Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޑްރައިވިންގ ލައިސަންސާ ބެހޭ ގަވާއިދު

ދެން ސައިކަލް ލައިސަންސަށް އެދި ހުށަހެޅޭނީ 40 ގަޑިއިރު ދުއްވުމަށްފަހު

އުޅަނދު ދުއްވަން ދަސްކުރަންވާނީ މީލާދީގޮތުން 16 އަހަރު ފުރިފައިވާ މީހުން

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 11 ޖެނުއަރީ 2022 | އަންގާރަ 14:19
މާލޭގެ މަގުމަތީގައި މީހުން ހަރަކާތްތެރިވަނީ

މާލޭގެ މަގުމަތީގައި މީހުން ހަރަކާތްތެރިވަނީ

އެއްގަމު އުޅަނދު ދުއްވަން ދަސްކުރުމަށް، ޑްރައިވިންގ ސްކޫލެއްގައި ވަކި މުއްދަތެއް ވަންދެން އުޅަނދު ދުއްވުމުގެ އަމަލީ ތަމްރީނު ފުރިހަމަކުރުމަށްފަހު ލައިސަންސް ހޯދުމަށް އެދި ހުށަހަޅާގޮތަށް ގަވާއިދު އެކުލަވާލައި ގެޒެޓްކޮށްފިއެވެ.

ޑްރައިވިންގ ސްކޫލް ހިންގުމާއި ޑްރައިވިންގ އިންސްޓްރަކްޓަރުންގެ ގޮތުގައި ހަރަކާތްތެރިވުމުގެ ގަވާއިދުގައި ވަނީ އެކި ގިންތީގެ އުޅަނދުތަކަށް ވަކި މުއްދަތުތަކެއް ކަނޑައަޅާފައެވެ. އެގޮތުން އެންމެ ގިނަ ގަޑިއިރު ކަނޑައަޅާފައިވަނީ ސައިކަލަށެވެ. އެއީ 40 ގަޑިއިރެވެ. ގަވާއިދުގައި ބުނެފައިވަނީ މިމުއްދަތަށް ދުއްވަން ދަސްކުރާ ފަރާތުން އުޅަނދު ދުއްވިކަމުގެ ރިކޯޑާއި ޓްރެއިނިންގ ލޮގު ޑްރައިވިންގ ސްކޫލުން ނުވަތަ ޑްރައިވިންގ އިންސްޓްރަކްޓަރ ބަލަހައްޓަންވާނެކަމަށެވެ.

Advertisement - newsAdvertisement

އަދި ރިކޯޑާއި ޓްރެއިނިންގ ލޮގުގައި، ޑްރައިވިންގ ސްކޫލުން ނުވަތަ ޑްރައިވިންގ އިންސްޓްރަކްޓަރ ސޮއިކޮށްފައި، އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސަށް އެދި ހުށަހަޅާއިރު، އެ ލޮގު ހުށަހަޅަންވާނެކަމަށްވެސް ގަވާއިދުގައި ބުނެފައިވެއެވެ. މީގެއިތުރުން ގަވާއިދުގައި ބުނެފައިވަނީ ދިވެހިރާއްޖޭގައި އެއްގަމު އުޅަނދެއް ދުއްވަން ދަސްކުރަންވާނީ، މި ގަވާއިދުގެ ދަށުން ޑްރައިވިންގ ސްކޫލް ހިންގުމުގެ ލައިސަންސް ލިބިފައިވާ ޑްރައިވިންގ ސްކޫލަކުން ނުވަތަ މި ގަވާއިދުގެ ދަށުން ލައިސަންސް ލިބިފައިވާ ޑްރައިވިންގ އިންސްޓްރަކްޓަރެއްގެ ބެލުމުގެ ދަށުން ކަމަށެވެ.

އެއްގަމު އުޅަނދު ދުއްވަން ދަސްކުރަންވާނީ މީލާދީގޮތުން 16 އަހަރު ފުރިފައިވާ މީހުންކަމަށްވެސް ގަވާއިދުގައި ބުނެފައިވެއެވެ. އަދި އެއްގަމު އުޅަނދު ދުއްވަން ދަސްކުރަންވާނީ، އުޅަނދުގެ ކުރިއާއި ފަހަތުގައި “L “ބޯޑު ހަރުކޮށްގެންނެވެ.“L “ބޯޑުޖަހައިގެން ދުއްވަމުންދާ އުޅަނދުތަކަށް، މަގުގައި ދުއްވާ އެހެން އުޅަނދުތަކުން ތަން ދޭންވާނެއެވެ. އަދި އެފަދަ އުޅަނދަކަށް އުނދަގޫވާގޮތަށް ދުއްވުމަކީ މަނާކަމެއްކަމަށްވެސް ގަވާއިދުގައި ބުނެއެވެ.

އެއްގަމު އުޅަނދު ދުއްވަން ދަސްކުރަން މަގުމަތީގައި ދުއްވާ ދުއްވުން ފިޔަވައި، ދަސްކުރުމަށް ޓަކައި އެކަމަށް ޚާއްޞަކޮށްފައިވާ ސަރަޙައްދެއްގައި ޑްރައިވިންގ އިންސްޓްރަކުޓަރުގެ ހާޒިރުގައި “L “ބޯޑު ޖަހައިގެން ފަރިތަކުރުމުގެ ގޮތުން އެކަނި ދުއްވިދާނެއެވެ. އަދި މިގޮތަށް ޚާއްޞަކޮށްފައިވާ ސަރަޙައްދުތަކުގައި ވެސް “L “ބޯޑު ނުޖަހައި ދުއްވުމަކީ މަނާކަމެވެ. މިފަދަ ސަރަޙައްދުތައް ކަނޑައަޅާނީ، ޓްރާންސްޕޯޓް މިނިސްޓްރީން ނުވަތަ މިނިސްޓްރީން ކަނޑައަޅާ ފަރާތަކުން ކަމަށް ގަވާއިދުގައި ވަނީ ބުނެފައެވެ.

ދުއްވަން ދަސްކޮށްދޭ ވަގުތުގައި ޑްރައިވިންގ އިންސްޓްރަކްޓަރުން ވެސްޓެއް ލާންވާނެއެވެ. އަދި މިނިސްޓްރީން ނުވަތަ މިނިސްޓްރީން ކަނޑައަޅާ ފަރާތަކުން ދޫކޮށްފައިވާ ހުއްދަ ފެންނަން އޮންނަންވާނެކަމަށް ގަވާއިދު ބުނެއެވެ. އެއްގަމު އުޅަނދު ދުއްވަން ދަސްކޮށްދިނުމަށް ޑްރައިވިންގ ސްކޫލަކުން ނުވަތަ ޑްރައިވިންގ އިންސްޓްރަކްޓަރުންނަށް އެންމެ ގިނަވެގެން ނެގޭނެ ފީވެސް ގަވާއިދުގައި ވަނީ ބަޔާންކޮށްފައެވެ.

މިގަވާއިދުގައި ޑްރައިވިންގ ސްކޫލާއި ޑްރައިވިންގ އިންސްޓްރަކްޓަރުންނާ ގުޅޭގޮތުންވެސް ވަނީ ވަކި ޝަރުތުތަކެއް ކަނޑައަޅާފައެވެ. އެގޮތުން ޑްރައިވިންގ ސްކޫލުގެ ނަމުގައި ރަޖިސްޓަރީކޮށްފައިވާ ނުވަތަ ޑްރައިވިންގ ސްކޫލުން ދިގު މުއްދަތަށް ކުއްޔަށް ހިފައިފައިވާ، އެ ޑްރައިވިންގ ސްކޫލަކުން ދުއްވަން ދަސްކޮށްދޭ ކޮންމެ ބާވަތެއްގެ އެއް އުޅަނދު އޮންނަންޖެހޭނެއެވެ. އަދި ޑްރައިވިންގ ސްކޫލުން ދުއްވަން ދަސްކޮށްދޭ ކޮންމެ ބާވަތެއްގެ އުޅަނދަކަށް މަދުވެގެން އެއް ޑްރައިވިންގ އިންސްޓްރަކްޓަރަކު ހުންނަންޖެހޭނެއެވެ. ޑްރައިވިންގ ސްކޫލް ހިންގުމަށް ލައިސަންސްދޭ މުއްދަތަކީ 5 އަހަރު ދުވަހެވެ.

ޑްރައިވިންގ އިންސްޓްރަކްޝަނުންނަށް ބަލާއިރު ޑްރައިވިންގ އިންސްޓަރަކްޓަރަކަށް ވެވޭނީ އުމުރުން 18 އަހަރާއި 60 އަހަރާ ދެމެދުގެ މީހަކަށެވެ. އަދި ދުއްވަން ދަސްކޮށްދޭ ގިންތީގެ އުޅަނދު ދުއްވުމުގެ ލައިސަންސް ލިބި ދުއްވުމުގައި މަދުވެގެން 3 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވާންވާނެއެވެ. ޑްރައިވިންގ އިންސްޓަރކްޓަރަކަށް ދޫކުރާ ލައިސަންސްގެ މުއްދަތަކީ 3 އަހަރު ދުވަހެވެ.

މިނިސްޓްރީން ނުވަތަ މިނިސްޓްރީން ކަނޑައަޅާ ފަރާތަކުން ޑްރައިވިންގ އިންސްޓްރަކްޓަރުންނަށް އަމާޒުކޮށްގެން ހިންގާ ތަމްރީނު ޕްރޮގްރާމެއް ކޮންމެ ޑްރައިވިންގ އިންސްޓްރަކްޓަރަކު ފުރިހަމަކުރަންޖެހޭނެއެވެ. ޑްރައިވިންގ އިންސްޓަރަކްޓަރަކަށް ވުމުގެ ޝަރުތުތަކުގެ ތެރޭގައި، އެއްގަމު ދަތުރުފަތުރުގެ ގާނޫނާއި އެގާނޫނުގެ ދަށުން ހަދާފައިވާ ގަވާއިދަކާ ޚިލާފުވެގެން ފާއިތުވި 5 އަހަރު ދުވަހުގެ ތެރޭގައި ލައިސަންސް ހިފަހައްޓާފައި އޮވެގެންވެސް ނުވާނެއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީ

އިތުރަށް ކިޔާލަން

14 ޑިސެމްބަރު 2025

މާލެ ސަރަހައްދުގެ ބަނދަރުތައް އެޗްޑީސީ އާއި ޓްރާންސްޕޯޓް މިނިސްޓްރީން ބަލަހައްޓަނީ ޤާނޫނާއި ޚިލާފަށް: މޭޔަރ އާޒިމް

14 ޑިސެމްބަރު 2025
މާލެ ސަރަހައްދުގެ ބަނދަރުތައް އެޗްޑީސީ އާއި ޓްރާންސްޕޯޓް މިނިސްޓްރީން ބަލަހައްޓަނީ ޤާނޫނާއި ޚިލާފަށް: މޭޔަރ އާޒިމް
07 ޑިސެމްބަރު 2025

2024 ވަނަ އަހަރުގެ ފަހު ކޮޅު ފަށާނެކަމަށް ބުނި، ހުޅުމާލެ ޕާކިން އިމާރާތްތަކުގެ އަމަލީ މަސައްކަތް 4 މަސް ތެރޭ ފެށޭނެ: މިނިސްޓަރ އަމީން

07 ޑިސެމްބަރު 2025
2024 ވަނަ އަހަރުގެ ފަހު ކޮޅު ފަށާނެކަމަށް ބުނި، ހުޅުމާލެ ޕާކިން އިމާރާތްތަކުގެ އަމަލީ މަސައްކަތް 4 މަސް ތެރޭ ފެށޭނެ: މިނިސްޓަރ އަމީން
06 ޑިސެމްބަރު 2025

ހުޅުމާލޭން ގިނަ އަދަދެއްގެ ވެހިކަލް ޓޯކޮށްގެން ތިލަފުއްޓަށް ގެންދަނީ، ވެހިކަލް ތަކުގެ ވެރިން ބުނަނީ، މިއީ ސަރުކާރުން ދޭ ބޮޑު އަނިޔާ އެއް ކަމަށް!

06 ޑިސެމްބަރު 2025
ހުޅުމާލޭން ގިނަ އަދަދެއްގެ ވެހިކަލް ޓޯކޮށްގެން ތިލަފުއްޓަށް ގެންދަނީ، ވެހިކަލް ތަކުގެ ވެރިން ބުނަނީ، މިއީ ސަރުކާރުން ދޭ ބޮޑު އަނިޔާ އެއް ކަމަށް!
27 ނޮވެމްބަރު 2025

އެހެނިހެން ޤާނޫނާއި ޚިލާފުވެގެން، ލައިސަންސް ބާތިލްކުރުމަކީ ކަންބޮޑުވުމެއް : ނާޒިލް

27 ނޮވެމްބަރު 2025
އެހެނިހެން ޤާނޫނާއި ޚިލާފުވެގެން، ލައިސަންސް ބާތިލްކުރުމަކީ ކަންބޮޑުވުމެއް : ނާޒިލް
07 ނޮވެމްބަރު 2025

ކޮޅުވެއްޓި އާ ބާޖުތައް އޮޕަރޭޓް ކުރަނީ އެކަމަށް ބޭނުންވާ ސެޓްފިކެޓްތައް ނެތް ކެޕްޓަނުން: ޓްރާންސްޕޯޓް މިނިސްޓްރީ

07 ނޮވެމްބަރު 2025
ކޮޅުވެއްޓި އާ ބާޖުތައް އޮޕަރޭޓް ކުރަނީ އެކަމަށް ބޭނުންވާ ސެޓްފިކެޓްތައް ނެތް ކެޕްޓަނުން: ޓްރާންސްޕޯޓް މިނިސްޓްރީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު