Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައީސް ސާލިހު މާލެ ވަޑައިގެންނެވުން

ކޮމަންޑޫއަށް ކުރެއްވި ދަތުރުފުޅު ނިންމާލެއްވުމަށްފަހު ރައީސް މާލެ ވަޑައިގެންފި

8 ޖެނުއަރީ 2022 | ހޮނިހިރު 08:08

ރައީސް މާލެ ވަޑައިގެންނެވީ ހޮނިހިރު ދުވަހުގެ މެންދުރުފަހު

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 8 ޖެނުއަރީ 2022 | ހޮނިހިރު 08:08
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހް

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހް

ށ. ކޮމަންޑޫއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ހޮނިހިރު ދުވަހު މެންދުރުފަހު މާލެ ވަޑައިގެންފިއެވެ.

ކޮމަންޑޫއަށް ހުކުރުދުވަހު ރައީސް ވަޑައިގެންނެވީ ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި ވާދަކުރާ އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު ރާޝިދުގެ ކެމްޕެއިން ލޯންޗު ކުރުމުގެ ޖަލްސާގައި ބައިވެރިވެވަޑައި ގަތުމަށެވެ. ރައީސްގެ ނުރަސްމީ ދަތުރުފުޅުގެ ތެރެއިން ހޮނިހިރު ދުވަހުގެ ހެނދުނު އެމްޑީޕީގެ ސަޕޯޓަރުންނާއި ވަނީ ބައްދަލުކުރައްވާފައެވެ. މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ ޕާޓީގެ ކަންކަން ކުރިއަށް ގެންދިއުމާއި، ޕާޓީގެ ހަރަކާތްތައް ވަރުގަދަކުރުމާއި ގުޅޭގޮތުން ދާއިރާގެ މެންބަރުންނާއި މަޝްވަރާ ކުރައްވާފައެވެ. ރައީސް ވަނީ ސަޕޯޓަރުންގެ ހުރި ކަންބޮޑުވުންތައް އައްސަވާ އެކަންކަމަށް ހައްލު ގެނެސްދެއްވާނެކަމަށް ވިދާޅުވެފައެވެ.

Advertisement - newsAdvertisement

މީގެއިތުރުން ޒަމާންތަކެއް ވަންދެން ކޮމަންޑޫގައި ބޭނުންކުރަމުން އައި އިންޖީނުގެ ނިއްވާލާ އެ ރަށުގައި ފެނަކަ ކޯޕަރޭޝަނުން ގާއިމްކުރި ޒަމާނީ އައު އިންޖީނުގެ ރައީސް ވަނީ ހުޅުވައިދެއްވާފައެވެ. މި އިންޖީނުގެއާއެކު އެރަށުގެ ކަރަންޓުގެ މައްސަލައަށް ހައްލު ލިބިގެންދާނެކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފައިވާ އިރު، މި އިންޖީނުގެއަކީ 1.2 މެގަވޮޓްގެ ކަރަންޓް އުފެއްދާ އިންޖީނުގެއެކެވެ.

ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ އެޖެންޑާ 19ގެ ދަށުން ރާއްޖެ ލާމަރުކަޒުކޮށް ސަރުކާރުން ވެފައިވާ ވައުދުތައް ފުއްދޭނީ އެމްޑީޕީއަށް ކަމަށާއި، އެހެން ޕާޓީތަކުގެ މެންބަރުންނަށް ދަންނަވަން އޮތީ، މަޑުކޮށްލަދެއްވުމަށެވެ.

ރައީސް ވިދާޅުވީ ތަރައްގީއަށްޓަކައި ލާމަރުކަޒީ ނިޒާމްގެ ދަށުން ގިނަ މަޝްރޫއުތަކެއް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށްދާ ކަމަށާއި، މިހާރުވެސް ބައެއް ޕްރޮޖެކްޓްތައް ނިންމާ ރައްޔިތުންނަށް ޚިދުމަތް ލިބެމުން އަންނަ ކަމަށެވެ. ރައީސް ވިދާޅުވީ ރޯދައިގެ ކުރިން 4 މިސްކިތް ހުޅުވިގެންދާނެ ކަމަށެވެ. މިހާތަނަށް އައި އިރު، 25 ރަށެއްގެ ބަނދަރުގެ މަސައްކަތް ނިންމާފައިވާ ކަމަށާއި، 30 ރަށު މަސައްކަތް ކުރިއަށްދާއިރު، 13 ރަށެއްގެ ބަނދަރުގެ މަސައްކަތް ކޮންޓްރެކްޓް ކުރެވި 29 ރަށެއްގެ ބަނދަރުގެ މަސައްކަތް ޓެންޑަރ ކުރެވިފައިވާ އިރު، 22 ރަށެއްގެ ބަނދަރުގެ މަސައްކަތް މިއަހަރުގެ ބަޖެޓުގައި ބަޖެޓް ކުރެވިފައިވާ ކަމަށެވެ. ރައީސް ވިދާޅުވީ މި ކަންތައްތަކުން އެކަނިވެސް މި ސަރުކާރުގެ މަންޒަރު ތަފާތުވާނެ ކަމަށެވެ. މިހާތަނަށް 27 ބިލިއަން ރުފިޔާގެ ޕީއެސްއައިޕީ މަޝްރޫއުގައި ސޮއިކޮށް 15 ބިލިއަން ރުފިޔާ އެކަމަށް ހޭދަކުރެވިއްޖެ ކަމަށެވެ.

ރައީސް ވިދާޅުވީ ރަށްރަށުގެ ތަރައްގީއަށްޓަކައި ގިނަ މަސައްކަތް ކުރެވެމުން އަންނަ ކަމަށެވެ. ސްކޫލްތަކުގެ ޖާގަ އިތުރުކުރުމާއި، ޕްރިންސިޕަލުން ތަމްރީނުކޮށް ޓީޗަރުން ހޯދާ ދަރިންނަށް ތައުލީމް ފޯރުކޮށްދިނުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ. ރައީސް ވިދާޅުވީ ގައިން ތާހިރުވުމަށް ފެނާއި ނަރުދަމާ ގާއިމް ކުރުމަށް ހުރިހާ ކޮންޓްރެކްޓެއް ހަވާލުކުރެވިއްޖެ ކަމަށެވެ. އަދި 5 ޓާޝަރީ ހޮސްޕިޓަލުގެ މަސައްކަތް ބާރަށް ކުރިއަށްދާ އިރު، ކުޅިވަރު ކުޅޭނެ އެތައް ތަނެއް ގާއިމް ކުރެވިއްޖެ ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު

އެންމެ ހިނގާ

1

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

5

ގެއްލުނު ޕައިލެޓުންގެ ތަހުގީގަށް މަގުފަހިކޮށްދޭން އީރާނުން ގަތަރަށް ގޮވާލައިފި

އިތުރަށް ކިޔާލަން

20 ސެޕްޓެމްބަރު 2025

ޑރ އިޔާޟް, ޖަނާބް އަށް: އިތުރަށް ރަޢްޔިތުންނަށް ގެއްލުން ނުދީ ޅިޔަނަށާއި ކޮއްކޮ އަށް ގޯއްޗަށް ދާން ލަފާ ދެއްވާ

20 ސެޕްޓެމްބަރު 2025
ޑރ އިޔާޟް, ޖަނާބް އަށް: އިތުރަށް ރަޢްޔިތުންނަށް ގެއްލުން ނުދީ ޅިޔަނަށާއި ކޮއްކޮ އަށް ގޯއްޗަށް ދާން ލަފާ ދެއްވާ
31 އޮކްޓޯބަރު 2023

މާލޭ ހުކުރު މިސްކިތް ވަށައިގެން ކަލްޗަރަލް ޒޯނެއް ކަނޑައެޅުއްވުމަށް ރައީސް ސާލިހް ނިންމަވައިފި

31 އޮކްޓޯބަރު 2023
މާލޭ ހުކުރު މިސްކިތް ވަށައިގެން ކަލްޗަރަލް ޒޯނެއް ކަނޑައެޅުއްވުމަށް ރައީސް ސާލިހް ނިންމަވައިފި
31 އޮކްޓޯބަރު 2023

ރައީސް ޞާލިހު އިރުޝާދު ދެއްވީ ހުވާކުރާ ޖަލްސާ އަށް ހުރަސް އެޅޭ ކަމެއް ނުކުރަން - އަސްލަމް

31 އޮކްޓޯބަރު 2023
ރައީސް ޞާލިހު އިރުޝާދު ދެއްވީ ހުވާކުރާ ޖަލްސާ އަށް ހުރަސް އެޅޭ ކަމެއް ނުކުރަން - އަސްލަމް
13 އޯގަސްޓު 2023

ރައީސް ޞާލިހުގެ "އާ ޒުވާނުންގެ ޖީލު" ސިޔާސަތު ތައާރަފްކޮށްފި

13 އޯގަސްޓު 2023
ރައީސް ޞާލިހުގެ "އާ ޒުވާނުންގެ ޖީލު" ސިޔާސަތު ތައާރަފްކޮށްފި
13 އޯގަސްޓު 2023

ދެން އަންނަ ދައުރެއްގައި އިންވެސްޓަރުންނަށް ފަސޭހައިން ލޯނު ލިބޭނެ ގޮތް ހަމަޖައްސައިދޭނަން - ރައީސް

13 އޯގަސްޓު 2023
ދެން އަންނަ ދައުރެއްގައި އިންވެސްޓަރުންނަށް ފަސޭހައިން ލޯނު ލިބޭނެ ގޮތް ހަމަޖައްސައިދޭނަން - ރައީސް
11 އޯގަސްޓު 2023

އައި.އޭ.އެކްސް ސަބްމެރިން އާއި ރާއްޖެ ގުޅާލުމަކީ ޑިޖިޓަލް ދިވެހި ޖީލެއްގެ ފެށުން - ރައީސް ޞާލިހު

11 އޯގަސްޓު 2023
އައި.އޭ.އެކްސް ސަބްމެރިން އާއި ރާއްޖެ ގުޅާލުމަކީ ޑިޖިޓަލް ދިވެހި ޖީލެއްގެ ފެށުން - ރައީސް ޞާލިހު
10 އޯގަސްޓު 2023

ދާންދޫ އަށް ރައީސްގެ ވައުދު: ގައުމީ ފެންވަރުގެ އެތުލެޓިކްސް ސްޓޭޑިއަމް އަކާއި 30 އެނދުގެ ހޮސްޕިޓަލެއް

10 އޯގަސްޓު 2023
ދާންދޫ އަށް ރައީސްގެ ވައުދު: ގައުމީ ފެންވަރުގެ އެތުލެޓިކްސް ސްޓޭޑިއަމް އަކާއި 30 އެނދުގެ ހޮސްޕިޓަލެއް
10 އޯގަސްޓު 2023

އެމްޑީޕީގެ ސިޔާސަތަކީ ގަދަރުވެރި ދިރިއުޅުމަކަށް މަގުފަހިކޮށްދިނުން - ރައީސް

10 އޯގަސްޓު 2023
އެމްޑީޕީގެ ސިޔާސަތަކީ ގަދަރުވެރި ދިރިއުޅުމަކަށް މަގުފަހިކޮށްދިނުން - ރައީސް
10 އޯގަސްޓު 2023

ޑިމޮކްރެޓްސް އުފެދުމާއި ގުޅިގެން އެމްޑީޕީގެ މެމްބަރުން ކެނޑޭ ކަމަކަށް ފާހަގައެއް ނުކުރެވޭ، ޑިމޮކްރެޓްސް އާއި އެކުވެސް މަސައްކަތް ކުރެވޭނެ : މާރިޔާ

10 އޯގަސްޓު 2023
ޑިމޮކްރެޓްސް އުފެދުމާއި ގުޅިގެން އެމްޑީޕީގެ މެމްބަރުން ކެނޑޭ ކަމަކަށް ފާހަގައެއް ނުކުރެވޭ، ޑިމޮކްރެޓްސް އާއި އެކުވެސް މަސައްކަތް ކުރެވޭނެ : މާރިޔާ
16 ޖުލައި 2023

ދިއްގަރު ރައްޔިތުންނަށް ރައީސް ދެއްވީ މި ދައުރާާއި އަންނަ ދައުރަށްވެސް އުފާވެރި ޚަބަރުތަކެއް

16 ޖުލައި 2023
ދިއްގަރު ރައްޔިތުންނަށް ރައީސް ދެއްވީ މި ދައުރާާއި އަންނަ ދައުރަށްވެސް އުފާވެރި ޚަބަރުތަކެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް