Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކޮވިޑް-19ން ރައްކާތެރިވުން

ކޮވިޑް-19: ޕާކްތަކާއި މައިޒާންތައް ބޭނުންކުރާ މީހުން ޚާއްސަ ސަމާލުކަމެއް ދޭން ޖެހޭ!

8 ޖެނުއަރީ 2022 | ހޮނިހިރު 12:32

މާސްކް އެޅުމުގައި އެޗްޕީއޭގެ އުސޫލުތަކާ އެއްގޮތަށް އަމަލުކުރަން ޖެހޭ

އަމްނާ އިމާދު
އަމްނާ އިމާދު | 8 ޖެނުއަރީ 2022 | ހޮނިހިރު 12:32
ލޮނުޒިޔާރަތް ޕާކު

ލޮނުޒިޔާރަތް ޕާކު

މާލެ ސަރަހައްދުގެ ކޮވިޑް-19ގެ ހާލަތު ގޯސްވަމުންދާތީ ޕާކް ނުވަތަ މައިޒާންތައް ބޭނުންކުރާ މީހުން ޚާއްސަ ސަމާލުކަމެއް ދިނުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން އިލްތިމާސްކޮށްފިއެވެ.

ޕާކް ނުވަތަ މައިޒާންތައް ބޭނުންކުރާ ފަރާތްތަކުން ހަނދާން ބަހައްޓަންވީ ކަންތައްތަކާ ބެހޭގޮތުން އެޗްޕީއޭއިން ބުނީ، އެފަދަ ތަންތަނަށް ގޮސް އުޅޭއިރު، އެހެން މީހުންނާ 3 ފޫޓުގެ ދުރުމިނެއް ބަހައްޓަން ޖެހޭ ކަމަށާއި، އަބަދުވެސް މާސްކް އަޅައިގެން ހުރުމާއި މާސްކް އެޅުމުގައި އެޗްޕީއޭގެ އުސޫލުތަކާ އެއްގޮތަށް އަމަލުކުރަންޖެހޭ ކަމަށެވެ. ނަމަވެސް މިހާރު ބައެއް މީހުން ރަނގަޅަށް ނޭފަތާއި އަނގަ ނިވާ ނުވާގޮތަށް މާސްކް އަޅައިގެން އުޅެއެވެ.

އެޗްޕީއޭއިން ބުނީ ޕާކްފަދަ މައިޒާންތަކުގައި އުޅޭ ވަގުތު ތަންތަނުގައި އަތްލުން މަދުކުރަން ޖެހޭ ކަމަށެވެ. ކުޅު ޖެހުމާއި އަރިދަފުސް ފޮޅުން ފަދަ ކަންކަން ނުކުރުމަށް ނަސޭހަތްތެރިވެފައިވާއިރު، ދުންފަތުގެ އިސްތިއުމާލު ނުކުރުމަށާއި، ފެންފުޅި ފަދަ ތަކެތި ގެއިން ހިފައިގެން އައުމަށް ހަނދާން ކޮށްދީފައިވެއެވެ. އަބަދުވެސް ހޭޑް ސެނިޓައިޒަރ ފުޅިއެއް ގެންގުޅުމަށާއި، ރަނގަޅަށް އަތް ސާފުނުކޮށް މޫނުގައި އަތް ނުލުމަށް އިލްތިމާސްކޮށްފައިވެއެވެ.

މީގެ އިތުރުން މާސްކް، ޓިޝޫ ފަދަ ތަކެތި އުކާލަން ޖެހޭނީ ކަނޑައެޅިފައިވާ ޑަސްބިނަށް ކަމަށާއި، އެންމެންގެ ރައްކާތެރިކަމަށް ވިސްނަންޖެހޭ ކަމަށެވެ. އަދި ފާކުތަކަށް ވަދެ ނުކުންނަ މީހުން، ޚާއްސަކޮށް ހައިރިސްކް މީހުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އެންމެން ވެސް ބަލައިގެން އުޅުމަށް އިލްތިމާސްކޮށްފައިވެއެވެ. އަތުގައި އެއްޗެއް ހޭކި ހަޑިވެއްޖެނަމަ ސައިބޯނި ލައިގެން މަދުވެގެން 20 ސިކުންތު ވަންދެން ރަނގަޅަށް އަތް ދޮންނަންޖެހޭކަން ފާހަގަކޮށް އެޗްޕީއޭއިން ބުނީ، އެއްޗެއް ހޭކިފައިނުވާނަމަ ހޭޑް ސެނިޓައިޒާ ލައިގެން ރަނގަޅަށް އަތް ސާފުކުރަން ޖެހޭ ކަމަށެވެ.

ކޮވިޑް-19ގެ އެއްވެސް އަމާލާތެއް ހުރި ނަމަ ޕާކްފާދަ ތަންތަނަށް ނުދިއުމަށް ވެސް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ. އަދި ބަލި ކޮންޓްރޯލް ކުރުމަށް ކުރަމުންދާ މަސައްކަތުގައި އާއްމުންގެ އެއްބާރުލުން ބޭނުންވާކަން ފާހަގަކޮށްފައިވެއެވެ.

ކޮވިޑް-19އެޗްޕީއޭ

އިތުރަށް ކިޔާލަން

13 ޑިސެމްބަރު 2025

މާލެ ސަރަހައްދު ވައި ނުސާފުވެ އޮރެންޖު އެލަރޓް ނެރެފި

13 ޑިސެމްބަރު 2025
މާލެ ސަރަހައްދު ވައި ނުސާފުވެ އޮރެންޖު އެލަރޓް ނެރެފި
19 ނޮވެމްބަރު 2025

ކޮވިޑް-19ގެ ތެރޭގައި ބަލި ފެތުރުނު ނަމަވެސް މުޒާހަރާ ކުރާނަމޭ ބުނެ، މަގު މައްޗަށް ނުކުތީ މި ސަރުކާރުގެ ބޭފުޅުން: މެންބަރު އަމީން

19 ނޮވެމްބަރު 2025
ކޮވިޑް-19ގެ ތެރޭގައި ބަލި ފެތުރުނު ނަމަވެސް މުޒާހަރާ ކުރާނަމޭ ބުނެ، މަގު މައްޗަށް ނުކުތީ މި ސަރުކާރުގެ ބޭފުޅުން: މެންބަރު އަމީން
10 ނޮވެމްބަރު 2025

މުޅި ފުވައްމުލައް ފެނަށް ޖެހިއްޖެ!

10 ނޮވެމްބަރު 2025
މުޅި ފުވައްމުލައް ފެނަށް ޖެހިއްޖެ!
30 ސެޕްޓެމްބަރު 2025

އޮކްޓޯބަރު 3 ގެ އެއްވުމުގެ ވާހަކައާއެކު އަނެއްކާވެސް ޝަންގްރިއްލާ ހުޅުވުމުގެ ވާހަކަ ސަރުކާރުން ދައްކައިފި

30 ސެޕްޓެމްބަރު 2025
އޮކްޓޯބަރު 3 ގެ އެއްވުމުގެ ވާހަކައާއެކު އަނެއްކާވެސް ޝަންގްރިއްލާ ހުޅުވުމުގެ ވާހަކަ ސަރުކާރުން ދައްކައިފި
21 ސެޕްޓެމްބަރު 2025

އެމެރިކާގެ ވެކްސިން ޕެނަލުން މިހާރު ބޮޑެތި މީހުންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް ލަފާ ނުދޭ

21 ސެޕްޓެމްބަރު 2025
އެމެރިކާގެ ވެކްސިން ޕެނަލުން މިހާރު ބޮޑެތި މީހުންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް ލަފާ ނުދޭ
11 ސެޕްޓެމްބަރު 2025

ސަރުކާރުން ހަރަދުތައް ކުޑަކޮށް އެއްވެސް މާލީ ރިފޯމެއް ނުގެނޭ، ސިޔާސީ މަގާމުތަކުގެ އަދަދު 3000ށް ވުރެ އިތުރު - އަމީރު

11 ސެޕްޓެމްބަރު 2025
 ސަރުކާރުން ހަރަދުތައް ކުޑަކޮށް އެއްވެސް މާލީ ރިފޯމެއް ނުގެނޭ، ސިޔާސީ މަގާމުތަކުގެ އަދަދު 3000ށް ވުރެ އިތުރު - އަމީރު
08 ސެޕްޓެމްބަރު 2025

ސަރުކާރުގެ 87 މެންބަރުންނާއި ވަޒީރުންނާއެކު މަޖިލިސް ކޮމިޓީއަށް ހާޒިރުކޮށްދޭން އަމީރު އެދިއްޖެ

08 ސެޕްޓެމްބަރު 2025
ސަރުކާރުގެ 87 މެންބަރުންނާއި ވަޒީރުންނާއެކު މަޖިލިސް ކޮމިޓީއަށް ހާޒިރުކޮށްދޭން އަމީރު އެދިއްޖެ
05 އޯގަސްޓު 2025

ކުރީގެ ފިނޭންސް މިނިސްޓަރު އަމީރު އިކޮނޮމިކް މިނިސްޓަރ ސަޢީދު އިސްތިއުފާ ދެއްވާފައި ގެއަށް ވަޑައިގަތުމަށް ގޮވާލައްވައިފި

05 އޯގަސްޓު 2025
ކުރީގެ ފިނޭންސް މިނިސްޓަރު އަމީރު އިކޮނޮމިކް މިނިސްޓަރ ސަޢީދު އިސްތިއުފާ ދެއްވާފައި ގެއަށް ވަޑައިގަތުމަށް ގޮވާލައްވައިފި
27 ޖޫން 2025

މި ސަރުކާރަށް ދަރަނި މެނޭޖްކުރަން ނޭނގޭ، އެނގޭނަމަ ޕްރޮޖެކްޓްތައް ނުހުއްޓި، އާސަންދަ ނުލިބި، ދަރިވަރުންގެ ލޯންތައް ނުލިބި ނުހުންނާނެ - ރައީސް ޞާލިހު

27 ޖޫން 2025
މި ސަރުކާރަށް ދަރަނި މެނޭޖްކުރަން ނޭނގޭ، އެނގޭނަމަ ޕްރޮޖެކްޓްތައް ނުހުއްޓި، އާސަންދަ ނުލިބި، ދަރިވަރުންގެ ލޯންތައް ނުލިބި ނުހުންނާނެ - ރައީސް ޞާލިހު
05 ޖޫން 2025

އަވަށްޓެރި ބައެއް ގައުމުތަކުގައި ޗިކުންގުންޔާ ފެތުރެމުންދާތީ، ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް އިލްތިމާސްކޮށްފި

05 ޖޫން 2025
އަވަށްޓެރި ބައެއް ގައުމުތަކުގައި ޗިކުންގުންޔާ ފެތުރެމުންދާތީ، ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް އިލްތިމާސްކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް