Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެނަޝީދާ ގުޅޭ ވާހަކަތަކަށް އެމްޑީޕީގެ ރައްދު

ނަޝީދާމެދު އުފައްދާ ފިތުނަވެރި ހަރަކާތުގެ ސަބަބުން ގައުމުގެ ސަލާމަތާއި ރައްކާތެރިކަމަށް ލޮޅުންއަރާފާނެ: އެމްޑީޕީ

ރައްޔިތުންގެ އިއްތިހާދު ގެ ނަމުގައި ހިންގާ ހަރަކާތާމެދު ގާނޫނީ ފިޔަވަޅު އެޅުމަށް ސަރުކާރަށް އެމްޑީޕީން ވަނީ ގޮވާލާފައި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 5 ޖެނުއަރީ 2022 | ބުދަ 17:08
އެމްޑީޕީގެ ގައުމީ ހިންގާ ކޮމިޓީގެ ބައްދަލުވުމުގެ ތެރެއިން

އެމްޑީޕީގެ ގައުމީ ހިންގާ ކޮމިޓީގެ ބައްދަލުވުމުގެ ތެރެއިން

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދަކީ އިސްލާމްދީނުގެ އަދުއްވެއްކަމަށް ސިފަކޮށް ހިންގަމުންދާ ހަރަކާތްތަކުގެ ސަބަބުން އެމަނިކުފާނުގެ ފުރާނަފުޅުގެ އިތުރުން ގައުމުގެ ސަލާމަތާއި ރައްކާތެރިކަމަށް ލޮޅުން އަރާފާނެކަމަށް އެމްޑީޕީން ބުނެފިއެވެ.

ރައީސް ނަޝީދު އިސްލާމްދީނާ ޚިލާފު ޝުއޫރުފާޅުކުރައްވާ ކަމަށް ބުނެ ޖަމްއިއްޔަތުލް އިއްތިހާދުން ވަނީ އެމައްސަލަ ބެލުމަށް ފުލަހަށް ހުށަހަޅާފައެވެ. އެއާއެކު ފުލުހުން ވަނީ ފުލުހުންނަށް ހުށަހަޅާފައިވާ ސިޓީގައި ބަޔާންކޮށްފައިވާ ކަންތައްތައް ބެލިބެލުމުން، ޖިނާއީ ތަހުގީގެއް ހިންގަންޖެހޭފަދަ ކަމެއް ފާހަގަކުރެވިފައިނުވާތީ އެކަމާގުޅިގެން ތަހުގީގެއް ކުރިޔަށްނުދާ ކަމަށް ބުނެފައެވެ.

Advertisement - newsAdvertisement

އެކަމާއި ގުޅިގެން އެމްޑީޕީން ނެރުނު ބަޔާނުގައި ބުނެފައިވަނީ ރައީސް މުޙައްމަދު ނަޝީދު ޣައިރު ދީންތައް ޕްރޮމޯޓުކުރާކަމަށް ދޮގު ޚަބަރު ފެތުރުމުގެ ވާސިތާއިން، އެ މަނިކުފާނުގެ ހަށިފުރާނައިގެ ރައްކާތެރިކަން ނަގައިލުމަށް ވާގިވެރިވަމުންދާ “ރައްޔިތުންގެ އިއްތިހާދު”ގެ ނަމުގައި ހިންގާ ހަރަކާތާމެދު ގާނޫނީ ފިޔަވަޅު އެޅުމަށް ސަރުކާރަށް ގޮވައިލާކަމަށެވެ. އަދި ދައުލަތުގެ މުއައްސަސާތައް މެދުވެރިކޮށްގެން އެ މަނިކުފާނުގެ އިސްތަށިފުޅުގައި ލާދީނީ ލޭބަލް އެޅުވުމަށް މިހަރަކާތުން މަސައްކަތްކުރަމުން ދާކަމީ ޚާއްސަ ކަންބޮޑުވުމެއް ކަމުގައި ފާހަގަކުރާކަމަށް އެޕާޓީން ބުނެއެވެ.

ރައީސް ނަޝީދަކީ އިސްލާމްދީނުގެ އަދުއްވެއްކަމުގައި ސިފަކޮށް، އެ ތަކްފީރީ ޖޯޝުން ހިތްވަރު ނެރެ، ހައްދުފަހަނަ އެޅި ދީނީ ހަރުކަށި ފަރާތްތަކުން 6 މޭ 2021ގައި ދިން ބޮމުގެ ޓެރަރިސްޓް ހަމަލާއިން މާތް اللهގެ ތަނަވަސް ރަހުމަތްފުޅުން، ފުރާނަފުޅައިގެން އެ މަނިކުފާނު ކިރިޔާ ސަލާމަތްވެވަޑައިގަތްތާ އަދި އަހަރު ނުވާކަން ފާހަގަކުރާކަމަށްވެސް އެމްޑީޕީން ބުނެއެވެ.

"އަމުދުން އެ ހަމަލާގެ އަޑީގައިވި ފަރާތްތައް އަދިވެސް ހޯދިފައިނުވާއިރު، އަދި ޓެރަރިސްޓް ހަމަލާތަކަށް ދިވެހި މުޖުތަމައު ހުށަހެޅުމަށް ތައްޔާރަށް ތިބި ހައްދުފަހަނައެޅި ދީނީ ހަރުކަށި ވިސްނުމުގެ މީހުން ތިބިކަން ސަލާމަތީ ޚިދުމަތްތަކުން ހާމަކުރަމުންދާ ހިނދު، ރައީސް ނަޝީދަކީ ކާފަރެއްކަމުގައި ސިފަކުރުމުގެ ފިތުނަވެރި ހަރަކާތެއް އަނެއްކާ އުފައްދައި، އިންތިޒާމުވެ، ހިންގާން ދޫކުރުމަކީ އެ މަނިކުފާނުގެ ފުރާނަފުޅުގެ އިތުރުން، ދިވެހި ގައުމުގެ ސަލާމަތާއި ރައްކާތެރިކަމަށް ލޮޅުން އަރުވާފަދަ ނުރައްކާތެރި ކަމެއްކަމުގައި މެނުވީ މި ޕާޓީއިން ނުދެކޭކަމުގައިވެސް ދެންނެވީމެވެ." އެމްޑީޕީގެ ބަޔާނުގައި ބުނެފައިވެއެވެ.

މިމައްސަލައިގައި ރައީސް ނަޝީދު ވިދާޅުވެފައިވަނީ އެމަނިކުފާނަކީ ލާދީނީ މީހެއްކަމަށް ބުނެ، ފަތުރާ އިލްޒާމުތަކަށް ފިޔަވަޅު އަޅާނެކަމަށް އުންމީދުކުރައްވާކަމަށެވެ.

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ)ރައީސް ނަޝީދު

އިތުރަށް ކިޔާލަން

18 އޮކްޓޯބަރު 2025

އިންތިޚާބުތަކާއި ދިމާކޮށް ރައީސް މުއިއްޒު ރަށްރަށް ގޮސް ކަންކަން ކޮށްދެނީ "ދީފަ އަތުލާ ފީފާ ބުރިއެއް" ގެ އުސޫލުން: ތޯރިގް

18 އޮކްޓޯބަރު 2025
އިންތިޚާބުތަކާއި ދިމާކޮށް ރައީސް މުއިއްޒު ރަށްރަށް ގޮސް ކަންކަން ކޮށްދެނީ "ދީފަ އަތުލާ ފީފާ ބުރިއެއް" ގެ އުސޫލުން: ތޯރިގް
16 އޮކްޓޯބަރު 2025

ކުރީގެ ބަންޑާރަ ނައިބު ރިފްއަތު އޭސީސީ އަށް ހާޒިރު ކޮށްފި

16 އޮކްޓޯބަރު 2025
ކުރީގެ ބަންޑާރަ ނައިބު ރިފްއަތު އޭސީސީ އަށް ހާޒިރު ކޮށްފި
15 އޮކްޓޯބަރު 2025

ކުރީގެ އެޑިއުކޭޝަން މިނިސްޓަރު އޭސީސީ އަށް ހާޒިރު ކޮށްގެން ބަލަމުން ދާ މައްސަލަ އިންވެސްޓިގޭޓަރުންނަށް ސާފެއް ނުވޭ: މައުރޫފް

15 އޮކްޓޯބަރު 2025
ކުރީގެ އެޑިއުކޭޝަން މިނިސްޓަރު އޭސީސީ އަށް ހާޒިރު ކޮށްގެން ބަލަމުން ދާ މައްސަލަ އިންވެސްޓިގޭޓަރުންނަށް ސާފެއް ނުވޭ: މައުރޫފް
15 އޮކްޓޯބަރު 2025

ކުރީގެ މިނިސްޓަރު އައިޝަތު އަލީ އޭސީސީ އަށް ޙާޒިރު ކޮށްފި

15 އޮކްޓޯބަރު 2025
ކުރީގެ މިނިސްޓަރު އައިޝަތު އަލީ އޭސީސީ އަށް ޙާޒިރު ކޮށްފި
14 އޮކްޓޯބަރު 2025

މުޒާހަރާގެ ތެރެއިން ހައްޔަރުކުރި މީހުންނަށް ލިބުނު އަނިޔާގެ ފުރިހަމަ ޒިންމާ ދައުލަތުން ނަގަން ޖެހޭނެ: ވަކީލް ނިޝާން

14 އޮކްޓޯބަރު 2025
މުޒާހަރާގެ ތެރެއިން ހައްޔަރުކުރި މީހުންނަށް ލިބުނު އަނިޔާގެ ފުރިހަމަ ޒިންމާ ދައުލަތުން ނަގަން ޖެހޭނެ: ވަކީލް ނިޝާން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު