Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރާއްޖޭގެ ކޮވިޑްގެ ހާލަތު

ބޭނުމަކީ ހަރުކަށި ފިޔަވަޅުތަކެއް އެޅުމެއްނޫން، ބަލި ކޮންޓްރޯލް ކުރުން

11 ޖެނުއަރީ 2022 | އަންގާރަ 10:14

ވިސްނުން ހުރީ ކަންހިނގާގޮތް ބެލުމަށްފަހު ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް

މުހައްމަދު ޔާސިރު މޫސާ
މުހައްމަދު ޔާސިރު މޫސާ | 11 ޖެނުއަރީ 2022 | އަންގާރަ 10:14
ޑރ. ޝާހް އަބްދުﷲ މާހިރު، ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ

ޑރ. ޝާހް އަބްދުﷲ މާހިރު، ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ

ބޭނުމަކީ ހަރުކަށި ފިޔަވަޅުތަކެއް އެޅުން ނޫންކަމަށާ ބަލި ކޮންޓްރޯލް ކުރުންކަމަށް ހެލްތު މިނިސްޓްރީން ބުނެފިއެވެ.

ރާއްޖޭގެ ކޮވިޑްގެ ހާލަތާ ގުޅޭގޮތުން ހެލްތު މިނިސްޓްރީގައި އަންގާރާ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޑރ. ޝާހް އަބްދުﷲ މާހިރު ވިދާޅުވީ ހަރުކަށި ފިޔަވަޅުތަކެއް އަޅާ ރައްޔިތުންގެ ހައްގުތަކެއް ނިގުޅައިގަންނަން ބޭނުން ނުވާކަމަށެވެ. އަދި ފާއިތުވި ދެ އަހަރުގެ ތެރޭގައި ލިބުނު ތަޖުރިބާގެ ބޭނުންކޮށްގެން މި ބަލިން އަރައިގަތުމަށް މަސައްކަތް ކުރަމުން އަންނަކަމަށެވެ.

މި ސަރުކާރުގެ ވިސްނުން ހުރީ އިރުއިރުކޮޅަކާ ފިޔަވަޅުތަކެއް އެޅުމުގެ ބަދަލުގައި ކަންހިނގާގޮތް ބެލުމަށްފަހު ރަނގަޅު ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށްކަމަށް ޝާހް ވިދާޅުވިއެވެ. ނަމަވެސް ކޮންމެހެން އަލަން ޖެހިއްޖެ ފިޔަވަޅެއް އެޅުމުގައި ފަސްނުޖެހޭނެކަމަށް ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި ވާހަކަދައްކަމުން ޑރ. ނަޒްލާ ރަފީގު ވިދާޅުވީ ރާއްޖެއަށް މިހާރު ކުރިމަތިވެފައިވާ ކޮވިޑުގެ ރާޅުގައި އަދަދުތައް އެންމެ މައްޗަށް އަރާނީ މި މަހުގެ ފަހުކޮޅު ނުވަތަ މިއަންނަ މަހުގެ ކުރީކޮޅުގައި ކަމަށެވެ. ނަމަވެސް މި ހާލަތުގައިވެސް މަސައްކަތް ކުރާނީ ރައްޔިތުންނަށް ވީހާވެސް ލުއިފަސޭހަކޮށް އިންތިޒާމުތައް ހަމަޖެއްސުމަށް ކަމަށެވެ. އަދި ސްކޫލުތަކުގެ ކިޔެވުން ބަންދު ނުކޮށް ކުރިއަށް ގެންދެވޭތޯ ބަލާނެ ކަމަށެވެ.

ރާއްޖޭގައި މިހާތަނަށް އޮމިކްރޯން ވޭރިއެންޓް ޖެހިފައިވާ ހަތް ދިވެއްސަކާ 19 ފަތުރުވެރިން ވަނީ ދެނެގަނެވިފައެވެ. ނަމަވެސް މި ފަރާތްތަކުގެ ހާލު ގޯސް ނޫންކަމަށް ނަޒްލާ ވިދާޅުވިއެވެ.

މާލޭ ސަރަޙައްދުގައި ކޮވިޑް ފެތުރޭ މިންވަރު އިތުރުވެފައިވާތީ، ރައްކާތެރިކަމުގެ އިތުރު ފިޔަވަޅުތައް މިހާރު ވަނީ ތަންފީޒްކުރަން ފަށާފައެވެ. އެގޮތުން މާލޭ ސަރަޙައްދުގައި އަޅަން ނިންމާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި 50 މީހުންނަށްވުރެ ގިނަ މީހުން ޖަމާވާގޮތަށް ހަފްލާތަކާއި އިވެންޓުތަކާއި އެއްވުންތައް ބޭއްވުން މަނާކުރުން ހިމެނެއެވެ. އަދި 50 މީހުންނަށްވުރެ މަދު މީހުން ހިމަނައިގެން ބާއްވާ މިފަދަ ހަރަކާތްތައްވެސް އެޗްޕީއޭގެ ގައިޑްލައިނާ މިންގަނޑުތަކާ އެއްގޮތައް ނޫނީ ނުބޭއްވުމަށް ވަނީ އަންގަވާފައެވެ.

މާލެ ސަރަޙައްދުގައި އަޅަން ނިންމާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި މަގުމަތީ ބާޒާރުފަދަ، އެއްވެގެން ބާއްވާ ވިޔަފާރި ހަރަކާތްތައް ހުއްޓާލުމަށް ވަނީ އަންގާފައެވެ. އަދި ކުޅިވަރު މުބާރާތްތަކާއި ހަރަކާތްތައް، ކުޅިބަލަން މީހުންނަށް ވަދެވޭގޮތަށް ނުބޭއްވުމަށްވެސް ވަނީ އަންގަވާފައެވެ.

އެޗްޕީއޭއިން ވަނީ މިފިޔަވަޅުތައް ފުރިހަމައަށް ތަންފީޒްކުރުމަށް އެންމެހާ އިދާރާތަކާއި ފަރާތްތަކަށް އަންގަވާފައެވެ. މި ނިންމުންތަކާ ގުޅިގެން ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކުން އަދާކުރަންޖެހޭ ޒިންމާތަކާ، އަދި އަޅާ ފިޔަވަޅުތަކާއި ދޭ އިރުޝާދުތަކަށް ޢަމަލުކުރުމަށްވެސް ވަނީ އަންގަވާފައެވެ.

މީގެ އިތުރުން ކޮވިޑް ކޮންޓްރޯލްކުރުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން، ރަށްރަށަށް ދަތުރުކުރާ މީހުން ޕީސީއާރް ޓެސްޓު ހެދުމާއި، ވެކްސިން ނުޖަހާ މީހުން ކަރަންޓީން ވާންޖެހޭ އުސޫލަށްވެސް ވަނީ ޢަމަލުކުރަން ފަށާފައެވެ.

ކޮވިޑް-19އެޗްޕީއޭ

އިތުރަށް ކިޔާލަން

13 ޑިސެމްބަރު 2025

މާލެ ސަރަހައްދު ވައި ނުސާފުވެ އޮރެންޖު އެލަރޓް ނެރެފި

13 ޑިސެމްބަރު 2025
މާލެ ސަރަހައްދު ވައި ނުސާފުވެ އޮރެންޖު އެލަރޓް ނެރެފި
19 ނޮވެމްބަރު 2025

ކޮވިޑް-19ގެ ތެރޭގައި ބަލި ފެތުރުނު ނަމަވެސް މުޒާހަރާ ކުރާނަމޭ ބުނެ، މަގު މައްޗަށް ނުކުތީ މި ސަރުކާރުގެ ބޭފުޅުން: މެންބަރު އަމީން

19 ނޮވެމްބަރު 2025
ކޮވިޑް-19ގެ ތެރޭގައި ބަލި ފެތުރުނު ނަމަވެސް މުޒާހަރާ ކުރާނަމޭ ބުނެ، މަގު މައްޗަށް ނުކުތީ މި ސަރުކާރުގެ ބޭފުޅުން: މެންބަރު އަމީން
10 ނޮވެމްބަރު 2025

މުޅި ފުވައްމުލައް ފެނަށް ޖެހިއްޖެ!

10 ނޮވެމްބަރު 2025
މުޅި ފުވައްމުލައް ފެނަށް ޖެހިއްޖެ!
30 ސެޕްޓެމްބަރު 2025

އޮކްޓޯބަރު 3 ގެ އެއްވުމުގެ ވާހަކައާއެކު އަނެއްކާވެސް ޝަންގްރިއްލާ ހުޅުވުމުގެ ވާހަކަ ސަރުކާރުން ދައްކައިފި

30 ސެޕްޓެމްބަރު 2025
އޮކްޓޯބަރު 3 ގެ އެއްވުމުގެ ވާހަކައާއެކު އަނެއްކާވެސް ޝަންގްރިއްލާ ހުޅުވުމުގެ ވާހަކަ ސަރުކާރުން ދައްކައިފި
21 ސެޕްޓެމްބަރު 2025

އެމެރިކާގެ ވެކްސިން ޕެނަލުން މިހާރު ބޮޑެތި މީހުންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް ލަފާ ނުދޭ

21 ސެޕްޓެމްބަރު 2025
އެމެރިކާގެ ވެކްސިން ޕެނަލުން މިހާރު ބޮޑެތި މީހުންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް ލަފާ ނުދޭ
11 ސެޕްޓެމްބަރު 2025

ސަރުކާރުން ހަރަދުތައް ކުޑަކޮށް އެއްވެސް މާލީ ރިފޯމެއް ނުގެނޭ، ސިޔާސީ މަގާމުތަކުގެ އަދަދު 3000ށް ވުރެ އިތުރު - އަމީރު

11 ސެޕްޓެމްބަރު 2025
 ސަރުކާރުން ހަރަދުތައް ކުޑަކޮށް އެއްވެސް މާލީ ރިފޯމެއް ނުގެނޭ، ސިޔާސީ މަގާމުތަކުގެ އަދަދު 3000ށް ވުރެ އިތުރު - އަމީރު
08 ސެޕްޓެމްބަރު 2025

ސަރުކާރުގެ 87 މެންބަރުންނާއި ވަޒީރުންނާއެކު މަޖިލިސް ކޮމިޓީއަށް ހާޒިރުކޮށްދޭން އަމީރު އެދިއްޖެ

08 ސެޕްޓެމްބަރު 2025
ސަރުކާރުގެ 87 މެންބަރުންނާއި ވަޒީރުންނާއެކު މަޖިލިސް ކޮމިޓީއަށް ހާޒިރުކޮށްދޭން އަމީރު އެދިއްޖެ
05 އޯގަސްޓު 2025

ކުރީގެ ފިނޭންސް މިނިސްޓަރު އަމީރު އިކޮނޮމިކް މިނިސްޓަރ ސަޢީދު އިސްތިއުފާ ދެއްވާފައި ގެއަށް ވަޑައިގަތުމަށް ގޮވާލައްވައިފި

05 އޯގަސްޓު 2025
ކުރީގެ ފިނޭންސް މިނިސްޓަރު އަމީރު އިކޮނޮމިކް މިނިސްޓަރ ސަޢީދު އިސްތިއުފާ ދެއްވާފައި ގެއަށް ވަޑައިގަތުމަށް ގޮވާލައްވައިފި
27 ޖޫން 2025

މި ސަރުކާރަށް ދަރަނި މެނޭޖްކުރަން ނޭނގޭ، އެނގޭނަމަ ޕްރޮޖެކްޓްތައް ނުހުއްޓި، އާސަންދަ ނުލިބި، ދަރިވަރުންގެ ލޯންތައް ނުލިބި ނުހުންނާނެ - ރައީސް ޞާލިހު

27 ޖޫން 2025
މި ސަރުކާރަށް ދަރަނި މެނޭޖްކުރަން ނޭނގޭ، އެނގޭނަމަ ޕްރޮޖެކްޓްތައް ނުހުއްޓި، އާސަންދަ ނުލިބި، ދަރިވަރުންގެ ލޯންތައް ނުލިބި ނުހުންނާނެ - ރައީސް ޞާލިހު
05 ޖޫން 2025

އަވަށްޓެރި ބައެއް ގައުމުތަކުގައި ޗިކުންގުންޔާ ފެތުރެމުންދާތީ، ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް އިލްތިމާސްކޮށްފި

05 ޖޫން 2025
އަވަށްޓެރި ބައެއް ގައުމުތަކުގައި ޗިކުންގުންޔާ ފެތުރެމުންދާތީ، ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް އިލްތިމާސްކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް