Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެކޮވިޑް-19 އިނގިރޭސިވިލާތުގެ ހާލަތު

އިނގިރޭސިވިލާތުގައި ކޮވިޑް ޖެހިގެން މަރުވި މީހުންގެ އަދަދު 150،000ށް އަރައިފި

9 ޖެނުއަރީ 2022 | އާދީއްތަ 03:48

އިނގިރޭސިވިލާތުގައި ކޮވިޑް ޖެހިގެން މަރުވި މީހުންގެ އަދަދު ވަނީ 150،057ށް އަރާފައި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 9 ޖެނުއަރީ 2022 | އާދީއްތަ 03:48
ރޯޔަލް ލަންޑަން ހޮސްޕިޓަލް ކައިރީގައި އެމްބިޔުލަންސްތައް ހަރަކާތްތެރިވަނީ

ރޯޔަލް ލަންޑަން ހޮސްޕިޓަލް ކައިރީގައި އެމްބިޔުލަންސްތައް ހަރަކާތްތެރިވަނީ

އޮމިކްރޯން ވޭރިއަންޓާއެކު އިނގިރޭސިވިލާތަށް ކޮވިޑް-19ގެ ސަރޖެއް ކުރިމަތިވެފައިވާއިރު އެގައުމުގައި ކޮވިޑް ޖެހިގެން މަރުވި މީހުންގެ އަދަދު 150،000ށް އަރައިފިއެވެ.

ހޮނިހިރު ދުވަހު އެގައުމުން ކޮވިޑް ޖެހިގެން 313 މީހުން ވަނީ މަރުވެފައެވެ. އެއާއެކު އިނގިރޭސިވިލާތުގައި ކޮވިޑް ޖެހިގެން މަރުވި މީހުންގެ އަދަދު ވަނީ 150،057ށް އަރާފައެވެ. އިނގިރޭސިވިލާތުގައި ކޮވިޑް ޖެހިގެން މަރުވި މީހުންގެ އަދަދު 150،000ށް އެރިކަން ހާމަކުރައްވާ އެގައުމުގެ ބޮޑުވަޒީރު ބޮރިސް ޖޯންސަން ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައިވަނީ މިޕެންޑަމިކުން އަރައިގަތުމަށް އޮތް ގޮތަކީ ހުރިހާ ރައްޔިތުން ބޫސްޓަރ ޑޯޒް ޖެހުންކަމަށެވެ. އަދި ފުރަތަމަ ޑޯޒް ނުވަތަ ދެވަނަ ޑޯޒް ޖަހާފައިނުވާ ރައްޔިތުންވެސް ވެކްސިން ޖެހުމަށް ވަނީ އެދިވަޑައިގަންނަވާފައެވެ.

އޮމިކްރޯން އާއެކު އައު ސަރޖެއް އެގައުމަށް ކުރިމަތިވެފައި ވީނަމަވެސް މީގެކުރިން އައި ސަރޖްތަކާ އަޅާބަލާއިރު މިފަހަރު މަރުވާ މީހުންގެ އަދަދު މަދެވެ. އިނގިރޭސި ސަރުކާރުން ވަނީ އެގައުމުގައި ބޫސްޓަރ ޑޯޒް ޖެހުން ހަލުވިކުރުމުގެ މަސައްކަތްތަކެއް ފަށާފައެވެ. މިހާރުވެސް އެގައުމުގެ އާބާދީގެ 60 އިންސައްތަ މީހުން ވަނީ ބޫސްޓަރ ޑޯޒް ޖަހާފައެވެ. ލޮކްޑައުން އަކަށް ދިޔުމުގެ ބަދަލުގައި ގިނަ ބަޔަކު ވެކްސިން ޖަހައިގެން ވައިރަސް ފެތުރުން ކޮންޓްރޯލްކުރުމަށް އެގައުމުން އަންނަނީ މަސައްކަތްކުރަމުންނެވެ.

ފާއިތުވި ހަފްތާގައި އެގައުމުގައި 1.227 މިލިއަން މީހުންނަށް ކޮވިޑް ޖެހިފައިވާއިރު އެއީ އޭގެކުރީ ހަފްތާ އާ އަޅާބަލާއިރު 11 އިންސައްތަ އިތުރު އަދަދެކެވެ.

ބައެއް ފަރާތްތަކުން ބުނާގޮތުގައި ހޮނިހިރު ދުވަހު ރިކޯޑް ކުރި 146،390 ކޭހާއެކު މިހާރު އައިސްފައިވާ ސަރޖްގެ ޕީކާ ހިސާބަށް ވަނީ އައިސްފައެވެ. ޖެނުއަރީ މަހުގެ 4 ވަނަ ދުވަހު އިނގިރޭސިވިލާތުގައި 218،724 މީހުންނަށް ކޮވިޑް ޖެހިގެން ވަނީ ރިޕޯޓްކޮށްފައެވެ.

އިނގިރޭސިވިލާތަކީ ޔޫރަޕްގެ ގައުމުތަކުގެ ތެރެއިން ކޮވިޑް ޖެހިގެން ދެވަނަ އަށް އެންމެ ގިނަ މީހުން މަރުވެގެން ރިޕޯޓްކުރަމުން އަންނަ ގައުމެވެ.

އިނގިރޭސިވިލާތުގައި ކޮވިޑް ޖެހިގެން މަރުވާ ރޭޓްހުރީ 7 އިންސައްތައިގައެވެ. އެއީ ޔޫރަޕިއަން ޔޫނިއަންގެ އެވްރެޖަށްވުރެ މައްޗެވެ. އާބާދީގެ ނިސްބަތަށް ބަލާއިރު އެމެރިކާ އާއި އިޓަލީ ، ބެލްޖިއަމް އަދި އިރުމަތީ ޔޫރަޕްގެ ގައުމުތަކުގައި މީހުން މަރުވާ ރޭޓް ހުރީ މާމަތީގައެވެ.

ކޮވިޑް-19އިނގިރޭސިވިލާތް

އިތުރަށް ކިޔާލަން

19 ނޮވެމްބަރު 2025

ކޮވިޑް-19ގެ ތެރޭގައި ބަލި ފެތުރުނު ނަމަވެސް މުޒާހަރާ ކުރާނަމޭ ބުނެ، މަގު މައްޗަށް ނުކުތީ މި ސަރުކާރުގެ ބޭފުޅުން: މެންބަރު އަމީން

19 ނޮވެމްބަރު 2025
ކޮވިޑް-19ގެ ތެރޭގައި ބަލި ފެތުރުނު ނަމަވެސް މުޒާހަރާ ކުރާނަމޭ ބުނެ، މަގު މައްޗަށް ނުކުތީ މި ސަރުކާރުގެ ބޭފުޅުން: މެންބަރު އަމީން
16 ނޮވެމްބަރު 2025

އިނގިރޭސިވިލާތުން ދާއިމީ ހިމާޔަތް ހޯދަން ބޭނުންވާ ފަރާތްތަކަށް ދިގުު އިންތިޒާރެއް ކުރަން ޖެހޭ ގޮތް ހަދައިފި

16 ނޮވެމްބަރު 2025
އިނގިރޭސިވިލާތުން ދާއިމީ ހިމާޔަތް ހޯދަން ބޭނުންވާ ފަރާތްތަކަށް ދިގުު އިންތިޒާރެއް ކުރަން ޖެހޭ ގޮތް ހަދައިފި
30 ސެޕްޓެމްބަރު 2025

އޮކްޓޯބަރު 3 ގެ އެއްވުމުގެ ވާހަކައާއެކު އަނެއްކާވެސް ޝަންގްރިއްލާ ހުޅުވުމުގެ ވާހަކަ ސަރުކާރުން ދައްކައިފި

30 ސެޕްޓެމްބަރު 2025
އޮކްޓޯބަރު 3 ގެ އެއްވުމުގެ ވާހަކައާއެކު އަނެއްކާވެސް ޝަންގްރިއްލާ ހުޅުވުމުގެ ވާހަކަ ސަރުކާރުން ދައްކައިފި
21 ސެޕްޓެމްބަރު 2025

އެމެރިކާގެ ވެކްސިން ޕެނަލުން މިހާރު ބޮޑެތި މީހުންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް ލަފާ ނުދޭ

21 ސެޕްޓެމްބަރު 2025
އެމެރިކާގެ ވެކްސިން ޕެނަލުން މިހާރު ބޮޑެތި މީހުންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް ލަފާ ނުދޭ
11 ސެޕްޓެމްބަރު 2025

ސަރުކާރުން ހަރަދުތައް ކުޑަކޮށް އެއްވެސް މާލީ ރިފޯމެއް ނުގެނޭ، ސިޔާސީ މަގާމުތަކުގެ އަދަދު 3000ށް ވުރެ އިތުރު - އަމީރު

11 ސެޕްޓެމްބަރު 2025
 ސަރުކާރުން ހަރަދުތައް ކުޑަކޮށް އެއްވެސް މާލީ ރިފޯމެއް ނުގެނޭ، ސިޔާސީ މަގާމުތަކުގެ އަދަދު 3000ށް ވުރެ އިތުރު - އަމީރު
08 ސެޕްޓެމްބަރު 2025

ސަރުކާރުގެ 87 މެންބަރުންނާއި ވަޒީރުންނާއެކު މަޖިލިސް ކޮމިޓީއަށް ހާޒިރުކޮށްދޭން އަމީރު އެދިއްޖެ

08 ސެޕްޓެމްބަރު 2025
ސަރުކާރުގެ 87 މެންބަރުންނާއި ވަޒީރުންނާއެކު މަޖިލިސް ކޮމިޓީއަށް ހާޒިރުކޮށްދޭން އަމީރު އެދިއްޖެ
05 އޯގަސްޓު 2025

ކުރީގެ ފިނޭންސް މިނިސްޓަރު އަމީރު އިކޮނޮމިކް މިނިސްޓަރ ސަޢީދު އިސްތިއުފާ ދެއްވާފައި ގެއަށް ވަޑައިގަތުމަށް ގޮވާލައްވައިފި

05 އޯގަސްޓު 2025
ކުރީގެ ފިނޭންސް މިނިސްޓަރު އަމީރު އިކޮނޮމިކް މިނިސްޓަރ ސަޢީދު އިސްތިއުފާ ދެއްވާފައި ގެއަށް ވަޑައިގަތުމަށް ގޮވާލައްވައިފި
27 ޖޫން 2025

މި ސަރުކާރަށް ދަރަނި މެނޭޖްކުރަން ނޭނގޭ، އެނގޭނަމަ ޕްރޮޖެކްޓްތައް ނުހުއްޓި، އާސަންދަ ނުލިބި، ދަރިވަރުންގެ ލޯންތައް ނުލިބި ނުހުންނާނެ - ރައީސް ޞާލިހު

27 ޖޫން 2025
މި ސަރުކާރަށް ދަރަނި މެނޭޖްކުރަން ނޭނގޭ، އެނގޭނަމަ ޕްރޮޖެކްޓްތައް ނުހުއްޓި، އާސަންދަ ނުލިބި، ދަރިވަރުންގެ ލޯންތައް ނުލިބި ނުހުންނާނެ - ރައީސް ޞާލިހު
05 ޖޫން 2025

އަވަށްޓެރި ބައެއް ގައުމުތަކުގައި ޗިކުންގުންޔާ ފެތުރެމުންދާތީ، ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް އިލްތިމާސްކޮށްފި

05 ޖޫން 2025
އަވަށްޓެރި ބައެއް ގައުމުތަކުގައި ޗިކުންގުންޔާ ފެތުރެމުންދާތީ، ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް އިލްތިމާސްކޮށްފި
20 ސެޕްޓެމްބަރު 2024

ޔޫކޭއަށް ދަތުރުކުރާ ދިވެހިން ހާއްސަ ހުއްދައެއް ނަގައި އީޓީއޭއަށް 10 ޕައުންޑް ދައްކަންޖެހޭ

20 ސެޕްޓެމްބަރު 2024
ޔޫކޭއަށް ދަތުރުކުރާ ދިވެހިން ހާއްސަ ހުއްދައެއް ނަގައި އީޓީއޭއަށް 10 ޕައުންޑް ދައްކަންޖެހޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް