުކާރުން ހަރަދުތައް ކުޑަކޮށް އެއްވެސް މާލީ ރިފޯމެއް ނުގެނޭ، ސިޔާސީ މަގާމުތަކުގެ އަދަދު 3000ށް ވުރެ އިތުރު - އަމީރު
08 ސެޕްޓެމްބަރު 2025

ސަރުކާރުގެ 87 މެންބަރުންނާއި ވަޒީރުންނާއެކު މަޖިލިސް ކޮމިޓީއަށް ހާޒިރުކޮށްދޭން އަމީރު އެދިއްޖެ

08 ސެޕްޓެމްބަރު 2025
ސަރުކާރުގެ 87 މެންބަރުންނާއި ވަޒީރުންނާއެކު މަޖިލިސް ކޮމިޓީއަށް ހާޒިރުކޮށްދޭން އަމީރު އެދިއްޖެ
05 އޯގަސްޓު 2025

ކުރީގެ ފިނޭންސް މިނިސްޓަރު އަމީރު އިކޮނޮމިކް މިނިސްޓަރ ސަޢީދު އިސްތިއުފާ ދެއްވާފައި ގެއަށް ވަޑައިގަތުމަށް ގޮވާލައްވައިފި

05 އޯގަސްޓު 2025
ކުރީގެ ފިނޭންސް މިނިސްޓަރު އަމީރު އިކޮނޮމިކް މިނިސްޓަރ ސަޢީދު އިސްތިއުފާ ދެއްވާފައި ގެއަށް ވަޑައިގަތުމަށް ގޮވާލައްވައިފި
27 ޖޫން 2025

މި ސަރުކާރަށް ދަރަނި މެނޭޖްކުރަން ނޭނގޭ، އެނގޭނަމަ ޕްރޮޖެކްޓްތައް ނުހުއްޓި، އާސަންދަ ނުލިބި، ދަރިވަރުންގެ ލޯންތައް ނުލިބި ނުހުންނާނެ - ރައީސް ޞާލިހު

27 ޖޫން 2025
މި ސަރުކާރަށް ދަރަނި މެނޭޖްކުރަން ނޭނގޭ، އެނގޭނަމަ ޕްރޮޖެކްޓްތައް ނުހުއްޓި، އާސަންދަ ނުލިބި، ދަރިވަރުންގެ ލޯންތައް ނުލިބި ނުހުންނާނެ - ރައީސް ޞާލިހު
05 ޖޫން 2025

އަވަށްޓެރި ބައެއް ގައުމުތަކުގައި ޗިކުންގުންޔާ ފެތުރެމުންދާތީ، ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް އިލްތިމާސްކޮށްފި

05 ޖޫން 2025
އަވަށްޓެރި ބައެއް ގައުމުތަކުގައި ޗިކުންގުންޔާ ފެތުރެމުންދާތީ، ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް އިލްތިމާސްކޮށްފި
16 ޑިސެމްބަރު 2024

މިދިޔަ މަހު ޑެންގީހުން ޖެހިގެން ރިޕޯޓުކޮށްފައިވާ މިންވަރު އިތުރު: އެޗްޕީއޭ

16 ޑިސެމްބަރު 2024
މިދިޔަ މަހު ޑެންގީހުން ޖެހިގެން ރިޕޯޓުކޮށްފައިވާ މިންވަރު އިތުރު: އެޗްޕީއޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް