Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކޮވިޑް-19އަށް ޓެސްޓުކުރަން ސާމްޕަލް ނެގުން

ދެ ސެންޓަރަކުން ސާމްޕަލް ނެގުން ކުރިއަށް: އަދިވެސް ސާމްޕަލް ނަގަން ދާ މީހުން ގިނަ

11 ޖެނުއަރީ 2022 | އަންގާރަ 09:17

މިހާރު ސާމްޕަލް ނަގައިދެނީ ތާޖުއްދީން ސްކޫލުންނާއި އެފްއޭއެމް އިމާރާތުން

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް | 11 ޖެނުއަރީ 2022 | އަންގާރަ 09:17
ތާޖުއްދީ ސްކޫލް ހޯލްތެރެ ފުރާލާފައި

ތާޖުއްދީ ސްކޫލް ހޯލްތެރެ ފުރާލާފައި

ކޮވިޑް-19 އާ ގުޅިގެން އެޗްޕީއޭއިން އަޅަމުންދާ ފިޔަވަޅުތައް ވަރުގަދަކުރަމުންދާއިރު، އަންގާރަ ދުވަހުވެސް އަތޮޅުތެރެއަށް ދިއުމަށް ސާމްޕަލް ނެގުމަށް ގިނަ ބަޔަކު ކިއު ހަދައިފިއެވެ.

މީގެ ކުރިން ސާމްޕަލް ނަގައިދެމުންދިޔައީ ހަމައެކަނި ސޯޝަލް ސެންޓަރުންނެވެ. އެހެންނަމަވެސް ހަރުކަށިކުރި ފިޔަވަޅުތަކާއެކު އަތޮޅުތެރެއަށް ދަތުރުކުރުމަށް ސާމްޕަލް ނަގާ މީހުންގެ އަދަދު ވަނީ އިތުރުވެފައެވެ. އަދި ސޯޝަލް ސެންޓަރަށް ބާރުބޮޑުވުމުގެ ސަބަބުން މިހާރު ވަނީ އެ ސެންޓަރުން ކުރިއަށްގެންދިޔަ ސާމްޕަލް ނެގުމުގެ މަސައްކަތް ތާޖުއްދީން ސްކޫލްގެ ހޯލަށް ބަދަލުކޮށްފައެވެ. އަދި އެފްއޭއެމް ކުރިން ހިންގި އިމާރާތުގައި އިތުރު ސާމްޕަލް ސެންޓަރެއް ވަނީ ހުޅުވާފައެވެ.

ދެ ސެންޓަރަކުން ސާމްޕަލް ނެގުމުގެ މަސައްކަތްކުރަމުންދިޔަ ނަމަވެސް ސާމްޕަލް ނެގުމަށް ތާޖުއްދީން ސްކޫލަށް ގޮސްތިބި މީހުންގެ އަދަދު އަދިވެސް ގިނައެވެ. ސޯޝަލް ސެންޓަރުގައި ސާމްޕަލް ނެގުމުގެ މަސައްކަތް ކުރިއަށްގެންދިޔައިރު ހިރިޔާ ސްކޫލާ ހަމައަށް ކިއޫ ދަމާލާފައި އޮވެއެވެ. އެހެންނަމަވެސް ތާޖުއްދީން ސްކޫލަށް ސާމްޕަލް ނެގުން ބަދަލުކުރުމުން އެތަނުގެ އެތެރޭގައި ގިނަ ބަޔަކަށް ތިބެވޭނެ އިންތިޒާމު ހުރީ ހަމަޖައްސާފައެވެ. އަދި މާ ގިނައިރު ބޭރުގައި ކިއޫގައި ތިބޭކަށް ނުޖެހެއެވެ.

ތާޖުއްދީން ސްކޫލްގައި ސާމްޕަލް ނެގުމުގެ މަސައްކަތުގައި ހަރަކާތްތެރިވަމުންދަނީ 6 މީހުންނެވެ. އެހެންނަމަވެސް ސާމްޕަލް ނެގުމަށްގޮސް ތިބެންޖެހޭ ވަގުތަކަށް ބަދަލެއް ނާދެއެވެ. ތާޖުއްދީން ސްކޫލުން ރާއްޖެއެމްވީއާ ވާހަކަ ދެއްކި މީހަކު ބުނީ އޭނާ އެތަނުގައި ސާމްޕަލް ނަގަން ގޮސް އިންނަތާ 3 ގަޑިއިރު ވެފައިވާކަމަށެވެ.

ތާޖުއްދީން ސްކޫލުން ސާމްޕަލް ނަގައިދެމުންދަނީ ހޮނިހިރު ދުވަހުން ބުދަ ދުވަހަށް ކޮންމެ ދުވަހަކު 09:00ން 12:00 އަށެވެ. އަދި މެންދުރުފަހު 15:00ން އިރޮއޮއްސި 18:00 އަށެވެ. ބުރާސްފަތި ދުވަހު ސާމްޕަލް ނަގަނީ 09:00ން 12:00 އަށެވެ. އަދި ހުކުރު ދުވަހު ސާމްޕަލް ނަގަނީ 15:00ން 18:00 އަށެވެ.

ތާޖުއްދީން ސްކޫލްގެ އިތުރުން ދެން މިވަގުތު ސާމްޕަލް ނަގަމުންދަނީ އެފްއޭއެމް ކުރިން ހިންގި އިމާރާތުގައެވެ. މި އިމާރާތުގެ އެންމެ ތިރިން ސާމަޕަލް ނަގައިދެމުންދާއިރު އެ އިމާރާތުގައި ސާމްޕަލް ނެގުމުގެ މަސައްކަތް ކުރަމުންދަނީ ޖާގަ ކުޑަ ތަންކޮޅެއްގައެވެ. އެހެންކަމުން އެތަނުގެ އެތެެރޭގައި ތިބެވެނީ މަދު ބަޔަކަށެވެ. އަދި ގިނަ ބަޔަކު އެ އިމާރާތުގެ ބޭރުގައި ކިއޫ ހަދައިގެން ތިބެން ޖެހެއެވެ. އެހެންނަމަވެސް ތާޖުއްދީން ސްކޫލަށް ސާމްޕަލް ނަގަން ގޮސް ތިބި މީހުންނަށްވުރެ އެފްއޭއެމްއަށް ގޮސް ތިބި މީހުން މަދެވެ. އެތަނުގައި ސާމްޕަލް ނެގުމުގެ މަސައްކަތުގައި ހަރަކާތްތެރިވަނީ 5 މީހުންނެވެ. އެފްއޭއެމް ބިލްޑިންގ އިން ސާމްޕަލް ނަގައިދެނީ ކޮންމެ ދުވަހެއްގެ ހެނދުނު 09:00ން މެންދުރުފަހު 15:00 އަށެވެ.

މާލެ ސަރަހައްދުގައި ކޮވިޑްގެ ހާލަތު ގޯސްވަމުންދާތީ އެޗްޕީއޭއިން އަޅަން ނިންމާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި ވެކްސިންގެ ޑޯޒްތައް ފުރިހަމަވެ 14 ދުވަސް ހަމަވެފައިވާ ފަރާތެއް ނަމަ އެމީހަކަށް ދަތުރުކުރެވޭނީ 72 ގަޑިއިރު ނުވާ ޕީސީއާރް ނެގެޓިވް ނަތީޖާއާއެކުއެވެ. މީގެ އިތުރުން ވެކްސިންގެ ޑޯޒްތައް ފުރިހަމަނުވާ ފަރާތެއްނަމަ، 14 ދުވަހުގެ ފުރަބަންދު ކަރަންޓީނު ފުރިހަމަކުރަން ޖެހެއެވެ. އަދި ކަރަންޓީނުން ދޫކުރެވޭނީ 14 ދުވަހުގެ ކަރަންޓީނު ފުރިހަމަކުރުމަށްފަހު ޕީސީއާރް ޓެސްޓް ހަދައި ނަތީޖާ ނެގެޓިވް ވުމުން ކަމަށް އެޗްޕީއޭއިން ބުނެއެވެ. މީގެތެރޭގައި މިފަދަ މީހުންނާއެކުގައި ދަތުރުކުރަންޖެހޭ، ވެކްސިން ނުޖެހޭ އުމުރުގެ ކުޑަކުދިން ނުހިމެނޭނެއެވެ.

އެޗްޕީއޭއިން ބުނީ މާލެ ސަރަހައްދުން ރާއްޖޭގެ އެހެން ރަށްރަށަށް ދަތުރުކުރާ ފަރާތްތަކުން ކޮވިޑްސޭފް ޕޯޓަލްއިން ނެގެޓިވް ނަތީޖާ ދައްކަން ޖެހޭ ކަމަށެވެ. އަދި ކަރަންޓީނުވުމަށް ދަތުރުކުރާ މީހުން ހާލުބެލުން ޕޯޓަލްއިން ހުއްދަ ހޯދަން ޖެހޭ ކަމަށެވެ.

ކޮވިޑް-19އެޗްޕީއޭ

އިތުރަށް ކިޔާލަން

18 ޑިސެމްބަރު 2025

ކޮވިޑުގެ ތެރޭގައި ސަރުކާރުން އެތަކެއް ވަޒީފާ ތަކެއް ސަލާމަތްކޮށް، ނުރައްކާ ކުޑަ ކުރި: ކުރީގެ ބޮޑު ވަޒީރު ސުނާކް

18 ޑިސެމްބަރު 2025
ކޮވިޑުގެ ތެރޭގައި ސަރުކާރުން އެތަކެއް ވަޒީފާ ތަކެއް ސަލާމަތްކޮށް، ނުރައްކާ ކުޑަ ކުރި: ކުރީގެ ބޮޑު ވަޒީރު ސުނާކް
13 ޑިސެމްބަރު 2025

މާލެ ސަރަހައްދު ވައި ނުސާފުވެ އޮރެންޖު އެލަރޓް ނެރެފި

13 ޑިސެމްބަރު 2025
މާލެ ސަރަހައްދު ވައި ނުސާފުވެ އޮރެންޖު އެލަރޓް ނެރެފި
19 ނޮވެމްބަރު 2025

ކޮވިޑް-19ގެ ތެރޭގައި ބަލި ފެތުރުނު ނަމަވެސް މުޒާހަރާ ކުރާނަމޭ ބުނެ، މަގު މައްޗަށް ނުކުތީ މި ސަރުކާރުގެ ބޭފުޅުން: މެންބަރު އަމީން

19 ނޮވެމްބަރު 2025
ކޮވިޑް-19ގެ ތެރޭގައި ބަލި ފެތުރުނު ނަމަވެސް މުޒާހަރާ ކުރާނަމޭ ބުނެ، މަގު މައްޗަށް ނުކުތީ މި ސަރުކާރުގެ ބޭފުޅުން: މެންބަރު އަމީން
10 ނޮވެމްބަރު 2025

މުޅި ފުވައްމުލައް ފެނަށް ޖެހިއްޖެ!

10 ނޮވެމްބަރު 2025
މުޅި ފުވައްމުލައް ފެނަށް ޖެހިއްޖެ!
30 ސެޕްޓެމްބަރު 2025

އޮކްޓޯބަރު 3 ގެ އެއްވުމުގެ ވާހަކައާއެކު އަނެއްކާވެސް ޝަންގްރިއްލާ ހުޅުވުމުގެ ވާހަކަ ސަރުކާރުން ދައްކައިފި

30 ސެޕްޓެމްބަރު 2025
އޮކްޓޯބަރު 3 ގެ އެއްވުމުގެ ވާހަކައާއެކު އަނެއްކާވެސް ޝަންގްރިއްލާ ހުޅުވުމުގެ ވާހަކަ ސަރުކާރުން ދައްކައިފި
21 ސެޕްޓެމްބަރު 2025

އެމެރިކާގެ ވެކްސިން ޕެނަލުން މިހާރު ބޮޑެތި މީހުންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް ލަފާ ނުދޭ

21 ސެޕްޓެމްބަރު 2025
އެމެރިކާގެ ވެކްސިން ޕެނަލުން މިހާރު ބޮޑެތި މީހުންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް ލަފާ ނުދޭ
11 ސެޕްޓެމްބަރު 2025

ސަރުކާރުން ހަރަދުތައް ކުޑަކޮށް އެއްވެސް މާލީ ރިފޯމެއް ނުގެނޭ، ސިޔާސީ މަގާމުތަކުގެ އަދަދު 3000ށް ވުރެ އިތުރު - އަމީރު

11 ސެޕްޓެމްބަރު 2025
 ސަރުކާރުން ހަރަދުތައް ކުޑަކޮށް އެއްވެސް މާލީ ރިފޯމެއް ނުގެނޭ، ސިޔާސީ މަގާމުތަކުގެ އަދަދު 3000ށް ވުރެ އިތުރު - އަމީރު
08 ސެޕްޓެމްބަރު 2025

ސަރުކާރުގެ 87 މެންބަރުންނާއި ވަޒީރުންނާއެކު މަޖިލިސް ކޮމިޓީއަށް ހާޒިރުކޮށްދޭން އަމީރު އެދިއްޖެ

08 ސެޕްޓެމްބަރު 2025
ސަރުކާރުގެ 87 މެންބަރުންނާއި ވަޒީރުންނާއެކު މަޖިލިސް ކޮމިޓީއަށް ހާޒިރުކޮށްދޭން އަމީރު އެދިއްޖެ
05 އޯގަސްޓު 2025

ކުރީގެ ފިނޭންސް މިނިސްޓަރު އަމީރު އިކޮނޮމިކް މިނިސްޓަރ ސަޢީދު އިސްތިއުފާ ދެއްވާފައި ގެއަށް ވަޑައިގަތުމަށް ގޮވާލައްވައިފި

05 އޯގަސްޓު 2025
ކުރީގެ ފިނޭންސް މިނިސްޓަރު އަމީރު އިކޮނޮމިކް މިނިސްޓަރ ސަޢީދު އިސްތިއުފާ ދެއްވާފައި ގެއަށް ވަޑައިގަތުމަށް ގޮވާލައްވައިފި
27 ޖޫން 2025

މި ސަރުކާރަށް ދަރަނި މެނޭޖްކުރަން ނޭނގޭ، އެނގޭނަމަ ޕްރޮޖެކްޓްތައް ނުހުއްޓި، އާސަންދަ ނުލިބި، ދަރިވަރުންގެ ލޯންތައް ނުލިބި ނުހުންނާނެ - ރައީސް ޞާލިހު

27 ޖޫން 2025
މި ސަރުކާރަށް ދަރަނި މެނޭޖްކުރަން ނޭނގޭ، އެނގޭނަމަ ޕްރޮޖެކްޓްތައް ނުހުއްޓި، އާސަންދަ ނުލިބި، ދަރިވަރުންގެ ލޯންތައް ނުލިބި ނުހުންނާނެ - ރައީސް ޞާލިހު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް