Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކޮވިޑް-19ގެ ހާލަތު

މާލޭގައި ކޭސްތައް އިތުރުވިޔަސް މޮނިޓަރިންގެ ރަށްރަށް މަދުވާންފަށައިފި

7 ޖެނުއަރީ 2022 | ހުކުރު 10:47

މޮނިޓަރިންގައި އެންމެ ދުވަސްވީ ރަށަކީ ގދ.ވާދޫ

އަމްނާ އިމާދު
އަމްނާ އިމާދު | 7 ޖެނުއަރީ 2022 | ހުކުރު 10:47
އައު އަހަރުގެ ފުރަތަމަ ދުވަހު އާންމު ރައްޔިތުން މަގުތަކަށް ނުކުމެ

އައު އަހަރުގެ ފުރަތަމަ ދުވަހު އާންމު ރައްޔިތުން މަގުތަކަށް ނުކުމެ

ކޮވިޑް-19ގެ ހާލަތާ ގުޅިގެން މިހާރު މޮނިޓަރިންގެ ހާލަތުގައި އޮތް ރަށްތައް ވަރަށް މަދުވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނެފިއެވެ.

އެޗްޕީއޭއިން ބުނީ މިވަގުތު މޮނިޓަރިންގެ ހާލަތުގައި އޮތް ރަށްތަކަކީ ހަ ރަށެއް ކަމަށެވެ. އެއީ ގދ.ވާދޫ، ކ.ތުލުސްދޫ، ހދ.ނާވައިދޫ، ދ.ހުޅުދެލި، ކ.މާފުށި އަދި ހއ.އިހަވަންދޫ އެވެ. މިހުރިހާ ރަށެއް މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވަނީ މިދިޔަ އަހަރުގެ ޑިސެންބަރު މަހުގެ ތެރޭގައެވެ. އަދި މޮނިޓަރިންގައި އެންމެ ދުވަސްވީ ރަށަކީ ގދ.ވާދޫ އެވެ. އެރަށް މޮނިޓަރިންއަށް ލާފައިވަނީ 14 ޑިސެންބަރު 2021 ގައެވެ.

މޮނިޓަރިންގެ ހާލަތަށް ރަށެއް ގެންނަނީ ބަލި ފެތުރިފައިވާ މިންވަރު ދެނެގަނެ ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ކުރުމަށެވެ. މޮނިޓަރިންގެ ހާލަތުގައިވާ ރަށްރަށުގެ ކަންކަން އެޗްޕީއޭއިން ވަރަށް ގާތުން ބަލަމުންދާ ކަމަށާއި، ހާލަތު ރަނގަޅު ރަށްރަށް މޮނިޓަރިންއިން ނަގަމުންދާ ކަމަށް އެޗްޕީއޭއިން ބުނެއެވެ.

މޮނިޓަރިންއަށް ގެނެސްފައިވާ ރަށްރަށުގެ އަދަދު މަދުވި ނަމަވެސް ބަލީގެ ނުރައްކާ އޮތުމާއެކު ޚާއްސަ ސަމާލުކަމެއް ދިނުމަށް އެޗްޕީއޭއިން އިލްތިމާސް ކުރެއެވެ.

ރާއްޖޭގައި މިފަހަކުން ވަނީ ކޮވިޑްގެ ހާލަތު ގޯސްވާން ފަށާފައެވެ. އެގޮތުން ފާއިތުވި ހަފުތާގެ ތެރޭގައި ކޭސްތައް ފެންނަމުންދިޔަ މިންވަރު ވަނީ އިތުރުވާން ފަށާފައެވެ. ކޮވިޑްގެ ކޭސްތައް އިތުރުވުމާ ގުޅިގެން އެޗްޕީއޭއިން ވަނީ ބޮޑެތި އެއްވުންތައް ނުބޭއްވުމަށް އިލްތިމާސްކޮށްފައެވެ. އަދި ރަސްފަންނުގައި ކުރިއަށްގެންދިޔަ ނައިޓްމާކެޓު ވެސް ބުރާސްފަތި ދުވަހު ހުއްޓުވުމަށްފަހު، ގިނަ ބަޔަކު އެކަމަށް ހަރަދުކޮށްފައިވާތީ، ކޮވިޑް-19ގެ ހާލަތުގައި އަމަލުކުރާ ޚާއްސަ އުސޫލާ ގައިޑްލައިންއާ އެއްގޮތަށް ނައިޓް މާކެޓް ބޭއްވުމަށް މިހާރު ވަނީ ހުއްދަ ދީފައެވެ.

ކޮވިޑް-19ގެ ހާލަތަށް ބަލާއިރު، ޖެނުއަރީ 3 ވަނަ ދުވަހުން ފެށިގެން މާލެ ސަރަހައްދުން ޕޮޒިޓިވްވާ އަދަދު ވަނީ އިތުރުވެފައެވެ. އެގޮތުން ޖެނުއަރީ 3 ވަނަ ދުވަހު 242 ކޭސް ރިޕޯޓު ކުރެވިފައިވާއިރު، މާލެ ސަރަހައްދުން 97 މީހުން ޕޮޒިޓިވް ވެފައިވެއެވެ، ޖެނުއަރީ 4 ވަނަ ދުވަހު 228 މީހުން ޕޮޒިޓިވް ވެފައިވާއިރު މާލެ ސަރަހައްދުން 66 މީހުން ޕޮޒިޓިވް ވެފައިވެއެވެ. އަދި ޖެނުއަރީ 5 ދުވަހު 224 ކޭސް ރިޕޯޓުކޮށްފައިވާއިރު، މާލެ ސަރަހައްދުން 102 މީހުން ޕޮޒިޓިވް ވެފައިވެއެވެ. މީގެ އިތުރުން ޖެނުއަރީ 6 ވަނަ ދުވަހު 304 ކޭސް ރިޕޯޓުކޮށްފައިވެއެވެ. އޭގެ ތެރެއިން 136 މީހުން ޕޮޒިޓިވްވީ މާލެ ސަރަހައްދުންނެވެ.

ދުވަސްތަކެއް ފަހުން މާލެ ސަރަހައްދުގެ ހާލަތު ގޯސްވަމުންދާތީ މާސްކް އެޅުމުގެ ގަވާއިދު ތަންފީޒު ކޮށްދިނުމަށް އެޗްޕީއޭއިން އެދިފައިވެއެވެ. އަތޮޅުތެރޭގެ ހުރިހާ ރަށެއްގައި މާސްކް އެޅުމަށް ވަނީ މަޖުބޫރުކޮށްފައެވެ. މިހާރު ދުނިޔޭގެ އެކި ހިސާބުތަކުން ފެންނަމުންދާ އޮމިކްރޯން ވޭރިއެންޓާއެކު، ރާއްޖެ ވެސް އެކަމަށް ތައްޔާރުވެ، ބަލިން ރައްކާތެރިވުމަށް އިތުރަށް ސަމާލުވުމަށް ސިއްހީ މާހިރުން ވަނީ އިލްތިމާސްކޮށްފައެވެ. އަދި އިޖްތިމާއީ ގައިދުރު ކަމަށް ޚާއްސަ ސަމާލުކަމެއްދިނުމަށް ވެސް އެދިފައިވެއެވެ.

ކޮވިޑް-19އެޗްޕީއޭ

އިތުރަށް ކިޔާލަން

13 ޑިސެމްބަރު 2025

މާލެ ސަރަހައްދު ވައި ނުސާފުވެ އޮރެންޖު އެލަރޓް ނެރެފި

13 ޑިސެމްބަރު 2025
މާލެ ސަރަހައްދު ވައި ނުސާފުވެ އޮރެންޖު އެލަރޓް ނެރެފި
19 ނޮވެމްބަރު 2025

ކޮވިޑް-19ގެ ތެރޭގައި ބަލި ފެތުރުނު ނަމަވެސް މުޒާހަރާ ކުރާނަމޭ ބުނެ، މަގު މައްޗަށް ނުކުތީ މި ސަރުކާރުގެ ބޭފުޅުން: މެންބަރު އަމީން

19 ނޮވެމްބަރު 2025
ކޮވިޑް-19ގެ ތެރޭގައި ބަލި ފެތުރުނު ނަމަވެސް މުޒާހަރާ ކުރާނަމޭ ބުނެ، މަގު މައްޗަށް ނުކުތީ މި ސަރުކާރުގެ ބޭފުޅުން: މެންބަރު އަމީން
10 ނޮވެމްބަރު 2025

މުޅި ފުވައްމުލައް ފެނަށް ޖެހިއްޖެ!

10 ނޮވެމްބަރު 2025
މުޅި ފުވައްމުލައް ފެނަށް ޖެހިއްޖެ!
30 ސެޕްޓެމްބަރު 2025

އޮކްޓޯބަރު 3 ގެ އެއްވުމުގެ ވާހަކައާއެކު އަނެއްކާވެސް ޝަންގްރިއްލާ ހުޅުވުމުގެ ވާހަކަ ސަރުކާރުން ދައްކައިފި

30 ސެޕްޓެމްބަރު 2025
އޮކްޓޯބަރު 3 ގެ އެއްވުމުގެ ވާހަކައާއެކު އަނެއްކާވެސް ޝަންގްރިއްލާ ހުޅުވުމުގެ ވާހަކަ ސަރުކާރުން ދައްކައިފި
21 ސެޕްޓެމްބަރު 2025

އެމެރިކާގެ ވެކްސިން ޕެނަލުން މިހާރު ބޮޑެތި މީހުންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް ލަފާ ނުދޭ

21 ސެޕްޓެމްބަރު 2025
އެމެރިކާގެ ވެކްސިން ޕެނަލުން މިހާރު ބޮޑެތި މީހުންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް ލަފާ ނުދޭ
11 ސެޕްޓެމްބަރު 2025

ސަރުކާރުން ހަރަދުތައް ކުޑަކޮށް އެއްވެސް މާލީ ރިފޯމެއް ނުގެނޭ، ސިޔާސީ މަގާމުތަކުގެ އަދަދު 3000ށް ވުރެ އިތުރު - އަމީރު

11 ސެޕްޓެމްބަރު 2025
 ސަރުކާރުން ހަރަދުތައް ކުޑަކޮށް އެއްވެސް މާލީ ރިފޯމެއް ނުގެނޭ، ސިޔާސީ މަގާމުތަކުގެ އަދަދު 3000ށް ވުރެ އިތުރު - އަމީރު
08 ސެޕްޓެމްބަރު 2025

ސަރުކާރުގެ 87 މެންބަރުންނާއި ވަޒީރުންނާއެކު މަޖިލިސް ކޮމިޓީއަށް ހާޒިރުކޮށްދޭން އަމީރު އެދިއްޖެ

08 ސެޕްޓެމްބަރު 2025
ސަރުކާރުގެ 87 މެންބަރުންނާއި ވަޒީރުންނާއެކު މަޖިލިސް ކޮމިޓީއަށް ހާޒިރުކޮށްދޭން އަމީރު އެދިއްޖެ
05 އޯގަސްޓު 2025

ކުރީގެ ފިނޭންސް މިނިސްޓަރު އަމީރު އިކޮނޮމިކް މިނިސްޓަރ ސަޢީދު އިސްތިއުފާ ދެއްވާފައި ގެއަށް ވަޑައިގަތުމަށް ގޮވާލައްވައިފި

05 އޯގަސްޓު 2025
ކުރީގެ ފިނޭންސް މިނިސްޓަރު އަމީރު އިކޮނޮމިކް މިނިސްޓަރ ސަޢީދު އިސްތިއުފާ ދެއްވާފައި ގެއަށް ވަޑައިގަތުމަށް ގޮވާލައްވައިފި
27 ޖޫން 2025

މި ސަރުކާރަށް ދަރަނި މެނޭޖްކުރަން ނޭނގޭ، އެނގޭނަމަ ޕްރޮޖެކްޓްތައް ނުހުއްޓި، އާސަންދަ ނުލިބި، ދަރިވަރުންގެ ލޯންތައް ނުލިބި ނުހުންނާނެ - ރައީސް ޞާލިހު

27 ޖޫން 2025
މި ސަރުކާރަށް ދަރަނި މެނޭޖްކުރަން ނޭނގޭ، އެނގޭނަމަ ޕްރޮޖެކްޓްތައް ނުހުއްޓި، އާސަންދަ ނުލިބި، ދަރިވަރުންގެ ލޯންތައް ނުލިބި ނުހުންނާނެ - ރައީސް ޞާލިހު
05 ޖޫން 2025

އަވަށްޓެރި ބައެއް ގައުމުތަކުގައި ޗިކުންގުންޔާ ފެތުރެމުންދާތީ، ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް އިލްތިމާސްކޮށްފި

05 ޖޫން 2025
އަވަށްޓެރި ބައެއް ގައުމުތަކުގައި ޗިކުންގުންޔާ ފެތުރެމުންދާތީ، ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް އިލްތިމާސްކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް