Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރާޝިދުގެ ކެމްޕޭން ލޯންޗުކުރުން

ރާޝިދުގެ ކެމްޕޭން ލޯންޗުކޮށްފިި، ވިދާޅުވީ މަރުހޫމް ހުސައިންގެ ވައުދުފުޅުތައް ރަނުން ރަނަށް ފުއްދަވައިދެއްވާނެ ކަމަށް

ރާޝިދުގެ ކެމްޕޭން ރަސްމީކޮށް ލޯންޗުކޮށްފައިވަނީ ހުކުރު ދުވަހުގެރޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 7 ޖެނުއަރީ 2022 | ހުކުރު 17:26
ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި ވާދަކުރާ އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު ރާޝިދުގެ ކެމްޕެއިން ލޯންޗު ކުރުމުގެ ޖަލްސާ

ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި ވާދަކުރާ އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު ރާޝިދުގެ ކެމްޕެއިން ލޯންޗު ކުރުމުގެ ޖަލްސާ

ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި ވާދަކުރާ އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު ރާޝިދު (ރާޑޯ) ގެ ކެމްޕެއިން ރަސްމީކޮށް ލޯންޗު ކޮށްފިއެވެ.

ރާޝިދުގެ ކެމްޕޭން ރަސްމީކޮށް ލޯންޗުކޮށްފައިވަނީ ހުކުރު ދުވަހުގެރޭ ކޮމަންޑޫ އެމްޑީޕީ ހަރުގެ ކުރިމަތީގައި އޮތް ޚާއްސަ ޖަލްސާއެއްގައެވެ. މި ކެމްޕޭން ޙަރަކާތުގައި ބައިވެރިވެވަޑައިގެންނެވުމަށް ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިޙުވެސް ހުކުރު ދުވަހު އެރަށަށް ވަޑައިގެން، ޖަލްސާގައި ވާހަކަފުޅު ދައްކަވާފައިވެއެވެ.

Advertisement - newsAdvertisement

މި ޖަލްސާގައި ވާހަކަ ދައްކަވަމުން ރާޝިދު ވިދާޅުވީ، ކޮމަންޑޫ ދާއިރާއަކީ ވޭތުވެދިޔަ ސަރުކާރުން ވަރަށް ބޮޑަށް އިހުމާލުވެފައިވާ ދާއިރާއެއް ކަމަށެވެ. މި ދާއިރާ ނަގާ ކޮޅަށް ޖެހީ ރައީސް ސޯލިޙުގެ ޒައާމަތުގައި ކަމަށް އޭނާ ވިދާޅުވިއެވެ. މުޅި ދާއިރާއަށް ރައީސް ސޯލިޙު ގެންނަވަނީ އިންޤިލާބީ ބަދަލުތަކެއްކަމަށް އޭނާ ވިދާޅުވިއެވެ.

ރާޝިދު ވަނީ ޔާމީން ސަރުކާރުގެ ވެރިން ކޮމަންޑޫއަށް މިއަދު ދަތުރު ކުރައްވާއިރު، މީގެ ކުރިން ވެރިކަމުގެ އާރާއި ބާރު އޮތްއިރު މި ދާއިރާއަށް ދަތުރު ނުކުރެއްވީ ކީއްވެތޯ ސުވާލު ކުރައްވާފައެވެ.

އޭގެ އިތުރުން، ކޮމަންޑޫ ދާއިރާގެ ގޮނޑި ބޮޑު ތަފާތަކުން ކާމިޔާބު ކުރައްވާނެކަމަށްވެސް ރާޝިދު ވިދާޅުވިއެވެ. އަދި ދާއިރާއަށް ކުރިމަތިލައްވަނީ ނުހަނު ޖޯޝާއި ފޯރިޔާއެކު، ދާއިރާއަށް ޚިދުމަތް ކުރެއްވުމަށް ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އަދި ރައްޔިތުންގެ ފަރާތުން ހުށައެޅޭ ކަންކަން ކުރެއްވުމުގައި ސާބިތުވެ ހުންނަވާނެ ކަމަށާއި، ދާއިރާގެ 3 ރަށް ކަމަށްވާ ކޮމަންޑޫ، މަރޮށި، އަދި ފޯކައިދޫގެ ރައްޔިތުންނަށް ޚިދުމަތް ކޮށްދެއްވުމުގައި ދެމި ހުންނަވާނެކަމަށް ވިދާޅުވިއެވެ.

އޭގެ އިތުރުން، ކޮމަންޑޫ ދާއިރާގެ ކުރީގެ މެމްބަރު އަލްމަރުޙޫމް ހުސައިން ވަޙީދުގެ ވައުދުފުޅުތައް "ރަނުން ރަނަށް" ފުއްދަވައިދެއްވާނެ ކަމަށް ވިދާޅުވިއެވެ.

ކެންޑިޑޭޓުގެ އިތުރުން، ރައީސް ސޯލިޙާއި، އެމްޑީޕީގެ ރައީސް، މުޙައްމަދު ނަޝީދާއި، އެންވަޔަރމަންޓް މިނިސްޓަރ ޝައުނާއާއި، އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލްގެ އިތުރުންވެސް ސަރުކާރުގެ ބައެއް ވަޒީރުންނާއި އިތުރު ބޭފުޅުން މި ޖަލްސާގައި ބައިވެރިވެވަޑައިގެންނެވިއެވެ.

މި ޖަލްސާގައި ވަނީ އެ ދާއިރާގައި ކުރިން ހުންނެވި މެމްބަރު ހުސައިން ވަހީދު އަވަހާރަވުމާ ގުޅިގެން އޭނާގެ ހަނދާނުގައި ތައްޔާރު ކޮށްފައިވާ ޚާއްސަ ރިޕޯޓެއް ދައްކާލާފައެވެ. މި ރިޕޯޓުގައި މެމްބަރު ހުސައިން ވަޙީދުގެ ޚިދުމަތްތަކަށް އަލިއަޅުވާލާފައިވެއެވެ. ހުސައިން ވަހީދު އަވަހާރަ ވެފައިވަނީ ކެންސަރު ބައްޔަށް ފަރުވާ ހޯއްދަވަމުން ގެންދަވާތާ ގިނަ ދުވަސްތަކެއް ވެފައިވަނިކޮށެވެ. އޭނާ އަވަހާރަވީ އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ހޯއްދަވަމުން ދަނިކޮށް، ޑިސެންބަރު މަހުގެ 13 ވީ ހޯމަ ދުވަހުގެ މެންދަމު 1:25ހާއިރުއެވެ.

ކޮމަންޑޫ ދާއިރާގެ އިންތިޚާބުގެ ވޯޓު ނެގުމަށް ހަމަޖެހިފައިވަނީ އަންނަ  ފެބުރުވަރީ 5 ވާ ހޮނިހިރު ދުވަހުގެ ހެނދުނު 8:00ން ހަވީރު 4:00އަށެވެ. މި އިންތިޚާބުގެ ރަސްމީ ނަތީޖާ އިއުލާން ކުރުމަށް ހަމަޖެހިފައިވަނީ ފެބުރުވަރީ 10ވާ ބުރާސްފަތި ދުވަހުއެވެ. ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި ކެންޑިޑޭޓު ނަންބަރު 1 ލިބިވަޑައިގަތީ އެމްޑީޕީގެ ކެންޑިޑޭޓު މުހައްމަދު ރާޝިދަށެވެ.

ރާޝިދުކޮމަންޑޫ ބައި އިލެކްޝަންމޯލްޑިވިއަން ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ)

ކޮމެންޓް

އިތުރަށް ކިޔާލަން

އިންތިޚާބުތަކާއި ދިމާކޮށް ރައީސް މުއިއްޒު ރަށްރަށް ގޮސް ކަންކަން ކޮށްދެނީ "ދީފަ އަތުލާ ފީފާ ބުރިއެއް" ގެ އުސޫލުން: ތޯރިގް

އިންތިޚާބުތަކާއި ދިމާކޮށް ރައީސް މުއިއްޒު ރަށްރަށް ގޮސް ކަންކަން ކޮށްދެނީ "ދީފަ އަތުލާ ފީފާ ބުރިއެއް" ގެ އުސޫލުން: ތޯރިގް

18 އޮކްޓޯބަރު 2025
ކުރީގެ ބަންޑާރަ ނައިބު ރިފްއަތު އޭސީސީ އަށް ހާޒިރު ކޮށްފި

ކުރީގެ ބަންޑާރަ ނައިބު ރިފްއަތު އޭސީސީ އަށް ހާޒިރު ކޮށްފި

16 އޮކްޓޯބަރު 2025
ކުރީގެ އެޑިއުކޭޝަން މިނިސްޓަރު އޭސީސީ އަށް ހާޒިރު ކޮށްގެން ބަލަމުން ދާ މައްސަލަ އިންވެސްޓިގޭޓަރުންނަށް ސާފެއް ނުވޭ: މައުރޫފް

ކުރީގެ އެޑިއުކޭޝަން މިނިސްޓަރު އޭސީސީ އަށް ހާޒިރު ކޮށްގެން ބަލަމުން ދާ މައްސަލަ އިންވެސްޓިގޭޓަރުންނަށް ސާފެއް ނުވޭ: މައުރޫފް

15 އޮކްޓޯބަރު 2025
ކުރީގެ މިނިސްޓަރު އައިޝަތު އަލީ އޭސީސީ އަށް ޙާޒިރު ކޮށްފި

ކުރީގެ މިނިސްޓަރު އައިޝަތު އަލީ އޭސީސީ އަށް ޙާޒިރު ކޮށްފި

15 އޮކްޓޯބަރު 2025
މުޒާހަރާގެ ތެރެއިން ހައްޔަރުކުރި މީހުންނަށް ލިބުނު އަނިޔާގެ ފުރިހަމަ ޒިންމާ ދައުލަތުން ނަގަން ޖެހޭނެ: ވަކީލް ނިޝާން

މުޒާހަރާގެ ތެރެއިން ހައްޔަރުކުރި މީހުންނަށް ލިބުނު އަނިޔާގެ ފުރިހަމަ ޒިންމާ ދައުލަތުން ނަގަން ޖެހޭނެ: ވަކީލް ނިޝާން

14 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

5 މެއި
މުނާ އިސްތިއުފާ ދެއްވައިފި - ވިދާޅުވީ ރައީސްގެ ބަހާއި އަމަލާ ދިމާނުވެ ރައްޔިތުންނަށް އޮޅުވާލާކަމަށް
20251 އަހަރު ކުރިން
ރާއްޖެ

މުނާ އިސްތިއުފާ ދެއްވައިފި - ވިދާޅުވީ ރައީސްގެ ބަހާއި އަމަލާ ދިމާނުވެ ރައްޔިތުންނަށް އޮޅުވާލާކަމަށް

މަޖިލީހުގެ 33 އިންސައްތަ އަންހެނުންނަށް ޚާއްސަ ކުރާ އިސްލާހުގެ މަސައްކަތް އަވަސްކޮށްދޭން ރޮޒެއިނާ އެދިވަޑައިގެންފި
20242 އަހަރު ކުރިން
ރާއްޖެ

މަޖިލީހުގެ 33 އިންސައްތަ އަންހެނުންނަށް ޚާއްސަ ކުރާ އިސްލާހުގެ މަސައްކަތް އަވަސްކޮށްދޭން ރޮޒެއިނާ އެދިވަޑައިގެންފި

30 މީހުންނާއެކު ދަތުރުކުރި ލޯންޗަކަށް ރާޅެއް އަރައިފި، މިހާރު ލޯންޗް ލޮކޭޓް ނުކުރެވޭ
20233 އަހަރު ކުރިން
ރާއްޖެ

30 މީހުންނާއެކު ދަތުރުކުރި ލޯންޗަކަށް ރާޅެއް އަރައިފި، މިހާރު ލޯންޗް ލޮކޭޓް ނުކުރެވޭ

ޖަލު ބަލަހައްޓާ ގިނަ އަދަދެއްގެ އޮފިސަރުން ހޯދަން އިއުލާންކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

ޖަލު ބަލަހައްޓާ ގިނަ އަދަދެއްގެ އޮފިސަރުން ހޯދަން އިއުލާންކޮށްފި

"ބަނޑުގައި އޮތް ދަރިފުޅާއެކު އަނބިމީހާ ދުނިޔެ ދޫކުރީ ލޯ ކުރިމަތީގައި"
20215 އަހަރު ކުރިން
ރިޕޯޓު

"ބަނޑުގައި އޮތް ދަރިފުޅާއެކު އަނބިމީހާ ދުނިޔެ ދޫކުރީ ލޯ ކުރިމަތީގައި"

ލޯ ކައިރި ކަޅުވަނީ ކީއްވެ؟ ހައްލެއް ބޭނުން!
20197 އަހަރު ކުރިން
ސިއްހަތު

ލޯ ކައިރި ކަޅުވަނީ ކީއްވެ؟ ހައްލެއް ބޭނުން!

މެލޭޝިއާއިން ގެއެއް ގަތުމަށް ލުތުފީ މަސައްކަތްކުރެއްވި!
20188 އަހަރު ކުރިން
ރާއްޖެ

މެލޭޝިއާއިން ގެއެއް ގަތުމަށް ލުތުފީ މަސައްކަތްކުރެއްވި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު